ބުދަ20201202

އާކުރެވުނީ: 08:43:52

Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ފިޤުހު މުޢާމަލާތު ރިބާ ހިމެނޭ ދަރަންޏެއް ނަގާފައިވާ މިހަކު ތައުބާވާނީ ކިހިނެއް؟

ރިބާ ހިމެނޭ ދަރަންޏެއް ނަގާފައިވާ މިހަކު ތައުބާވާނީ ކިހިނެއް؟

ribaa-dharanin-thaubaa-vunސުވާލު: އަޅުގަނޑަކީ ކައިވެނިކޮށްގެން އުޅޭ ޒުވާނަކީމެވެ. ކައިވެނީގެ ޚަރަދުތައް ކުރަން ވެގެން އަޅުގަނޑު ވަނީ ރިބާ ބޭންކަކުން ދަރަންޏެއް ނަގާފައެވެ. ކައިވެނީގެ ޚަރަދުތައް ކުރުން އެއީ، ރިބާ ހިމެނޭ ދަރަންޏެއް ނެގުން ހުއްދަވާފަދަ ޝަރުޢީ ޟަރޫރަތުގެ ތެރޭގައި ހިމެނޭ ކަމެއް ނޫންކަން، މިފަހުން އަޅުގަނޑަށް ވަނީ އެނގިފައެވެ. ވީމާ މި ފާފައިން އަޅުގަނޑު ސަލާމަތް ވާނީ ކިހިނެއްތޯއެވެ؟ ފާފަ ފުއްސެވުން އެދި އަޅުގަނޑު ﷲ އަށް ދުޢާ ކުރަމެވެ. ނަމަވެސް ހަމަ އެކަނި ތައުބާވުމުން ފުދޭނެތޯއެވެ؟ ހަދަންވީ ކިހިނެއްތޯއެވެ؟

ޖަވާބު: އައްޝައިޚް ސާމީ އިބްރާހީމް އައްސުވައިލިމް (އިސްލާމީ އިޤްތިޞާދާ ބެހޭ ތަޖުރިބާކާރެއް، ސުޢޫދިއްޔާ)

ރިބާ ހިމެނޭ ދަރަންޏެއް ނެގިކަމަށްޓަކައި ތިބާ ތައުބާވާން ޖެހޭނެއެވެ. އަދި ރިބާ ހިމެނޭ ތި ޢަޤުދު އަވަހަށް ނިންމާލުމަކީ، ތައުބާވުމުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެގޮތުން، ބޭންކަށް ދައްކަން ޖެހޭ ބާކީ އޮތް ބައި އެއް ފަހަރާ ވަގުތުން ދައްކައިފިނަމަ، ރިބާ ފައިދާ، އަތު ނުލާ ދޫކޮށްލަން ބޭންކު އެއްބަސް ވޭތޯ ބަލާށެވެ.

ތި ހާލަތުގައި އެންމެ ފުރަތަމަ ވެސް ކުރަން ޖެހޭ ކަމަކީ، ކުރެވުނު ފާފައިން ތައުބާވެ އިސްތިޣްފާރު ކުރުމެވެ. ދެން އެއަށް ފަހު މާތް ﷲ ގެ ކޯފާއިން ތިނާ ސަލާމަތް ކުރައްވާ، ޙަލާލް ގޮތުގައި ރިޒުޤު ހޯދުމުގެ މަގު ތަނަވަސްކޮށް ދެއްވުން އެދި ﷲ އަށް ދުޢާ ދަންނަވާށެވެ. ދުޢާ އިޖާބަ ވާ ވަގުތުތަކުގައި މިކަމަށް އެދި ގަދަ އަޅާ ދުޢާ ކުރާށެވެ. އިޚްލާޞްތެރި ކަމާއެކު ދުޢާ ކޮށް، ﷲ ގެ މަދަދަށް އެދި އާދޭސް ކުރި މީހެއްގެ ދުޢާ އެކަލާނގެ ބޭކާރެއް ނުކުރައްވާނެއެވެ.

ދެން ނަގާފައި ތިވާ ރިބާ ދަރަނިން، ސަލާމަތް ވެވިދާނެ ގޮތްތަކެއް އެބަ ހުއްޓެވެ:-

އެކެއް: ބޭންކުން އަތުލާ ފައިދާ (ބޭންކު ރިބާ) އަތު ނުލާ ދޫކޮށްލަން ބޭންކުން އެއްބަސް ވެއްޖެނަމަ، ދަރަނިން އަދާކުރަން ޖެހޭ ބާކީ އޮތް ބައި، އެއް ފަހަރާ ވަގުތުން ދެއްކެން އޮތިއްޔާ(ވަގުތުގެ ކުރިން ދެއްކުން)ަ، ދެއްކުމަކީ ވާޖިބު ކަމެކެވެ. ތިމާގެ ނުވަތަ ދަންނަ މީހެއްގެ އަތުން ދަރަންޏެއް ނަގައިގެން ވިޔަސް ބޭންކު ދަރަނި އެއްފަހަރާ އަދާ ކުރުން ރަނގަޅެވެ. ބޮޑުވެގެންވާ ތި ފާފައިގައި ދެމިހުރުމުގެ ބަދަލުގައި، އެއްފަހަރާ ދަރަނި އަދާ ކުރުން ޤަބޫލު ކުރަން، ބޭންކު އެއްބަސް ކުރުވޭތޯ ބަލާށެވެ.

ދޭއް: ފަހުން އަގު އަދާ ކުރާ ގޮތަށް ހިއްސާ ގަނެވޭތޯ ބަލާށެވެ. ދެން ބޭންކަށް ދައްކަން ޖެހޭ ދަރަނި އަދާކުރުމުގެ ގޮތުން، މި ހިއްސާ ބޭންކަށް ދޭށެވެ. މި ގޮތަށް ބޭންކު އެއްބަސް ވެއްޖެނަމަ، ބޮލުގައި އެޅިފައި ތިވާ ރިބާ އިން ސަލާމަތް ވެވިދާނެއެވެ.

ތިނެއް: މަތީގައިވާ ގޮތުން ކުރެ ގޮތެއް ހަދަން ނުކުޅެދިއްޖެނަމަ، ތިބާގެ މިލްކިއްޔާތުގައި ހުރި، ވިއްކާފައި އުޅެވިދާނެ ކަހަލަ އެއްޗެއް، ވިއްކާލާށެވެ. މިސާލަކަށް ތިބާގެ ކާރު ނަގުދު ފައިސާއަށް ވިއްކާފައި، އެ ފައިސާއިން ބޭންކު ދަރަނި އަދާކުރާށެވެ. މި ދުވަސްކޮޅު ތެރޭގައި ކާރެއް ކޮންމެހެން ބޭނުންނަމަ، އިންސްޓޯލްމެންޓަށް ކާރެއް އަތުލާށެވެ.

ހަތަރެއް: މި އިން އެއްވެސް ގޮތަކަށް ޢަމަލު ކުރަން ނުކުޅެދިއްޖެނަމަ، އަދި ރިބާ ދަރަނި އަދާކުރެވޭނެ ފަދައެއް ނުފެނިއްޖެނަމަ، ތިބާ ވާނީ ޝަރުޢީ ޟަރޫރަތެއް ޖެހިފައިވާ މީހަކަށެވެ. އެއީ ރިބާ ދަރަންޏެކޭ ކިޔާފައި، ދަރަނި އަދާ ކުރުން ހުއްޓާލުން އެއީ، ތިބާއަށް ހުއްދަވެގެންވާ ގޮތެއް ނޫނެވެ. އެހެނީ، ރިބާ އަކީ ޙަރާމް އެއްޗަކަސް، ޚިޔާނާތްތެރިވުން އެއީ ކޮށްގެންވާނެ ކަމެއް ނޫނެވެ. އަދި އަނެއްކޮޅުން، މީހުން ދަރަނި ނަގާފައި އެއީ ރިބާ ދަރަންޏެކޭ ކިޔާފައި ދަރަނި އަދާކުރުމުން ފިލަން ފައްޓައިފިނަމަ، ބެލެވޭނީ އެއީ އިސްލާމް ދީނުގެ ނަމުގައި ވެވޭ ވަރަށް ނުބައި ޚިޔާނާތްތެރިވުމަކަށެވެ.

ވީމާ، ދަރަނި އަދާކުރާނެ އެއްވެސް ފަދައެއް ނެތިއްޖެ ހާލަތުގައި، އެ މީހަކު ޖެހޭނީ ދެ ގެއްލުމުން ކުރެ ކުޑަ ގެއްލުމެއް އިޚްތިޔާރު ކުރާށެވެ. މި ތާނގައި އެއީ ދަރަނި އަދާކޮށްފައި، އެ ކަމުން ތައުބާ ވެ ދެން ދުވަހަކު ވެސް އެފަދަ ކަމެއް ނުކުރުމެވެ. ރިބާ މުޢާމަލާތެއް ކުރެވޭ މީހަކަށް ވަކި ކައްފާރާއެއް އޮންނަ ކަން، އަހަރެންނަށް އެނގިފައެއް ނެތެވެ. ކުރަން ޖެހޭނެ ކަމަކީ، ތައުބާވެ އިސްތިޣްފާރު ކުރުމެވެ. އެ ގޮތުން މާތް ﷲ ވަޙީ ކުރައްވަނީ : فَمَنْ جَاءَهُ مَوْعِظَةٌ مِنْ رَبِّهِ فَانتَهَى فَلَهُ مَا سَلَفَ   އެވެ. ވީމާ ތައުބާވެ، ރިބާ މުޢާމަލާތް ހުއްޓާލާމުން ކުރީގެ ފާފަތައް އިރާދަ ކުރެއްވިއްޔާ ފޮހެވޭނެއެވެ. ވައްﷲ އަޢްލަމް .

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.