ހޮނިހިރު20180922

އާކުރެވުނީ: 08:43:52

ފިޤުހު

ރިބާ ބޭންކުތައް ފެތުރުމާއި، ރިބާ ފައިދާ އަތުލުމާ ބެހޭ، ރާބިޠަތުލް ޢާލަމުލް އިސްލާމީގެ ޤަރާރު

ribaa-bankaa-behey-rabitha-qaraarމަޖްޢުލް ފިޤުހުލް އިސްލާމީ ގެ މަޖްލިސް، މައްކަތުލް މުކައްރަމާގައި ހުންނަ ރާބިޠަތުލް ޢާލަމުލް އިސްލާމީގެ މައި އޮފީހުގައި، 12 ރަޖަބް 1406ހ ވީ ހޮނިހިރު ދުވަހުން ފެށިގެން 19 ރަޖަބް 1406ހ ވީ ހޮނިހިރު ދުވަހަށް، ރިބާ ބޭންކު ފެތުރުމާއި، އެ ފަދަ ބޭންކުތަކާއި މުޢާމަލާތު ކުރުމާއި، ރިބާ ފައިދާ އަތުލުމާއި، އޭގެ ބަދަލެއް ނެތުމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ވަނީ ބައްދަލުވުމެއް ބޭއްވިފައެވެ. މި މައުޟޫ މި މަޖްލިހަށް ހުށައެޅުއްވީ ރާބިޠާ ގެ އަމީނުލް ޢާއްމު އެވެ.

ތަފްޞީލު...



ރިބާއާ ބެހޭގޮތުން މަޖްމަޢުލް ބުޙޫޘުލް އިސްލާމިއްޔާ ގެ ދެ ވަނަ ބައްދަލުވުމުން ނެރެފައިވާ ޤަރާރު

ribaa-bankaa-behey-majmau-buhoos-garaar2އެއްވެސް ބާވަތެއްގެ ދަރަންޏަކަށް އިތުރު ކުރެވޭ ފައިދާ އަކީ، ޙަރާމް ކުރެވިފައި ވާ ރިބާ އެވެ. ބޭނުން ކުރުމަށް ދެވޭ ދަރަންޏޭ ބުނެވޭ ދަރަންޏާއި، އުފެއްދުމަށް ދެވޭ ދަރަންޏޭ ބުނެވޭ ދަރަނީގެ ދެ މެދުގައި، އެއްވެސް ފަރަގެއް ނެތެވެ. އެހެނީ ޤުރުއާނާއި ސުންނަތުގެ ހުރިހާ ނައްޞުތަކެއް ބެލުމުން، މި ދެބާވަތް ވެސް ކަނޑައެޅިގެން ޙަރާމް ކަން ސާބިތުވެއެވެ.

ތަފްޞީލު...



ޝަރުޢީ ޟަރޫރަތް .. އޭގެ ޙަޤީޤަތް އަދި އެ ބެލޭ މިންގަނޑު

dharooraa-adhi-eyge-minganduދީނުގައި އޮންނަ ގޮތް ނޫން ގޮތަކަށް އުޅޭ ވަރަށް ގިނަ މީހުން، ޟަރޫރަތޭ ކިޔާފައި ވާހަކަ ދައްކައެވެ. އެ ގޮތުން ބައެއް މީހުން ކޮންމެ ކަމެއް ކޮށްފައި ވެސް، އެއީ ޟަރޫރަތަށްޓަކައޭ ކިޔާފައި ހަމަ ޖައްސާލައެވެ. ރިޝްވަތު އަތުލާ މީހުން ރިޝްވަތު އަތުލަނީ ވެސް ލިބޭ މުސާރައިން ކައިގެން ބޮއެގެން ނުއުޅެވޭތީ، މަޖްބޫރުވެގެންނެވެ. ރިބާ ކައި އަދި ރިބާ ދޭ މީހުން އެކަން ކުރަނީ ވެސް މަޖްބޫރުވެގެންނެވެ. ބުރުގާ ނާޅާ މީހުން ނާޅަނީ ވެސް މަޖްބޫރުވެގެންނެވެ. ދޮގު ހަދަނީ ވެސް ކޮންމެވެސް މަޖްބޫރު ކަމެއް އޮވެގެންނެވެ.

ތަފްޞީލު...



ބޭންކު ފައިދާ ... އިޖްމާޢްވެފައި ވާ ޙަރާމް ކަމަކުން ޙަލާލް ކަމަކަށް!

bank-faidha-haraam-kamakun-halaal-kamakaއާދައިގެ މި ހުންނަ ބޭންކެއްގެ އަހަރީ ރިޕޯޓަށް ބަލައިފިއްޔާ، ވަރަށް ސާފުކޮށް އެނގެން އޮންނާނެ އެއްޗަކީ، އެ ބޭންކަކީ ދަރަނި ދީ އަދި ދަރަނި ނަގާ ބައެއް ކަމެވެ. އަދި ބައެއް ކަހަލަ ޚިދުމަތްތަކެއް ވެސް ބޭންކުން ދެއެވެ. ނަމަވެސް މި ޚިދުމަތްތަކަކީ، ބޭންކުގެ މައިގަނޑު މަސައްކަތް ކަމުގައިވާ ދަރަނި ދިނުމާއި ދަރަނި ނެގުމާ އަޅާ ބަލާއިރު ވަރަށް ކުޑަ އެއްޗެކެވެ. ބޭންކުން ކުރާ އެހެނިހެން މަސައްކަތަކީ، އަރިމަތީގައި ކުރެވޭ ވަރަށް ހަނި ދާއިރާއެއްގައި ހިމެނޭ މަސައްކަތްތަކެކެވެ. ހަމަ އެހެންމެ މި ބޭންކުތަކުން ވާ އެއްބަސްވުންތަކުގައި ވެސް ބުނެފައި އޮންނަނީ، ބޭންކާއި ފައިސާ ލާ މީހާއާ ދެމެދު އޮންނަ ގުޅުމަކީ ދަރަނީގެ ގުޅުން ކަމަށެވެ.

ތަފްޞީލު...



ބޭންކު ފައިދާ ހުއްދަ .. ހުއްދައެއް ނޫން !

bank-faidha-haraam-halaalދީނީ މައްސަލަތަކުގައި ޖަދަލުކޮށް ބަހުސްކޮށް ހަދާ ވަރަށް ގިނަ މީހުންގެ، ޚާއްޞަ އެއް މަޢުޟޫއަކީ ބޭންކު ފައިދާ (ލޯނަށް ނަގާ އިންޓްރެސްޓު) އާއި، ބޭންކަށް ލާރި ލީމާ ދޭ ފައިދާ (ޑިޕޮޒިޓަށް ދޭ އިންޓްރެސްޓު) އަކީ، ޙަލާލް އެއްޗެއްތޯ ނުވަތަ ޙަރާމް އެއްޗެއްތޯއެވެ. ފައިދާއާއި އެކު ލޯނު ދިނުން، އެހެން ގޮތަކަށް ބުނާނަމަ ދަރަނި އަނބުރާ ދައްކާއިރު، އިތުރުވާގޮތަށް ދަރަނި ދިނުމާއި، ބޭންކަށް ލާރި ލީމާ އެ މީހުން ކޮންމެ އަހަރަކު އިތުރަށް އެ ދޭ ފައިދާ އަކީ އެއީ ހުއްދަ އެއްޗެއް ކަމުގައި ބައެއް މީހުން ބުނެއެވެ.

ތަފްޞީލު...



ބޭންކު ފައިދާ އާއި އިސްލާމީ ބޭންކާއި މުޢާމަލާތު ކުރުމުގެ ޙުކުމާއި ބެހޭ (އޯ.އައި.ސީ) ގެ ޤަރާރު

bank-faidha-oic-qaraar-majmau-2އަދި މި ބައްދަލު ވުމަށް، މި ޒަމާނުގެ ބޭންކު މުޢާމަލާތާއި ބެހޭގޮތުން ވަރަށް ގިނަ ބަޙުޘްތަކެއް ހުށައެޅި، އަދި ހުށައެޅުނު ބަޙުޘްތަކާ މެދު ވިސްނައި ވަރަށް ފުން ބަހުޘްތައް ކުރުމަށް ފަހު، ދުނިޔޭގެ އިޤްތިޞާދީ ނިޒާމުގައި ވާ ނުބައި އަސަރުތައް ފާހަނގަ ކުރެވިފައި ވެއެވެ. ޤައުމުތަކުގެ އިޤްތިޞާދީ ހަމަޖެހުމަށާއި އަދި ވަކިން ޚާއްޞަކޮށް ތިންވަނަ ދުނިޔޭގެ ޤައުމުތަކަށް މި ނިޒާމުން ހުރި ގެއްލުން ފާހަނގަކޮށްލަން ޖެހެއެވެ.

ތަފްޞީލު...



މުރާބަޙާ، މުޝާރަކާ، މުޟާރަބާ

muraabaha-mushaarakaމުރާބަޙާގެ ދެ ވައްތަރެއް އޮވެއެވެ. އެއީ އާދައިގެ މުރާބަޙާ އާއި، ގަނެދޭން އެދޭ މީހާ އާއި ދެމެދު ކުރެވޭ މުރާބަޙާއެވެ. އާދައިގެ މުރާބަޙާ އަކީ ވިޔަފާރި ވެރިއެއްގެ އަތުގައި މުދާ ހުއްޓާ، މީހަކު ފިހާރައަށް އައިސް ''ކަލޭ އެ ގަތް އަގަށް، ދިހަ އިންސައްތަ ފައިދާ އާ އެކު، ވިއްކާށޭ'' ފަދަ ގޮތަކަށް ބުނުމުން، ވިޔަފާރިވެރިއާ އެކަމާ އެއްބަސްވެ ވިއްކުމެވެ. ވީމާ މި މުރާބަޙާގައި މުދާ ހުންނަނީ ވިޔަފާރި ވެރިއާ އަތުގައި ތައްޔާރަށެވެ. އަދި އޭނާ އެ އެތި ވިއްކަނީ ގަތް އަގުގެ ތެރެއަށް ފައިދާގެ ވަކި ނިސްބަތެއް ލާފައެވެ.

ތަފްޞީލު...



ޙަރާމާއި ޙަލާލް މަސްހުނިވާ ތަންތާނގައި މަސައްކަތް ކުރުން

haraam-halaal-thanthaa-masaikai-kurunރިބާ ބޭންކާއި، ވިޔަފާރި އިންޝޫރެންސް ކުންފުނިތަކާއި، ހޮޓާ، ރިސޯޓުތަކާއި، އަދި މިނޫން ވެސް ޙަރާމާއި ޙަލާލް މަސްހުނިވެފައި ވާ ތަންތާނގައި މަސައްކަތް ކުރުމުގެ ޙުކުމަކީ ކޮބައިހެއްޔެވެ؟ ޙަރާމްކަންތައް ޢާއްމު، އެތަންތާނގައި މުންކަރާތްތަކަށް ފާޅުގައި އަރައިގަންނަ ތަންތާގައި، މަސައްކަތް ކުރުމަކީ ޙަރާމް ކަމެކެވެ. މިފަދަ ތަންތާނގައި ވަޒީފާ އަދާ ކުރާ މީހާ، ސީދާގޮތެއްގައި ޙަރާމް ކަމަކަށް އަރައި ނުގަތަސް ވެހެވެ.

ތަފްޞީލު...



ރަޖްޢީ ވަރި...

anbaku-ehen-firiheni-dheke-loabivunވަރީގެ އަސްލަކީ އޭގައި ރުޖޫޢަ ކުރުން ހިމެނިގެންވުމެވެ. އެހެނީ ވަރި ކުރެވޭ ފަހުން ފިރިމީހާ އެކަމާ ހިތާމަކޮށް ދެރަވާ ހިނދު ޢިއްދާގެ ދުވަސްވަރު ރުޖޫޢަ ކުރެވޭ ގޮތަށް އޮތުން ލައްވާފައިވަނީ ވަކި ޙިކްމަތް ތަކަކަށްޓަކައި އަހަރެމެންގެ ކަންތައް އެންމެ ބޮޑަށް ދެނެވޮޑިގެންވާ ﷲ ސުބުޙާނަހޫ ވަތަޢާލާ އެވެ.

ވަރި ކުރުމަށްފަހު ރުޖޫޢަ ކުރުން ހުއްދަވާ ކަމުގެ ދަލީލަކީ އަލް ބަޤަރާ ސޫރަތުގެ 229 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވާފައިވާ ބަސްފުޅުގެ މާނައެވެ. ''ރުޖޫޢަ ކުރެވޭ ފަދަ ވަރިއަކުން ވަރިކުރުންވަނީ ދެފަހަރުއެވެ.

ތަފްޞީލު...



ބޭންކު ފައިދާ އަކީ އެއީ ޙަރާމް ރިބާ

bank-faidha-eiee-haraam-riba-foiމި ދުވަސްވަރު ނޫސްތަކުގައި، ބޭންކު ފައިދާ އާ ބެހޭ ގޮތުން ހިނގަމުން ދާ ޖަދަލާ މެދު އަހަރެން ވަރަށް ބޮޑަށް ހިތާމަކޮށް ދެރަވަމެވެ. ބޭންކު ފައިދާ އަކީ ރަނގަޅު ޙަލާލް އެއްޗެއްތޯ ނުވަތަ ނުބައި ޙަރާމް އެއްޗެއްތޯ، ކުރެވެމުން ދާ ޖަދަލާމެދުގައެވެ. އަހަރެން ހިތާމަކޮށް ދެރަވުމުގެ ސިއްރަކީ، މި މައްސަލައަކީ، މީގެ އެތައް ޒަމާނެއް ކުރިން، އަހަރެމެން ނިންމާފައިވާ މައްސަލައަކަށް ވާތީއެވެ. އަދި އިސްލާމީ އިޤްތިޞާދެއް އުފެއްދުމުގެ ފިޔަވަޅުތައް އަޅުގަނޑުމެން ވަނީ އަޅަން ފައްޓާފައެވެ. އެއީ ﷲ ޙަލާލް ކުރެއްވި އެއްޗެހި ޙަލާލް ކޮށް، ﷲ ޙަރާމް ކުރެއްވި އެއްޗެހި ޙަރާމް ކުރާ އިޤްތިޞާދެކެވެ.

ތަފްޞީލު...



ޙައްޖުކުރާނީކިހިނެއް؟

hajj-vaanee-kihiney

ޙައްޖަށް ދިއުމަކީ ﷲގެ އަމުރުފުޅަށް ބޯލެނބުމުގެ ގޮތުން، ޠަވާފްކުރުމާއި ކަނޑައެޅިފައިވާ އެހެނިހެން އަޅުކަންތައްވެސް ކުރުމަށް، ކަނޑައެޅިފައިވާ ވަގުތެއްގައި މައްކާ ޤަސްދުކޮށް އެތަނަށް ދިއުމެވެ. ޙައްޖުވުމަކީ އިސްލާމްދީނުގެ ފަސްރުކުނުގެ ތެރެއިން އެއް ރުކުނެވެ. ކެރިކުޅަދާނަ ވެގެންވާ ކޮންމެ މުސްލިމެއްގެ މައްޗަށް ޢުމުރުން އެއްފަހަރު ވާޖިބުވެގެންވާ މަތިވެރި އަޅުކަމެކެވެ. ކަނޑައެޅިގެން އެއާއިމެދު އިންކާރުކޮށް ދޮގުކޮށްފިމީހާ މިއްލަތުން ބޭރުވެއެވެ. ކުޅަދާނަކަން ލިބިގެންވާމީހާ، ވީހާވެސް އަވަހަކަށް ޙައްޖުވުމަކީ މުސްތަޙައްބު ކަމެކެވެ.

ތަފްޞީލު...



ފިޠްރު ޒަކާތް

zakat-fitrފިޠްރު ޒަކާތަކީ ރޯދަމަސް ނިމުނީމައި މުސްލިމުން، އެ ޙައްޤުވާ މީހުންނަށް ދޭ ޒަކާތެކެވެ. އެހެން ގޮތަކަށް ބުނާނަމަ ކުޅަދާނަކަން ހުރި މީހުން ކުޅަދާނަކަން ނެތް ފަޤީރުންނަށް ފޯރުކޮށްލާ މާއްދީ އެހީތެރިކަމެކެވެ. ފިޠްރު ޒަކާތް ފަރުޟު ކުރެއްވުނީ ރޯދައާއި އެކު، ހިޖުރައިން ދެވަނަ އަހަރުގައެވެ. ފިޠްރު ޒަކާތާއި މުދަލުގެ ޒަކާތަކީ މުޅިން ދެ އެއްޗެއްކަން މި ތާގައި ފާހަގަ ކޮށްލަމެވެ. އަދި ޞަދަޤާތަކީވެސް ތަފާތު އެއްޗެކެވެ.

ތަފްޞީލު...



ޙައިޟުގެ ދުވަސްވަރު ކައިވެނި ކުރުމާ ވަރި ކުރުން

haizu-kaaveni-variއަންހެނާ ޙައިޟުގެ ދުވަސްވަރު ކައިވެނި ކުރުމަކީ ހަމަ މުޅިން ހުއްދަ ކަމެކެވެ. އެއީ ހުއްދަ ނޫން ކަމެއް ކަމަށް އެއްވެސް ޢިލްމުވެރިއެއް ވިދާޅު ނުވެއެވެ. ވީމާ ކައިވެނި ކުރާ ދުވަހު އަންހެން މީހާ ހުންނާނީ ޙައިޟުގައިތޯ ކަލަންޑަރުން ބަލައި، ކައިވެނި ކުރާ ދުވަސް އެ ނުން ދުވަހަކަށް ބަދަލު ކުރަން ޖެހޭ ފަދަ އެއްވެސް ޝަރުޢީ ސަބަބެއް ނެތެވެ.

ވީމާ އަންހެން މީހާ ޙައިޟުގައި ހުއްޓައި ކައިވެނި ކުރި ދެމަފިރިއަކު، އެ މީހުންގެ ކައިވެންޏާމެދު އެއްވެސް ފިކުރެއް ކުރާނެ ޖާގައެއް ނެތެވެ. އެ ދެމީހުންގެ ކައިވެންޏަކީ ހަމަ ސައްތައިން ސައްތަ ޞައްޙަ ކައިވެންޏެކެވެ.

ތަފްޞީލު...



ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.