ހޮނިހިރު20180922

އާކުރެވުނީ: 08:43:52

ފިޤުހު

ކުންފުނިތަކުގެ ހިއްސާގެ ޒަކާތާ ބެހޭ ޤަރާރު

hissaa-gathun-qaraarހިއްސާގެ ޒަކާތް ނެރުން ވާޖިބުވާ ފަރާތަކީ، ހިއްސާތަކުގެ ވެރިފަރާތެވެ. ހިއްސާދާރުންގެ ވަކީލުންގެ ހައިސިއްޔަތުން، ކުންފުނި ހިންގާ މީހުން ހިއްސާގެ ޒަކާތް ނެރެން ޖެހޭނެ ކަމަށް، ކުންފުނީގެ އަސާސީ ޤަވާޢިދުގައި ބުނެފައި ވާނަމަ، ނުވަތަ ކުންފުނީގެ ޢާއްމު ބައްދަލުވުމުގައި މި ގޮތަށް ނިންމައިފިނަމަ، ނުވަތަ ޤައުމުގެ ޤާނޫނުގައި ކުންފުނިތަކުން ޒަކާތް ނެރެން ލާޒިމު ކުރުވާނަމަ، ނުވަތަ ހިއްސާގެ ވެރިފަރާތުން ކުންފުނީގެ އިދާރާގައި އެކަން އެދިއްޖެނަމަ، އެކަން ކުރަން ޖެހޭ ފަރާތަކީ ކުންފުނި ހިންގުމާ ހަވާލުވެގެން ތިބި މީހުންނެވެ.

ތަފްޞީލު...



ރިބާ ހިމެނޭ ދަރަންޏެއް ނަގާފައިވާ މިހަކު ތައުބާވާނީ ކިހިނެއް؟

ribaa-dharanin-thaubaa-vunރިބާ ހިމެނޭ ދަރަންޏެއް ނެގިކަމަށްޓަކައި ތިބާ ތައުބާވާން ޖެހޭނެއެވެ. އަދި ރިބާ ހިމެނޭ ތި ޢަޤުދު އަވަހަށް ނިންމާލުމަކީ، ތައުބާވުމުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެގޮތުން، ބޭންކަށް ދައްކަން ޖެހޭ ބާކީ އޮތް ބައި އެއް ފަހަރާ ވަގުތުން ދައްކައިފިނަމަ، ރިބާ ފައިދާ، އަތު ނުލާ ދޫކޮށްލަން ބޭންކު އެއްބަސް ވޭތޯ ބަލާށެވެ. ތި ހާލަތުގައި އެންމެ ފުރަތަމަ ވެސް ކުރަން ޖެހޭ ކަމަކީ، ކުރެވުނު ފާފައިން ތައުބާވެ އިސްތިޣްފާރު ކުރުމެވެ.

ތަފްޞީލު...



ކައިވެނި ކުރާއިރު، ފިރިމީހާ އެހެން މީހަކާ ނުއިނުމަށް، އަނބިމީހާއަށް ޝަރުތު ކުރެވިދާނެތަ؟

kaaveni-kurin-sharuthuއެއްވެސް މީހަކަށް އޮޅިވަޑައިގެން ނުވާނޭފަދައިން އިސްލާމްދީން ފައުޅުވުމުގެ ކުރިން ޢާއްމުކޮށް ކަންތައް އޮތް ގޮތަކީ، އަންހެނުންގެ ޙައްޤު ނިގުޅައިގަތުމެވެ. އަންހެނުންނަކީ އަބަދުވެސް މަލާމާތް ރައްދުކުރެވޭ، ދަށުދަރަޖައިގެ ބައެއްގެ ގޮތުގައި ސިއްކަ ޖެހިފާ ވާބައެކެވެ. ޢަރަބީންގެ ތެރޭގައި ޖާހިލިއްޔަ ޒަމާނުގައި މީހަކަށް އަންހެންދަރިއަކު ލިބިއްޖެނަމަ އެއީ އޭނާ އަށް ލިބުނު ބަދުނަސީބު ކަމެއްކަމުގައި ހިތާ، އަންހެން ކުދިން ވަޅުލަމުން ދިޔަ ދުވަސްވަރެއްވެސް އައެވެ. އަދި އަންހެނުންނަކީ މުޖުތަމަޢް ބިނާކޮށް ތަރައްޤީ ކުރުމުގައި ބައިވެރި ނުވެވޭ ގޮތަށް ބާކީ ކޮއްލާފާތިބިބައެކެވެ.

ތަފްޞީލު...



ރިބާ ހިމެނޭ ދަރަނި އަތުލުމާއި ... ޝަރުޢީ ޟަރޫރަތް

ribaa-dharani-athulun-މުސްލިމެއްގެ ބޮލުގައި ދަރަންޏެއް އެޅިފައި އޮތުން، އެއީ އިސްލާމް ދީން ރުހޭ ކަމެއް ނޫނެވެ. ދީން އެދެނީ މުސްލިމުން އެއްވެސް މީހަކަށް ނު ދަރާ ދިރިއުޅުމެވެ. އެއީ ބޮލުގައި ދަރަންޏެއް އެޅިފައި ހުއްޓާ، ކުއްލި ގޮތަކަށް މަރުވެދާނެ ކަމުގެ ބިރަށްޓަކައެވެ. އަދި އަމިއްލަ ފައިސާއިން ވިޔަސް، ހުއްދަ ކަންތަކުގައި އިސްރާފް ކުރުމަކީ ދީނުގައި މަނާ ކުރެވިފައި ވާ ކަމެކެވެ. ވީ އިރު، ދަރަންޏެއް ނަގައިގެން އިސްރާފު ކުރުން ހުއްދަވާނީ ކިހިނެއްހެއްޔެވެ؟ މިއީ ޝައިޚްގެ ޖަވާބުގެ ޚުލާޞާއެވެ. ތަފްޞީލު ތިރީގައި މި ވަނީއެވެ.

ތަފްޞީލު...



ބައެއް މުޢާމަލާތްތަކުގެ ތެރެއަށް ރިބާ ވަދެފައިވާކުންފުންޏާއި ބޭންކުތަކުގެ ހިއްސާގަތުމުގެ ޙުކުމް

ribaa-vadhefaivaa-kunfunee-ge-hissaa-gathunޙަރާމް ކަމެއް ކުރާ ކުންފުންޏެއްގައި ހިއްސާވުމަކީ ޙަރާމް ކަމެއްކަން ވަރަށް ފާޅެވެ. ޙަރާމްކަން އެނގެނީ، ޤުރުއާނާއި ސުންނަތުގައި ރިބާ އާ ބެހޭ ގޮތުން އައިސްފައިވާ ދަލީލުތަކުންނެވެ. އަދި އެނގިހުރެ، ރިބާ މުޢާމަލާތް ހިންގާ ކުންފުންޏެއްގައި ބައިވެރިވުމުގެ މާނައަކީ، ހިއްސާ ގަންނަ މީހާ ސީދާ ގޮތެއްގައި ރިބާ އާ މުޢާމަލާތް ކުރުމެވެ. އެހެނީ ހިއްސާއަކީ، ކުންފުނީގެ ރައުސްމާލުން އެތިކޮޅެކެވެ. އަދި ހިއްސާދާރަކީ ކުންފުނީގައި ވާ ތަކެތީގެ މިލްކިއްޔާތުގައި ވެސް ބައިވެރިވާ މީހެކެވެ.

ތަފްޞީލު...



ކުންފުނިތަކުގައި ހިއްސާވުން

kunfuni-thakuga-hissaavunމުދާ ހިފައިގެން ބާޒާރަށް ގޮސް، ގަންނާނެއްބާ ކިޔައިގެން އެއްޗެހި ވިއްކި ޒަމާން މިހާރު ވަނީ ފާއިތުވެ ގޮސްފައެވެ. މި ޒަމާނު، ފިހާރައެއް ހުޅުވާނެ ބިމެއް ނެތިގެން، އެއްޗެހި ގަންނާނެ މީހަކު ރަށުގައި ނެތިގެން، ވިޔަފާރި އެއް ނުފެއްޓި ހުންނާކަށް ނުޖެހެއެވެ. ހެނދުނު އޮފީހަށް ނު ގޮސް، ކުންފުންޏަކުން ފައިދާ ލިބި ލިބި ހުންނާނެ ގޮތެއް ވިސްނިންހެއްޔެވެ؟ ކުންފުންޏެއް ހިންގުމުގެ ތަޖުރިބާ ނެތިގެން ވިޔަފާރި ނުފެއްޓި ހުންނާކަށް، މި އަދު ނުޖެހެއެވެ. މިހާރު މުއްސަނދި ވާން އެންމެ ފަސޭހަ ގޮތަކީ ހިއްސާގެ ވިޔަފާރީގެ ތެރެއަށް ވަނުމެވެ. ނަމަވެސް، މި ގޮތުން ވެސް ފަޤީރަކަށް މުއްސަނދި ނުވެވޭނެއެވެ.

ތަފްޞީލު...



ރިބާ ... ޤުރުއާނާއި ޙަދީޘުން

ribaa-quraan-hadeesunއިސްލާމް ދީނުގެ އިޤްތިޞާދީ ނިޒާމް ބިނާވެފައި އޮންނަ އެއް އުސޫލަކީ، ރިބާ އާ ހަނގުރާމަ ކުރުމެވެ. އަދި ރިބާ އަކީ އެންމެ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ، މުޖްތަމާޢާ ފަރުދުންގެ ކިބައިން ބަރަކާތް ކެނޑޭ، ދުނިޔެއާ އާޚިރަތުގެ ބަލާވެރިކަން ކުރިމަތި ވާ، ކަމެކެވެ. މިއީ ޤުރުއާނާއި ސުންނަތުގެ ނައްޞުން ސާބިތުވާ ކަންތަކެކެވެ. އުއްމަތް ވަނީ މިކަމާ މެދު އިޖްމާޢުވެފައެވެ. މިކަން ދެނެގަންނަން، ތިބާ ބަޤަރާ ސޫރަތުގެ މި އާޔަތްތައް ކިޔާލުމުން ފުދޭނެއެވެ.

ތަފްޞީލު...



އެއްޗެއް ގަނެފައި، އެ ގަނެދޭން އެދުނު މީހާއަށް، އޭތި ވިއްކުމޭ ބުނެވެނީ ކޮން އެއްޗަކަށް؟

baiaul-muraabahaaމި ޒަމާނުގައި އިސްލާމީ ބޭންކުތަކުން ތި ކަހަލަ މުޢާމަލާތް ހިންގައެވެ. އެއީ، މިސާލަކަށް މީހަކު ވަކި ވައްތަރެއްގެ ނުވަތަ ވަކި މޮޑަލެއްގެ މާސިޑީޒް ކާރެއް ގަންނަން ބޭނުން ވެއްޖެއެވެ. އޭނާ ބޭނުންވަނީ، ބައިބަޔަށް އަގު އަދާކުރާ ގޮތަށް (އިންސްޓޯލްމެންޓަށް) ނުވަތަ ފަހުން އެއްފަހަރާ އަގު އަދާ ކުރާ ގޮތަށެވެ. ދެން އޭނާ އިސްލާމީ ބޭންކަކަށް ގޮސް މި ގޮތަށް ކާރު ގަންނަން ބޭނުންވާކަން ހާމަ ކުރުމުން، އޭނާ ބޭނުންވި ސިފަތައް ހުރި ކާރެއް ބޭންކުން ގަނެއެވެ. ކާރު ފިހާރައިން އެ ކާރު ގަނެ، ބޭންކުން ކާރު އަތުލާ ކާރާ ހަވާލުވެއެވެ.

ތަފްޞީލު...



ރިބާ

ribaa''ރިބާ'' އަކީ ކޮބައި ކަމާއި އޭގެ ޙުކުމްތައް އެނގިފައި އޮތުމަކީ، ޝައްކެއް ވެސް ނެތް ގޮތުގައި ކޮންމެ މުސްލިމަކަށް ވެސް ވަރަށް މުހިއްމު ކަމެކެވެ. މި ލިޔުމުގައި، ޢާއްމުންނަށް ބޭނުންވާ ވަރަށް ވުރެ އިތުރު ތަފްޞީލީ ވާހަކަތައް ހުންނާނެއެވެ. އަދި މި ޒަމާނުގައި އެހާ ޢާއްމު ނޫން، ރިބާ މުޢާމަލާތާ ބެހޭ ވާހަކަތައް ވެސް ހުންނާނެއެވެ. ވިޔަފާރިކޮށް، ދަރަނި އަތުލައި ނުވަތަ ދަރަނި ދޭ މީހެއް ވިއްޔާ، ރިބާ ގެ ޙުކުމް ދަސް ކުރަން ޖެހޭނެއެވެ. ވިޔަފާރީގެ ޙުކުމްތައް ދަސްކުރަން ޖެހޭނެއެވެ. މި ޒަމާނުގެ މުސްލިމް ބައެއް ވިޔަފާރިވެރިންނަށް، ޤައުމުގެ ވިޔަފާރިއާ ބެހޭ ހުރިހާ ޤާނޫނަކާ ޤަވާޢިދެއް، އެންމެ ކުދި ތަފްޞީލު ތަކަށް ދާންދެން އެނގެއެވެ.

ތަފްޞީލު...



ރިބާ ބޭންކަށް ފައިސާ ލުމާއި، ރިބާ ކެއުމާ ބެހޭ ގޮތުން ޢިލްމުވެރިން ދެއްވާފައިވާ ބައެއް ފަތުވާ

ribaa-baei-fathuvaaފާއިދާ ހިމެނޭ ގޮތަށް، ބޭންކަށް ފައިސާ ލުން ހުއްދައެއް ނުވާނެއެވެ. އަދި ފައިދާ ހިމަނޭ ގޮތަށް ލޯނު ނެގުން ވެސް ހުއްދައެއް ނުވާނެއެވެ. ސަބަބަކީ މި ހުރިހާ ކަމަކީ ވެސް ޞަރީޙަ ރިބާއެވެ. އަދި ބޭންކެއްގައި ނޫނަސް، ފައިދާ ލިބޭ ގޮތަށް ލާރި ބެހެއްޓުން ހުއްދައެއް ނުވާނެއެވެ. ހަމަ މި ބީދައިން، މީހެއްގެ އަތުން ވެސް ފައިދާ ހިމެނޭ ގޮތަށް ލޯނު ނެގުން ހުއްދައެއް ނުވާނެއެވެ. މި ކަންތަކަކީ، ދީނުގައި ޙަރާމް ކަންތަކެއް ކަމުގައި ހުރިހާ ޢިލްމުވެރިން ވެސް ދެކޭ ކަންތަކެކެވެ.

ތަފްޞީލު...



ރިބާ ބޭންކުން ލޯނުނެގުމަކީ ހުއްދަކަމެއްތަ؟

ribaa-bank-in-loan-negun-hudhatha އަޅުގަނޑަކީ އާދައިގެ ވަރެއްގެ މުސާރައެއް ހޯދަމުން އައި މުވައްޒަފަކީމެވެ. އަދި އެއިން އެއްޗެއް ރައްކާ ކުރުމަށްފަހު ބޭންކަށް ލައިގެން، ބޭންކުން އެއަށް އިތުރު ފައިދާއެއް ހޯދީމެވެ. ވީމާ މިއީ ހުއްދަ ކަމެއްތޯ؟ ނުވަތަ ނޫންތޯ؟ އަޅުގަނޑު އަޑުއަހާފައިވާ ގޮތުގައި މަރްޙޫމް އައްޝައިޚް ޝަލްތޫތު މި ފައިދާ އަކީ ހުއްދަ އެއްޗެއް ކަމަށް ފަތުވާ ދެއްވާފައި ވެއެވެ. އަދި މި ނޫން ޢިލްމުވެރިން ވެސް މި ހުއްދަ ކުރައްވާ ކަމަށް އަޑުއެހީމެވެ. އަދި ދަންނަވަމެވެ. އަޅުގަނޑަށް ބޭންކުން ލިބުނު ފައިދާއިން ޒަކާތް ދިނީމެވެ. ނަމަވެސް ނެރުނު ޒަކާތަށް ވުރެ މި ފައިދާ ގިނައެވެ. ވީމާ ބޭންކު ފައިދާއަކީ ހުއްދަ އެއްޗެއް ނޫންނަމަ ހަދަންވީ ކިހިނެއްތޯއެވެ؟

ތަފްޞީލު...



ބޭންކު ފައިދާ އަކީ ރިބާ ނޫން ކަމަށް ބުނާ ބުނުމަށް ރައްދެއް.

bank-faidha-hudha-kuraa-meehuna-raddhu1''ބޭންކު ފައިދާ އަކީ ޙަލާލް އެއްޗެއް ކަމުގައި ވިދާޅުވެ، ޝައިޚުލް އަޒްހަރު ފަޟީލަތުއް ޝައިޚް މުޙައްމަދު ސައްޔިދު ޠަންޠާވީ ދެއްވާފައިވާ ފަތުވާ އަހަރެން ބަލައިފީމެވެ. އެ ފަތުވާ އަކީ އަޒްހަރުގެ މަޖްމަޢުލް ބުޙޫޘުލް އިސްލާމިއްޔާ ގެ މަޖުލިހުގެ މެންބަރުންގެ އަޣްލަބިއްޔަތު ލިބިގެން، 6 ޑިސެމްބަރ2002 ގައި އަޒްހަރުގެ ނޫސް ކަމުގައިވާ ޞައުޠުލް އަޒްހަރުގައި ޝާއިޢު ކޮށްފައިވާ ފަތުވާއެކެވެ. މި މަޖުލިހަކީ ނޫހުގައި ބުނެފައި ވާހެން، މުޅި މަޖްމަޢެއް ނޫނެވެ. އެއީ މަޖްމަޢްގެ އެއް ބައެވެ. އަހަރެމެން އުންމީދު ކޮށްގެން ތިބީ، އަޒްހަރުގެ ނަމުގައި ވާހަކަ ދައްކާ ނޫހެއް މިފަދަ ގޮތަކަށް، މީހުންނަށް ޙަޤީޤަތް އޮޅުވާލަން މަސައްކަތް ނުކުރާނެ ކަމަށެވެ.

ތަފްޞީލު...



މަޖްމަޢުލް ފިޤުހުލް އިސްލާމީ ގެ 14 ވަނަ ބައްދަލުވުމުން ނެރެފައިވާ ޤަރާރު

bank-faidha-oic-qaraar-majmau-14މުނައްޡަމަތުލް މުއުތަމަރުލް އިސްލާމީ(އޯ.އައި.ސީ) ގެ ދަށުން އުފެދިފައިވާ، މަޖްމަޢުލް ފިޤުހުލް އިސްލާމީ ގެ ސާދަ ވަނަ ބައްދަލުވުން، ހިޖުރައިން 1423 ވަނަ އަހަރުގެ ޛުލްޤަޢްދާ މަހު 8 އަކުން 13 ވަނަ ދުވަހަށް، މީލާދީން 2003 ވަނަ އަހަރުގެ ޖަނަވަރީ 11 އިން 16 ވަނަ ދުވަހަށް، ޤަޠަރުގެ ވެރިރަށް ދައުޙާގައި ވަނީ ބޭއްވިފައެވެ. އިސްލާމީ މާލީ މުއައްސަސާތަކަށް ދައްކަން ޖެހޭ ފައިސާ ނުލިބި ލަސްވުމުގެ މައްސަލަ އާއި ބެހޭ ގޮތުން، މަޖްމަޢު ގެ މަޖުލިހަށް ހުށައެޅުނު ބަހުސްތައް ބެލުމަށް ފަހު، އަދި ކުރެވުނު މަޝްވަރާތައް އަޑު އެހުމަށް ފަހު، މި އަންނަނިވި ޤަރާރުތައް ނެރެމެވެ.

ތަފްޞީލު...



ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.