ހުކުރު20181207

އާކުރެވުނީ:

Error
  • MySQL server has gone away SQL=SELECT * FROM sre1m_banners WHERE '2018-12-08 03:26:36' >= `reset` AND `reset` != '0000-00-00 00:00:00' AND `reset`!=NULL AND (`checked_out` = 0 OR `checked_out` = 0)
  • MySQL server has gone away SQL=SELECT * FROM sre1m_banners WHERE '2018-12-08 03:26:36' >= `reset` AND `reset` != '0000-00-00 00:00:00' AND `reset`!=NULL AND (`checked_out` = 0 OR `checked_out` = 0)
  • MySQL server has gone away SQL=SELECT * FROM sre1m_banners WHERE '2018-12-08 03:26:36' >= `reset` AND `reset` != '0000-00-00 00:00:00' AND `reset`!=NULL AND (`checked_out` = 0 OR `checked_out` = 0)
  • MySQL server has gone away SQL=SELECT * FROM sre1m_banners WHERE '2018-12-08 03:26:36' >= `reset` AND `reset` != '0000-00-00 00:00:00' AND `reset`!=NULL AND (`checked_out` = 0 OR `checked_out` = 0)

ރޯދަ ގެއްލޭ ކަންތައްތައް

ramadan-6-roadhaރޯދަ ގެއްލޭ ކަންތައްތަކަކީ މިއީއެވެ.

1- ޖިމާޢުވުން

2- ކެއުން

3- ބުއިން

4- ޝަހުވަތަކާއި ލައިގެން މަނިބޭރުކުރުން

5- ކާއެއްޗެއްސާއި ބޯއެއްޗެހީގެ މާނަ ދޭހަވާ އެއްވެސް އެއްޗެއް ބޭނުން ކުރުން

6- ޤަސްދުގައި ހޮޑުލުން

7- ޙައިޟު ނިފާސްވުން

1 - ކެއުން ބުއިމާއި ޖިމާޢުވުމުން ރޯދަ ގެއްލޭ ކަމުގެ ދަލީލަކީ ބަޤަރާ ސޫރަތުގެ 187 ވަނަ އާޔަތެވެ. فَالآنَ بَاشِرُوهُنَّ وَابْتَغُواْ مَا كَتَبَ اللّهُ لَكُمْ وَكُلُواْ وَاشْرَبُواْ حَتَّى يَتَبَيَّنَ لَكُمُ الْخَيْطُ الأَبْيَضُ مِنَ الْخَيْطِ الأَسْوَدِ مِنَ الْفَجْرِ ثُمَّ أَتِمُّواْ الصِّيَامَ إِلَى الَّليْلِ

މާނައަކީ: ''ފަހެ މިހާރު ތިޔަބައިމީހުން އެކަނބަލުންނާއި ބީހިއުޅޭށެވެ. (އަނބިފިރިކަމުގެ ގުޅުން) އަދި ތިޔަބައިމީހުންނަށްޓަކައި މާތް ﷲ ކަނޑައަޅުއްވާ ލިއުއްވާފައިވާ ގޮތް އެދިގަންނާށެވެ. އަދި ތިޔަބައިމީހުން ކައިބޮއެ އުޅޭށެވެ. ފަޖުރުގެ ސަބަބުން، ކަޅު ރޮދީގެތެރެއިން ހުދު ރޮދި (އެބަހީ ރޭގަނޑުގެ އަނދިރިކަމުގެ ތެރެއިން ދުވާލުގެ އަލިކަން) ފާޅުވެ އެގިއްޖައުމަށް ދާންދެނެވެ. ދެން އެއަށްފަހު ރޭ ވެއްޖައުމަށް ދާންދެން ރޯދަ ފުރިހަމަ ކުރާށެވެ. ''

2- ޝަހުވަތަކާއި ލައިގެން މަނި ބޭރުކުރުމުން ރޯދަ ގެއްލޭކަމުގެ ނަޤުލީ ދަލީލުތަކުގެ އިތުރަށް ބުނަން ޖެހެނީ، ރޯދައަކީ އިންސާނާގެ ބަނޑުގެ ޝަހުވަތާއި (ކެއުން ބުއިން) ފަރުޖުގެ ޝަހުވަތުން ދުރުހެލިވެގެން ތިބެ ހިފަންޖެހޭ އެއްޗެކެވެ. ރޯދަ ހިފުމޭ ނަން ދެވިފައިވަނީ، މިކަންތަކުން ދުރުހެލިވުމަށެވެ. ވީމާ ޖިމާޢުވުމުން، އަމިއްލައަށް ޖިންސީ އެދުން ފުއްދުން އެއީ ރޯދަ ގެއްލޭ ކަންތަކެވެ.

ރޯދައަށް ހުރެ މިފަދަ ކަމެއް ކުރުމަކީ އެއީ ބޮޑުވެގެންވާ ފާފައެކެވެ. މިފަދަ ކަމެއް ކުރެވުނު މީހާ ޖެހޭނީ ތައުބާވެ، އަލުން ރޯދަ ހިފާށެވެ.

ރޯދައަށް ހުރެ އަނބިމީހާއާއި ޖިމާޢުވެއްޖެނަމަ ރޯދަ ބާޠިލްވާނެއެވެ. އަދި ކައްފާރާ ދޭން ޖެހެއެވެ. ޖިމާޢު ވީ އަނބިމީހާގެ ރުހުމުގައި ކަމަށްވަނީނަމަ ދެ މީހުންވެސް ފާފަވެރިވެ ދެމީހުންވެސް ކައްފާރާ ދޭން ޖެހެއެވެ. އަންހެނާގެ ރުހުމަކާ ނުލާނަމަ އޭނާގެ ކުށެއް ނެތެވެ. ޖިމާޢުވުން ނޫން ގޮތަކަށް ޝަހުވަތަކާއި ލައިގެން މަނިބޭރު ކުރިއަސް ކައްފާރާ ދޭކަށް ނުޖެހެއެވެ.

މަންޏާއި މަޛްޔާއި އެއީ ދެ އެއްޗެކެވެ. ރޯދަ ގެއްލެނީ ޝަހުވަތަކާއި ލައިގެން މަނި ބޭރު ކުރުމުންނެވެ. ކޮންމެ ގޮތަކަށް މަޛްޔު ބޭރުވިއަސް ރޯދަ ނުގެއްލޭނެއެވެ.

މަތީގައިވާ ކަންތަކުން ރޯދަ ގެއްލޭނެ ޝަރުޠުތައް :

މަތީގައި ބުނެވުނު ކަމެއް ވުމުން ރޯދަ ގެއްލޭނީ ތިން ޝަރުޠެއް ފުރިހަމަވުމުންނެވެ. އެއީ :

1 އެކަން އެނގުން.

މާނައަކީ އެ ކަމުގެ ޝަރުޢީ ޙުކުމް އެނގި ހުރުމެވެ. ވީމާ ދީނުގައި އޭގެ ޙުކުމް ނޭނގި ނުވަތަ ވަގުތު އޮޅިގެން މިއިން ކަމެއް ކުރެވުނަސް ރޯދަ ނުގެއްލޭނެއެވެ. ނަމަވެސް މިކަންތައް ދަސްކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ޢައިނިއްޔަ ފަރުޟެކެވެ. މިކަމާ ގުޅުން ހުރި ހެވޭކަހަލަ ވާހަކައެއް އޮންނަ ޙަދީޘެއް ބުޚާރީ މުސްލިމުގައި ރިވާކުރެވިފައިވެއެވެ. އެއީ ޤުރުއާނުގައި ހުރު ރޮއްޖާއި ކަޅު ރޮދީގެ ވާހަކަ އޮތީމާ، ޞަޙާބީއަކު ސީދާ ބަހުގެ މާނަ ނަގައިގެން ބާލީސް ދަށުގައި ދެ ރޮދި ބާއްވައިގެން ދޭތިވަކި ކުރަން އެނގެންދެން ބަނޑުފުރައި ކެއީއެވެ. އަދި ހެނދުނު ރަސޫލާ އަރިއަހަށްގޮސް އެވާހަކަ ދެންނެވުމުން ރަސޫލާ ޙަދީޘް ކުރެއްވީ އާޔަތުގެ މުރާދަކީ އެއީ ނޫން ކަމަށެވެ. އޭގެ މުރާދަކީ ރޭގަނޑާއި ދުވާ ވަކިވުން ކަމަށެވެ. އަދި މި ޙާދިޘާގައި އޭނާގެ ރޯދަ އަލުން ހިފަން ރަސޫލާ ނާންގަވައެވެ. ވީމާ އެއިން އެނގެނީ ޙުކުމް ނޭނގި ކަމެއް ކުރެވުނަސް ރޯދަ ނުގެއްލޭނެ ކަމަށެވެ.

ޙުކުމް ނޭނގުމޭ މި ބުނަނީ ޙުކުމާއި ޚިލާފުވީމާ އޮންނަ ޢުޤޫބާތް ނުވަތަ ޖަޒާ ނޭނގޭވާހަކައެއް ނޫނެވެ. އެގޮތުން މިސާލަކަށް ރޯދައަށް ހުރެ ޖިމާޢުވުމަކީ ޙަރާމް ކަމެއްކަން އެނގިހުރެ ނަމަވެސް ކައްފާރާއެއް އޮންނަކަން ނޭނގި ޖިމާޢުވިޔަސް އޭނާ ފާފަވެރިވާނެއެވެ. އަދި ކައްފާރާވެސް ދޭން ޖެހޭނެއެވެ.

2- ހަނދާން ހުރުން

ހަނދާން ނެތިގެން ކައިބޮއެ ހެދިއަސް ރޯދަ ނުގެއްލޭނެއެވެ. (ރޯދައަށްހުރެ ހަނދާންނެތި ކެއުން)

3- ޤަސްދު އޮތުން

ގަސްދެއްނެތި ކުރާ ކަމަކުން ދީނީ ގޮތުން ފާފަވެރިއެއް ނުވެއެވެ. ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވާފައިވަނީ، އެކަލޭގެ ފާނުގެ އުއްމަތުގެ މީހުން، އޮޅިގެންނާ، ހަނދާންނެތިގެންނާ، މަޖްބޫރު ކުރެވިގެން ކުރާ ކަންތަކަށް ﷲ ޢަޛާބު ނުދެއްވާނެ ކަމަށެވެ.


 

ގުޅުންހުރި:

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.