ފަހުގެ މައްސަލަތައް
އަމިއްލައަށް ޖިންސީ އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
- ޢަބްދުއްސައްތާރު ޢަބްދުލް ޙަމީދު
- 12 ސެޕްޓެމްބަރު 2005
ޖިންސީއެދުންވެރިކަން އަމިއްލައަށް ފުއްދާލުމަށް، ސިއްރުއާދައޭ ނުވަތަ އިސްތިމްނާއޭވެސް ކިޔައިއުޅެއެވެ. މިއާދައަކީ، ބައެއް މީހުންގެ ތެރޭގައި، ވަކިން ޚާއްޞަކޮށް ޒުވާނުންގެ ތެރޭގައި ފާހަގަކޮށްލެވޭ ކަމެކެވެ.
ނަފްސާނީ ޢިލްމުވެރިންގެ ބަސްތަކުންނާއި، އަދި އިންސާނާގެ ސުލޫކު ދިރާސާކުރުމާއި ބެހޭ އެހެނެނިހެން ދާއިރާތަކުގެ ތަޖުރިބާކާރުންގެ ވާހަކަތަކުންވެސް ދޭހަވާގޮތުގައި، ޖިންސީއުފާ ހޯދައިގަތުމުގައި، އެކަމަށް އޮންނަ ދީނީ އަދި ޠަބީޢީގޮތް ދޫކޮށްލައި، ސީދާމަގުން އެއްފަރާތްވުމަކީ، އެކަމުގެ ސަބަބުން، ތިމާގެ ހިތަށް ނުތަނަވަސްކަމާއި ހާސްކަން ގެނުވާނެކަމެކެވެ.
އައިބެއް ހުރި ކުއްޖަކު ވައްޓާލުމާ ބެހޭ، މަޖްމަޢުލް ފިޤްހުލް އިސްލާމީގެ ޤަރާރު
- އިސްމާޢީލް ނާޖީ
- 01 މޭ 2005
ރާބިޠަތުލް ޢާލަމުލް އިސްލާމީ ގެ ގޮތްޕެއް ކަމުގައިވާ "މުޖައްމަޢުލް ފިޤުހުލް އިސްލާމީ'' އިން ބޭއްވި 12 ވަނަ ބައްދަލު ވުމުގައި، އެއްބަސްވެފައި ވަނީ، ބަނޑުގައި އޮންނަ ކުއްޖާ (ޖަނީން) އަށް 120 ދުވަހަށް ވުރެ ގިނަ ދުވަސް ވެއްޖެ ނަމަ، މަންމަގެ ފުރާނައަށް ނުރައްކާ ވުން ނޫން އެހެން އެއްވެސް ސަބަބަކަށްޓަކައި، ވައްޓާލުން ހުއްދަ ނުވާނެ ކަމަށެވެ.
އަދި އިތުބާރު ކުރެވޭ ޑޮކްޓަރުންގެ ފުރިހަމަ ޓީމަކުން މައިމީހާގެ ބަނޑުގައިވާ ދަރިފުޅުގެ ގައިގައި ބޮޑު އައިބެއް އެބަ ހުރި ކަމަށް ޔަޤީންކޮށް ދީފިނަމަ، 120 ދުވަސް ވުމުގެ ކުރިން، ދަރިފުޅު ވެއްޓުން ހުއްދައެވެ.
ދަރިވައްޓާލުމުގެ ޢުޤޫބާތް
- އިސްމާޢީލް ނާޖީ
- 01 މޭ 2005
ބަނޑުގައި އޮތް ކުއްޖާ ވައްޓާލާ އަދި ވެއްޓި އިރު ދިރި އޮތް ނަމަ، އެ މީހެއްގެ މައްޗަށް ފުރިހަމަ މަރުގެ ދިޔައާއި ކައްފާރާ ވާޖިބުވެއެވެ.
ޖެހުމުގެ ސަބަބުން ނުވަތަ އެ ނޫންވެސް ގޮތަކުން ފޭބި އިރު ކުއްޖާ އޮތީ މަރުވެފައި ނަމަ، އެމީހެއްގެ މައްޗަށް "ޣުއްރާ" ވާޖިބުވެއެވެ.
أَنَّ امْرَأَتَيْنِ مِنْ هُذَيْلٍ رَمَتْ إِحْدَاهُمَا الْأُخْرَى فَطَرَحَتْ جَنِينَهَا فَقَضَى رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِيهَا بِغُرَّةٍ عَبْدٍ أَوْ أَمَةٍ
ދަރިވެއްޓުމާ ބެހޭ އެގާރަ ނުކުތާއެއް
- އިސްމާޢީލް ނާޖީ
- 01 މޭ 2005
އެކެއް:
ރޫޙޫ އެޅުމުގެ ފަހުން (120 ދުވަސް) ކުއްޖާ ވައްޓައިފިނަމަ ނުވަތަ ބައިގެންފިނަމަ، އަދި ވެއްޓުނުއިރު އެ ކުއްޖާގެ ކިބާގައި ރުއިންފަދަ ދިރިހުރިކަމުގެ ނިޝާނެއް ހުރެއްޖެނަމަ، ހިނަވާ އަދި އެކުއްޖާގެ މައްޗަށް ކަށުނަމާދު ކުރަން ޖެހޭނެކަމަށް ޢިލްމުވެރިން އިއްތިފާޤުވެވަޑައިގަންނަވައެވެ. ރުއިންފަދަ ދިރުމުގެ ނިޝާނެއް ނެތްނަމަވެސް، 120 ދުވަސް ފުރިހަމަވެއްޖެނަމަ، ބޮޑަށް ބުރަވެވޭ ރައުޔަކީ ހިނަވާ ކަށުނަމާދުކުރަން ޖެހުމެވެ.
ހަތަރު މަސް ދުވަސް ނުވާނަމަ މި ކަންތައް ކުރާކަށް ނުޖެހޭނެއެވެ. ފޮތިއޮޅާފައި ވަޅުލުމުން ފުދޭނެއެވެ.
ދަރިވެއްޓުމުގެ މާނައާއި އޭގެ ވައްތަރުތައް
- އިސްމާޢީލް ނާޖީ
- 01 މޭ 2005
ޢިލްމީ ގޮތުން އެބޯޝަންގެ (Abortion) މާނައަކީ "މައިމީހާގެ ރަޙިމުގައި އޮންނަ ދަރިފުޅު، އެ ރަޙިމުން ބޭރުގައި ދިރިއުޅެވޭ ވަރަށް ކުއްޖާ ބޮޑުވުމުގެ ކުރިން، ގަސްތުގައި ވައްޓާލުމެވެ."
ނަމަވެސް ޑޮކްޓަރީ ބަހުރުވައިން "އެބޯޝަން'' މި ބަސް މައިމީހާގެ ބަނޑުގައި އޮންނަ ދަރިފުޅު ބައިގެން ދިއުމަށްވެސް(Miscarriage) ކިޔައެވެ. އަދި ޑޮކްޓަރުން ވަނީ އެކި ހާލަތްތަކަށް އެކި ނަންނަން ކިޔާ އެބޯޝަންގެ ނަން ދީފައެވެ.
މި ލިއުމުގެ ކުރިއަށް ހުރި ހުރިހާ ވާހަކައެއްގައިވެސް އެބޯޝަން އޭ ބުނެވިފައި ވާނީ ޤަސްތުގައި ދަރިވެއްޓުމަށް ނިސްބަތް ކޮށެވެ.
އިސްލާމް ދީނުގައި، ޢުޤޫބާތުގެ ފަލްސަފާ
- އިސްމާޢީލް ނާޖީ
- 22 މާރިޗު 2005
އިސްލާމީ ޝަރީޢަތަކީ، މާތް ﷲ އެންމެ ފަހުގެ ނަބިއްޔާ މުޙައްމަދު ޞައްލައްﷲ ޢަލައިހި ވަސައްލަމަ މެދުވެރި ކުރައްވައި، އިންސާނުންގެ ދުނިޔެއާއި އާޚިރަތުގެ އުފަލާއި ހަމަޖެހުން އަދި އަމަން އަމާންކަމަށްޓަކައި، ބާވައިލައްވާފައިވާ ފުރިހަމަ ނިޒާމެކެވެ. ޙައްދުތަކަކީ ފަރުދުންނާއި ޖަމާޢަތުގެ ޙައްޤުތައް ބަރާބަރަށް، ދޭތި ތަފާތު ކުރުމެއް ނެތި ރައްކާތެރި ކުރާ އެއްޗެކެވެ. ފަރުދުންގެ މުދަލާއި، ފުރާނައާއި، ފިކުރާއި ދީން ރައްކާތެރިކޮށް ޙިމާޔަތް ކުރުމަކީ، އެއީ ޖަމާޢަތުގެ ވާޖިބެކެވެ.
އިސްލާމް ދީނުގައި ޢުޤޫބާތާއި އޭގެ ވައްތަރުތައް
- އިސްމާޢީލް ނާޖީ
- 22 މާރިޗު 2005
ޒަމާނާއި ތަން ބަދަލުވިއަސް ޙުކުމަށް ބަދަލު ނާންނަ ކަހަލަ މައްސަލަތަކުގައި، އިސްލާމް ދީން ވަނީ ކަނޑައެޅިގެންވާ ޚާއްސަ ޙުކުމްތަކެއް ކަނޑައަޅާފައެވެ. ޒަމާނާއި ތަން އަދި މުޖްތަމަޢު ބަދަލުވަމާއި، ގުޅިފައިވާ މައްސަލަތަކުގެ ޙުކުމް އިސްލާމީ ޝަރީޢަތުގައި ގެނެސްފައިވަނީ، ޙުކުމުގެ މައިގަނޑު ޤަވާޢިދުތަކެކެވެ. ވީމާ ޙުކުމް ތަންފީޒު ކުރާގޮތާއި ޙުކުމްވެސް މިފަދަ މައްސަލަތަކުގައި ތަފާތުވާނެއެވެ.
މިގޮތުން ބަލާއިރު، ހުރިހާ މުޖްތަމަޢަކާއި ހުރިހާ ނަސްލުތަކެއްގެ އިންސާނުންގެ ތެރޭގައިވެސް ހިނގާ
ދޮގުވެރިން: މުޖުތަމަޢަށް ހުރި ނުރައްކަލެއް
- ޢަލީ ސަމީރު
- 02 މާރިޗު 2005
ހަމަ އެކަނި ހަދާލާ ދޮގަކަށް ބައެއްޤާނޫނު ތަކުގައި އަދަބެއް ނޯވެއެވެ. މި ޤާނޫނުތަކުގައި އަދަބެއް ނެތް ނަމަވެސް ދޮގު ހެދުމަކީ އަޅުގަނޑުމެންގެ މުޖުތަމަޢް ގައި މިއަދު ޢާއްމުވެފައިވާ ވަރަށްބޮޑު ކުށެކެވެ. މީހަކު ހަދާލާ ކުޑަދޮގަކުން ވެސް ބޮޑެތި ޢާއިލާތައް ރޫޅި ވިއްސިވިހާލިވެގެންދެއެވެ. މީހުންގެ ތެރޭގައި ފިތުނައާއި ރުޅިވެރިކަން އުފައްދައެވެ. މަޖަލަކަށް ބުނެލާ ދޮގުބަސް ތަކުގެ ސަބަބުން ކުށެއްނެތް އެތައްބަޔަކަށް އަނިޔާ ލިބެއެވެ.
ވަރި ކުރަން ދިމާވާ ސަބަބު ތަކުގެ ތެރެއިން ނުވަދިހަ އިން ސައްތަ އަކީ ދޮގު ގެ ސަބަބުން ކުރިމަތިވާ ކަންކަމެވެ.
ޤުރުއާނާއި ސުންނަތުގެ އަލީގައި ޒުވާނުން
- އިސްމާޢީލް ނާޖީ
- 11 ސެޕްޓެމްބަރު 2004
އިސްލާމީ އުއްމަތަށް ކުރިމަތިވެފައިވާ ނިކަމެތިކަން މިއަދު ކުރިމަތިވެފައިވަނީ ކޮންބައެއްގެ ސަބަބުންހެއްޔެވެ؟
އެއީ އިސްލާމް ދީނުގައި ހުރި، އުނި ކަމެއްގެ ސަބަބުންހެއްޔެވެ؟ ނޫނީ އެ ދީނަށް ތަބާވެގެން ތިބި މީހުންގެ ސުލޫކުގައި ހުރި އުނިކަމެއްގެ ސަބަބުންހެއްޔެވެ؟ ޝައްކެއްވެސް ނެތް ގޮތުގައި ސުވާލުގެ ޖަވާބަކީ ހުރިހާ މައްސަލަތަކެއްގެ އަސްލަކީ އަހަރެމެން މުސްލިމުންގެ އުޅުމާއި ސުލޫކު ޤުރުއާނާއި ސުންނަތުގައި އަންގަވާފައިވާ ގޮތާއި ދުރަށް ދިއުމެވެ.
މާސޫނިއްޔާ އަކީ ކޮބައިތަ؟
- އިސްމާޢީލް ނާޖީ
- 10 އޯގަސްޓު 2004
މާސޫނިއްޔާ އަކީ މެދުތެރޭ ޒަމާނުގައި ޔޫރަޕްގައި އުފެދު ، ސިއްރު ތަންޒީމީ ޖަމާޢަތެކެވެ. މި މީހުންގެ ބޭރުފުށުން ދައްކާ ވާހަކަތަކާއި ، އަޑިއަޑިން ގެންގުޅޭ އެޖެންޑާތަކާއި މުޅިންތަފާތެވެ. މާސޫނީންނަށް އިގިރޭސި ބަހުން މެއިސްންރީ (Masonry) އަދި ފްރީ މެއިސްންރ (Freemasonry) އޭވެސް ކިޔެއެވެ. މާސޫނީން ގެންގުޅެނީ ބަލާބެލުމަށް ވަރަށް ރަނގަޅުހެން ހީވާކަހަލަ ރަނގަޅު ޝިޢާރުތަކެކެވެ.
އެގޮތުން އެ މީހުންގެ ޖަމާޢަތަކީ ''މިނިވަންކަމާ'' ''އުޚުއްވަތްތެރިކަމާ'' ''ހަމަހަމަކަން'' މީހުންގެ ތެރޭގައި ފަތުރަން މަސައްކަތް ކުރާ ބައެއްކަމަށް ދަޢުވާ ކުރެއެވެ.
ރާފަދައިން، މަސްތުވާތަކެތިވެސް ޙަރާމް
- އިސްމާޢީލް ނާޖީ
- 03 ޖުލައި 2004
ކީރިތި ޤުރުއާނާއި ޙަދީޘްފުޅުތަކުގައި، ރަލަކީ ޙަރާމް އެއްޗެއް ކަން ބަޔާން ކުރެވިފައި އޮންނަކަން ވަރަށް ގިނަމީހުން ދަނެއެވެ. ނަމަވެސް މި ދޭތިން ކުރެ އެކައްޗެއްގައިވެސް ''މަސްތުވާ ހިކި އެއްޗެހި'' ގެ ވަހަކައެއް ނޯންނަ ކަމަށާއި އެހެން ވީމާ އެއަށް ރަލުގެ ޙުކުން ނާންނާނެ ކަމަށް މީހަކު ހީކޮށްފާނެއެވެ. އެއްފަހަރަކު ކުއްޖަކު މިހެން ބުނިއަޑުވެސް އިވުނެވެ.
ހިކިކޮށް އަދި ދިޔާކޮށް ހުންނަ ޙަޝީޝް، ހިރޮއިން، ކޮކެއިން އަފިހުން އަދި މިނުންވެސް މިފަދަ ''މަސްތުވާތަކެއްޗަކީ'' ކަނޑައެޅިގެން އިސްލާމް ދީނުގައި ޙަރާމް ތަކެއްޗެކެވެ.
އިސްލާމްދީނާއި ދެކޮޅަށް އެއްމިލިއަން...!
- އިސްމާޢީލް ނާޖީ
- 04 ޖޫން 2004
މުސްލިމުން، ނަޞްރާނީ ދީނަށް ވައްދައި، ހަލުއިކަމާ އެކީގައި ދުނިޔޭގެ ކަންކޮޅުތަކުގައި އިސްލާމްދީން ފެތުރެމުން ދާ ދިއުން ހުއްޓުވާލުމައްޓަކައި މަސައްކަތްކުރާ، ''އިންޖީލް ފަތުރާ ރާހިބުންގެ އެއްވުން'' ކިޔާ ޖަމާޢަތަކަށް ވަރަށް ބޮޑު ފައިސާގެ އެހީއެއް، ވެޓިކަން އިން ދޭކަމަށް، ޖަރުމަނުވިލާތުގައި ނުކުންނަ ނޫހެއް ކަމުގައިވާ - ވެލްޓް އެމް ޒޮންޓޭގް- ހާމަކޮށްފިއެވެ.
މުސްތަޝްރިޤުން
- އިސްމާޢީލް ނާޖީ
- 29 މޭ 2004
މުސްތަޝްރިޤުން (އޮރިއެންޓަލިސްޓް)، އިސްތިޝްރާޤު (އޮރިއެންޓަލިޒަމް) މިއީ ވަރަށް ގިނައިން އަހަރެމެން ކަންފަތުގައި ޖެހޭ ބަހެކެވެ. ބައެއް ލިއުންތަކުންނާއި ފޮތްފޮތުންވެސް މި ބަސް ފެނެއެވެ. ޚާއްޞަ ގޮތެއްގައި ފިކުރީ ހަނގުރާމަ ، އިސްލާމްދީނުގެ ނަން ޚަރާބު ކުރުން ފަދަ މައުޟޫތަކަށް ވާހަކަ ދެކެވޭ ހިނދު މި ބަސް ބޭނުން ކުރެވޭލެއް ވަކިން ގިނައެވެ. ބައެއް މީހުންނަށް މިބަސް އަޑު އިވުމުން އެއީ މުސްތަޝްރިޤުންނަކީ އެއްވެސް ރަނގަޅު ސިފައެއް ނެތް، އިސްލާމް ދީނާއި ދެކޮޅަށް މަސައްކަތް ކުރާ މީހުންގެ ލަޝްކަރެއް ކަމުގައި ތަޞައްވުރު ކުރެވެއެވެ.