އަންގާރަ20200630

އާކުރެވުނީ: 08:43:52

Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ޢަޤީދާ މަރު .. ކޮންމެމީހެއްގެވެސް ނިމުން

މަރު .. ކޮންމެމީހެއްގެވެސް ނިމުން

funeralދުނިޔޭގައި ހިގާ ކަންތައްތަކުގެ ތެރެއިން އެކަކަށްވެސް އެކަމަކާއިމެދު އިންކާރުނުކުރެވޭނެ ކަމަކީ މަރުކަން ކަށަވަރެވެ. ކޮންމެ މީހަކީވެސް މަރުވެ، މިދުނިޔެ ދޫކޮށްދާނެ މީހެއްކަމީ ހަޤީޤަތެކެވެ. ދުނިޔޭގައި ހިގަމުންދާ އެއްވެސް ކަމަކީ ބޭކާރު ތާކުންތާކު ނުޖެހޭ ގޮތަކަށް ހިގާކަމެއް ނޫނެވެ. އެގޮތުން މަރަކީވެސް އޭގެފަހަތުގައި ސިއްރުރަކަކާއި ، ހިކުމަތްތަކެއް ފޮރުވިފައިވާކަމެކެވެ. މަރުވުމުގެ ހިކުމަތަށް ބާލާއިރު ކީރިތި ޤުރުއާނުގައި މާތްﷲ ވަޙީކުރައްވަނީ: الذي خلق الموت والحياة ليبلوكم أيكم أحسن عملاً

މާނައަކީ: "އެކަލާނގެ އެއީ ތިޔަބައި މީހުންގެތެރެއިން ރަނގަޅު އަމަލުތައްކުރާ ބަޔަކީ ކޮބައިކަން އިމްތިހާން ކުރެއްވުމަށްޓަކައި، މަރާއި ދިރިހުރުން އުފެއްދެވި ކަލާނގެއެވެ."

ބައެއްމީހުން ހީކުރާހެން، މަރަކީ ހަމައެކަނި ނެތި ދިއުމެއް ނުވަތަ ފަނާވުމެއްނޫނެވެ.އިންސާނާ މިދުނިޔެއަށް އައުމުގެ ކުރިންވެސް ތަފާތު މަރުހަލާތަކެއް ކަޑައްތުކުރާހެން މަރަކީ އެއް ހާލުން އަނެއް ހާލަށް، އެއްމަރުހަލާއިން އަނެއް މަރުހަލާއަށް، އެއް ގޮވަތިން އަނެއް ގޮވައްޗައް ބަދަލުވުމެކެވެ. ޢުމަރު ބިން ޢަބްދުލް ޢަޒީޒް ވިދާޅުވެފައިވަނީ: ''ކާލޭމެން ހެއްދެވުނީ އަބަދަށްޓަކައެވެ. އެކަމަކު އެއް ގޮވަތިން އަނެއް ގޮވައްޗަށް ބަދަލުކުރެވެނީއެވެ.''

ވަރަށްވެސް ބޮޑުތެދުފުޅެކެވެ. މިދުނިޔެ ދޫކޮށްފައި ދިއުމުން އޮތް އުޚްރަވީ ދުނިޔެއަކީ ދުވަހަކުވެސް ނިމުމެއްނެތް ތަނެކެވެ. ސުވަރުގެއަށް ވަންނަ މީހުން ސުވަރުގޭގައެވެ. ނަރަކައަށް ވަންނަމީހުން އެނުންގޮތެއް ﷲ އިރާދަ ކުރައްވަންދެން އެތާގައެވެ. މައްޔިތާ ކައްވަޅުގައި އޮންނައިރުވެސް އޭނާވާނީ، ރަނގަޅުމީހެއްނަމަ ޘަވާބު، ނުބައި މީހެއްނަމަ އަޒާބު ލިބިލިބިއެވެ. ހަށިގަނޑު ބަލާބެލުމަށް ފަނާވެ ވެއްޔާއި މޮޑެވިދިޔައަސް ކަންތައްވާގޮތަކީ މިއީކަން، ކީރިތި ޤުރުއާނާއި ރަސޫލާގެ ޙަދީޘްފުޅުތަކުން ސާބިތުވެއެވެ.

ދުނިޔެއިން އެކަކުވެސް މަރުނުވާނަމަ ވާނީ ކިހިނެއްތޯއެވެ؟ އޭރަށް ދުނިޔެއިން ދުވަސް ހިގަމުންދާވަރަކަށް އިންސާނީ ނަސްލު ދާނީ އިތުރުވަމުންނެވެ. އެންމެންވެސް ދުނިޔެއަށް އަންނާނީއެވެ. އެބުރިދާނެ އެކަކުވެސް ނެތުމުން، އާބާދީ ބޮޑުވެ، ދުނިޔޭގައިވާ ކާނާ ހުސްވެ، ބިންހުސްވެ، މަގުތައްވެސް އޮންނާނީ، މިހާރު ދުއްވާތަކެތިން ތޮއްޖެހިފައި އޮންނަހެން، މީހުންނާއިހެދި ތޮއްޖެހިފައެވެ. މިސާލަކަށް ކުރީޒަމާނެއްގައި ހުރި ތަކުރު ކިޔާމީހެއް ނަގަމާތޯއެވެ؟ އޭނާ ދުނިޔޭގައި އުޅުނީ މީގެ އެއް މިލިއަން އަހަރުކުރިންކަމަށް ބައްލަވާށެވެ. ތިބީ ދިހަ ދަރިންނެވެ. އެ ދިހަ ދަރިންނަށް، ތަކުރުގެ ކާފަދަރިންގެ ގޮތުގައި ފަންސާސް ކުދިން ލިބިއްޖެއެވެ. އެހެން ގޮސް ތަކުރުގެ ނަސްލު އިތުރުވަމުން ދިޔައެވެ. ދުވަހަކުވެސް އެކަކުވެސް މަރެއް ނުވެއެވެ. ހައްތާހާވީ އިތުރެވެ. ދެން މިއަދާއި ހަމައަށް ބަލާއިރު ތަކުރުގެ ނަސްލުން ކިތަށް މިލިއަން އާދަމުގެދަރިން އައިސްފައި ތިބޭނެހެއްޔެވެ؟ އޭރުވެސް ދުނިޔޭގައި އެކަހަލަ ކިތެއް ތަކުރު އުޅޭނެހެއްޔެވެ؟ މީ ހަމަ ވާނެގޮތުގެ ޚިޔާލީ ވެދާނެގޮތެކެވެ.

ބިމަކީ ކަނޑައެޅިގެން ވަކި ބޮޑު މިނަކަށް އޮންނަ ތަނެކެވެ. މީހުންގެ އަދަދަށް ވަކި ހައްދެއްނެތެވެ. އޭރަށް ހަމަގައިމުންވެސް ބިންފުރޭނެއެވެ. ދުނިޔޭގައި އަދި އެތަކެއް ޖަނަވާރަކާއި، ސޫފާސޫފިވެސް އުޅޭނެނޫންތޯއެވެ؟ އެއިން އެއްޗެއްވެސް މަރުނުވެއެވެ.

މީހުންނަށް ނުކުޅަދާނަވާވަރަށް ކަންތައް ދިއުމުން ދެން ޖެހޭނީ އެޤައުމެއްގެ އިސްމީހުން އެއްވުމެއް ބާއްވައިގެން، ކޮންމެވެސް ބަޔަކު ނައްތާލާށެވެ. ކޮންމެ އަހަރަކުވެސް ވަކިވަރަކަށެވެ. އެކަމަކު އޭރަށްދިމާވާނެ މައްސަލައަކީ މަރާލެވޭނެ މީހާ އިޚްތިޔާރު ކުރާނީ ކިހިނެއްހެއްޔެވެ؟ ކޮންމެ އާއިލާއަކުންވެސް މީހަކު ނަގާނީހެއްޔެވެ؟ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެއްތިބިނަމަ އެއިން ކޮން ކުއްޖެއްހެއްޔެވެ؟ ބައިވަރު ކުދިންތިބިނަމަ ޤުރުބާން ކޮށްލާނެ ވަކި ކުއްޖަކު ހޮވަން، މަންމައަކަށް ނުވަތަ ބައްޕައަކަށް އެގޭނެހެއްޔެވެ؟

ނޫނީ ދެން އޮތީ ގުރުލައިގެން ހޮވުމެވެ. އެހެން ހޮވައިގެން ވެސް މަރަން ބަލާއިރު، އިންސާނާއަކީ ތަބީއަތުގައި މަރުނުވާ އެއްޗެއްނަމަ ދެންހަދާނީކިހިނެއްހެއްޔެވެ؟ ބަލިވީމައިވެސް އެވޭނުގައި ނިމުމެއްނެތްގޮތުގައި ދެމިއޮތުން، އެބަލީގައި މަރުވުމަށްވުރެ ރަނގަޅުވާނެހެއްޔެވެ؟ މަރުނުވާނަމަ ބައްޕަ ނުވަތަ މަންމަގެ މުދާ ދަރިންނަށް ވާރުތަވާނީ ކިހިނެއްހެއްޔެވެ؟ އެހެންމީހަކަށް ދޭނެއެއްޗެއް އެއްވެސް މީހެއްގެ އަތުގައި އޭރަކު ނުހުންނާނެއެވެ. އެންމެންވެސް އަމިއްލަ އަމިއްލައަށް ނިމުމެއްނެތް މުސްތަޤުބަލަށް އެއްޗެހި ރައްކާކުރާނީއެވެ. ދުނިޔޭގައި އަނިޔާލިބޭ މީހުންނަށް، ނިޔާ ހޯދޭނީ ކިހިނެއްހެއްޔެވެ؟ ފަޤީރުމީހާ އަބަދު އަބަދަށް ފަޤީރުކަމުގައި، ބަލިމީހާ ބަލިކަމުގައި، ހިތާމަވެރިއާ އެ ހިތާމައިގައި ދެމިހުރުން އެއީ ހަމަޖެހޭ ގޮތެއްހެއްޔެވެ؟

ތަބީޢީގޮތުން އިންސާނާ މަރުވުން މިހުރިހާކަމެއް ހައްލުކޮށްދެއެވެ. މީހަކު ކުރާނެ ޝަކުވާއެއް ނޯންނަފަދައަކުންނެވެ. މުއުމިނެއްނަމަ އޭނާއެމަރުވަނީ ﷲގެ ތަޤުދީރުންކަން ޤަބޫލުކުރާނެއެވެ. އަދި އޭނާ އެދަނީ އެކަލާނގެ ހަޟުރަތަށްކަން އެގުމުން އުފާވާނެއެވެ. އޭނާ ދުނިޔެއަށް އައީ ކުޅޭކުޅޭ ގޮތަކަށް ނޫންކަން ޔަޤީންވާނެއެވެ. އަދި ދުނިޔޭގައި ހުންނައިރު އޭނާއަކީ ކޮންމެ ވަގުތެއްގައިވެސް މަރުވެދާނެ މީހެއްކަމާއި ވީމާ މަރުދެކެ ބިރުނުގަނެ، މަރަށް ތައްޔާރުވެހުރުން ބުއްދިވެރިވާނެކަން އެގޭނެއެވެ. މަރަކީ އެއްވެސް މީހަކަށް، އެއަންނަވަގުތު އެގޭއެއްޗެއްނޫނެވެ. އަދި މަރުވާނެ ތަނަކާއި މަރުވާނެ ގޮތެއްވެސް ނޭގޭނެއެވެ. މަރަކީ އަހަރެމެންނާއި އެންމެ ކައިރި އެއްޗެވެ. ކޮންމެ މީހަކުވެސް ކޮންމެ ވަގުތަކުވެސް މަރުވެދާނެއެވެ. މަރަކީ އޭގެ ރަހަ ކޮންމެ މީހަކުވެސް ބަލާނެ އެއްޗެކެވެ. މޮޅެތި މީހުންނާއި ދެރަމީހުން، މުއްސަދިންނާއި ފަޤީރުން، ކުޑަކުދިންނާއި ބޮޑެތިމީހުންވެސް މަރުވާތަން އަޅުގަނޑުމެން އެންމެންނަށްވެސް ފެނެއެވެ. ވީމައި ބުއްދިވެރިއަކީ މަރަށް ބިރުނުގަނެ އެއަށް ތައްޔާރުވެ ހުރުމެވެ. ތައްޔާރުނުވެ ހުއްޓައި އައިސް ޓަކިޖެހުމުން ދާން އުޅޭއިރު އޮނާނީ ވަގުތުފާއިތުވެފައެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.