ފަހުގެ މައްސަލަތައް އިތުބާރުހުރި ދީނީ މަޢްލޫމާތު، ޞިއްޙަތު، ޚަބަރު، އަދަބާއި ޘަޤާފަތް، ތަޢްލީމް، ޢާއިލާ، ކުޑަކުދިން، ޚިޔާލު އަދި މިނޫންވެސް ތަފާތު ދާއިރާތަކުގެ ލިޔުންތައް ، މި ސައިޓުން ވިދާޅުވެވޭނެ http://www.kavaasaa.com/dheen/fahuge-massla/ Fri, 13 Jul 2018 10:30:41 +0200 Joomla! - Open Source Content Management en-gb ޖިހާދުކުރަން، އިސްލާމްދީން ދެކޮޅުހަދާ ލަނޑުދަނޑިތައް http://www.kavaasaa.com/dheen/fahuge-massla/jihad-islam-dheen-dhekolhu-hadhaa-ladudhadi.html http://www.kavaasaa.com/dheen/fahuge-massla/jihad-islam-dheen-dhekolhu-hadhaa-ladudhadi.html

jihaadh dhekolhu kankan
އިސްލާމްދީނުގައި ހަނގުރާމަކުރެވޭ އަސާސީ ލަނޑުދަނޑިތަކުގެ ވާހަކަ ދައްކާފައި، ބައެއް މީހުންގެ ހިތަށް އަރާ، އަދި ބައެއް މީހުން އެ ފަތުރަން މަސައްކަތްކުރާ، އެހެން ލަނޑުދަނޑިތަކަކަށް ވެސް އަލިއަޅުވާލަން އެބަޖެހެއެވެ. އެއީ މި ލަނޑުދަނޑިތަކަކީ އިސްލާމްދީން އެއްބަސްވާ އެއްޗެއް ނޫންކަމާއި، އެފަދަ ލަނޑުދަނޑިއަކަށްޓަކައި ހަނގުރާމަކުރުމަކީ، އިސްލާމްދީން ޤަބޫލުކުރާ ޖިހާދަކަށް ނުވާނެކަން ބަޔާންކުރުމަށްޓަކައެވެ.

]]>
info@kavaasaa.com (ތަރުޖަމާ: އިސްމާޢީލް ނާޖީ) ފަހުގެ މައްސަލަތައް Thu, 15 Feb 2018 03:49:16 +0200
މުއުމިނުންގެ ސިފަތައް http://www.kavaasaa.com/dheen/fahuge-massla/moominungesifatah.html http://www.kavaasaa.com/dheen/fahuge-massla/moominungesifatah.html

muuminungesifataފަރްދީ އަދި އިޖްތިމާޢީ ގުޅުންތަކާއި، އިގްތިސާދި އަދި މާލީ ނިޒާމާއި، ޣައިރު މުސްލިމުންނާއި ގުޅުން ބަހައްޓަންވީގޮތާއި، ޒީނަތްތެރިވުމާއި ހެދުންއެޅުންފަދަ ކަންކަމުގައި އިސްލާމްދީނުގައި ވަނީ އިންތަކަކާއި، އުސޫލުތަކެއް ކަނޑައަޅުއްވާފައެވެ. އިސްލާމީ ހުރިހައި މުޖުތަމަޢެއްގައި އެންމެހައި މުސްލިމުން އެއްގޮތަށް ކުރަންޖެހޭ ކަންތައްތައް ދީނުގައިވަނީ ވަރަށް ތަފްސީލުކޮށް ކަނޑައަޅުއްވާފައެވެ. އެނޫން ކަންކަމަކީ ހުރިހައި އެންމެން އެއްގޮތް ކުރަންޖެހޭކަމެއް ނޫނެވެ.

]]>
info@kavaasaa.com (އިބްރާހީމް މާހިރު މޫސާ) ފަހުގެ މައްސަލަތައް Fri, 19 Aug 2011 02:09:31 +0200
ތަބާވުން...މަޤުޞަދާއި ވަސީލަތުގައި http://www.kavaasaa.com/dheen/fahuge-massla/thabaavun.html http://www.kavaasaa.com/dheen/fahuge-massla/thabaavun.html

thabaavunސަލާމާއި ޞަލަވާތްލެއްވުނު ނަބިއްޔާއަށް ތަބާވުމުގައި އަޞްލަކީ އަޅުކަމުގައި ވަސީލަތްތަކާއި މަޤުޞަދުގައިމެ، އެކަލޭގެފާނަށް ތަބާވުމެވެ. އެހެންނަމަވެސް މުޢާމަލާތުގައި އެދެވިގެންވަނީ މަޤުޞަދުތަކުގައި ތަބާވުމެވެ. ވަސީލަތުގައި ތަބާވުން ލާޒިމެއް ނޫނެވެ.

އަޅުކަމުގައި އަޞްލަކީ މަޤުޞަދުތަކާއި ވަސީލަތްތަކުގައިވެސް ސަލާމާއި ޞަލަވާތްލެއްވުނު ކީރިތި ރަސޫލާއަށް ތަބާވުމެވެ. އަހަރުމެން ވުޟޫއުކުރާނީ އެކަލޭގެފާނު ކުރެއްވި ފަދައިންނެވެ. ނަމާދުކުރާނީ އެކަލޭގެފާނު ކުރެއްވި ގޮތަށެވެ. ރޯދަ ބާޠިލުކުރާ ކަންތަކުން ދުރެވެ، ތިބޭނީ އެކަލޭގެފާނު އެންގެވި ފަދައިންނެވެ. ނަބިއްޔާ ޒަކާތް ދެއްވި މިންވަރަށް ނުވަތަ ޒަކާތުގައި ނެރުމަށް އަމުރުކުރެއްވި މިންވަރަށް އަޅުގަނޑުމެންގެ މުދަލުން ޒަކާތް ދޭނަމުއެވެ. ޙައްޖުގައި ކަންކުރާނީ އެކަލޭގެފާނުގެ އަންނަނިވި ބަސްފުޅުގައި އެވާ ފަދައިންނެވެ. "خذوا عني مناسككم " -رواه مسلم-

]]>
info@kavaasaa.com (ތަރުޖަމާ: ޝިފްޒާން އަޙްމަދު) ފަހުގެ މައްސަލަތައް Wed, 27 Jul 2011 02:29:33 +0200
ޢިލްމުވެރިންގެ މެދުގައި ޚިޔާލު ތަފާތުވުމުގެ ސަބަބުތަކާއި އެކަމުގައި އަހަރެމެން ދެކޭގޮތް http://www.kavaasaa.com/dheen/fahuge-massla/ilmuverin-khiyaalu-thafaathuvun.html http://www.kavaasaa.com/dheen/fahuge-massla/ilmuverin-khiyaalu-thafaathuvun.html

ilmuverin-khiyaalu-thafaathuޙަމްދުހުރީ ﷲ އަށެވެ. އަޅަމެން ޙަމްދުކުރަނީ އެކަލާނގެއަށެވެ. އަދި ވާތްގަށް އެދި ފުއްސެވުމަށް ދަންނަވަނީ، އަދިތައުބާވެ ރުޖޫޢަވަނީ ވެސް އެކަލާނގެ ޙަޟްރަތަށެވެ. އަޅަމެންގެ ނަފުސުތަކާއި ޢަމަލުތަކުގެ ނުބައިކަމުން ގަދަކީރިތި ވަންތަ ﷲ ތަޢާލާ ގެ ޙަޟްރަތުން ރައްކާތެރިކަމަށް އެދެމެވެ. ތެދުމަގު އިޚްތިޔާރުކުރުމުގެ ސަބަބުން އެކަލާނގެ މަގުދައްކަވައިފި އަޅަކު ވާވެއްދޭނޭ ފަރާތެއް ނުވެއެވެ. އަދި ކާފަރުކަން އިޚްތިޔާރުކޮށްގަތުމުގެ ސަބަބުން އެކަލާނގެ މަގުފުރައްދަވައިފި އަޅަކަށް ތެދުމަގުދެއްކޭނޭ ފަރާތެއް ނުވެއެވެ.

ބައިވެރިޔަކު ނުވާ އެއްކައުވަންތަ މާތް ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަމެއް ވެވޭ އެހެން އިލާހަކު ނުވާ ކަމަށާއި މުޙައްމަދުގެފާނީ އެކަލާނގެ އަޅާކަމަށާއި ރަސޫލާކަމަށް އަޅު ހެކިވަމެވެ. އެކަލޭގެފާނަށާއި އެކަލޭގެފާނުގެ އާލު އަޞްޙާބުންނާއި ތާބިޢީންނަށް ޞަލަވާތް ލެއްވުމަށް ދުޢާކުރަމެވެ. اللهم صلّ على محمد وعلى آله وأصحابه ومن تبعهم باحسان إلى يوم الدين وسلِّم تسليماكثيرا.

]]>
info@kavaasaa.com (ތަރުޖަމާ: ނޫރުއްސަލާމް އަބޫބަކުރު) ފަހުގެ މައްސަލަތައް Sun, 24 Jul 2011 00:22:38 +0200
ރޭޕުކޮށްގެން ލިބޭ ދަރިވެއްޓުން http://www.kavaasaa.com/dheen/fahuge-massla/rape-koggen-libey-dhari-vettun.html http://www.kavaasaa.com/dheen/fahuge-massla/rape-koggen-libey-dhari-vettun.html

abortion_and_rapeމިތާ މިގެނެސްދެނީ، ބޮސްނިއާ ހަނގުރާމައިގެ ދުވަސްވަރު، 'ސަރުބުން' ރާވައިގެން ބޮސްނިއާގެ އެތަކެއް ސަތޭކަ މުސްލިމް އަންހެނުން ރޭޕުކޮށްފައިވާތީ، އެކަމާ ބެހޭގޮތުން ޝައިޚް ޔޫސުފުލް ޤަރަޟާވީއަށާއި ޝައިޚް ޖާދުލް ޙައްޤަށް ހުށައެޅުނު ސުވާލަކަށް ދެއްވާފައިވާ ޖަވާބުގެ ޚުލާޞާއެކެވެ. ހަނގުރާމައިގައި ނޫނަސް، އާދައިގެ ހާލަތްތަކުގައިވެސް ރޭޕްކުރެވޭ އަންހެނުންނަށް ލިބޭ ކުދިންނާމެދު ކަންތައްކުރާނެ ގޮތް މީގެ އަލީގައި ދެނެގަނެވިދާނެވެ.

]]>
info@kavaasaa.com (އިސްމާޢީލް ނާޖީ) ފަހުގެ މައްސަލަތައް Sat, 14 Feb 2009 07:00:00 +0200
ދަރިވެއްޓުމުގެ ޙުކުމާމެދު އޮތް ޢިލްމުވެރިންގެ ބަސް http://www.kavaasaa.com/dheen/fahuge-massla/dharivettun-hukumuge-ilmuveringe-bas.html http://www.kavaasaa.com/dheen/fahuge-massla/dharivettun-hukumuge-ilmuveringe-bas.html

dharivettun-ilmuveringe-basރޫޙް އެޅުއްވުމުގެކުރިން ދަރިވެއްޓުން:

ފަހުގެ ޖުމްހޫރު ޢިލްމުވެރިންނާއި އަދި ފިޤުހީ މަޖްމަޢްތަކުން ނެރެފައިވާ ފަތުވާއަކީ، ރަޙިމުގައި ދަރިފުޅު އަށަގަތުމަށް ފަހު، މާބަނޑުގެ އެއްވެސް މަރުޙަލާއެއްގައި ދަރިވެއްޓުމުގެ އަސްލު ޙުކުމަކީ ޙަރާމްކަމެކެވެ. މިތާ މިގެނެސްދެނީ ފަހުގެ ބައެއް ޢިލްމުވެރިން މިކަމާ ބެހޭގޮތުން ދައްކާފައިވާ ވާހަކައިގެ ޚުލާޞާކޮޅެކެވެ.

ޝައިޚް ވަހްބާ އައްޒުޙައިލީ:

''ބަނޑަށް ހަތަރުމަސް ވުމަށް ފަހު، މާނައަކީ ސަތޭކަވިހި ދުވަސް ވުމަށް ފަހު، ޝަރުޢީ ގޮތުން މަޤްބޫލު އުޒުރަކާ ނުލާ، ދަރިވެއްޓުމަކީ ޙަރާމްކަމެއްކަމަށް ޢިލްމުވެރިން އިއްތިފާޤުވެއެވެ.

]]>
info@kavaasaa.com (އިސްމާޢީލް ނާޖީ) ފަހުގެ މައްސަލަތައް Sat, 14 Feb 2009 07:00:00 +0200
ޒިނޭކޮށްގެން ލިބޭ ދަރިވެއްޓުން http://www.kavaasaa.com/dheen/fahuge-massla/ziney-koggen-libey-dhari-vettun.html http://www.kavaasaa.com/dheen/fahuge-massla/ziney-koggen-libey-dhari-vettun.html

dharivettun-zineykoggen-libeyދަރިވެއްޓުމާ ބެހޭގޮތުން ފިޤުހުވެރިން ދައްކާފައިހުރި ގިނަ ވާހަކަތަކުގައި، އެއީ ޙަލާލުގޮތުގައި ލިބިފައިވާ ދަރިއެއްތޯ ނުވަތަ ނަޙަލާލަށް ލިބިފައިވާ ދަރިއެއްތޯ، ތަފާތެއް ކޮށްފައި ނެތެވެ. ދަރިލިބުނު ގޮތަކާ ބެހޭގޮތުން ވާހަކަދެއްކުމުގެ ބަދަލުގައި، ފިޤުހުވެރިން ބޮޑަށް އިސްކަންދީފައިވަނީ، ދަރިވެއްޓުމުގެ ޢާއްމު ޙުކުމާމެދު ބަހުސްކުރުމަށެވެ. ފަހަރެއްގައި މީގެ ސަބަބަކީ، އެމީހުން ދެކޭގޮތުގައި، ނަޙަލާލަށް ލިބޭ ދަރިން ވެއްޓުމުގެ ޙުކުމަކީ، ޙަލާލަށް ލިބޭ ދަރިން ވެއްޓުމުގެ ޙުކުމާ އެއްފަދަ، އެއަށް ތަބާވާ ޙުކުމެއްކަމަށް ދުށުމެވެ. ޙަލާލަށް ލިބޭ ދަރިއަކު، އާދައިގެ ހާލަތްތަކުގައި ވެއްޓުމަކީ ޙަރާމްކަމަކަށް ވާހިނދު، ނަޙަލާލަށް ލިބޭ ދަރިއަކު ވެއްޓުމުގެ ޙަރާމްކަން ބޮޑުވުން އައުލާވެގެންވެއެވެ. އެހެނީ، ނަޙަލާލަށް ލިބޭ ދަރިންވެއްޓުމަކީ، ޒިނޭކުރުމަށާއި ފަޙިޝްކަންތަކަށް ދެވޭ ހިތްވަރެކެވެ. ނުވަތަ އެހީއެކެވެ. އެނގޭނެ ފަދައިން، އިސްލާމްދީނުގައި ފާޙިޝް ކަންތައް ޙަރާމްކުރާފަދައިން، އެފަދަ ކަމަކަށް މަގުފަހިކޮށްދޭ ހުރިހާ ކަމެއްވެސް ޙަރާމްކުރެއެވެ.

]]>
info@kavaasaa.com (އިސްމާޢީލް ނާޖީ) ފަހުގެ މައްސަލަތައް Sat, 14 Feb 2009 07:00:00 +0200
ﷲ ބާވައިލެއްވި ޝަރީޢަތަށް ޢަމަލުކުރުމާއި، މުސްލިމުން އެއަށް ތަބާވުން ވާޖިބުވުން http://www.kavaasaa.com/dheen/fahuge-massla/shareeatha0amalu-kurun-vaajib-vun.html http://www.kavaasaa.com/dheen/fahuge-massla/shareeatha0amalu-kurun-vaajib-vun.html

shareeaa-vaajibvunމުސްލިމުންގެ މައްޗަށް ﷲ ބާވައިލެއްވި ޝަރީޢަތާ އެއްގޮތަށް ޙުކުމްކުރުމާ ބެހޭ ގޮތުން، ބައެއް މީސްމީހުންގެ ދުލުންނާއި ޤަލަމުން އެކި ގޮތްގޮތަށް، މި ދުވަސްވަރު ދެކެވެމުން އެބަދެއެވެ. މިގޮތުން ދީނީ ޢިލްމެއް، އަދި އިސްލާމީ ޝަރީޢަތުގެ ފަހުމެއް ލިބިފައި ނެތް، މި މީސްމީހުން ވަރަށް ޢަޖާއިބުކުރުވަނިވި ވާހަކަތަކެއް ދައްކާފައި އެބަހުއްޓެވެ. މީގެ ތެރެއިން ބައެއް މީހުން ބުނާ ގޮތުގައި، ﷲ ބާވައިލެއްވި ޝަރީޢަތާއި އެކަލާނގެ ޙުކުމްފުޅާ އެއްގޮތަށް ޢަމަލު ނުކުރާ މީހުންނަށް އިންކާރުކުރައްވާ، އަދި އެ ފަދަ މީހުންނަކީ 'ކާފިރުން' 'ޡާލިމުން' އަދި 'ފާސިޤުން' ކަމަށް ކަނޑައަޅުއްވާ ޤުރުއާނުގައި ބާވައިލައްވާފައިވާ އާޔަތްތަކުގެ މުރާދަކީ، މުސްލިމުންނެއް ނޫނެވެ. ކިއެއްތަ،

]]>
info@kavaasaa.com (ތަރުޖަމާ: އިސްލާޢީލް ނާޖީ) ފަހުގެ މައްސަލަތައް Sat, 15 Dec 2007 07:00:00 +0200
ހައްދު ފަހަނަޅާ ވާހަކަ ދައްކަމާ.. http://www.kavaasaa.com/dheen/fahuge-massla/hadhu-fahanaalhaa-vaahaka-dhakkama.html http://www.kavaasaa.com/dheen/fahuge-massla/hadhu-fahanaalhaa-vaahaka-dhakkama.html

hadhu-fahana-alhaa-vaahakaމިދުވަސްވަރު އެންމެ ހިނގާ ވާހަކަ އަކީ އެއީ ނޫންތޯއެވެ. މަޖިލީހުގަޔާއި ފޯރަމްތަކުގައެވެ. ޗެޓްރޫމްތަކާއި ނޫސްތަކުގައެވެ. ފަހަރެއްގައި ހޮޅުއަށިތަކާއި، ގޭގޭގެ ސުފުރާމަތީންނާއި، މިހެން ގޮސް، ހުރިހާތަނެއްގައެވެ. މިއީ ދިވެހި އުއްމަތައް މިވަގުތު ދިމާވެފައިވާ އެންމެ ނުރައްކާ އެއް މައްސަލައަށް ވީމާއެވެ. ވީމާ ޚިޔާލެއް ފާޅުކޮށްލަމާ ބަހީއެވެ. ޙުކުމެއް ކަނޑަނާޅާނީއެވެ.

އަދި މިވެނި ގޮތެއް މިވެނިހެން ވީ އެވެނިހެން ވެގެންނޭ ބުނާ ކޮންމެ ފަހަރަކު އެއީ ވަކި ޙުކުމެއް ކަނޑައަޅަން ބުނާ ބުނުމެއް ނޫންކަމަށް ވެސް ބަލާނީއެވެ. ހަމަ އެކަނި އެއީ އަޅުގަނޑުގެ ޚިޔާލުކަމުގައި ވެސް ނިންމާނީއެވެ.

]]>
info@kavaasaa.com (އާދަމް ފަޔާޒް) ފަހުގެ މައްސަލަތައް Fri, 19 Oct 2007 06:00:00 +0200
މުސްލިމުން ނިއުކްލިޔަރ ހަތިޔާރު ހަދަންޖެހޭތަ؟ http://www.kavaasaa.com/dheen/fahuge-massla/muslimun-nuclear-hathiyaaru-hadhan-jehey-tha.html http://www.kavaasaa.com/dheen/fahuge-massla/muslimun-nuclear-hathiyaaru-hadhan-jehey-tha.html

nuclear_power_plantނިއުކްލިޔަރ ހަތިޔާރެއް، ނުވަތަ ބޮޑެތި ގެއްލުންދެނިވި ހަތިޔާރުތަކުގެ ނަމުގައި މަޝްހޫރުވެފައިވާ ހަތިޔާރެއް އުފައްދައި ގެންގުޅުމާއި ބޭނުންކުރުމަކީ، ޝަރްޢީ ނަޒަރަކުންބަލާއިރު، މުސްލިމުންނަށް ކުރެވިދާނެކަމެއްބާވައެވެ؟

ތިރީގައިއެވަނީ، މިކަމާއިބެހޭގޮތުން، ކުރެވިފައިވާ ސުއާލަކަށް، އަޒްހަރު ޔުނިވަރސިޓީގެ، ފަތުވާ ކޮމިޓީން ދީފައިވާ ޖަވާބުގެ ޚުލާޞާއެކެވެ. ﷲ ތަޢާލާ އިރާދަކުރައްވަނީ، އިސްލާމީ އުއްމަތަކީ، ބާރުގަދަ، ހައިބަތު ހުރި އުއްމަތަކަށް ވުމަށެވެ.

]]>
info@kavaasaa.com (ޢަބްދުއްސައްތާރު ޢަބްދުލްޙަމީދު) ފަހުގެ މައްސަލަތައް Tue, 08 May 2007 07:00:00 +0300
އަހަރެމެންގެ ޢަމަލުތަކުގެ ސަބަބުން ދުނިޔެ ހޫނުވަމުންދާކަމަށް ތަޖުރިބާކާރުން ހާމަކުރުމުން.... http://www.kavaasaa.com/dheen/fahuge-massla/aharemenge-amaluthakuge-sababun-dhuniye-hoonuvamundhaakan-haama-kurumun.html http://www.kavaasaa.com/dheen/fahuge-massla/aharemenge-amaluthakuge-sababun-dhuniye-hoonuvamundhaakan-haama-kurumun.html

thimaaveshi-islam-dheenމިއަހަރު ފެށުނުތަނާހެން އަޅުގަނޑުމެން އެހި އަޑަކީ އިންސާނުންގެ ޢަމަލުތަކުގެ ސަބަބުން ދުނިޔޭގެ ހޫނު މިން މައްޗަށް ދާކަމުގެ ވާހަކައެވެ. މިއީ އަޅުގަނޑުމެން ފަދަ ކުދި ޖަޒީރާ ތަކުގައި އުޅެމުންދާ މީހުން އެކަމާއި މެދު ކަންބޮޑުވާންޖެހޭ ކަމެކެވެ. ތިމާ ދިރިއުޅޭ ވެއްޓަށް އަންނަމުން ދާ ބަދަލު ތަކުގެ ވާހަކަ އަކީ އެކަން ކަމުގެ މައްޗަށް ދުނިޔޭގެ ގިނަ ބަޔަކު ސަމާލުކަން ހުއްޓިފާވާ މުހިއްމު ވާހަކަތަކެކެވެ.

މި ގޮތުން ޖައްވު ތަޣައްޔަރުވުމާއި، ކަނޑުގެ ލޮނު ގަނޑު އުފުލުމާއި، އޯޒޯން ފަށަލަ ތުނިވުން ފަދަ ވާހަކަ ތަކުގެ އަޑު މިދަނީ ގަދަ ވަމުންނެވެ.

]]>
info@kavaasaa.com (ޢަލީ ސަމީރު) ފަހުގެ މައްސަލަތައް Thu, 12 Apr 2007 06:00:00 +0200
ލޯބީގެ ވެސް އެކި ދަރަޖަތައްވެއެވެ. http://www.kavaasaa.com/dheen/fahuge-massla/loabeege-ves-eki-dharaja-veeve.html http://www.kavaasaa.com/dheen/fahuge-massla/loabeege-ves-eki-dharaja-veeve.html

i_love_prophetމި ދުވަސްވަރު މުޅި އިސްލާމީ ދުނިޔެ ކެކި އަރަނީއެވެ. ލޯތްބެއްގެ ސަބަބުން ރުޅިވެރިކަން އުތުރި އަރަނީއެވެ. ހުރިހާ މުސްލިމުންނެވެ. އޭގެ އެންމެ ދީންވެރި ތަޤްވާވެރި މީހާއިން ފެށިގެން، އެންމެ ފާސިޤު މީހާއަށް ދާނދެންނެވެ. ރާބޮއެ، ވައްކަންކޮށް، އެނޫންވެސް ބޮޑެތި ފާފަތައް ކުރާ މީހާ ވެސް، މިއަދު ހަމަ ރުޅިއައިސްގެން ތުރުތުރުއަޅަނީއެވެ. ސަބަބަކީ ކޮބައިތޯއެވެ؟ ކުރިންވެސް ބުނިހެން ސަބަބަކީ ލޯތްބެކެވެ.

މި އުއްމަތުގެ މާތް ނަބިއްޔާ، މުސްލިމުންގެ ހިތްތަކުގައި އެންމެ ބޮޑު ޤުދުސިއްޔަތެއް ދެވިފައިވާ އެއް ފަރާތް ކަމުގައިވާ ކައު އިތުރު އެކަލޭގެފާނަށް ފުރައްސާރަކޮށް، ޔޫރަޕުގެ ނޫސްތަކެއްގައި ކާޓޫނުތަކެއް ޖަހައިގެންނެވެ.

]]>
info@kavaasaa.com (އާދަމް ފަޔާޒު މުޙައްމަދު) ފަހުގެ މައްސަލަތައް Thu, 09 Feb 2006 07:00:00 +0200
އިސްލާމް ދީނަކީ ދީނާއި ދުނިޔެއެވެ. http://www.kavaasaa.com/dheen/fahuge-massla/islam-dheenakee-dheenai-dhuniye.html http://www.kavaasaa.com/dheen/fahuge-massla/islam-dheenakee-dheenai-dhuniye.html

islam-dheenakee-dheen-dhuniyeއަމަން އަމާންކަމާއި ހަމަޖެހުމުކީ، އިންސާނުންނަށް ކާނާއާއި ފެނުގެ މުހިއްމުކަމަށް ވުރެ، ވަކި މުހިއްމުކަން ކުޑަ ކަމެއް ނޫނެވެ. ފުރަތަމަ ބުނެވުނު ދެ ކަމާއި ނުލާ އިންސާނާއަށް އޭނާގެ ދިރިއުޅުމުގެ އެއްވެސް ކަމެއް ފުރިހަމަ ގޮތުގައި ނުކުރެވޭނެއެވެ. އަމާންކަން ގެއްލިއްޖެނަމަ އެ ތަނެއްގައި ދީނަށް އުޅެވޭނެ ގޮތެއް، ދީނަށް ގޮވާލެވޭނެ ގޮތެއް، މޮޅު ޙަޟާރަތެއް، ރީތި ފަންނެއް، ހައިރާން ކުރުވާފަދަ މޮޅެތި ފިކުރުތަކެއް ނު އުފެދޭނެއެވެ. މިހެންވެ، އިންސާނާ މި ދުނިޔޭގައި ލެއްވީއްސުރެވެސް އަމުނު އަމާންކަމާއި ހަމަޖެހުމަކީ،

]]>
info@kavaasaa.com (އިސްމާޢީލް ނާޖީ) ފަހުގެ މައްސަލަތައް Tue, 11 Oct 2005 06:00:00 +0200