އަންގާރަ20181113

އާކުރެވުނީ: 08:43:52

ފިޤުހު

ޟަރޫރަތްތައް މަނާކަންތައް ހުއްދަކުރޭ

halaal-haraam-11އިސްލާމްދީނުގައި ވަނީ ޙަރާމްކަމުގެ ދާއިރާ ވަރަށް ހަނިކޮށްފައެވެ. ހަމަ މިހިނދުގައި، ޙަރާމްކަންކަމާމެދު ދީން ވަރަށް ހަރުކަށިވެސް މެއެވެ. މިގޮތުން، ޙަރާމްކަންތަކަށް ދެވޭ، ފާޅު އަދި ވަންހަނާ، މަގުތައް ވަނީ ބަންދުކޮށްފައެވެ. ޙަރާމްކަމަކަށް މަގުފަހިކޮށްދޭ ކޮންމެ ކަމެއް އަދި ކޮންމެ އެއްޗެއް ޙަރާމެވެ. އަދި ޙަރާމްކަމެއް ކުރުމަށް އެހީތެރިވާ ކޮންމެ ކަމެއް އަދި ކޮންމެ އެއްޗެއްވެސް ޙަރާމެވެ. ޙަރާމްކަމެއް ކުރަން ހީލަތް ހެދުމަކީ ވެސް ޙަރާމްކަމެކެވެ. އަދި މިނޫންވެސް، އަހަރެން ކުރިން ބުނެފައިވާފަދަ އުޞޫލުތަކާއި އިރުޝާދުތައް، ދީނުގައި ވަނީ ކަނޑައަޅާފައެވެ.

ތަފްޞީލު...



ލޮޓަރީ އާ ބެހޭ ގޮތުން ނެރެފައިވާ ފިޤުހީ ޤަރާރު

lottery-qaraar ޙަމްދާއި ޘަނާ ހުރި އެއްކައުވަންތަ ﷲ އަށެވެ. އަދި ޞަލާތާއި ސަލާމް ހުރީ، އެކަލޭގެފާނަށް ފަހު ނަބިއްޔެއް ނުވާ ނަބިއްޔާ، އަހަރެމެންގެ ނަބިއްޔާ މުޙައްމަދު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަށާއި އެކަލޭގެފާނުގެ އާލުންނަށާއި އަޞްޙާބުންނަށެވެ. މިއަށް ފަހު ބުނަމެވެ:

ރާބިޠަތުލް ޢާލަމުލް އިސްލާމީގެ މަޖްމަޢުލް ފިޤުހީ އަލްއިސްލާމީގެ މަޖިލިސް ގެ ބައްދަލުވުމެއް ވަނީ، 20ޝަޢްބާން 1415 (21/1/1995) ވީ ހޮނިހިރު ދުވަހު މައްކާގައި ބޭއްވި، ޔާންޞީބު (ލޮޓަރީ) އާ ބެހޭގޮތުން ވަނީ ވާހަކަ ދެކެވި ބަހުސްކުރެވިފައެވެ.

ތަފްޞީލު...



ޕެންޝަނާއި ޕްރޮވިޑެންޓު ފަންޑު

pension-provident-fundފަހަށް ރައްކާކުރުމުގެ ފަންޑަށް ބަލާއިރު، އޭގެ ޒާތުގައި އެއީ ރަނގަޅު އަދި ހުއްދަ ކަމެކެވެ. އެހެނީ ފަހަށް ރައްކާކުރުމަކީ ދީނީގޮތުންނާއި އިޤްތިޞާދީ ގޮތުން ވެސް ބާރު އެޅޭ ކަމެކެވެ. މި ފަންޑުގެ އަސްލު ފަލްސަފާއަކީ، ކޮންމެ މުވައްޒަފަކު ވެސް ފަހަށް ރައްކާކުރުމުގެ ގޮތުން، އޭނާގެ މުސާރައިން ކޮންމެވެސް އިންސައްތައެއް ފަންޑަށް ލަނީއެވެ. އަދި އެފަދަ އިންސައްތައެއް -ނުވަތަ އެއަށް ވުރެ ގިނައިން- ސަރުކާރުން (ނުވަތަ ވަޒީފާ ދޭފަރާތުން) ވެސް ލަނީއެވެ. އަދި މިފަންޑުގެ ފައިސާތައް އިތުރުކޮށްފައި، މުވައްޒަފުން ލީ ފައިސާއާ ސަރުކާރުން ލީ ފައިސާއާ އަދި އިތުރުވި ފައިސާތައް، ފަހުން އޭގެ ޙައްޤުވެރިންނަށް ދެވެނީއެވެ.

ތަފްޞީލު...



އިންޝުރެންސްކުރުމަށް، ތަޙުލީލީ ނަޒަރެއް

insurance-thahuleele-nazareiއަމާންކުރުމާ(Insurance) ބެހޭގޮތުން، ގިނަ މީހުންނަށް ލިބިފައިވާ ޝަރުޢީ މަޢްލޫމާތު ވަރަށް މަދޭ ބުނުމުން ދޮގަކަށް ވާނެހެން ހީނުވެއެވެ. އަދި އަމާންކުރުމަކީ އޭގައި ޝަރުޢީ މައްސަލަތަކެއް އުޅޭ ކަމެއްކަން، ބައެއް މީހުން އަޑު އަހާފައިވިޔަސް، ވިޔަފާރި އަމާންކުރުމާއި (Commercial Insurance)، ބައިވެރިވާ އަމާންކުރުމުގައި(Cooperative Insurance) ތަފާތުތަކެއް ހުންނަ ކަމެއް، އޭގެތެރެއިން ބައެއް މީހުންނަށް ނޭނގެއެވެ. ތަފާތެއް ހުންނަކަން އެނގުނަސް، އޮޅުންބޮޅުން ގަނޑެއްގެ ތެރެއިން އެ ތަފާތު ނެރެ ވަކިކުރަން، އަނެއް ބަޔަކަށް ދަތިވެއެވެ. މިހެންވެ، މި ދެ ވައްތަރަކީވެސް އެކައްޗެކޭ ބުނާފަހަރު އާދެއެވެ.

ތަފްޞީލު...



ޞިއްޙަތު އިންޝުރެންސް ކުރުމާ ބެހޭ ފިޤުހީ ޤަރާރު

insurance-qaraar2މުނައްޡަމަތުލް މުއުތަމަރުލް އިސްލާމީގެ ދަށުން އުފެދިފައިވާ، މަޖްމަޢުލް ފިޤުހުލް އިސްލާމީގެ ސޯޅަވަނަ ބައްދަލުވުން، އެކުވެރި ޢަރަބި އިމާރާތުގެ ދުބާއީގައި ވަނީ ބޭއްވިފައެވެ. އެއީ 03 ޞަފަރް އިން 5 ރަބީޢުލް އައްވަލް 1426 (9-4 އޭޕްރީލް 2005) އަށެވެ. 'ޞިއްޙަތު އަމާންކުރުން' (Health Insurance/ ތައުމީން އައްޞިއްޙީ) އާ ބެހޭގޮތުން މަޖްމަޢަށް ހުށައެޅުނު ބަޙުސްތައް ބެލުމަށްފަހު، އަދި އެ ބަޙުސްތަކާ މެދު ދެކެވުނު ވާހަކަތައް އަޑު އެހުމަށްފަހު، މި އަންނަނިވި ޤަރާރުތައް ނަގައިފީމެވެ:-

ތަފްޞީލު...



އިންޝުރެންސް... ފިޤުހީ ނަޒަރެއް

insurance-fiqhee-nazareiމިއީ އައްޝައިޚް ޢަލީ ބިން މުޙްޔިއްދީން އަލްޤަރަ ދާޣީ، ޤަޠަރު ޔުނިވާސިޓީގެ ކުއްލިޔަތުއް ޝަރީޢާގެ ރައީސް އަދި އިސްލާމީ މާލީ މުޢާމަލާތްތަކާ ބެހޭ ތަޖުރުބާކާރެއް، ލިޔުއްވާފައިވާ ލިޔުއްވުމެއްގެ ދިވެހި ތަރުޖަމާއެކެވެ. އަސްލު ލިޔުމުގައިވާ، ބައެއް ޤާނޫނުތަކުގެ ނައްޞުތަކާއި، ކުދި ކުދި ތަފްޞީލުތަކާއި ރާއްޖޭގެ މާހައުލަށް މުހިއްމު ނޫން ބައިތައް، މި ލިޔުމުގައި ވާނީ ދޫކޮށްލާފައެވެ. އަދި އަމިއްލަ، އިތުރު ކުދިކުދި ތަފްޞީލުތަކާއި، ބަސްތަކުގެ މާނަ ވައްދާފައި ވެސް ވާނެއެވެ. އެއީ ބޭނުންވާ މާނަ ހާމަކުރުމަށާއި މިސާލުޖެހުމަށާއި އަދި މުޞްޠަލަޙުތަކުގެ މާނަ އިތުރަށް ހާމަކުރުމުގެ ގޮތުންނެވެ. ނަމަވެސް ލިޔުމުގެ މައިގަނޑު ބިނާވެފައި ވާނީ، އަސްލު ލިޔުމާއި އެއްގޮތަށެވެ.

ތަފްޞީލު...



އިންޝުރެންސް ކުރުމާއި ރިއިންޝުރެންސް ކުރުން

insurance-kurumaai-re-insuranceބައިވެރިވެވަޑައިގަތް ޢިލްމުވެރިން ހުށައެޅުއްވި ބަޙުސްތައް ބެލުމަށް ފަހު، އަދި އެ ބަޙުޘްތަކާ މެދު މުނާޤަޝާ ކުރުމަށް ފަހު، އަދި އަމާންކުރުމުގެ އެކިއެކި ވައްތަރުތަކާއި، ގޮތްތަކާއި، އަދި އަމާންކުރުން ބިނާވެފައިވާ އުޞޫލުތަކާއި، އޭގެ ލަނޑުދަނޑިތަކާ މެދު ބަޙުސްކޮށް އަދި މި ކަމާ މެދު މީގެ ކުރިން ފިޤުހީ މަޖްމަޢްތަކާއި ޢިލްމީ މުއައްސަސާތަކުން ނެރެފައިވާ ޤަރާރުތައް ބެލުމަށްފަހު، މި އަންނަނިވި ޤަރާރުތައް ނަގައިފީމެވެ:-

ތަފްޞީލު...



އިންޝުރެންސްގެ ކުރު ތަޢާރަފެއް

insurance-kuru-thaaaraf''ބައިވެރިވާ އަމާންކުރުމޭ" ނުވަތަ "އިސްލާމީ ތަކާފުލް" އޭ ކިޔާ ނަންބޯޑު އަޅުވައިގެން އުޅޭ ބައެއް ކުންފުނިތަކަކީ -ބައެއް ފަހަރު- ޙަޤީޤަތުގައި އެފަދަ ކުންފުނިތަކެއް ނޫނެވެ. އެއީ މަޅީގައި ޖައްސަން ބޭނުންކުރާ ތެރަހެކެވެ. މިހެން ބުނުމުގެ ބޭނުމަކީ ފަހަރެއްގައިވެސް، ޙަޤީޤީ އިސްލާމީ އަމާންކުރުމުގެ ޚިދުމަތްދޭ ކުންފުނިތަކާ މެދު، މީހުންގެ ހިތުގައި އޮންނަ އިތުބާރު ގެއްލުވާލުމެއް ނޫނެވެ. ބޭނުމަކީ، ދީނީ ކަންފުޅެއް ނެތް ކުންފުނިތަކުން، އިސްލާމީ އިޤްތިޞާދުގެ ތެރެއަށް ވަދެ، ނާޖާއިޒު ފައިދާ ނެގިޔަ ނުދިނުމަށާއި، ޢާއްމުން މި ކަމަށް ސަމާލުވެތިބުމަށް ހޭލުންތެރި ކުރުވުމެވެ.

ތަފްޞީލު...



ޢާޝޫރާ ދުވަހާއި އެ ދުވަހުގެ ޙުކުމްތައް

ashooraހަމަކަށަވަރުން އުޑުތަކާއި ބިން ހެއްދެވި ދުވަހުން ފެށިގެން، ﷲ ގެ ޙަޟްރަތުގައި ވަނީ ބާރަ މަސްދުވަހެވެ. އޭގެ ތެރެއިން ހަތަރު މައްސަރު ވަނީ ޙުރުމަތްތެރިވެގެން (އެއިން މައްސަރެއްގައި ހަނގުރާމަކުރުން ޙަރާމްވެފައި) އެވެ. ސީދާވެގެންވާ ދީނަކީ އެއީއެވެ. ވީއިރު، އެއިން މައްސަރެއްގައި ކަލޭމެން އަމިއްލަ ނަފްސުތަކަށް އަނިޔާވެރިނުވާހުށިކަމެވެ. ...

ތަފްޞީލު...



ކުށުސަޖިދަ... ކުރުކޮށް

kushu-sajida-kurukohކުށުސަޖިދައަށް ޢަރަބި ބަހުން ކިޔަނީ، ''ސުޖޫދުއް ސަހްވު'' އެވެ. ސަހްވުގެ މާނައަކީ، ކަމެއް ނުވަތަ އެއްޗެއް ހަނދާން ނެތި އެއާ މެދު ޣާފިލްވުމެވެ. ފިޤްހު މުޞްޠަލަޙް ގައި ''ސުޖޫދުއް ސަހްވު'' ގެ މާނައަކީ، ގަސްތަކާއި ނުލާ، ނަމާދުގައި އަމުރުކުރެވިފައިވާ ކަމެއް ދޫކުރެވުމުން ނުވަތަ މަނާކުރެވިފައިވާ ކަމެއް ކުރެވުމުން، ނަމާދަށް ގެނެވުނު އުނިކަން ފޫބެއްދުމުގެ ގޮތުން، ނަމާދުގެ ފަހުން ނުވަތަ ނަމާދުގެ ފަހަތުގައި ކުރާ ސަޖިދައެކެވެ.

ކުށުސަޖިދަ ކުރާ ގޮތަކީ، ކުށުސަޖިދަ ކުރަން ޖެހޭ ސަބަބެއް އޮވެއްޖެނަމަ، ސަލާމް ދިނުމުގެ ކުރިން ނުވަތަ ފަހުން، އެހެންޏާވެސް ސަޖިދަ ޖަހާގޮތަށް ދެ ސަޖިދަ ޖެހުމެވެ.

ތަފްޞީލު...



ކުށުސަޖިދަ... ސުވާލު ޖަވާބު

kushu-sajida-suvaal-javaab މީހަކު ނަމާދުގެ ދެވަނަ ރަކްޢަތުން އިމާމާއާ އިޤްތިދާވެގެން ހުއްޓާ، އިމާމް މީހާ ހަނދާން ނެތިގެން ނަމާދަށް އިތުރު ރަކްޢަތެއް ގެނެސްފިއްޔާ، އެ މީހާ ހަދާނީ ކިހިނެއްހެއްޔެވެ؟ އިމާމާ އެކު ސަލާމް ދޭނީހެއްޔެވެ؟ ނޫނީ ތެދުވެ ރަކްޢަތެއް ކުރާނީހެއްޔެވެ؟ ޖަމާޢަތުން ރަކްޢަތެއް ގެއްލިފައި ނުވާ މައުމޫމު އިޤްތިދާވެގެން ހުރި އިމާމް، ކުށު ސަޖިދަ ޖަހަން ޖެހޭ ތަނެއްގައި ކުށުސަޖިދަ ނުޖަހައިފިނަމަ ވާނީ ކިހިނެއްހެއްޔެވެ؟

ތަފްޞީލު...



ކުށުސަޖިދަ ޖެހުން

kushu sajidaޙަމްދާއި ޘަނާ ޙައްޤުވެގެން ވަނީ ޢާލަމްތަކުގެ ވެރި ރަސްކަލާނގެ، މާތް ﷲ އަށެވެ. އަދި ޞަލަވާތާއި ސަލާމް ހުރީ ފާޅުކަން ބޮޑު ރިސާލާތް ގެނެސްދެއްވި އަޅަމެންގެ ރަސޫލާ މުޙައްމަދުގެފާނަށެވެ. އަދި އެ ކަލޭގެފާނުގެ އާލުންނާއި އަޞްޙާބުންނާއި އަދި ޤިޔާމަތާ ޖެހެންދެން އިޙްސާންތެރިކަމާއެކު އެ ކަލޭގެފާނަށް ތަބާވެތިބި މީހުންނަށެވެ.

މިއަށް ފަހު ބުނަމެވެ: ނަމާދުގެ ކުށުސަޖިދައިގެ ޙުކުމާ ބެހޭ ގިނަ އެއްޗެހިތައް، ވަރަށް ގިނަ ބަޔަކަށް ނޭނގެއެވެ. ކުށުސަޖިދަ ވާޖިބުވާ ތަންތާގައި ސަޖިދަ ނުޖަހާ ބައެއް މީހުން ދޫކޮށްލައެވެ. އަދި އަނެއް ބަޔަކު ކުށުސަޖިދަ ޖަހަން ނުޖެހޭ ތަންތާގައި ސަޖިދަ ޖަހައެވެ.

ތަފްޞީލު...



ނަމާދު ވަގުތުތައް

namaadhu-vaguthuމާތް ﷲ ވަނީ މި އުއްމަތުގެ މައްޗަށް ރެޔަކާއި ދުވާލު، ފަސް ނަމާދު ފަރުޟު ކުރައްވާފައެވެ. އެ ނަމާދުތަކަކީ، މާތް ﷲ ދެނެވޮޑިގެންވާ ވަކި ޙިކްމަތަކަށްޓަކައި، އެއަށް ވަކި ވަގުތުތަކެއް ކަނޑައެޅިފައިވާ ނަމާދުތަކެކެވެ. އެނގޭ އެއް ޙިކުމަތަކީ، ދުވާލާއި ރޭގަނޑު ވެސް، އަޅާގެ ހިތް ހެއްދެވި ފަރާތާއި ގުޅިފައި ބެއްވުމެވެ. ހެނދުނާއި ހަވީރު ގަހަށް ފެންދެނީ ގަސް ހެދިބޮޑު ވިޔަ ދިނުމަށް ކަމަށް ވަންޏާ، ފަތިހާއި މެންދުރާއި ހަވީރާއި ރޭގަނޑު ނަމާދު ކުރަނީ، އިންސާނާގެ ރޫޙަށް ދެވޭ ކާނާއެއްގެ ގޮތުގައި ކަމަށް ފަހަރެއްގައި ސިފަ ކުރެވިދާނެއެވެ. އަބަދު ވެސް މާތް ﷲ މަތިން ހަނދުމަ ކުރުމަށެވެ.

ތަފްޞީލު...



ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.