ބުރާސްފަތި20201203

އާކުރެވުނީ: 08:43:52

Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ފިޤުހު މުޢާމަލާތު ބައެއް މުޢާމަލާތްތަކުގެ ތެރެއަށް ރިބާ ވަދެފައިވާކުންފުންޏާއި ބޭންކުތަކުގެ ހިއްސާގަތުމުގެ ޙުކުމް

ބައެއް މުޢާމަލާތްތަކުގެ ތެރެއަށް ރިބާ ވަދެފައިވާކުންފުންޏާއި ބޭންކުތަކުގެ ހިއްސާގަތުމުގެ ޙުކުމް

ribaa-vadhefaivaa-kunfunee-ge-hissaa-gathunތިރީގައި މިވަނީ ''ބައެއް މުޢާމަލާތްތަކުގެ ތެރެއަށް ރިބާ ވަދެފައިވާ ކުންފުންޏާއި ބޭންކުތަކުގެ ހިއްސާގަތުމުގެ ޙުކުމް'' މި ނަމުގައި ރާބިޠާއިން ނެރެފައިވާ ޤަރާރްގެ ދިވެހި ތަރުޖަމާއެވެ.

ޤަރާރް: 4 ، 14 ވަނަ ބައްދަލުވުން

''ރާބިޠަތުލް ޢާލަމުލް އިސްލާމީގެ މަޖްމަޢް އަލްފިޤްހީ އަލްއިސްލާމީ ގެ ސާދަވަނަ ބައްދަލުވުން، 20 ޝަޢްބާން 1415 ހ ، 21 ޖެނުއަރީ 1995 މ ގައި މައްކާގައި ވަނީ ބޭއްވިފައެވެ. އަދި މި މައުޟޫއަށް ބެލުމަށް ފަހު މި އަންނަނިވި ޤަރާރު ނެގީމެވެ:-

1- މުޢާމަލާތްތަކުގެ އަސްލަކީ ޙަލާލްވެ ހުއްދަވުން ކަމަށް ވާ ހިނދު، ޝަރުޢީ ގޮތުން ހުއްދަ މަސައްކަތް ކުރުމަށްޓަކައި، ހިއްސާވާ ކުންފުނިތައް އުފެއްދުމަކީ ދީނުގައި ހުއްދަ ކަމެކެވެ.

2- ކުންފުނީގެ އަސާސީ މަސައްކަތަކީ، ޙަރާމް ކަމެއް ކަމުގައިވާ ކުންފުންޏެއްގައި ހިއްސާވުމަކީ، އެއީ ޙަރާމް ކަމެއް ކަމާމެދު އެއްވެސް ޚިލާފެއް ނެތެވެ. އޭގެ މިސާލަކީ ރިބާ މުޢާމަލާތު ހިންގުން، ޙަރާމް ތަކެތި އުފައްދައި ވިޔަފާރި ކުރުން ފަދަ ކަންތައްތަކެވެ.

3- އޭގެ ބައެއް މުޢާމާލާތްތަކުގެ ތެރެއަށް ރިބާ ވަދެއްޖެ ކުންފުއްޏެއްގެ ހިއްސާ ގަތުމަކީ، އެކަން އެނގިހުރެ، މުސްލިމަކަށް ހުއްދަ ކަމެއް ނޫނެވެ.

4- ކުންފުނިން ރިބާ އެކުލެވޭ މުޢާމަލާތެއް އެބަ ހިންގާކަން ނޭނގި ހުރެ، އެ ކުންފުނީގައި ހިއްސާވުމަށްފަހު، އެކަން އެނގިއްޖެނަމަ އޭނާގެ މައްޗަށް ވާޖިބުވެގެން ވަނީ ކުންފުނިން ވަކިވުމެވެ.

ޙަރާމް ކަމެއް ކުރާ ކުންފުންޏެއްގައި ހިއްސާވުމަކީ ޙަރާމް ކަމެއްކަން ވަރަށް ފާޅެވެ. ޙަރާމްކަން އެނގެނީ، ޤުރުއާނާއި ސުންނަތުގައި ރިބާ އާ ބެހޭ ގޮތުން އައިސްފައިވާ ދަލީލުތަކުންނެވެ. އަދި އެނގިހުރެ، ރިބާ މުޢާމަލާތް ހިންގާ ކުންފުންޏެއްގައި ބައިވެރިވުމުގެ މާނައަކީ، ހިއްސާ ގަންނަ މީހާ ސީދާ ގޮތެއްގައި ރިބާ އާ މުޢާމަލާތް ކުރުމެވެ. އެހެނީ ހިއްސާއަކީ، ކުންފުނީގެ ރައުސްމާލުން އެތިކޮޅެކެވެ. އަދި ހިއްސާދާރަކީ ކުންފުނީގައި ވާ ތަކެތީގެ މިލްކިއްޔާތުގައި ވެސް ބައިވެރިވާ މީހެކެވެ. މިހެވީމާ، ބޭންކު ފައިދާ ހިމެނޭގޮތަށް ކުންފުނި ނަގާ ކޮންމެ ދަރަންޏަކީ، ނުވަތަ ފައިދާ ލާފައި ކުންފުނިން އެހެން ފަރާތަކަށް ދޭ ކޮންމެ ދަރަންޏަކީ، އޭގައި ހިއްސާދާރު ހިއްސާވާ ފާފައެކެވެ. މިހެން މިކަން ވާން ޖެހޭ އަނެއް ސަބަބަކީ، ކުންފުނީގެ އިސްވެރިން ފައިދާ ހިމެނޭ ދަރަނި ނަގައި ހަދަނީ، ހިއްސާދާރުންގެ ފަރާތުންނެވެ. އެ މީހުންގެ ވަކީލެއްގެ ހައިސިއްޔަތުންނެވެ. ޙަރާމް ކަމެއް ކުރަން މީހަކާ ހަވާލު ކުރުމަކީ (ތައުކީލު ކުރުން) ޙަރާމް ކަމެކެވެ. ''

ނޯޓް:

މި ޤަރާރުގައިވާ 1،2،3 ވަނަ ނުކުތާތަކަކީ، މުނައްޡަމަތުލް މުއުތަމަރުލް އިސްލާމީގެ މަޖްމަޢުލް ފިޤްހުލް އިސްލާމީ އިން ވެސް ނެރެފައިވާ ޤަރާރެއްގައި، ހަމަ އެއް ޢިބާރާތަކުން ހުރި ނުކުތާތަކެކެވެ. އެއީ ޤަރާރް ނަމްބަރު 63 ، 1/7 . ހިޖުރައިން 7-12 ޛިލްޤަޢްދާ 1412 ، މީލާދީން 9-14 މޭ 1992 .

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.