ހުކުރު20180622

އާކުރެވުނީ: 08:43:52

Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ހިތުގެ ޝައުޤުވެރިކަމުގެ ހުޅުގަނޑު ފަޅައިގެން ދުއްވާލުން، ކާމިޔާބުގެ ހުރަސްތައް ފޫވައްޓާލުން

ޝައުޤުވެރިކަމުގެ ހުޅުގަނޑު ފަޅައިގެން ދުއްވާލުން، ކާމިޔާބުގެ ހުރަސްތައް ފޫވައްޓާލުން

ސީshauguveriނުކަރައިގެ ހަކީމެއްގެ ގާތަށް ކާމިޔާބުގެ ސިއްރު ހޯދުމަށްޓަކައި ޒުވާނަކު ދިޔައެވެ. އަދި ޒުވާނާ ޙަކީމާ ސުވާލުކުރިއެވެ. ކާމިޔާބުގެ ސިއްރަކީ ކޮބައިކަން ބުނެދީފާނުތޯއެވެ؟ ޙަކީމް ވަރަށް ކުރު ގޮތަކަށް ޖާވާބުދި ނެވެ. ކާމިޔާބުގެ ސިއްރަކީ ހުޅުފަޅައިގެން ގޮސްފައިވާ ޝައުޤުވެރިކަމެވެ. ޒުވާނާ ހައިރާންވެފައި ސުވާލުކޮށްލިއެވެ. ހުޅުފަޅައިގެން ގޮސްފައިވާ ޝައުޤުވެރިކަމަކީ ކޮބާހެއްޔެވެ؟

އެހިނދު ޒުވާނާގެ ކިބައިން އިޒުނަޔަށް އެދިފައި ޙަކީމް އޭނާގެ ގޭގެ އެތެރެއަށް ވަދެ ފެންފުރާފައިވާ ބޮޑު ތަށްޓެއް ގެނައެވެ. އަދި ފެން އެއްޗާ ގާތްވުމަށް ޒުވާނާގެ ގާތުގައި ބުނުމުން ޒުވާނާ ގާތްވިހިނދު ޒުވާނާގެ ބޮލުގައި ހިފާ ފެންތަށީގެ ތެރެއަށް ގަންބުވާލައިފިއެވެ.

އެގޮތަށް ޒުވާނާގެ ބޮޮލުގައި ހިފަހައްޓައިގެން ހަކީމް ހުންނަތާ ކުޑަ ސިކުންތުކޮޅެއް ވާއިރަށް ޒުވާނާ ބޯ ނެގުމަށް މަޑުމަޑުން މަސައްކަތްކުރަން ފަށައިފިއެވެ. އިރުކޮޅަކަށް ފަހު ޒުވާނާ އޭނާގެ ނޭވާކޮޅަށް ގޮސް ކެތްނުކުރެވިގެން ދޭތިން އެކައްޗަށް ހިފާ ހަކީމްގެ އަތުން ވީއްލިގަނެ ފެންތަށީގެ ތެރެއިން ބޯ ލުހެލައިފިއެވެ.

އަދި ރުޅިއައިސްފައި ހަކީމާ ދިމާއަށް ބުންޏެވެ. ތިކުރަން އުޅެނީ ކީއްހެޔެވެ؟

ހަކީމް ހަމަޖެހިލައިފާ ކުރި ކަންތަކުން ޒުވާނާއަށް ދަސްވީ ކޮން ކަމެއްތޯ ސުވާލުކޮށްލިއެވެ.

ޒުވާނާ އެއަށްވުރެ ބޮޑަށް ރުޅިއައިސްފައި އެކައްޗެއް ވެސް ނޭނގުނު ކަމުގައި ބުންޏެވެ.

ހަކީމް ބުންޏެވެ. ނޫނެކެވެ. ކަލެއަށް މިހާރު ވަރަށް ގިނަ އެއްޗެހި ދަސްވެދާނެއެވެ.

އެންމެ ފުރަތަމަ ސިކުންތުކޮޅުގައި ވެސް ކަލޭ އަހަރެންގެ ކިބައިން ސަލާމަތް ވުމަށް މަސައްކަތްކުރީމުއެވެ. އެކަމަކު އެ މަސައްކަތާ އެކަމަށް ބޭނުންވި މިންވަރަކީ އެކަމަށް ފުދިގެންވާ މިންވަރެއް ކަމުގައި ނުވާތީ ކަލެއަށް އަހަރެންގެ ކިބައިން ސަލާމަތް ނުވެވުނީއެވެ. އެއަށްފަހުގައި އަދި އިހުނަށްވުރެ ބޮޑަށް އެކަމަށް ބޭނުންވެ އެކަމަށް ކުރާ ހިތްވަރު ކުރިއަށްވުރެ އިތުރުކުރީމުއެވެ. އެންމެ ފަހުންގޮސް އެކަމުގެ ޝައުޤުވެރިކަން ހުޅުފަޅައިގެން ދިޔަހިނދު ކަލޭ އަހަރެން ގެ ކިބައިންވީއްލި ގަތީމުއެވެ.

ޒުވާނާއެވެ. ކާމިޔާބަށްޓަކައި ކަލޭގެ ކިބައިގައިވާ ޝައުގުވެރިކަމުގެ ހުޅުގަނޑު އެފަދައިން ފަޅަފަޅައިގެން ގޮސްފި ނަމަ، ދެން އެކަކަށްވެސް އެ ނިއްވާލުމަކީ ކުރެވޭނެ ކަމެއް ނޫނެވެ.

ކާމިޔާބުގެ ޝަރުތަކީ ތިމާ ވަކި ނަސްލަކަށް އެހެންޏާ ގައުމަކަށް ނިސްބަތްވެ ތިމާގެ ކިބައިގައި ވަކި ވަރެއްގެ ބަރުދަނެއް ނުވަތަ އިސްކޮޅެއް ހުރުމެއް ނޫނެވެ. ކާމިޔާބުގެ ޝަރުތަކީ އެކަމަށް އެކަށީގެންވާ މަސައްކަތްކުރުމެވެ. އެ މަސައްކަތްކުރުމަށް ބޭނުންވަނީ އެކަމަކަށް އޮތް ޝައުޤުވެރިކަމުގެ ހުޅުގަނޑު ފަޅައިގެން ދުއްވާލުމެވެ.

 

 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.