އަންގާރަ20181113

އާކުރެވުނީ: 08:43:52

Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ޙަދީޘް ޙަދީޘް ޖަމަޢަކުރެވުނީ ކިހިނެއް؟

ޙަދީޘް ޖަމަޢަކުރެވުނީ ކިހިނެއް؟

bukhaareeކީރިތި ރަސޫލާގެ ޙަޔާތްޕުޅުގައި ޙަދީޘް ލިޔެ ޖަމާކުރުމުގެ މަސައްކަތް ކުރެވިފައެއް ނުވެއެވެ. ސަބަބަކީ ކީރިތި ޤުރުއާނާއި ޙަދީޘް މަސްހުނިވެ އޮޅުން އަރާފާނެތީ، އެކަން ރަސޫލާ މަނާކުރައްވާފައިވުމެވެ. އެހެން ނަމަވެސް ރަސޫލާގެ ޙަޔާތްޕުޅުގައިވެސް އެކަލޭގެފާނުގެ އަރިހުން ހުއްދަ ހޯއްދަވައިގެން އަޞްޙާބުންގެ މަދުބަޔަކު ޙަދީޘް ލިޔެ އުޅުއްވިއެވެ.

ޚާމިސުލް ޚުލަފާއުއްރާޝިދީން މިފޮތުގައި ބަޔާން ކޮށްފައިވާ ގޮތުގައި ހަދީޘް ލިޔެ ޖަމާކުރުމަށް އެންމެ ފުރަތަމަ އަމުރު ކުރެއްވީ ޚަލީފާ ޢުމަރު ބުނު ޢަބުދުލް ޢަޒީޒެވެ. އެއީ ހިޖުރައިން 99 ވަނަ އަހަރުގައެވެ. އިމާމު ބުޚާރީ އޭނާގެ ޞަޙީޙުގައި ބަޔާން ކުރައްވާފައިވާ ގޮތުގައި ޢުމަރު ބިން ޢަބުދުލް ޢަޒީޒް އަބީބަކުރު ބިން ޙަޒުމަށް

ރަސޫލާގެ ޙަދީޘްތަށް ހޯއްދަވައިގެން ލިޔުއްވުމަށް އަމުރުކުރެއްވިއެވެ. ހަމަ އެފަދައިން އިމާމު މާލިކުލިޔުއްވި މޫޠައު މިފޮތުގައި ވެސް މިމޭރުމުން އައިސްފައިވެއެވެ. އިމާމް އިބްނު ޙަޖަރު އޭނާގެ ފޮތް '' ފަތްޙުލްބާރީ ބިޝަރްޙިލް ބުޚާރީ" މިފޮތުގައި ބަޔާން ކޮށްފައިވާ ގޮތުގައި އެންމެ ފުރަތަމަ ޙަދީޘް ލިޔެ ޖަމަޢަ ކުރެއްވި ފަރާތަކީ އަލް އިމާމް ޝިހާބުއް ޒަހްރީއެވެ. މީލާދީން 100 ވަނަ އަހަރުގެ ތެރޭގައި މިކަން ކުރައްވާފައިވަނީ ޢުމަރް ބިން ޢަބްދުލް ޢަޒީޒް ގެ އެންގެވުމަށްކަމަށްވެސް އިބުނި ޙަޖަރު ބަޔާން ކުރައްވައެވެ.

 

އިސްލާމީ ރަން ޒަމާނުގައި ޙަދީޘް ލިޔުއްވި ބޭކަލުން އެކަން ކުރައްވާފައިވަނީ ވަރަށް ފަރުވާތެރިކަމާއި އެކުގައެވެ. ޙަދީސް ރިވާކުރެއްވި ބޭކަލެއްގެ ޢަދުލު ވެރިކަމާއި ދީންވެރިކަމާއި ތެދުވެރިކަމާއި ރައްކާކުރެއްވުމަށް ބެއްލެވިއެވެ. ޙަދީޘް އެއްކުރެއްވުމުގައި ހަމަ އެއްމެ ރާވިިގެ ރިވާޔަތުގެ މައްޗަށް ފުއްދާލައްވާ ހުއްޓާލެއްވެވުމުގެ ބަދަލުގައި ހުރިހާ ރިވާޔަތްތަކެއްވެސް ދިރާސާ ކުރެއްވިއެވެ. އޭގެ ފަހުގައި ވަރަށް ފަރުވާތެރިކާމާއި އެކު އެރިވާޔަތްތަށް ބައްލަވާ ތަޙްޤީޤު ކުރައްވައެވެ. މިކަމަށްޓަކައި ވަރަށް ދިގު އެހާމެ ބުރަ އުދަގޫ ދަތުރުތައްވެސް ކުރައްވާފައި ވެއެވެ. އަބޫ އައްޔޫބުލް އަންޞާރީ މަދީނާއިން މިޞްރަށް ޢަޤަބަތު ބިން ޢާމިރުގެ އަރިހަށް ޙަދީޘަކާއި މެދު ސުވާލު ކުރެއްވުމަށް ޒިޔާރަށް ކުރެއްވުމަށް ކުރެއްވި ބުރަ ދަތުރަކީ މީގެ މިސާލެކެވެ.

ޙަދީޘް ރިވާކުރައްވާ ޖަމާ ކުރެއްވި ބޭކަލުން ރަސޫލާގެ އަރިހުން ވާރިދުވެފައިވާގޮތަށް ލަފްޒުން ލަފްޒަށް ރިވާ ކުރެއްވުމަށް ވަރަށް ބޮޑު އަހައްމިއްޔަތެއް ދެއްވާފައިވެއެެވެ. ޙަދީޘް ރިވާ ކުރެއްވުމުގައި އަސްލަކަށް ބައްލަވާފައިވަނީ ރަސޫލުﷲގެފާނުގެ އަރިހުން އަޑުއިވިވަޑައިގެންފައިވާ ގޮތެވެ. ނަމަވެސް ރާވީއަށް ޙަަދީޘްގެ ލަފްޒާއި މެދު ޝައްކުވެވަޑައިގެންފިނަމަ އޭނާ އަށް ޔަޤީންކަން ބޮޑު ގޮތަކަށް އިސްކަން ދެއްވައެވެ. އެއަށްފަހު ވިދާޅުވަނީ ރަސޫލުﷲގެ ފާނު ވިދާޅުވީ މިފަދައިން ކަމަށްވެސް ވެދާނެއެވެ. އެއަށްފަހު ފުރަތަމަ ލަފްޒުގެ މާނަ ދޭހަވާ އެހެން ލަފްޒެއް ގެންނަވާނެއެވެ. މިއީ ޙަދީޘް ރިވާކުރެއްވުމުގައި އެބޭކަލުން ފަރުވާތެރިކަން ބެހެއްޓެވި މިންވަރު ދޭހަކޮށްދޭ ކަމެކެވެ. ޙަދީސް އޭގެ މާނައިގައި ރިވާކުރެވިފައިވާކަމަށް ބުނާ ބުނުމަކީ ޙަޤީޤަތެއް ކަމަކަށް ނުބެލެވެއެވެ. ބައެއް ޢިލްމުވެރިން ޙަދީޘް އޭގެ މާނައިގައި ރިވާ ކުރުން ހުއްދަ ކުރެއްވި ނަމަވެސް އެކަން ހުއްދަވާނީ އޭގެ ލަފްޒުގައި ރިވާ ކުރުމަށް ނުކުޅެދިއްޖެ ޙާލަތުގައެވެ. އަދި އޭގެ މާނަ އަށް އެއްވެސް ބަދަލްއެއް ނާންނާނޭ ގޮތުގެ މަތީންނެވެ. އަދި އުނި އިތުރު ކުރުމެއްވެސް ނެތިއެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.