ބުދަ20201202

އާކުރެވުނީ: 08:43:52

Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ފިޤުހު އަޅުކަން ޙައްޖުމަހުގެ ފުރަތަމަ ދިހައިގެ މާތްކަން

ޙައްޖުމަހުގެ ފުރަތަމަ ދިހައިގެ މާތްކަން

arafa_dhuvasޢަރަފާތް ދުވަހަކީ ޛުލްޙައްޖާ މަހުގެ ނުވަވަނަ ދުވަހެވެ. ޙައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހަކީ އެންމެ މާތްވެގެން ވާ ދުވަސްތައް ކަމުގައި ޢިލްމުވެރިން ދެކިލައްވައެވެ. ބައެއް ޢިލްމުވެރިން ލައިލަތުލް ޤަދްރިވިލޭރެއަށް ވުރެ ވެސް ޙައްޖުމަހުގެ ދިހަދުވަސް މާތްކަމަށް ދެކިލައްވައެވެ. ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ ވިދާޅުވެފައިވަނީ އެންމެ މާތް ރެއަކީ ލައިލަތުލް ޤަދްރިއެވެ. އެންމެ މާތްދުވަސްތަކަކީ ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހެވެ.

މި ދުވަސްތައް މާތްވެގެން ވާ ދުވަސްތަކަކަށް ވާންޖެހޭ ސަބަބު ތަކުގެ ތެރޭގައި، އިސްލާމް ދީނުގެ ހުރިހާ އަޅުކަންތަކެއް މިދުވަސް ތަކުގައި، އެއްވެ ޝާމިލުވުން ހިމެނެއެވެ. އެގޮތުން އަބަދުވެސް އަޅުގަނޑުމެން ކުރާ ނަމާދާއި، މި ދުވަސްތަކުގައި ސުންނަތް ވެގެންވާ ރޯދަހިފުން ، ޙައްޖުވުން، ފަޤީރުންނަށް އެހީވުން، ﷲ ގެ ވަޖުހުފުޅަށް ކަތިލެވި ޤުރުބާން ކުރެވޭ ނާމަސޫފި ވެސް މި ދުވަސްތަކުގެ ތެރޭގައި ކަތިލެވުން ހިމެނެއެވެ.

ވީމާ އެތަކެއް ހެޔޮކަން އެއްފަހަރާ ކުރުމުގެ ފުރުސަތު މިދުވަސްވަރުގައި އަޅުގަނޑުމެންނަށް ލިބެއެވެ. ކީރިތި ޤުރުއާނުގެ ސޫރަރުލް ފަޖްރު ގައި ނަންގަނެވިފައިވާ ދުވަސްތަކަކީ މިއީކަމަށް ގިނަ ޢިލްމުވެރިން ދެކިލައްވައެވެ. ދުވަސް ތަކަކީ ރޯދަހިފުން ސުންނަތްވެގެންވާ ދުވަސްތަކެކެވެ. ސުންނަތްވެގެން ވަނީ ފުރަތަމަ 9 ދުވަހު ރޯދަ ހިފުމެވެ. ދިހަވަނަ ދުވަސް އެއީ ޢީދު ދުވަސް ކަމުން އެދުވަހު ރޯދަ ހިފުން ހުއްދައެއް ނޫނެވެ. ޢަރަފާތް ދުވަހަކީ ރޯދަހިފުން ވަރަށް ހެޔޮ އިތުރު ދުވަހެކެވެ. މިދުވަހު ރޯދަ ހިފުން ސުންނަތްވެގެން ވަނީ ޙައްޖުވެރިން ފިޔަވައި އެހެން މީހުންނަށެވެ. ޢަރަފާތްދުވަހުގެ ރޯދައިން ދެ އަހަރުދުވަހުގެ ކުށް ފޮހެވޭކަމަށް ޙަދީޘެއްގައި އައިސްފައިވެއެވެ.

މި ދުވަސްތަކުގައި ކުރެވޭ ދުޢާތަކާއި ޛިކުރުތަކާއި ، ރޯދައާއި ، ދަމުނަމާދުފަދަ ހެޔޮކަންތަކަކީ އަހަރުގެ އެހެން އެއްވެސް ދުވަހެއްގައި ކުރުމަށްވުރެ ހެޔޮކަންބޮ ކަންތަކެވެ. މިކަން މިގޮތައް ސާބިތުވާ ޙަދީޘްފުޅެއް ބުޚާރީގައި އައިސްފައިވެއެވެ. ما من أيام العمل الصالح أحب إلى الله عز وجل فيها من هذه الأيام  قيل له: يا رسول الله ولا الجهاد؟ قال: "ولا الجهاد، إلا رجل خرج بنفسه وماله فلم يرجع من ذلك بشيء

މާނައަކީ : "ހެޔޮޢަމަލު ކުރަން ، ﷲގެ ޙަޟުރަތުގައި މިއަށްވުރެ ލޮބޮވެތިވެ ވޮޑިގެންވާ ދުވަސްތަކެއް ނުވެއެވެ. ޞަޙާބީން ދެންނެވިއެވެ. " އޭ ﷲގެ ރަސޫލާއެވެ. ﷲގެ މަގުގައި ޖިހާދުކުރުމަށްވުރެ ވެސްތޯއެވެ؟ " ރަސޫލާ ޙަދީޘް ކުރެއްވިއެވެ. ޖިހާދުކުރުމަށްވުރެސް މެއެވެ. އެކަމަކު ﷲގެ މަގުގައި އޭނާގެ މުދަލާއި ނަފްސާއިގެން ނުކުމެ އެއި އެއްޗަކާއިގެން އަބުރާ ނާނނަ މީހާ ފިޔަވައެވެ."

ނަސީބުގަދަ މީހެއް ވިއްޔާ މިދުވަސްތަކުގެ ބަރަކާތްތެރިކަން ހޯދައިގަންނާނެއެވެ. އެގޮތުން ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި ގިނަގިނައިން ޛިކުރު ކުރުމާއި، ޢަރަފާތް ދުވަހު ރޯދަ ހިފުމާއި ( ޙައްޖުވެރިން ނޫން މީހުން ) ، ޢީދު ދުވަހު އުޟުޙިޔާ ކަތިލުން ، ކުރެވިފައިވާ ކުއްފާފަތަކުން ތައުބާވުން ހިމެނެއެވެ.

މިހާރު މިމަހުގެ 6 ދުވަސް ހިގައްޖެއެވެ. ނަމަވެސް އަދިވެސް އެއްކޮށް ވަގުތު ފާއިތެއް ނުވެއެވެ. އަދި ޢަރަފާތް ދުވަހު ރޯދަ ހިފުމުގެ ފުރުސަތު އެބައޮތެވެ.

 


 

ގުޅުންހުރި:

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.