ހިތުގެ އިތުބާރުހުރި ދީނީ މަޢްލޫމާތު، ޞިއްޙަތު، ޚަބަރު، އަދަބާއި ޘަޤާފަތް، ތަޢްލީމް، ޢާއިލާ، ކުޑަކުދިން، ޚިޔާލު އަދި މިނޫންވެސް ތަފާތު ދާއިރާތަކުގެ ލިޔުންތައް ، މި ސައިޓުން ވިދާޅުވެވޭނެ http://kavaasaa.com/dheen/hithuge/ Sat, 15 Sep 2018 07:01:27 +0200 Joomla! - Open Source Content Management en-gb ތޫނުފިލިކަމުން އެކަންޏަކު ނުފުދެއެވެ. http://kavaasaa.com/dheen/hithuge/toonufilikamakun-ekanyaku-nufudeeve.html http://kavaasaa.com/dheen/hithuge/toonufilikamakun-ekanyaku-nufudeeve.html

tooonufilikamunekanyaku nufudeeveކަލެއަކީ ތޫނުފިލި ޔާފުތާއެއް ނޫނީމުއެވެ. ކިޔެވުން ނިމުންއިރު އޭ ރިޕޯޓެއްގެ ހައްގުވެރިޔެއް ނޫނީމުއެވެ.ދުވަހަކުވެސް ކިޔެވުމުގައި ހުނަރުވެރި ކުދިންގެ ލިސްޓުގައި ކަލޭގެ ނަން ހިމެނިފައެއް ނުވޭ ނޫންހެއްޔެވެ؟

އެކުވެރިޔާއެވެ. އެއީކީ މައްސަލައެއް ނޫނެވެ. އަހަރެންނަކީ ވެސް ކަލޭ ފަދަ މީހަކީމެވެ. އަދި އެއަށްވުރެ ވެސް ބޮޑަށެވެ. ދާދި މި ފަހަކާ ޖެހެންދެން އަހަރެން ދެކެނީ އުފާވެރިންނަކީ ހަމައެކަނި ތޫނުފިލި މީހުން ކަމުގައެވެ.

]]>
info@kavaasaa.com (ތަރުޖަމާ: ނޫރުއްސަލާމް އަބޫބަކުރު) ހިތުގެ Fri, 09 Sep 2011 00:19:33 +0200
ފައިލަސޫފުގެ ބިއްލޫރި ގުޅި http://kavaasaa.com/dheen/hithuge/failasoof-billoori.html http://kavaasaa.com/dheen/hithuge/failasoof-billoori.html

failasoofge billooriމުދައްރިސް ގެންނެވި އަނެއް ކޮތަޅުވެސް ނަންގަވައިފިއެވެ. އޭގައި ހުރީ ހިމުން ވެއްޔެވެ. އެ ވެސް އެއްކަލަ ކަންވާރުގެ ތެރެއަށް އަޅުއްވައިފިއެވެ. ބޯޅަތަކާއި ހިލަތަކުގެ ތެރެއިން ގޮސް ވެލިތައްވެސް އޭގެ ޖާގަ ހޯދައި ކަންވާރު ފުރާލައިފިއެވެ. " މިހާރު ކީކޭ ބުނާނީ؟" ހުރިހާކުދިންވެސް ހިނިގަނޑަކާއި އެކު ގުޅި ފުރިއްޖެ ކަމަށް ބުނެފިއެވެ.
އާވި އަރައަރައި ހުރި ކޮފީތަށިން އަނެއްކާވެސް އެތިފޮދެއް ބެއްލެވުމަށްފަހު ބާކީ ހުރިބައި ކުއްލިއަކަށް ގުޅީ ތެރެއަށް އޮއްސާލައްވައިފިއެވެ. ހުރިހައިކުދިންގެ ހިނިގަނޑު ފަޅައިގެން ދިއައެވެ.

]]>
info@kavaasaa.com (ތަރުޖަމާ: އިބްރާހީމް މާހިރު މޫސާ) ހިތުގެ Sun, 28 Aug 2011 06:28:42 +0200
އެމީހެއްގެ މަޤާމު އެމީހަކު ކަނޑައަޅަންވީއެވެ! http://kavaasaa.com/dheen/hithuge/emeehegge-magaamu.html http://kavaasaa.com/dheen/hithuge/emeehegge-magaamu.html

hayaatuge nauޤަބުރުސްތާނަށް ގޮސް ގޮވާލަބަލާށެވެ! "ޖާހާއި މަންޞަބުގެ އަހުލުވެރިން ކޮބައިތޯއެވެ؟ މުއްސަނދި މަހުޖަނުން ކޮބައިތޯއެވެ؟ ކިބުރުވެރި އަނިޔާވެރިން ކޮބައިތޯއެވެ؟ ފަޤީރު ނިކަމެތިން ކޮބައިތޯއެވެ؟ އަނިޔާލިބި ބަލިކަށިވީ މީހުން ކޮބައިތޯއެވެ؟"
އެންމެން މަރުވެ ދިޔައީއެވެ. އެކަކުވެސް ނުބަހައްޓައެވެ. އެމީހުންގެ ޙާލަތު އެނގޭ އެއްވެސް މީހަކު ނެތެވެ. ދިރިތިބީންނަށް ޢިބްރަތަކަށް ފުދެއެވެ. ޙަޔާތުގެ ނަވަށް ކުރިން އެރިމީހުން ބަނދަރަށް ބޭލުމަށްފަހު މިހާރު އެހެންބަޔަކު ނަވަށް އަރުވައިފިއެވެ.

]]>
info@kavaasaa.com (ތަރުޖަމާ: އިބްރާހީމް މާހިރު މޫސާ) ހިތުގެ Sun, 21 Aug 2011 20:12:38 +0200
ރަމަޟާން....ތަޤުވާވެރިންގެ މޫސުން http://kavaasaa.com/dheen/hithuge/ramadhan-thaqwaa-vringe-moosum.html http://kavaasaa.com/dheen/hithuge/ramadhan-thaqwaa-vringe-moosum.html

image-69566މާތްﷲ ތަޢާލާ ވަޙީކުރައްވައެވެ. {يَا أَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَى الَّذِينَ مِنْ قَبْلِكُمْ لَعَلَّكُمْ تَتَّقُونَ} [البقرة:183] މާނައީ؛ އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރީގެ މީހުންގެ މައްޗަށް فرض ކުރެއްވި ފަދައިން ތިޔަބައިމީހުންގެ މައްޗަށްވެސް ރޯދަ فرض ކުރައްވައިފިއެވެ. (އެއީ) ތިޔަބައިމީހުން تقوى ވެރި ވުމަށްޓަކައެވެ.

މިއާޔަތުގައި ރޯދައިގެ ފައިދާތަކުގެ ތެރޭގައި ހަމައެކަނި ތަޤުވާވެރިވުމުގެ ޞިފަ މާތްﷲ ބަޔާންކުރެއްވީ ކީއްވެހެއްޔެވެ؟ އަހަރުގެ މަސަތަކުގެ ތެރެއިން ފުރިހަމަ އެއްމަސް ރޯދަހިފުމުގައި ހޭދަކުރަނީ ހަމައެކަނި އެންމެ ޞިފައެއްގެ މައްޗަށް މީހާ ހޭނެވުމަށްޓަކައިކަމަށް ޤަބޫލުކުރުވޭހެއްޔެވެ؟ އެއީ ތަޤުވާގެ މައްޗަށް މީހާ ހޭނެވުމަށެވެ. މިއާޔަތުގައި އިޚުލާޞްތެރިވުން ނުވަތަ ތެދުވެރިވުން ނުވަތަ ހެޔޮކަންކަމަށް އެދުންފަދަ ޞިފައެއްގެ ވާހަކަ ބަޔާންނުކުރައްވައި ހަމައެކަނި، ތަޤުވާވެރިވުމުގެ ވާހަކަ ބަޔާންކުރެއްވީ ކީއްވެހެއްޔެވެ؟

]]>
info@kavaasaa.com (ތަރުޖަމާ:ޝިފްޒާން އަޙްމަދު) ހިތުގެ Mon, 01 Aug 2011 19:02:02 +0200
އަމާޒު http://kavaasaa.com/dheen/hithuge/amaaz.html http://kavaasaa.com/dheen/hithuge/amaaz.html

Amaazuމަޝްހޫރު ޢަރަބި ޅެންވެރިއެއްކަމުގައިވާ އީލިޔާ އަބީ މާޟީ ވިދާޅުވެފައިވެއެވެ. "އަހަރެން އަތުވެއްޖައިމެއެވެ. އެކަމަކު އަހަރެންއައީ ކޮންތާކުންކަމެއް އަހަރެންނަކަށް ނޭނގެ އެވެ. ނަމަވެސް އަހަރެން މިހިރީ އައިހެވެ. އަހަރެންނަށް ކުރިމަތިން މަގެއްފެނުމުން އެމަގުން ހިގައިގަތީމެވެ. ރުހުނަސް ނުރުހުނަސް އެމަގުން ހިގުންނޫން އެހެން ގޮތެއް އަހަންނަކަށް ނެތެވެ. އަހަރެން އައީ ކިހިނެއް ކީއްކުރަން ހެއްޔެވެ؟ މިސުވާލުގެ ޖަވާބެއް ވެސް އަހަންނަކަށް ނޭނގެ އެވެ."

މިއީ މިދުނިޔެއަށް އަހަރުމެން ފޮނުއްވި ސަބަބު ނުދަންނަ ބައަކު މިދުނިޔޭގެ ދިރިއުޅުމާ މެދު ގެންގުޅެފާނެ ފަލްސަފާއެކެވެ. އެކަމަކު މި ފިކުރަކީ އިސްލާމީ އުޞޫލުތަކަށް ބޯލަނބާ، އިސްލާމްދީން ޤަބޫލުކުރާ ބަޔަކު ޤަބޫލުކުރުން ހުއްދަވާނެ ފިކުރެއްނޫނެވެ.

]]>
info@kavaasaa.com (ޝިފްޒާން އަޙްމަދު) ހިތުގެ Sat, 30 Jul 2011 21:38:14 +0200
މިއަދު ހުޅުވުނު ދޮރަކުން މިއަދު ވަންނާށެވެ! http://kavaasaa.com/dheen/hithuge/miadhu-hulhuvuu-dhoru.html http://kavaasaa.com/dheen/hithuge/miadhu-hulhuvuu-dhoru.html

open-doorކުރިމަތީގައިވާ ދުރުމުސްތަޤުބަލުގެ ބުރަތައް، ހިނގަހިނގައި ހުރި ތަނުގައި އުފުލަން އުޅުމަކީ އިންސާނާއަށް ހެދޭ ގޯހެކެވެ.

އުންމީދުތަކުން އިންސާނާގެ ހިތް ފުރައިލުމުން، އޭނާގެ ފިކުރު ފަށާ ދަތުރަކީ ނިމުމެއް ނެތް ދަތުރެކެވެ. މިފިކުރުތަކާއި ވިސްނުންތަކާ މުޑިއަރާހެން ވަސްވާސްތަކާއި ވަހުމުތައް ކުރިމަތިލަނީ ނުލާހިކު އަވަހަށެވެ. އަދި އެވިސްނުންތައް ފައިދާއެއްނެތް، ހާސްކުރުވަނިވި ބިރުހީވުންތަކަކަށް ބަދަލުކޮށްލައެވެ.

ޝައްކުތައް ތިބާ މޮޔަކޮށް، ހާސްކަން ތިބާގެ ހިތަށް ސަވާރުވަނީ ކީއްވެ ހެއްޔެވެ؟ ތިބާ މިއަދުގެ އިމުގެތެރޭގައި ދިރިއުޅޭށެވެ. އެގޮތް ތިބާއަށް މާއެކަށީގެންވެއެވެ. މާ ހެޔޮކަން ބޮޑެވެ.

]]>
info@kavaasaa.com (ތަރުޖަމާ: ޝިފްޒާން އަޙްމަދު ) ހިތުގެ Wed, 27 Jul 2011 03:36:50 +0200
ޝައުޤުވެރިކަމުގެ ހުޅުގަނޑު ފަޅައިގެން ދުއްވާލުން، ކާމިޔާބުގެ ހުރަސްތައް ފޫވައްޓާލުން http://kavaasaa.com/dheen/hithuge/shauguverikamuge-hulhugandu.html http://kavaasaa.com/dheen/hithuge/shauguverikamuge-hulhugandu.html

ސީshauguveriނުކަރައިގެ ހަކީމެއްގެ ގާތަށް ކާމިޔާބުގެ ސިއްރު ހޯދުމަށްޓަކައި ޒުވާނަކު ދިޔައެވެ. އަދި ޒުވާނާ ޙަކީމާ ސުވާލުކުރިއެވެ. ކާމިޔާބުގެ ސިއްރަކީ ކޮބައިކަން ބުނެދީފާނުތޯއެވެ؟ ޙަކީމް ވަރަށް ކުރު ގޮތަކަށް ޖާވާބުދި ނެވެ. ކާމިޔާބުގެ ސިއްރަކީ ހުޅުފަޅައިގެން ގޮސްފައިވާ ޝައުޤުވެރިކަމެވެ. ޒުވާނާ ހައިރާންވެފައި ސުވާލުކޮށްލިއެވެ. ހުޅުފަޅައިގެން ގޮސްފައިވާ ޝައުޤުވެރިކަމަކީ ކޮބާހެއްޔެވެ؟

އެހިނދު ޒުވާނާގެ ކިބައިން އިޒުނަޔަށް އެދިފައި ޙަކީމް އޭނާގެ ގޭގެ އެތެރެއަށް ވަދެ ފެންފުރާފައިވާ ބޮޑު ތަށްޓެއް ގެނައެވެ. އަދި ފެން އެއްޗާ ގާތްވުމަށް ޒުވާނާގެ ގާތުގައި ބުނުމުން ޒުވާނާ ގާތްވިހިނދު ޒުވާނާގެ ބޮލުގައި ހިފާ ފެންތަށީގެ ތެރެއަށް ގަންބުވާލައިފިއެވެ.

]]>
nooru@kavaasaa.com ( ނޫރުއްސަލާމް އަބޫބަކުރު) ހިތުގެ Thu, 21 Jul 2011 00:14:50 +0200
ﷲ ގެ ޙަޟްރަތުން ބަދަލުލިބެއެވެ. http://kavaasaa.com/dheen/hithuge/allah-ge-hazrathun-badhalu-libeeve-16.html http://kavaasaa.com/dheen/hithuge/allah-ge-hazrathun-badhalu-libeeve-16.html

laa-thahzan-16މާތް ﷲ، ކަލެއަށް ދެއްވާފައިވާ އެއްޗެއް ގެންދަވައިފިއްޔާ، އެއައްވުރެ ރަނގަޅު ހެޔޮ ބަދަލެއް ކަލެއަށް ދެއްވާނެއެވެ. އެކަމަކު އެއީ ނިޢްމަތް ގެއްލުނީމާވެސް ކެތްތެރިވެ، އެކަލާނގެ ދަރުމައަށް އެދިހުރެއްޖެނަމައެވެ. ޙަދީޘްފުޅުކުރެއްވިއެވެ: "ލޮލުގެ ނޫރު ގެއްލުނީމާ، އެކަމަށް ކެތްތެރިވެއްޖެނަމަ، އޭގެ ބަދަލުގައި އޭނާއަށް ސުވަރުގެވެއެވެ." " ދުނިޔޭގައި ލޯބިވާ މީހާ  ގެއްލުނީމާ، ދަރުމައަށް އެދި ކެތްތެރިވެއްޖެމީހާއަށް، ބަދަލުގައި ސުވަރުގެވެއެވެ." ދަރިފުޅު ގެއްލުނީމާ ކެތްތެރިވާ މީހާއަށްޓަކައި ސުވަރުގޭގައި ގަނޑުވަރެއް ބިނާކުރެވެއެވެ. މިގޮތަށް ހުރިހާކަމެއްވެސް ބަލާށެވެ. މިކިޔާލަދިނީ ހަމަ މިސާލުކޮޅެކެވެ.

]]>
info@kavaasaa.com (އިސްމާޢީލް ނާޖީ) ހިތުގެ Wed, 14 Jul 2010 13:21:40 +0300
ގޭ ފުދެއެވެ. http://kavaasaa.com/dheen/hithuge/gey-fudhe-eve.html http://kavaasaa.com/dheen/hithuge/gey-fudhe-eve.html

laa-thahzan-15

ޝަރުޢީ ސުއްނީ އެކަހެރިވުމުގެ މާނައެއް އޮވެއެވެ. އެއީ ނުބައިކަންތަކާއި އޭގެ އަހުލުވެރިންނާއި، ތާކުންތާކުނުޖެހޭ އިންސާނުންނާއި، ނާޗަރަންގީގައި ޣަރަޤުވެފައިވާ މީހުންނާއި، އެކަހެރިވެ ދުރުވުމެވެ. އޭރުން ކަލެއަށް ކަލޭގެ އަމިއްލަ ނަފްސާ ބައްދަލުކުރެވޭނެއެވެ. ހަމަޖެހި، ސިކުނޑިއަށް ވަގުތުކޮޅެއް ދެވޭނެއެވެ. ޙިކުމަތުގެ މުތްތައް ހޮވޭނެއެވެ. އެނގުންތަކުގެ ބަގީޗާއިން ނިކަން ރީތި މާ ފެންނާނެއެވެ.

]]>
info@kavaasaa.com (އިސްމާޢީލް ނާޖީ) ހިތުގެ Wed, 30 Jun 2010 06:27:56 +0300
ނުވަތަ ދަތިހާލުޖެހި ގޮތްހުސްވެފައިވާ މީހާގެ ދުޢާ އިޖާބަކުރައްވާ ރަސްކަލާނގެހެއްޔެވެ؟ http://kavaasaa.com/dheen/hithuge/dhua-ijaaba-kuravva-raskalaage-heyyeve.html http://kavaasaa.com/dheen/hithuge/dhua-ijaaba-kuravva-raskalaage-heyyeve.html

dhua-ijaaba-kuravva-14ފުންހިތާމައެއްގައިވާ މީހާ ދަނީ ކާކުގާތަށްހެއްޔެވެ؟ ބޮޑު މުޞީބާތެއްގައިވާ މީހާ ދަނީ ކާކުގާތަށްހެއްޔެވެ؟ މުޅި ކާއިނާތު ބަރޯސާވަނީ ކާކަށްހެއްޔެވެ؟ ހުރިހާ މަޚްލޫޤާތުން އެދެނީ ކާކުގާތުންހެއްޔެވެ؟ ދޫތަކުގެ ކޮޅުގައިވަނީ ކާކުގެ ނަމެއްހެއްޔެވެ؟ އެއީ އިލާހުކަން ޤަބޫލުކޮށް ހިތްތައް އީމާންވަނީ ކާކަށްހެއްޔެވެ؟ ... އެއީ އަރަހުށި މާތް ﷲ އެވެ. އެކަލާނގެ ފިޔަވާ އެހެން އިލާހެއް ނުވެއެވެ.

]]>
info@kavaasaa.com (އިސްމާޢީލް ނާޖީ) ހިތުގެ Thu, 20 May 2010 07:00:00 +0300
ނިޔާފުޅާއި މިންވަރުފުޅު http://kavaasaa.com/dheen/hithuge/niyaafulhai-minvarufulhu.html http://kavaasaa.com/dheen/hithuge/niyaafulhai-minvarufulhu.html

laa-thahzan-11مَا أَصَابَ مِنْ مُصِيبَةٍ فِي الأَرْضِ وَلا فِي أَنْفُسِكُمْ إِلاَّ فِي كِتَابٍ مِنْ قَبْلِ أَنْ نَبْرَأَهَا

އާޔަތުގެ ތަފްސީރީމާނަ: ކާރިސާތަކާއި ހަނަފަސްކަންފަދަ ބިމަށް ޖެހޭ މުޞީބާތެއް، އަދި ބަލިމަޑުކަމާއި ބަނޑުހައިހޫނުކަން ފަދަ ނަފްސުތަކަށް ޖެހޭ މުޞީބާތެއް ވިޔަސް، ޚަލްޤުތަކުން އުފެއްދެވުމުގެ ކުރިން ލައުޙުލް މަޙްފޫޡްގައި އެ ކަން ލިޔުއްވާފައިވާ ހާލު މެނުވީ، އެ މުޞީބާތް އައިސް ނުޖެހެއެވެ.'' (އަލްޙަދީދް: 22)

މި ހިސާބުން ޤަލަމުގެ ދެލިހިކިއްޖެއެވެ. ފަތްތައް ލެއްޕިއްޖެއެވެ. ވާނެ ހުރިހާ ކަމެއް ކަނޑައެޅިއްޖެއެވެ.

]]>
info@kavaasaa.com (އިސްމާޢީލް ނާޖީ) ހިތުގެ Thu, 05 Feb 2009 20:21:34 +0200
އިޙްސާންތެރިވުމަކީ ހިތްހަމަޖެހޭ ކަމެކެވެ. http://kavaasaa.com/dheen/hithuge/ihsaan-ther-vumakee-hinhama-jehey-kemekeve.html http://kavaasaa.com/dheen/hithuge/ihsaan-ther-vumakee-hinhama-jehey-kemekeve.html

laa-thahzan-8ހެޔޮކަން އޭގެ ނަންފަދައެވެ. ރަނގަޅުކަން އޭގެ ސިފަފަދައެވެ. އިޙްސާންތެރިވުން އޭގެ ރަހަފަދައެވެ. މީހުންނަށް ހެޔޮކޮށް ހިތައި އިޙްސާންތެރިވެ އުފާކޮށްދިނުމުން، އޭގެ ފައިދާ އެންމެ ފުރަތަމަ ލިބެނީ ހެޔޮކޮށް ހިތައި އިޙްސާންތެރިވެ އުފާކޮށްދޭ މީހާއަށެވެ. މީހުންނަށް އިޙްސާންތެރިވާ މީހާ، އޭނާ އެ ކޮށްދިން ހެޔޮކަމުގެ ފޮނި މޭވާ ވަރަށް އަވަހަށް ބިންނާނެއެވެ. އޭނާގެ އަޚްލާޤުން އެކަން ފާޅުވާނެއެވެ. އޭނާގެ ޟަމީރަށް އޭގެ ހިތްހަމަޖެހުން ލިބޭނެއެވެ. ހިތް ތަނަވަސްވެ، އުފާވެރިވާނެއެވެ. ހިތަށް އަރާމާއި ހަމަޖެހުން ވަންނާނެއެވެ.

]]>
info@kavaasaa.com (އިސްމާޢީލް ނާޖީ) ހިތުގެ Fri, 19 Dec 2008 14:32:55 +0200
މާޒީވެފައިވާ ކަމަކީ ނިމިފައިވާ ކަމެކެވެ. http://kavaasaa.com/dheen/hithuge/maazee-vefaivaa-kamakee-nimifaivaa-kamekeve.html http://kavaasaa.com/dheen/hithuge/maazee-vefaivaa-kamakee-nimifaivaa-kamekeve.html

laa-thahzan-3މާޒީ ހަނދާންކޮށްކޮށްފައި އެއާމެދު ވިސްނައި، މާޒީގައި ވެފައިވާ ދެރަކަންތަކާ މެދު ހިތާމަކުރުމަކީ، ނުވިސްނޭ މޮޔަކަމެކެވެ. ޢަޒުމު މަރާލައި، ކުރިމަތީގައި އޮތް ޙަޔާތް ބޭކާރުކޮށްލުމެވެ. ބުއްދިވެރިން ގާތުގައި، މާޒީގެ ފަތަކީ އޮޅާލެވިފައިވާ އެއްޗެކެވެ. ނިއުޅައިގެން ކިޔާ އެއްޗެއް ނޫނެވެ. އެއީ ހަނދާންނެތިކޮށްލުމުގެ ތޭރިތަކުގެ ފަހަތުގައި އަބަދަށްޓަކައި ބަންދުކުރެވިފައިވާ އެއްޗެކެވެ. އަޅާނުލުމުގެ ޖަލުގައި ވަރުގަދަ ވަލުން އައްސާލެވިފައިވާ އެއްޗެކެވެ. އެއީ ދުވަހަކު ވެސް އެތަނުން ނުކުމެގެންވާނެ އެއްޗެއް ނޫނެވެ. އެއީ ބަންދުކުރެވި ތަޅުލެވިފައިވާ، އޭގެ ވާހަކައެއް ނުދެއްކޭ އެއްޗެކެވެ.

]]>
info@kavaasaa.com (އިސްމާޢީލް ނާޖީ) ހިތުގެ Fri, 16 May 2008 16:34:25 +0300