ހޯމަ20181112

އާކުރެވުނީ: 08:43:52

Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ފިޤުހު މުޢާމަލާތު ޞިއްޙަތު އިންޝުރެންސް ކުރުމާ ބެހޭ ފިޤުހީ ޤަރާރު

ޞިއްޙަތު އިންޝުރެންސް ކުރުމާ ބެހޭ ފިޤުހީ ޤަރާރު

insurance-qaraar2މުނައްޡަމަތުލް މުއުތަމަރުލް އިސްލާމީގެ ދަށުން އުފެދިފައިވާ، މަޖްމަޢުލް ފިޤުހުލް އިސްލާމީގެ ސޯޅަވަނަ ބައްދަލުވުން، އެކުވެރި ޢަރަބި އިމާރާތުގެ ދުބާއީގައި ވަނީ ބޭއްވިފައެވެ. އެއީ 03 ޞަފަރް އިން 5 ރަބީޢުލް އައްވަލް 1426 (9-4 އޭޕްރީލް 2005) އަށެވެ. 'ޞިއްޙަތު އަމާންކުރުން' (Health Insurance/ ތައުމީން އައްޞިއްޙީ) އާ ބެހޭގޮތުން މަޖްމަޢަށް ހުށައެޅުނު ބަޙުސްތައް ބެލުމަށްފަހު، އަދި އެ ބަޙުސްތަކާ މެދު ދެކެވުނު ވާހަކަތައް އަޑު އެހުމަށްފަހު، މި އަންނަނިވި ޤަރާރުތައް ނަގައިފީމެވެ:-

1- ޞިއްޙަތު އަމާންކުރުމުގެ (ހެލްތު އިންޝުރެންސް) ތަޢާރަފް:

ޞިއްޙަތު އަމާންކުރުމުގެ ޢަޤުދަކީ އެއީ: ވެވޭ އިއްތިފާޤެއްގެ ދަށުން، މީހެއް ނުވަތަ މުއައްސަސާއެއް، ކަނޑައެޅިފައިވާ ވަކި މިންވަރެއްގެ ފައިސާތަކެއް ނުވަތަ ވަކިވަކިން ދައްކާ 'ބައިތައް' (ޕްރީމިއަމް)، ކަނޑައެޅޭ ވަކިފަރާތަކަށް ދިނުމުން، ފަހުން މި ބުނި ފަރާތުން، އެ މީހާގެ ނުވަތަ މުއައްސަސާގެ ބޭސްފަރުވާ ކުރުމުގެ ޚަރަދު ބަރަދު ވަކި މުއްދަތެއް ވަންދެން ބެލެހެއްޓުމެވެ.

2- ޞިއްޙަތު އަމާންކުރުމުގެ ގޮތްތައް:

ޞިއްޙަތު އަމާންކުރެވެނީ ބޭސްފަރުވާ ދޭ މުއައްސަސާއަކުން، ނުވަތަ ބޭސްފަރުވާ އެދޭ މީހާއާއި ބޭސްފަރުވާ ދޭ މުއައްސަސާއާ ދެމެދު މެދުވެރިއެއްގެ ބައި އަދާކުރާ އަމާންކޮށްދޭ ކުންފުންޏަކުންނެވެ.

3- ޞިއްޙަތު އަމާންކުރުމުގެ ޙުކުމް:

ހ - ޞިއްޙަތު އަމާންކުރެވެނީ ސީދާ ހަސްފަތާލުން ކަމަށް ވާނަމަ، އަދި އޭގައި ހިމެނޭ ޣަރަރުގެ މިންވަރު ވަރަށް ކުޑަނަމަ، އަދި އެއީ ކޮންމެހެން ޟަރޫރީ ބޭނުމެއް ނަމަ، ހުއްދައެވެ. އަދި އެއީ ވަކި މިންގަނޑުތަކެއްގެ ދަށުންނެވެ. އެ މިންގަނޑުތަކަކީ:

* ދެ ފަރާތުން ކުރަންޖެހޭ ކަންތައްތައް(އިލްތިޒާމުތައް) ފުރިހަމައަށް ބަރާބަރަށް ޢަޤުދުގައި ބަޔާންކުރެވިފައިވުން.

* އަމާންކުރުމަށް އެދޭ ފަރާތުގެ ޞިއްޙީ ޙާލަތު ރަގަޅަށް ބަލާ ދިރާސާކޮށް އަދި އޭނާއަށް ކުރިމަތިވެދާނެ ޙާލަތްތައް ބެލުން.

* ބޭސްފަރުވާ ދިން މުއައްސަސާއިން، ޚިދުމަތް ލިބިގަތް ފަރާތުން ދައްކަން އެދޭ ފައިސާއަކީ ދިން ޚިދުމަތާ ގުޅޭ މިންވަރަކަށް ވާންޖެހޭނެއެވެ. ވީމާ، ވިޔަފާރިއެއް ގޮތަށް އަމާންކޮށްދިނުމުގެ ޚިދުމަތް ދޭ ކުންފުނިތަކުގައި ވާހެން، އެއީ 'ލަފާކުރެވޭ މިންވަރަކަށް' ވެގެން ނުވާނެއެވެ.

ށ- ޞިއްޙަތު އަމާންކުރެވުނީ، އަމާންކުރުމާއި އަދި އަލުންއަމާންކުރުމާއި ބެހޭގޮތުން މި މަޖްމަޢުން ނެރެފައިވާ ޤަރާރު ނަމްބަރު 9 (9/2) އާ އެއްގޮތްވާ ގޮތުގެ މަތިން ހިނގަމުންދާ އިސްލާމީ އަމާންކޮށްދޭ ކުންފުންޏަކުން ކަމަށް ވާނަމަ، އެ ހުއްދައެވެ.

ނ- ޞިއްޙަތު އަމާންކުރެވުނީ ވިޔަފާރި އުސޫލުން އަމާންކޮށްދިނުމުގެ ޚިދުމަތް ދޭ ކުންފުންޏަކުން ކަމަށް ވާނަމަ، މަތީގައި އިޝާރާތް ކުރެވިފައިވާ މަޖްމަޢްގެ ޤަރާރުގައި ނިންމާފައިވާ ފަދައިން، އެ ހުއްދައެއް ނުވާނެއެވެ.

4- ކަންތައްތައް ބެލުން:

ކަމާބެހޭ ފަރާތްތަކުން، ޞިއްޙަތު އަމާންކުރެވޭ ގޮތް ބަލައި، އެ ކަން ހިނގަނީ ޢަދުލުވެރި ގޮތެއްގައިތޯ ބަލައި، އަދި އަމާންކުރެވޭ ފަރާތްތައް ޙިމާޔަތްކޮށް، ނާޖާއިޒު ގޮތުގައި އެ މީހުންގެ ބޭނުންހިފުމާއި ގެއްލުމުން ސަލާމަތްކުރަން ޖެހޭނެއެވެ.

ގޮވާލާ ކަންތައްތައް:

މަޖްމަޢް ގެ މަޖްލިސް މި އަންނަނިވި ކަންތައްތަކަށް ގޮވާލަމެވެ:

1- އިސްލާމީ ޤައުމުތަކުގެ ސަރުކާރުތަކާއި ޚައިރީ ޖަމްޢިއްޔާތަކާއި ވަޤުފު މުއައްސަސާތަކުން، ހިލޭ ނުވަތަ ބަދަލުގައި އެކަށީގެންވާ އެއްޗެއް އަތުލައިގެން ނަމަވެސް، ވިޔަފާރި އުސޫލުން ޞިއްޙަތު އަމާންކުރުމުގެ ޚިދުމަތް ނު ހޯދާ މީހުންނަށް، ޞިއްޙަތު އަމާންކޮށްދޭން.

2- ދޫކުރެވިފައިވާ ޞިއްޙީ އަމާންކުރުމުގެ ކާޑުތައް، އޭގެ ވެރިފަރާތް ނޫން ފަރާތްތަކުން ބޭނުން ނުކުރަން. އެހެން ނޫންނަމަ އެކަން ވާނީ ޢަޤުދާއި ޚިލާފު އަދި މަކަރާ އޮޅުވާލުމުގެ ޢަމަލަކަށެވެ.

3- ބަލިވެއްޖެ ކަމަށް ދޮގު ދަޢްވާކޮށް، ނުވަތަ ހުރި ބައްޔެއް ފޮރުވައި، ނުވަތަ ޙަޤީޤަތާ ޚިލާފު މަޢްލޫމާތު ދީގެން ނަހަމަ ގޮތުގައި ޞިއްޙަތު އަމާންކުރުމުގެ ބޭނުން ނުކުރުމަށް ވެސް ގޮވާލަމެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.