ހޮނިހިރު20181110

އާކުރެވުނީ: 08:43:52

އަޅުކަން

ބުރުގާ ނޭޅުމުން ޢަޛާބު ލިބޭނެތަ؟

burugaa-neylhumun-faafa-libeythaއަމުރެއް ކުރައްވައިފިޔާ އޮތީ ބޯލެނބުމެވެ. ކޮންމެ މުސްލިމް އަންހެނަކާއި ފިރިހެނަކުވެސް، ﷲ އާއި ރަސޫލު- ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ އަމުރުފުޅުތަކަށް ބޯލަނބައި ކިޔަމަން ގަތުމަކީ ވާޖިބު ކަމެކެވެ. އެ ކަމަކީ ބަލާބެލުމަށް ކިތަންމެ ދަތި އުނދަގޫ ކަމަކަށް ވިޔަސް ވެހެވެ. ދީނުގެ އަމުރުތަކަށް ތަބާވެ، ނަހީތަކުން އެއްކިބާ ވުމުގައި އެއްވެސް މީހެއް ދެކެ ބިރުގަނެ،

ލަދު ގަތުން އެއީ އޮންނަން ވާނެ ކަމެއް ނޫނެވެ. އިސްލާމްކަމުގެ މާނައަކީ ބޯލަނބައި ކިޔަމަން ގަތުމެވެ. ވީމާ އަހަރެމެން ޖެހޭނީ ހަވާނަފްސަށް ތަބާ ނުވެ، އަމުރު ކުރެވިފައި ހުރިހާ ކަމެއް ކޮށް، ޙަރާމް ހުރިހާ ކަމަކުން ދުރުވާށެވެ.

ތަފްޞީލު...



ބުރުގާ އެޅުމުގެ ޙުކުމް

burugaa ބުރުގާ އެޅުމަކީ ބާލިޣްވެއްޖެ ކޮންމެ މުސްލިމް އަންހެނެއްގެ މައްޗަށް މާތްﷲ ވާޖިބުކުރައްވާފައިވާ ކަމެކެވެ. ބުރުގާ ނާޅާ މީހަކު ބުރުގާ ނާޅަންވެގެން ދައްކާފާނެ ބަހަނާއަކީ، އެއީ ކުރަންޖެހޭ ކަމެއް ނޫންކަމަށް ބުނުމެވެ. ނުވަތަ އެއީ ޚިލާފު މައްސަލައެއްކަމަށް ބުނުމެވެ. ނަމަވެސް ބުރުގާ އެޅުމަކީ ދީނުގައި ވާޖިބުކަމެއްކަން އެއީ ދުވާލު މެންދުރު އިރުފަދައިން ސާބިތުކަމެކެވެ.

މި ލިޔުމުގައި ބަލާލާނީ ބުރުގާ އެޅުމުގެ ޙުކުމާއި، ބުރުގާގެ މާނައާއި، އަޅާ ހެދުމުގައި ހުންނަންޖެހޭ ސިފަތަކާއި، އަދު ބުރުގާއަޅާ ބައެއްމީހުން ކުރާ ނުރަނގަޅު ބައެއް އާދަތަކަށެވެ.

ތަފްޞީލު...



ތަސްބީޙަ ނަމާދު

kushu-sajida-suvaal-javaabތަސްބީޙަ ނަމާދުގެ ޙުކުމާއި މެދު ޢިލްމުވެރިން ގެ މެދުގައި ޚިލާފު އުފެދި، މައިގަނޑު ދެ ބަޔަކަށް ބެހިފައިވެއެވެ. އެއީ :-

1- ކުރުން އެދެވިގެންވާ ކަމެއް

2- ކޮށްގެން ނުވާނެ ކަމެއް

މި ޚިލާފު މި ގޮތަށް އުފެދެން މެދުވެރި ވި ސަބަބަކީ، މި ކަމާއި ބެހޭ ގޮތުން އައިސްފައިވާ ޙަދީޘްގެ ޞައްޙަ ކަމާއި މެދު ޚިޔާލު ތަފާތު ވުމެވެ. ގިނަ ޢިލްމުވެރިން ވަނީ ތަސްބީޙަ ނަމާދާއި ބެހޭ ގޮތުން އައިސްފައިވާ ޙަދީޘަކީ '' ޙަސަން '' ގެ ދަރަޖަ ދެވޭ ޙަދީޘެއް ކަމަށް ވިދާޅުވެފައެވެ.

ތަފްޞީލު...



ދިރިތިބީން ޤުރުއާން ކިޔެވުމުން، އެކަމުގެ ޘަވާބު މައްޔިތާއަށް ފޯރާތަ؟

janaazaa-2އަސްލަކީ އިންސާނާ މި ދުނިޔެ ދޫކުރުމުން އޭނާގެ ހުރިހާ ޢަމަލެއް ހުއްޓުނީއެވެ. އަދި އޭނާ ކުރާ ކަންތައް ލިޔެވޭ ފޮތް ލެއްޕުނީއެވެ. ވީމާ އެ ފޮތުގައި ދެން އޭނާއަށް މަންފާއެއް ކުރާނެ ރަނގަޅު ކަންތަކެއް ނުލިޔެވޭނެއެވެ. ނަމަވެސް މި އަސްލަށް އިސްތިސްނާއެއް ވެއެވެ. މި އިސްތިސްނާގެ ދަށުން ދިރި ހުރި މީހަކު ކުރާ ކަމަކުން މައްޔިތާއަށް އެ ކަމުގެ ޘަވާބު ލިބިދާނެއެވެ. މި ކަން އަހަރެމެންނަށް އެނގެނީ ކީރިތި ރަސޫލާ މި ވާހަކަ އަހަރެމެންނަށް އުނަގަންނަވައި ދެއްވީމައެވެ. އަދި އެކަލޭގެފާނު ވަނީ، މައްޔިތާއަށްޓަކައި ވަކި ކަންތަކެއް ކުރުމަށް އެކި ފަހަރު މަތިން އެކި އިރުޝާދު ދެއްވާފައެވެ.

ތަފްޞީލު...



ދިރިތިބީންގެ ފަރާތުން މައްޔިތާއަށްޓަކައި ކުރެވިދާން ކަންތައްތައް

janaazaa-1ތިމާގެ މީހެއް ނުވަތަ ލޯބިވާ މީހެއް މަރުވުވުން، އެންމެ އިސްކަންދެވެނީ އޭނާއަށް ހެޔޮ ޘަވާބު ލިބޭ ކޮންމެވެސް ކަމެއް ކުރެވޭތޯއެވެ. ނަމަވެސް ބައެއްފަހަރު ކުރަންވީ ކޮންކަމެއް ކަން، ނުކުރަންވީ ކޮންކަމެއް ކަން އޮޅޭގޮތް ވެ، ޙައިރާން ކަމެއްގެ ތެރޭގައި ހުރެވޭ ފަހަރުވެސް އާދެއެވެ. މި ލިއުމުގައި މި ބަލާލަނީ މައިންބަފައިން ނުވަތަ ހެޔޮއެދޭ މީހަކު މި ދުނިޔެ ދޫކޮށްފައި ދިއުމުން އޭނާގެ ފާފަތައް ފޮހެވި ހެޔޮ ދަރުމަ ލިބޭތޯ އެދި ކުރެވިދާނެ ކަންތަކަށެވެ.

މީހުންނަށް ޘަވާބު ދެއްވުމާއި ޢަޛާބު ދެއްވުމުގެ އަސްލަކީ، ކޮންމެ މީހަކުވެސް ކުރާ ކަމަކަށް ޘަވާބާއި ޢަޛާބު ދެއްވުމެވެ.

ތަފްޞީލު...



ޤުރުއާންކިޔެވުމާ ވުޟޫހުރުން

vuzoo-quranމުސްލިމުން މުޞްޙަފް ގެންގުޅުމާއި ޤުރުއާން ކިޔެވުމާ ބެހޭ ގޮތުން ވާހަކަ ދައްކާ އިރު، މި މައުޟޫގައި ހިމެނޭ ބައެއް ބައިތައް އަރިމަތީ ސުރުޚީތަކަކަށް ބަހައިލެވިދާނެއެވެ. އެއީ:-

ޤުރުއާން: ޤުރުއާނުގައި އަތްލުމާއި އުފުލުމާއި، އަދި އެއިން ކިޔެވުމާ ބެހޭ ގޮތުން ހިތުގައި ސުވާލެއް އުފެދޭ، އަތް ލެވޭ އެއްޗަކީ މިއިން ކޮންމެވެސް އެއްޗަކަށް ނުވެ ނުދާނެއެވެ.

ތަފްޞީލު...



ތަޝައްހުދުގެ މާނަ އަދި ސުވާލެއް

thashahhudތަޝައްހުދު (އައްތަޙިއްޔާތު) ގެ ޢިބާރާތް ރަސޫލާ އެތައް ގޮތަކަށް ވިދާޅުވެފައި ވެއެވެ. އެހެންވެ އެތައް ޢިބާރާތެއް ރިވާ ކުރެވިފައި ވެއެވެ. ވީމާ އެކަކު ކިޔާ ގޮތާއި އަނެކަކު ކިޔާ ގޮތް އެއް ގޮތް ނުވުމުން ޙައިރާން ވާކަށް ނުޖެހެއެވެ. މި ލިއުމުގައިވާ ތަޝައްހުދަކީ ފަހަރެއްގައި ގިނަބަޔަކު ކިޔާ ޢިބާރާތަކަށް ނުވެ ވެސް ހިގައި ދާނެއެވެ. ޢާއްމުކޮށް ގިނަ މީހުން ކިޔައިއުޅޭ އައްތަޙިއްޔާތަކީ ވެސް އިމާމް މުސްލިމް ރިވާ ކުރެއްވި ހަމަ، ޞައްޙަ ޙަދީޘެއްގައިވާ އެއްޗެކެވެ.

ތަފްޞީލު...



ވުޟޫ ގެއްލޭ ކަންތައްތައް.. އަލިފުން ޔާއަށް

vuzoo-azއިސްލާމް ދީނުގައި އޮންނަ އެންމެ މުހިއްމު އަޅުކަމަކީ ނަމާދުކަމާމެދު ޝައްކެތް ނެތެވެ. ވީމާ ނަމާދަކީ ވަރަށް ބޮޑު ސަމާލުކަމެއް ދޭން ޖެހޭ ކަމެކެވެ. އަނެއް ކޮޅުން ނަމާދު ކުރުން ހުއްދައީ ވުޟޫ މަތީ ހުރެގެންނެވެ. ވީމާ ވުޟޫ އާއި ވުޟޫ ގެއްލޭ ކަންތަކަކީ ކޮބައިކަން އެނގިފައި ހުރުމަކީ، ނަމާދުގެ ޙުކުމްތައް އެނގިފައި ހުރުމަށް ވުރެ ވަކިން މުހިއްމު ކަން ކުޑަ ކަމެއް ނޫނެވެ.

ވުޟޫ ގެއްލޭ ކަންތަކަށް ބަލާ އިރު، ވުޟޫ ގެއްލޭކަމަށް ޢިލްމުވެރިން އިއްތިފާޤުވާ ކަންތަކަކާއި، ހުރިހާ ޢިލްމުވެރިން އިއްތިފާޤު ނުވާ ކަންތަކެއް އެބަހުއްޓެވެ. ވީމާ ފުރަތަމަ މި ބަލާލަނީ އިއްތިފާޤު ކަންތަކަށެވެ.

ތަފްޞީލު...



ބުމަ ހެދުމަކީ ކޮންކަހަލަ ކަމެއް ؟

buma-hedhunޒީނަތްތެރިވުމަކީ އިސްލާމްދީން އެއްގޮތަކަށްވެސް މަނާ ކުރާ ކަމެއް ނޫނެވެ. ނަމަވެސް އެއީ ޒީނަތެއް ކަމަށް އަހަރެމެން ބަލާ ކޮންމެ ކަމަކީ، ދީނުގެ ނަޒަރުގައި ރީތި، ޒީނަތްތެރިކަމެއް ނޫނެވެ. ބައެއް ފިރިހެނުން ރަނުގެ ގަހަނާ އެޅުމަކީ އެއީ ޒީނަތްތެރި ކަމެއް ކަމަށް ދެކެއެވެ. އެކަމަކު އެއީ މި ދީން ޤަބޫލު ކުރާ ކަމެއް ނޫނެވެ. އަންހެނުން ފިރިހެން ހެދިގެން ނުވަތަ ފިރިހެނުން އަންހެން ހެދިގެން އުޅުމަކީ ފަހަރެއްގާ ''ވަކި ބަޔަކު'' ރީތި ކަމެއް ކަމަށް ދަޢުވާކޮށްފާނެއެވެ.

ތަފްޞީލު...



ޢީދުގެ މަޤްޞަދު

eid-maqsadއިސްލާމް ދީނުގައި އައިސްފައިވާ ހުރިހާ ޙުކުމްތަކެއްވެސް މާތް ﷲ ކަނޑައަޅުއްވާފައިވަނީ، އެކަލާނގެ އަޅުތަކުންގެ މަޞްލަޙަތަށްޓަކައެވެ. އަވަހަށް ނަމަވެސް ފަހުން ނަމަވެސް މި މަޞްލަޙަތު ޙާޞިލްވާނެކަން، ދޭހަކޮށްދޭ އެތަކެއް އާޔަތްތަކެއް ޤުރުއާނުގައި ވެއެވެ. އަދި އެތަކެއް ޙަދީޘްތަކެއް އައިސްފައިވެއެވެ. އިސްލާމް ދީނުގެ ކުއްލިއްޔާތުލް ޚަމްސަ ނުވަތަ އެކަންތަކެއް ޙިމާޔަތް ކުރުމަށްޓަކައި ޝަރީޢަތް އައިސްފައިވާ ކަންތަކަކީވެސް އިންސާނުންގެ މަޞްލަޙަތަށް ކަނޑައެޅިފައިވާ ކަންތަކެވެ.

ތަފްޞީލު...



ހަ ރޯދަ އާއި ބެހޭ ސުވާލު ޖަވާބު

1ramadan-6-roadha- ޝައްވާލު މަހު ހަ ރޯދަ ހިފާ އިރު، އެ މީހަކު ބޭނުން ދުވަސްތަކެއް އިޚްތިޔާރު ކުރެވިދާނެތަ؟ ނޫނީ މި ހަ ރޯދަ ހިފަން ޖެހޭ ވަކި ދުވަސްތަކެއް ވޭތަ؟ އަދި އެ ރޯދަ ހިފައިފިއްޔާ އެއީ އޭނާ އެ ރޯދަ ކޮންމެ އަހަރަކުވެސް ހިފަން ޖެހޭނެތަ؟

ޖަވާބު: ޢަބްދުލް ޢަޒީޒް ބިން ބާޒް (މަޖްމޫޢް ފަތާވާ / 15 ވަނަ ބައި 390 ވަނަ ޞަފްޙާ)

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިއަހުން ސާބިތުވެފައި ވާ ޙަދީޘެއްގައި ވަނީ: مَنْ صَامَ رَمَضَانَ ثُمَّ أَتْبَعَهُ سِتًّا مِنْ شَوَّالٍ كَانَ كَصِيَامِ الدَّهْرِ

ތަފްޞީލު...



ސުންނަތް ރޯދަ ހިފުން މޮޅު އިތުރު ދުވަސްތައް

roadha-sunnaމަހެއްގެ ތެރޭގައި ސުންނަތް ރޯދަ ހިފުން ރަނގަޅީ ކޮން ދުވަސްތަކެއްގައިހެއްޔެވެ؟ އަދި ރޯދަހިފުމަށް ހަފުތާގެ ވަކި ޚާއްޞަ ދުވަހެއް އޮވޭހެއްޔެވެ؟ އަދި ހޯމަ ބުރާސްފަތީގައި ރޯދަ ހިފުމަކީ ކޮންކަހަލަ ކަމެއް ހެއްޔެވެ؟

މާތް ﷲ އެކަލާނގެ އަޅުތަކުންނަށް ދެއްވާފައިވާ ނިޢްމަތްތަކުގެ ތެރޭގައި، ފަރުޟުތަކުގެ އިތުރުން އަދި ސުންނަތް އަޅުކަންތަކެއް ކޮށްގެން، އެކަލާނގެއާއި ބޮޑަށް ކުއްތަން ވެވޭ ގޮތް މިންވަރު ކުރެއްވުން ހިމެނެއެވެ.

ތަފްޞީލު...



ރޯދަ މަސް އައުމުގެ ކުރިން

roadha-mas-aumuge-kurinރޯދަ މަސް އަންނަނީއެވެ. ތެދުވެރި މުސްލިމުން ތިބީ އެ މަސް އަންނަލެއް ލަސްވެގެން ކެތް މަދުވެފައެވެ. ތައުބާވާން ބޭނުންވާ މުސްލިމުން ތިބީ، މާޟީގައި ކުރެވުނު ފާފަތަކުން، ހިތް ނުތަނަވަސްވެ މޮޅިވެފައެވެ. ފާފަތަކާއި ހައްމުތަކާއި ޣައްމުތަކުން އެ މީހުންވަނީ، ހިލިނުގަނެވިފައެވެ. ނަމަވެސް ރޯދަ މަހަކީ، މި ފަދަ މީހުންގެ އުއްމީދު އާލާވާނެ މަހެކެވެ. ތައުބާވުމަށެވެ.

މި ދިޔަ ރޯދަ މަހު ރޯދަ ނުހިފާ އުޅޭނެ ގޮތަކަށް އުޅެފައި، މި ރޯދަ މަސް އައުމުގެ ކުރިން މަރުވެ ދިޔައީ ކިތައް މީހުން ހެއްޔެވެ؟

ތަފްޞީލު...



ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.