އާދީއްތަ20180909

އާކުރެވުނީ: 08:43:52

ފިޤުހު

ސުންނަތް ރޯދަ ހިފުން މޮޅު އިތުރު ދުވަސްތައް

roadha-sunnaމަހެއްގެ ތެރޭގައި ސުންނަތް ރޯދަ ހިފުން ރަނގަޅީ ކޮން ދުވަސްތަކެއްގައިހެއްޔެވެ؟ އަދި ރޯދަހިފުމަށް ހަފުތާގެ ވަކި ޚާއްޞަ ދުވަހެއް އޮވޭހެއްޔެވެ؟ އަދި ހޯމަ ބުރާސްފަތީގައި ރޯދަ ހިފުމަކީ ކޮންކަހަލަ ކަމެއް ހެއްޔެވެ؟

މާތް ﷲ އެކަލާނގެ އަޅުތަކުންނަށް ދެއްވާފައިވާ ނިޢްމަތްތަކުގެ ތެރޭގައި، ފަރުޟުތަކުގެ އިތުރުން އަދި ސުންނަތް އަޅުކަންތަކެއް ކޮށްގެން، އެކަލާނގެއާއި ބޮޑަށް ކުއްތަން ވެވޭ ގޮތް މިންވަރު ކުރެއްވުން ހިމެނެއެވެ.

ތަފްޞީލު...



ރޯދަ މަސް އައުމުގެ ކުރިން

roadha-mas-aumuge-kurinރޯދަ މަސް އަންނަނީއެވެ. ތެދުވެރި މުސްލިމުން ތިބީ އެ މަސް އަންނަލެއް ލަސްވެގެން ކެތް މަދުވެފައެވެ. ތައުބާވާން ބޭނުންވާ މުސްލިމުން ތިބީ، މާޟީގައި ކުރެވުނު ފާފަތަކުން، ހިތް ނުތަނަވަސްވެ މޮޅިވެފައެވެ. ފާފަތަކާއި ހައްމުތަކާއި ޣައްމުތަކުން އެ މީހުންވަނީ، ހިލިނުގަނެވިފައެވެ. ނަމަވެސް ރޯދަ މަހަކީ، މި ފަދަ މީހުންގެ އުއްމީދު އާލާވާނެ މަހެކެވެ. ތައުބާވުމަށެވެ.

މި ދިޔަ ރޯދަ މަހު ރޯދަ ނުހިފާ އުޅޭނެ ގޮތަކަށް އުޅެފައި، މި ރޯދަ މަސް އައުމުގެ ކުރިން މަރުވެ ދިޔައީ ކިތައް މީހުން ހެއްޔެވެ؟

ތަފްޞީލު...



ރޯދައިގެ ހަތްދިހަ މައްސަލަ

roadha-70-massalaﷲ ސުބްޙާނަހޫ ވަތަޢާލާ ވަނީ، އެކަލާނގެ އަޅުތަކުންނަށް އިތުރު ޘަވާބާއި ބަރަކާތް ހޯދައި، ފާފަތައް ފޮހެވި ދަރަޖަ މަތިވެރި ކުރުމުގެ ފުރުސަތު ލިބޭ މަސްތަކަކާއި ދުވަސްތަކެއް ކަނޑައަޅުއްވާފައެވެ. އެ ގޮތުން ހުރިހާ މަސްތްކަށްވުރެ ރޯދަ މަސް މަތިވެރި ކުރެއްވިއެވެ. ހުރުހާ ދުވަސްތަކަކަށްވުރެ ޢަރަފާތް ދުވަސް މަތިވެރި ކުރެއްވިއެވެ. ހުރިހާ ރެޔަކަށްވުރެ ލައިލަތުލް ޤަދުރިވިލޭރޭ މަތިވެރި ކުރެއްވިއެވެ. ހަފްތާގެ ހުރިހާ ދުވަހަކަށްވުރެ ހުކުރު ދުވަސް މަތިވެރި ކުރެއްވިއެވެ.

ތަފްޞީލު...



ފިރިހެނުން ކަންފަތުގައި މުދިލުން

mudhilunމީހުން ލާ ހެދުމާ، ކާ ތަކެއްޗާ، ޘަޤާފަތުގެ ތެރެއަށް އިސްލާމް ދީން ވަދެގަނެ، ކަންތައްތައް މަނާ ކުރަނީ ވަރަށް ހަނި ދާއިރާއެއްގައެވެ. އެއީ ހަމަ އެކަނި، ބައެއް ކަންތައްތައް އިސްލާމީ ޝަރީޢަތުގެ ގިއުގަނޑަށް ފައްތާލުމުގެ ގޮތުންނެވެ. މި ކަންތައްތަކުގައި މުސްލިމުން އުޅެންވާނެ ރޮނގުތަކެއް، ޤުރުއާނާ ސުންނަތުންވަނީ ކުރަހާދީފައެވެ. އެ އާ ޚިލާފު ނުވާ ކޮންމެ ކަމަކީ އެއީ ހުއްދަ ކަމެކެވެ.

އެތައްހާސް ބާވެތެއްގެ ކާ ތަކެތީގެ ތެރެއިން ޙަރާމް ކުރެވިފައިވަނީ، އޫރުމަހާ، މޮޅަ ތަކެއްޗާ މިހެން ގޮސް ދިހަ ބާރަ ބާވަތެކެވެ. ބޮވިދާނެ ހުރިހާ ބުއިންތަކެއްގެ ތެރެއިން ޙަރާމް ކުރެވިފައިވަނީ ރާ އެކަންޏެވެ.

ތަފްޞީލު...



ތަރާވީޙް ނަމާދަކީ ކޮބައި ؟

tharaaveesތަޢާރަފެއް:

ތަރާވީޙް، ތަހައްޖުދު، ޤިޔާމުއްލައިލް ގެ ތަފާތެއް އެބަހުރިތަ؟

ރޭގަނޑު ޢިޝާނަމާދު ފަހުން އަދި ފަތިސް ނަމާދު ކުރިން ކުރާ ނަމާދުތަކަށް ''ތަހައްޖުދު'' އަދި ''ޤިޔާމުއްލައިލި'' އޭ ކިޔެއެވެ. ޤިޔާމުއްލައިލި'' ގެ މާނައަކީ ރޭގަނޑު ނަމާދު ކުރުމެވެ. ތަހައްޖުދުގެ މާނައަކީ ނިދުމަށްފަހު ތެދުވުމެވެ. އެހެންވެ މި ގޮތުން ތެދުވުމަށްފަހު ކުރާ ނަމާދަށް ތަހައްޖުދު ނަމާދޭ ކިޔެއެވެ. ގިނަ ޢިލްމުވެރިން މި ދެނަމުގެ ވަކިތަފާތެއް އޮންނަކަމަކަށް ދެކިނުލައްވައެވެ.

ތަފްޞީލު...



އިސްލާމީނަޒަރަކުން ވަރި

islaamee-nazarakun-variއިސްލާމްދީން ދެކޭގޮތުގައި ކައިވެންޏަކީ އަންހެނަކާއި ފރިހެނަކާއި ދެމެދު ޖަހައިލެވޭ މުޤައްދަސް ގޮށެކެވެ. ގަދަފަދަ ޢަހުދެކެވެ. ހަމަހަމަކަމާއި، އެކަކު އަނެކަކަށް އިޙުތިރާމްކުރުންމަތީ ދެމިއޮންނަންޖެހޭ އުފާވެރި ކައިވެންޏަކީ އިސްލާމްދީން ބޮޑު އަހަންމިއްޔަތެއް ދޭ އެއްޗެކެވެ. އެކަމަކު ހުރިހާ ކައިވެންޏަކީ ކާމިޔާބު އެއްޗަކަށް ހެދުމަކީ މުސްތަޙީލް ކަމެކެވެ. އިންސާނުންގެ ތަބީޢަތަށް ބަލާއިރު ވަރިކުރުމަކީ ހައިރާންވާންޖެހޭ ކަމެއް ނޫނެނެވެ. އެކަމަކު އެއީ ވަރިވެސް އޭގެ ތަބަޢީ ގޮތަށް ކުރާނަމައެވެ. ނުވަތަ ތަބަޢީ މިނަކަށް އެކަންތައް މުޖްތަމަޢުގައި އޮންނަ ނަމައެވެ.

ތަފްޞީލު...



ޙައިޟު އަދި އޭގެ ޙުކުމްތައް

haizމައުޟޫގެ މުހިއްމުކަން :

ޙައިޟު ނިފާސްކަމަކީ، ޙަޤީޤަތުގައި މުސްލިމު އަންހެނެއްގެ ޙަޔާތުގައި ދީނީ ގޮތުންނާއި ދުންޔަވީ ގޮތުންވެސް ވަރަށް މުހިއްމު ކަމެކެވެ. އަދި މުސްލިމު ނޫނަސް އަންހެން ޖިންސުގެ ކޮންމެ މީހެއްގެ ޙަޔާތުގައިވެސް، ޙައިޟަކީ ވަރަށް މުހިއްމު ކަމެކެވެ.

ދީނީ ގޮތުން މި ކަންތައް މުހިއްމު ކަމަކަށްވަނީ، ޙައިޟު ނިފާސް ކަމުގެ ޙުކުމް، އިސްލާމްދީނުގެ ފަސް ރުކުނުގެ ތެރެއިން 3 ރުކުނަކާއި ގުޅިފައިވާތީއެވެ.

އާދެ، ނަމާދާއި ރޯދައާއި ޙައްޖުގެ އަޅުކަމާއި، ޙައިޟު ނިފާސްކަމުގެ ޙުކުމް މި އޮންނަނީ ގުޅިފައެވެ. ކައިވެނީގެ ބައެއް މައްސަލަތަކާއި، ވަރިކުރުމުގެ މައްސަލަތަކުގެ ތެރެއަށްވެސް، ޙައިޟުގެ ޙުކުމް އަސަރުކުރުވައެވެ. އަދި އަނބިފިރިކަމުގެ ގުޅުން ހިންގުމާއި، ޢިއްދާގައި ހުރުންވެސް މެއެވެ.

ތަފްޞީލު...



ހިނައިގަތުން

hinaigathunބައެއް މީހުން ހީކުރާ ގޮތުގައި ހިނައިގަތުމަކީ ވަރަށް އާދަޔާ ޚިލާފު ގޮތަކަށް ކުރާ، ވަރަށް ބޮޑު ކަންތައް ގަނޑެކެވެ. އަނެއް ބަޔަކު މިއީ ކުރަންޖެހޭ ކަމެއް ކަން ނުވެސް ދަނެއެވެ. ބޮޑުވެ އުޑުގައި ޖެހޭ ވަރުވެފައި ތިބޭ ބައެއް އަންހެން ކުދިންނާއި ފިރިހެން ކުދިންވެސް، ހިނައި ގަތުމަކީ އެއީ ވާޖިބު ކަމެއް ކަމާއި، ހިނައިގަންނަން ޖެހޭނީ ކޮންކޮން ޙާލަތްތަކެއްގައި، އަދި ކިހިނެއްކަން ނުދަނެއެވެ. ހިނައިގަތުމޭ މި ކިޔެނީ ދީނީ ގޮތުން ވާޖިބު ''ފެންވެރުމަކަ'' ށެވެ. މިލިއުމުގައި ވާހަކަ ދެކެވިފައި ހުންނާނީ، ޖުނުބުވެރިކަމުގެ ހިނައިގަތުމާއި، ޙައިޟު ނިފާސް ކަމުގެ ހިނައިގަތުމާއި ބެހޭ ގޮތުންނެވެ.

ތަފްޞީލު...



އިސްލާމް ދީނުގައި އަގައިގެ ޖިންސު ހުއްދަތަ؟

agaige-jinsuފެށުމުގެ ކުރިން :

މި މައުޟޫޢަށް އެއްޗެކޭ ބުނުމުގެ ކުރިން، އެންމެ ފުރަތަމަ ބުނެ އެއްބަސްވާން ޖެހެނީ، އަންހެނުންނާއި ފިރިހެނުން ހައްދަވައި، ދެ ޖިންސުގެ ނަފްސުގައިވެސް ޖިންސީ ޣަރީޒާއެއް ލައްވައި، އަދި އެޣަރީޒާ މައިތިރިކޮށް ވަކިގޮތަކަށް ޢަމަލު ކުރުމަށް އަހަރެމެން އެންމެން ހެއްދެވި މާތް ރަސްކަލާނގެ އަމަރު ކުރެއްވި ކަމެވެ. މާތްﷲ އެންގެވީ ޝަހުވަތްތެރިކަން ފުއްދަން އޮތް ހަމައެކަނި ގޮތަކީ، ފިރިހެނެއްނަމަ އަންހެނަކާއި، އަންހެނެއްނަމަ ފިރިހެނަކާއި ކައިވެނި ކޮށްގެން، ދެ މީހުންގެ ދެމެދުގައިކަމެވެ.

ތަފްޞީލު...



ޖިމާޢުވުމުގައި ހުއްދަ ކަންތަކާއި ހުއްދަ ނޫންކަންތައް

jimaau_adhabuއިސްލާމްދީން ވަނީ، އަހަރެމެންނަށް ހުރިހާ ކަމެއް ދަސްކޮށް ދީފައެވެ. މި ދީނަކީ އަހަރެމެންގެ ދިރިއުޅުމުގެ ހުރިހާ ދާއިރާއެއްގެ ކަންތައްތައްވެސް، ތަންޒީމުކޮށް ރަނގަޅު މަގު ދައްކައިދޭ ދީނެކެވެ. އެގޮތުން އިންސާނުންގެ ދިރިއުޅުމާއި ދީނާއި، ދިރިތިބޭ ހިނދުގައްޔާއި މަރުވުމަށް ފަހު، އެމީހުންގެ ހެވާއި ލާބަ އޮތް ގޮތް ދީނުގައި އަންގަވާފައިވެއެވެ.

ދެމަފިރިންގެ ދެމެދުގައި ހިންގޭ ޖިންސީ ގުޅުމަކީ، ޝައްކެއްވެސް ނެތް ގޮތުގައި އިންސާނުންގެ

ތަފްޞީލު...



ރޯދަ ހިފުން ނަހީ ކުރެވިފައިވާ ދުވަސްތައް

roadha-70-massalaހިފާ ރޯދައަކީ ފަރުޟު ވެފައިވާ (މިސާލަކަށް ގަޟާ ރޯދަ، ނަދުރު، ކައްފާރާ ރޯދަ) ކަމަށް ވިޔަސް، އަދި ސުންނަތް ރޯދައަކަށް ވިޔަސް، ފިޠުރު ޢީދާއި އަޟްޙާ ޢީދު ދުވަހު ރޯދަ ހިފުމަކީ ޙަރާމްކުރެވިފައިވާ ކަމެކެވެ. عَنْ ‏ ‏أَبِي سَعِيدٍ الْخُدْرِيِّ ‏ ‏قَالَ ‏ نَهَى رَسُولُ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏عَنْ صِيَامِ يَوْمَيْنِ يَوْمِ الْفِطْرِ وَيَوْمِ الْأَضْحَى

މާނައަކީ: ''އަބޫ ސަޢީދުލް ޚުދްރީ ވިދާޅުވިއެވެ. ދެ ދުވަހެއްގައި ރޯދަ ހިފުން ރަސޫލު -ޞައްލައްﷲ ޢަލައިހި ވަސައްލަމަ- ނަހީ ކުރެއްވިއެވެ. ފިޠްރު ޢީދު ދުވަހާއި އަޟްޙާ ޢީދު ދުވަހެވެ.'' (ސުނަން އަބީ ދާއޫދް، ރޯދަ ބާބު)

ތަފްޞީލު...



ރޯދައިގެ އަންހެނުންގެ ސުވާލުތައް

1roadha-mas-aumuge-kurin- ރޯދަ ޤަޟާކުރުން ޖެހިގެން އަންނަ ރަމަޟާންމަހަށް ވުރެ ފަސްކުރުމުގެ ޙުކުމަކީ ކޮބައި ؟

ޖަބާބު: އައްޝައިޚް އިބްނު ބާޒް

ދަތުރުގެ ސަބަބުން ނުވަތަ ބަލިވުން އަދި އެނުންވެސް ޝަރުޢީ ސަބަބަކާއި ހެދި ރޯދައެއް ދޫކޮށްލާ މީހާ، ޖެހިގެން އަންނަ ރަމަޟާން މަސް އައުމުގެ ކުރިން އެ ރޯދަ ހިފައި ހަމަ ކުރަންޖެހޭނެއެވެ. ޖެހިގެން އަންނަ ރަމަޟާން މަސް އަންނަ އިރުވެސް އުޒުރަކާއި ނުލައި ރޯދަ ޤަޟާ ނުކުރުން އެއީ ފާފަވެރިވާނެ ކަމެކެވެ. އަދި އެމީހަކު އެ ރޯދަ ޤަޟާ ކުރުމާއެކު ކޮންމެ ދުވަހަކަށް މިސްކީނަކަށް ކާން ދޭން ޖެހޭނެއެވެ.

ތަފްޞީލު...



ރޯދައިގެ ސުވާލު ޖަވާބު

roadha-70-massalaރަމަޟާން މަހުގައި އަޅުކަންތައް އިތުރު ކުރުމަށާއި، ނުބައިކަންތަކުން ދުރުވުމަށް އަހަރެމެން ހުރިހާ މުސްލިމުން ވެސް ޚާއްޞަ ސަމާލުކަމެއް ދެއެވެ. އެގޮތުން އާދައިގެ ދުވަސްތަކުގައި ރޯދަ މަސް ކައިރިވަމުން އަންނައިރު، ރޯދައާ ބެހޭ ދީނީ މަޢްލޫމާތު ނުވަތަ ރޯދައިގެ ފިޤުހު ދަސްކުރުމަކީ ވަރަށް ވެސް މުހިއްމުކަމެކެވެ. ރޯދަ ހިފުމަކީ ފަރުޟަކަށް ވާފަދައިން، އެ ފަރުޟު އަދާކުރުމަށް ބޭނުންވާ، އަސާސީ ޢިލްމު އުނގެނުމަކީ ވެސް ފަރުޟެކެވެ. ވީމާ ރޯދަ ގެއްލޭ ކަންތަކާއި ނުގެއްލޭ ކަންތައް ދަސްކުރަންޖެހެއެވެ.

ތަފްޞީލު...



ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.