އަންގާރަ20201201

އާކުރެވުނީ: 08:43:52

Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ދުޢާ ކީރިތި ގުރުއާނުން ހޮވާލެވިފައިވާ ބައެއް ދުޢާތައް

ކީރިތި ގުރުއާނުން ހޮވާލެވިފައިވާ ބައެއް ދުޢާތައް

noble_Quranޝައްކެއްވެސް ނެތް ގޮތުގައި ދުޢާ ކުރުމުގައި މީހަކަށް ބޭނުން ކުރެވިދާނެ އެންމެ މޮޅު، އެންމެ ފުރިހަމަ، އެންމެ ޝާމިލު، އެންމެ ބަލާޣަތްތެރި ދުޢާ އަކަށް ވާނީ ، މާތް ﷲގެ ކަލާމްފުޅު ކަމުގައިވާ ކީރިތި ޤުރުއާނުގައިވާ ދުޢާތަކެވެ. މި ސަބަބަށްޓަކައި އަޅުގަނޑު މި ފަހަރު މި ލިޔެލަނީ ޤުރުއާނުގައި ހިމެނޭ ދުޢާ އެއްގެ ގޮތުގައި އައިސްފައިވާ ބައެއް އާޔަތްތަކާއި އޭގެ މާނައިގެ ތަރުޖަމާއެވެ.

(1) "ربَّنآءَاتِنَافِىالدُنْيَّاحَسَنَة وَفِىالأاخِرَةِ حَسَنَةً وَقِنَاعَذَابَ النَّارِ" ސޫރަތުލް ބަގަރާ:201

މާނައީ'' ހައްދވައި ބޮޑުކުރެއްވި ރަސްކަލާކޮ! ދުނިޔޭގައި ވެސް ހެޔޮކަން އާޚިރަތުގައި ވެސް ހެޔޮކަން އަޅަމެންނަށް ދެއްވާފާންދޭވެ! އަދި ނަރަކައިގެ އަޒާބުން އަޅަމެން ދިންނަވާންދޭވެ!''

(2) " رَبَّنآأَفْرِغُ عَلَيْنَاصَبْرًاوَثَبِّتُ أَقْدَامَنَاوَانْصُرْنَاعَلَى الْقَوْمِ الْكَافِرِيْنَ " ސޫރަތުލް ބަގަރާ:250

މާނައީ ''އަޅަމެންގެ ވެރި ރަސްކަލާކޮ! އަޅަމެންގެ މައްޗަށް ހިތްވަރާއި، ކެތްތެރިކަން އޮއްސަވައިފާން ދޭވެ! އަދި އަޅަމެންގެ ފައިތިލަތައް އިބަސުވާމީންގެ މަގުގައި ފިސާރި ވަރުގަދައަށް ސާބިތު ކުރައްވައި ފާންދޭވެ! އަދި އަޅަމެންނަށް ކާފިރުތަކުންގެ މައްޗަށް ނަސްރުދެއްވާ ފާންދޭވެ!''

(3) " رَبَّنآ أَتْمِمْ لَنَانُوْرَنَاواغْفِرُلَنَاإِنَّكَ عَلَى كُلِّ شَىْءٍقَدِيْرُ" ސޫރަތުއް ތަޙްރީމް:8

މާނައީ ''އަޅަމެން ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ!އަޅަމެންގެ ނޫރު ފުރިހަމަ ކުރައްވާންދޭވެ!އަދި އަޅަމެންނަށް ފާފަ ފުއްސަވާންދޭވެ!.ހަމަކަށަވަރުން އިބަސުވާންމީންގެ އީ ހުރިހާ ކަމަކަށް ކުޅަދުންވަންތަ ކަލާންގެއެވެ"

(4) " رَبَّنآ عَلَيْكَ تَوَكَّلْنَا وَإِلَيْكَ أَنَبْنَا وَإِلَيْكً الْمَصِيْرُ" ސޫރަތުލް މުމްތަޙިނާ:4

މާނައީ " އަޅަމެންގެ ވެރި ރަސްކަލާކޮ!އަޅަމެން ތަވައްކަލްކޮށް އިތުބާރު ބަހައްޓަނީ އިބަސުވާމީންގެ ރަސްކަންފުޅަށެވެ! އަދި އަޅަމެންގެ ދުޢާ ދެންނެވުމަށް އެބުރިގަންނަނީ އިބަސުވާމީންގެ ކިބައަށެވެ! އަދި އަޅަމެންގެ އެންމެ ފަހުގެ އެބުރިދިއުން ވަނީ އިބަސުވާންމީންގެ ހަޟުރަތަށެވެ. "

(5) " رَبَّنآ اغْفِرُ لَنَا وَلإخْوَانِنَاالَّذِيْنَ سَبَقُوْنَا بِالْلإِيْمَانِ وَلاَ تَجْعَلْ فِى قُلُوْبِنَا غِلاَّ للَّذِيْنَ أامَنُوا رَبَّنآ إِنَّكَ رَؤُوْفٌ رَّحِيْمٌ" ސޫރަތުލް ޙަޝްރު: 10

މާނައީ " އަޅަމެންގެ ވެރި ރަސްކަލާކޮ! އަޅަމެންނަށް ފާފަފުއްސަވާ މަޣުފިރަތު ދެއްވާފާންދޭވެ!އަދި އަޅަމެންނަށްވުރެ ކުރީން އީމާންކަމުގައި ދެމިތިބި އަޚުތަކުންނަށް ވެސް ފާފަފުއްސަވައި މަޣުފިރަތު ދެއްވާފާންދޭވެ!އަދި އަޅަމެންގެ ހިތްތަކުގައި އީމާންވެއްޖެ މީސްތަކުންނަށް އެއްވެސް ކަހަލަ ރުޅިވެރިކަމެއް އޮތަނުދެއްވާފާންދޭވެ! އަޅަމެންގެ ވެރި ރަސްކަލާކޮ!ހަމަކަށަވަރުން އިބަސުވާމީންގެއީ ނުހަނު އޯގާވެރި،ރަހީމުވަންތަ ރަސްކަލާންގެއެވެ. "

(6) "رَبًّنَاهَبْ لَنَا مِنْ أَزْوَاجِنَا وَذُرٍّيًّاتِنَاقُرَّةَ أَعْيُنٍ وَاجْعَلْنَا لِلمُتَّقِيْنَ إِمَامًا" ސޫރަތުލް ފުރުޤާން :74

މާނައީ '' އަޅަމެން ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އަޅަމެންގެ އަނބީންގެ ކިބައިންނާއި، ދަރީންގެ ކިބައިން ހިތްތައް ހަމަޖައްސަވައި ދެނިވި ދަރިފަސްކޮޅެއް އަޅަމެންނަށް ދެއްވައިފާން ދޭވެ! އަދި ތަޤުވާވެރިންނަށް މަގުދައްކާ ބަޔަކު ކަމުގައި އަޅަމެން ލައްވާދޭވެ!''

(7) " رَبَّنآ وَسِعْتَ كُلَّ شَىْءٍ رَحْمَةً وَعِلْمًا فَااغْفِرْ للَّذِيْنَ تَابُوا وَاتَّبَعُوا سَبِيْلَكَ وَقِهِمْ عَذَابَ الْجَحِيْمْ " ސޫރަތު ޣާފިރު: 7

މާނައީ '' އަޅަމެންގެ ވެރި ރަސްކަލާކޮ! އިބަސުވާމީގެ ރަހުމަތާއި ދެނެވޮޑިގަތުން ހުރިހައި އެއްޗެއްގެ މައްޗަށް ފެތުރި ތަނަވަސްވެގެން ވެއެވެ!ވީއިރު އިބަސުވާމީންގެ ކިބައަށް ތައުބާވެ، އިބަސުވާމީންގެ އެންގެވި މަގަށް ތަބަޢަވާމީހުންގެ ކުށްފާފަތައް ފުއްސަވައި، ނަރަކައިގެ އަޒާބުން މުއްތިކުރައްވައި ފާންދޭވެ!''

(8) " رَبَّنآ وَأَدْخِلْهُمْ جَنَّاتِ عَدْنِِ الَّتِى وَعَدتَّهُمْ وَمَنْ صَلَحَ مِنْ أابَائِهِمْ وَأَزْوَاجِهِمْ وَ ذُرٍّيَّاتِهِمْ إِنَّكَ أَنْتَ الْعَزِيْزُ الْحَكِيَمْ " ސޫރަތުލް ޣާފިރު: 8

މާނައީ " އަޅަމެންގެވެރި ރަސްކަލާކޮ! އެއުރެން އަބަދަށް ދެމިހުންނަނިވި ސުވަރުގޭގެ ބަގީޗާތަކަށް ވައްދަވައި ފާންދޭވެ! އެބަގީޗާތައް އެއުރެންނަށާއި، އެއުރެންގެ މައިންބަފައިންނާއި، އަނބިދަރީންކުރެ، ހެޔޮ ޢަމަލުކުރުން މަތީ ދެމިތިބިއްޖެމީހުންނަށް ދެއްވުމަށް އިބަސުވާމީންގެ ވައުދުކުރައްވާފައިވާ ބަގީޗާތަކެވެ! ހަމަކަށަވަރުން އިބަސުވާމީންގެއީ ގަދަކީރިތި ވަންތަ ބުއްދިވެރި މާތް ރަސްކަލާންގެ އެވެ!''

(9) " رَبَّنآاكْشِفْ عَنَّا الْعَذَابَ إِنَّا مُؤْمِنُوَن" ( ސޫރަތުއް ދުޚާން 12)

މާނައީ " އަޅަމެންގެ ވެރި ރަސްކަލާކޮ. އަޅަމެންގެ ކިބައިން އަޒާބު ފިލުއްވާންދޭވެ. އަޅަމެން އީމާންވެއްޖައީމެވެ. "

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.