ބުރާސްފަތި20201126

އާކުރެވުނީ: 08:43:52

ދުޢާ

ވިތުރީގައި ކީދާނެ ޤުނޫތުގެ ދިވެހި ތަރުޖަމާ

duaa-qunootމާނައަކީ : '' އޭ ﷲ ! މިއަޅާއަށް ތެދުމަގު ދައްކަވައި، އިބަރަސްކަލާނގެ ތެދުމަގު ދެއްކެވި މީހުންގެ ތެރޭގައި ލައްވާފާނދޭވެ! އަދި އިބަ ރަސްކަލާނގެ މާފުދެއްވި މީސްތަކުންގެ ތެރޭގައި މިއަޅާއަށްވެސް މާފުދެއްވާނދޭވެ!  {މި މާނަކުރެވޭ އަނެއްގޮތަކީ: އަދި އިބަރަސްކަލާނގެ،ޞިއްޙަތު ސަލާމަތްކަން ދެއްވި މީހުންގެ ތެރޭގައި، މި އަޅާ ލައްވާފާދޭވެ!} އަދި އިބަ ރަސްކަލާނގެ ލޯބިވެވޮޑިގަންނަވާ އަދި އެބައެއްގެ ކަންތަކާ ހަވާލުވެވޮޑިގެންނެވި މީހުންގެ ތެރޭގައި، މިއަޅާ ލައްވާފާނދޭވެ!

ތަފްޞީލު...ޛިކުރު ކުރުމުގެ ފާއިދާ

dhuaa-faaidhaaދުޢާ ކުރުމުގެ އަދަބުތެރޭގައި އިމާމް އިބްނު އަލްޖައުޒީ، އޭނާގެ ''އައްތަބްޞިރާ ފީ އަލްވަޢްޡި'' ގައި ނަވާރަ އަދަބެއް ބަޔާން ކުރައްވާފައި ވެއެވެ. އެއީ:-

އެކެއް: މާތް ވަގުތުތަކުގައި ދުޢާ ކުރުން.

ދޭއް: މާތް ހާލަތެއްގައި ހުރެ ދުޢާ ކުރުން.

ތިނެއް: ޤިބްލައަށް ކުރިމަތިލައިގެން ހުރެ ދުޢާ ކުރުން.

ހަތަރެއް: ދުޢާ ކުރުމުގައި އަޑު މަޑު ކުރުން.

ފަހެއް: ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ މައްޗަށް ޞަލަވާތް ކިޔުން.

ހައެއް: ދުޢާކުރުމުގެ ކުރިން ﷲ އަށް ޙަމްދާއި ޘަނާ ދެންނެވުން.

ތަފްޞީލު...ޢަރަފާތް ދުވަހުގެ ޚުޠުބާ ގެ ދިވެހި ތަރުޖަމާ

arafa_dhuvasއައްސަލާމް ޢަލައިކުމް ވަ ރަޙްމަތުއްﷲ ވަ ވަބަރަކާތުހޫ ...

ހަމަކަށަވަރުން ހުރިހާ ޙަމްދެއް ޙައްޤުވެގެން ވަނީ ﷲ އަށެވެ. އަޅަމެން އެކަލާނގެ އަށް ޙަމްދު ކޮށް، އެ ކަލާނގެ ވާގިފުޅަށް އެދެމެވެ. އަދި އެ ކަލާނގެއަށް އިސްތިޣްފާރުކޮށް ތައުބާ ވަމެވެ. އަދި އަހަރެމެންގެ ނަފްސުތަކުގައިވާ ނުބައި ކަމާއި، އަހަރެމެން ކުރާ ނުބައި ޢަމަލުތުކުން ރައްކާތެރިކަމަށް އެދެމެވެ. ﷲ ހިދާޔަތް ދެއްވި މީހަކު މަގު ފުރެއްދޭނެ މީހަކު ނުވޭ. އަދި ﷲ މަގުފުރައްދަވައިފި މީހަކަށް ހިދާޔަތް ދޭނެ މީހަކު ނުވެއެވެ. އަދި ﷲ ފިޔަވާ ޙައްޤުވެގެން އަޅުކަން ކުރެވޭ އެހެން އިލާހެއް ނުވާކަމަށާއި، އެކަލާނގެ އަށް ޝަރީކެއް ނުވާ ކަމަށް ހެކިވަމެވެ.

ތަފްޞީލު...ދަރިން ލިބުމަށް އެދި ކުރެވޭ ދުޢާ

kudhin-dhuaaމި ބިންމަތީގައި އިންސާނުންގެ ދަރިފަސްކޮޅު ދެމި އޮތުމުގެ ސަބަބެއް ކަމުގައި މާތް ﷲ ލައްވާފައި ވަނީ، ކައިވެނި ކޮށްގެން ކުދިން ލިބުމެވެ. އަދި ކުދިން ލިބުމަކީ ދުނިޔޭގައި އިންސާނަކަށް ލިބޭ ގިނަ ގުނަ ނިޢްމަތްތަކުގެ ތެރެއިން ވަރަށް ވެސް ބޮޑު ނިޢްމަތެއް ކަން ކަށަވަރެވެ. ނަމަވެސް ކޮންމެ މީހަކީ މި ނިޢްމަތް ލިބޭ މީހެއް ނޫނެވެ. ބައެއް މީހުންނަށް ވަރަށް ފަސޭހައިން ކުއްޖަކު ލިބޭ އިރު، އަނެއް ބަޔަކަށް ގިނަ ދުވަސްތަކަކު އިންތިޒާރު ކުރުމަށް ފަހު ލިބޭތަން ވެސް އާދެއެވެ. އަދި އަނެއް ބަޔަކު މި ނިޢްމަތުން އެއްކޮށް މަޙްރޫމް ވެއެވެ.

ތަފްޞީލު...ކީރިތި ގުރުއާނުން ހޮވާލެވިފައިވާ ބައެއް ދުޢާތައް

noble_Quranޝައްކެއްވެސް ނެތް ގޮތުގައި ދުޢާ ކުރުމުގައި މީހަކަށް ބޭނުން ކުރެވިދާނެ އެންމެ މޮޅު، އެންމެ ފުރިހަމަ، އެންމެ ޝާމިލު، އެންމެ ބަލާޣަތްތެރި ދުޢާ އަކަށް ވާނީ ، މާތް ﷲގެ ކަލާމްފުޅު ކަމުގައިވާ ކީރިތި ޤުރުއާނުގައިވާ ދުޢާތަކެވެ. މި ސަބަބަށްޓަކައި އަޅުގަނޑު މި ފަހަރު މި ލިޔެލަނީ ޤުރުއާނުގައި ހިމެނޭ ދުޢާ އެއްގެ ގޮތުގައި އައިސްފައިވާ ބައެއް އާޔަތްތަކާއި އޭގެ މާނައިގެ ތަރުޖަމާއެވެ.

ތަފްޞީލު...ހިތާމައާއި ކަންނެތްކަމުން ދުރުވުމަށް ކުރާ ދުޢާއެއް

ufaa-dhuaaاللَّهُمَّ إِنِّي أَعُوذُ بِكَ مِنْ الْهَمِّ وَالْحَزَنِ وَالْعَجْزِ وَالْكَسَلِ وَالْجُبْنِ وَالْبُخْلِ ‏ ‏وَضَلَعِ ‏ ‏الدَّيْنِ وَغَلَبَةِ الرِّجَالِ ‏

މާނައަކީ : ''ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮއެވެ! ހަމަކަށަވަރުން އިބަ ރަސްކަލާނގެ ވާގިފުޅާ ލައިގެން، ވާން އޮތް ކަންކަމަށް ވެވޭ ދެރަ، އަދި ނިމިފައިވާ ކަންކަމަށް ކުރެވޭ ހިތާމަ، އަދި ނުކުޅެދުންތެރިކަން އަދި ކަންނެތްކަން، އަދި ފިނޑިކަން އަދި ދަހިވެތިކަން އަދި ބަރު ދަރަނިވެރިވުން އަދި އެހެން މީހުންގެ ބާރު ދަށުވުމުން، ރައްކާތެރިކަމަށް މިއަޅާ އެދެމެވެ.''

ތަފްޞީލު...ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.