ޢަޤީދާ އިތުބާރުހުރި ދީނީ މަޢްލޫމާތު، ޞިއްޙަތު، ޚަބަރު، އަދަބާއި ޘަޤާފަތް، ތަޢްލީމް، ޢާއިލާ، ކުޑަކުދިން، ޚިޔާލު އަދި މިނޫންވެސް ތަފާތު ދާއިރާތަކުގެ ލިޔުންތައް ، މި ސައިޓުން ވިދާޅުވެވޭނެ http://kavaasaa.com/dheen/aqeedha/ Sat, 15 Sep 2018 17:39:27 +0200 Joomla! - Open Source Content Management en-gb މުސްލިމުންނާ ޣައިރު މުސްލިމުންގެ ގުޅުން... އިސްލާމީ ނަޒަރަކުން http://kavaasaa.com/dheen/aqeedha/muslim-ghair-muslimun.html http://kavaasaa.com/dheen/aqeedha/muslim-ghair-muslimun.html

muslim ghairmulim gulhunމުސްލިމުންނާއި ޢަޤީދާގެ ގޮތުން ތަފާތު އަހުލުކިތާބީންނާ އޮންނަ ގުޅުމަކީ  ކޮންކަހަލަ ގުޅުމެއްހެއްޔެވެ؟ އެމީހުންނާމެދު ހެޔޮކޮށް ހިތައި ރަނގަޅު މުޢާމަލާތެއް ކުރެވިދާނެހެއްޔެވެ؟ އަދި އެއްވެސް މުޢަމަލާތެއް ކުރެވިދާނެހެއްޔެވެ؟  އަހުލުކިތާބީންނާ މުސްލިމުންނާ ދެމެދޮ އޮންނަނީ ސަލާމްހެއްޔެވެ؟ ނުވަތަ ހަނގުރާމަހެއްޔެވެ؟ އެހެން ގޮތަކަށް ބުނާނަނަމަ، އެމީހުންގެ ފަރާތުން މުސްލިމުންނަށް ނުރައްކަލެއް އަދި ގެއްލުމެއްވެސް ނެތި، މުސްލިމުންނާ ހަނގުރާމަނުކޮށް، އަދި މުސްލިމުންގެ ޢަދުއްވަކާ ބައިވެރިނުވާ ޣައިރުމުސްލިމުންނާ، ހަނގުރާމަކުރުމަކީ ވާޖިބެއްހެއްޔެވެ؟

]]>
info@kavaasaa.com (ތަރުޖަމާ: އިސްމާޢީލް ނާޖީ) ޢަޤީދާ Sat, 17 Mar 2018 15:36:32 +0200
ދީނުގައި މަޖްބޫރުކަމެއް ނެތެވެ. http://kavaasaa.com/dheen/aqeedha/dheenuga-maboor-kameh-neh.html http://kavaasaa.com/dheen/aqeedha/dheenuga-maboor-kameh-neh.html

laa ikraaha1

{لَا إِكْرَ‌اهَ فِي الدِّينِ} "دين އަށް ވެއްދުމުގައި مجبور ކުރުމެއް ނެތެވެ. " (ބަޤަރާ:256)

މިއީ މަންސޫޚު ވެފައިވާ އާޔަތެއްކަމަށް ބައެއް މުފައްސިރުން ވިދާޅުވެފައިވާ އަޔަތެކެވެ. ނަމަވެސް މިއީ މަންސޫޚު ވާނެ އާޔަތެއް ނޫނެވެ. ސަބަބަކީ މި އާޔަތުގައި ކަނޑައަޅާފައި މިވަނީ ކަށަވަރުވެފައިވާ އަދި ޢާއްމު އުޞޫލެކެވެ. އަލިގަދަ ސާފު ހަގީގަތެކެވެ. އެއީ ދީނަކީ މަޖްބޫރުކުރެވޭނެ ކަމެއް ނޫންކަމެވެ. އަދި އެއީ ކޮށްގެންވާނެ ކަމެއްވެސް ނޫންކަމެވެ.

]]>
info@kavaasaa.com (ތަރުޖަމާ: އިސްމާޢީލް ނާޖީ) ޢަޤީދާ Wed, 16 Aug 2017 13:46:14 +0200
އިސްލާމްދީނުގެ ޢާއްމު ތަޢާރަފެއް: ނިޔާފުޅާއި މިންވަރުފުޅަށް އީމާންވުން http://kavaasaa.com/dheen/aqeedha/islam-dheenuge-aamu-thaaraf-8-niyaafulhu.html http://kavaasaa.com/dheen/aqeedha/islam-dheenuge-aamu-thaaraf-8-niyaafulhu.html

aamu-thaaraf-8-niyaafulhuމިންވަރުފުޅަށް އީމާންވުމޭ، ނުވަތަ ނިޔާފުޅާއި މިންވަރުފުޅަށް އީމާންވުމޭ، މި ބުނެވޭ ބަހުގެ މުރާދަކީ، މި ކައުނު ހިނގުމަށް މާތް ﷲ ކަނޑައަޅުއްވާފައިވާ މަގެވެ. ދުނިޔެ ހިނގަމުންދާ ނިޒާމެވެ. ދުނިޔޭގައި މިވާ ޠަބީޢީ ޤާނޫނުތަކެވެ. އަދި ދުނިޔޭގައިވާހާ އެއްޗަކީ ކަނޑައެޅިފައިވާ މިންވަރަކަށް އަދި ވަކި ނިސްބަތަކަށް ލައްވާފައިވާ އެއްޗެއްކަމެވެ. އެއްޗެއް ވުޖޫދަށް އައުމުގެ މާ ކުރިންސުރެ ވެސް، ދުނިޔޭގައި އެ ހުންނާނެ މިންވަރަކާއި، އޭގައި އެކުލެވިގެންވާ ޢުންޞުރުތައް ހުންނަންވާ މިނަކާއި ވައްތަރު، އަދި އެ އެހެން އެއްޗަކާ އެކުވެ މަސްހުނިވެއްޖެނަމަ ވާނެހާ ގޮތަކާއި، ވަކިވެއްޖެނަމަ ވާނެހާ ގޮތްތަކާއި، އޭގެ ޙަރަކާތާއި ހިމޭންކަން، އަދި އޭގައި ހުންނާނެ ޒައްރާތަކުގެ ޢަދަދަށް ދާންދެން ކަނޑަނޭޅޭ ހަމަ އެއްވެސް އެއްޗެއް މި ދުނިޔޭގައި ހަމަހިލާ ނުވެއެވެ. މިހުރިހާ ކަމަކީ ވެސް އަޒަލުއްސުރެން ކަނޑައެޅި ނިމިފައިވާ ކަންކަމެވެ.

]]>
info@kavaasaa.com (ތަރުޖަމާ: އިސްމާޢީލް ނާޖީ) ޢަޤީދާ Sat, 01 May 2010 07:00:00 +0300
އިސްލާމްދީނުގެ ޢާއްމު ތަޢާރަފެއް: ސުވަރުގެ http://kavaasaa.com/dheen/aqeedha/islam-dheenuge-aamu-thaaraf-7-suvaruge-6.html http://kavaasaa.com/dheen/aqeedha/islam-dheenuge-aamu-thaaraf-7-suvaruge-6.html

aamu-thaaraf-7-suvaruge-6ސުވަރުގެ ސިފަކުރެވިފައިވާ ވަރަށް ގިނަ އާޔަތްތައް ޤުރުއާނުގައި އައިސްފައި ވެއެވެ. ސުވަރުގޭގެ ގަނޑުވަރުތަކާއި ބަގީޗާތަކުގެ ތެރެއިން ކޯރުތައް ހިނގަހިނގާ ހުންނާނެ ވާހަކައާއި، އެތާ އަހުލުވެރިންގެ އަތުގައި ރަނާއި މުތީގެ އުޅާތަކެއް ހުންނާނެ ވާހަކައާއި، އެ މީހުން ލައިގެން ތިބޭނީ ފަށުއި ހެދުން ކަމާއި، އަދި އެތާނގައި ރަހަ ތަފާތު ނުވާ ކިރު ކޯރުތަކާއި ބޯ މީހުންނަށް މީރު ރާގެ ކޯރުތަކާއި ސާފު މާމުއި ކޯރުތައް ހުންނާނެ ކަމާއި، އަދި އެތާ ރީތި ހޫރުލް ޢީނުން ތިބޭނެ ވާހަކަ، ޤުރުއާނުގައި އޮވެއެވެ.

]]>
info@kavaasaa.com (ތަރުޖަމާ: އިސްމާޢީލް ނާޖީ) ޢަޤީދާ Sat, 01 May 2010 07:00:00 +0300
އިސްލާމްދީނުގެ ޢާއްމު ތަޢާރަފެއް: ރަސޫލުބޭކަލުންނަށް އީމާންވުން http://kavaasaa.com/dheen/aqeedha/islam-dheenuge-aamu-thaaraf-10-rasooluna-eemanvun.html http://kavaasaa.com/dheen/aqeedha/islam-dheenuge-aamu-thaaraf-10-rasooluna-eemanvun.html

aamu-thaaraf-10-rasooluna-eemanvunހުރިހާ ރަސޫލުބޭކަލުންނަކީ ވެސް އިންސާނުންނެވެ. އެހެން އިންސާނުން ވެސް އުފަންވާފަދައިން އުފަންވާ ބައެކެވެ. އެހެން އިންސާނުން ވެސް މަރުވާފަދައިން މަރުވާ ބައެކެވެ. ރަސޫލުބޭކަލުން ވެސް ޞިއްޙަތު ސަލާމަތުން ތިއްބަވާފައި އާލާސްކަންފުޅު ޖެހިވަޑައިގަންނަވައެވެ. ޖިސްމާނީގޮތުން ހަށިކޮޅު އުފެދިފައިވާ ގޮތް އެހެން އިންސާނުންނެކޭ ވަކި ތަފާތެއް ނޫނެވެ. އެބޭކަލުންގެ ސޫރަ ވެސް ވަކި ތަފާތެއް ނޫނެވެ. އެހެން އިންސާނުންގެ ހަށިގަނޑުގައި ލޭ ދައުރުވާފަދައިން ލޭ ދައުރުވެއެވެ. ހިތުގެ ވިންދުޖަހާފަދައިން ވިންދުޖަހައެވެ. ރަސޫލުބޭކަލުން އެހެން އިންސާނުން ވެސް ކައިބޮއެ އުޅޭފަދައިން ފަރީއްކުޅުއްވައި، ފެންފޮދު ހިއްޕަވައެވެ.

]]>
info@kavaasaa.com (ތަރުޖަމާ: އިސްމާޢީލް ނާޖީ) ޢަޤީދާ Sat, 01 May 2010 07:00:00 +0300
އިސްލާމްދީނުގެ ޢާއްމު ތަޢާރަފެއް: ކީރިތި ޤުރުއާން http://kavaasaa.com/dheen/aqeedha/islam-dheenuge-aamu-thaaraf-11-quran.html http://kavaasaa.com/dheen/aqeedha/islam-dheenuge-aamu-thaaraf-11-quran.html

aamu-thaaraf-11-quranކީރިތި ޤުރުއާނަކީ، ނަބިއްޔާ މުޙައްމަދު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަށް މާތް ﷲ ދެއްވި މުޢްޖިޒާތެވެ. ކީރިތި ޤުރުއާނަކީ، ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަމިއްލަފުޅަށް ހައްދަވާ އަމިއްލަފުޅަށް ލިޔުއްވި އެއްޗެއްކަމަށް ބުނާ މީހުންނަށް، އިންކާރު ކުރެވެނީ އެކަލޭގެފާނުގެ ނަބީކަމެވެ. އެކަމަކު އެހެން ބުނުމުން އެމީހުންނަށް އެ ބުނެވެނީ އެކަލޭގެފާނަކީ އިލާހެކޭއެވެ. ނަމަވެސް ﷲ ފިޔަވާ އެހެން އިލާހަކު ނުވާކަމަށް، އަހަރެމެން މުސްލިމުން އީމާންވަމެވެ.

އަހަރެން މި ބުނި އެއްޗެއްގެ މާނައަކީ، ޤުރުއާން ފަދަ ފޮތެއް ލިޔުމުގެ ކުޅަދާނަކަން އިންސާނުންނަށް ލިބގެނެއް ނުވެއެވެ. އަދި އެފަދަ ފޮތެއް ލިޔުމަކީ އިންސާނަކަށް އެކަށީގެންވާ ކަމެއްވެސް ނޫނެވެ.

]]>
info@kavaasaa.com (ތަރުޖަމާ: އިސްމާޢީލް ނާޖީ) ޢަޤީދާ Sat, 01 May 2010 07:00:00 +0300
އިސްލާމްދީނުގެ ޢާއްމު ތަޢާރަފެއް: ޣައިބަށް އީމާންވުން http://kavaasaa.com/dheen/aqeedha/islam-dheenuge-aamu-thaaraf-9-ghaibai-eeman-vun.html http://kavaasaa.com/dheen/aqeedha/islam-dheenuge-aamu-thaaraf-9-ghaibai-eeman-vun.html

aamu-thaaraf-9-ghaibai-eeman-vunއެންމެން ވެސް މި 'ފެންނަ ދުނިޔެ' އަކީ ވާ އެއްޗެއްކަން ތެދުކޮށް އީމާންވެއެވެ. ދޮގުކުރާ އެކަކު ވެސް ނުހުރެއެވެ. އެންމެ ކުޑަމިނުން ޖަނަވާރުތައް ވެސް އެ ސޮރުމެންގެ ހިއްސުތަކުން ދުނިޔެ އެބަ އޮތްކަން ދެނެގަނެއެވެ. ވީމާ މި ދުނިޔެ އެބަ އޮތްކަމާމެދު އީމާންވުމުގައި، އެކަކު އެނެކެއްގެ މައްޗަށް ހޯދޭނެ މޮޅެއް ނެތެވެ. އެހެނީ މި ދުނިޔެ އެބަ އޮތްކަން އެނގުމަކީ އިންސާނާއަށް ކޮންމެހެން އެނގޭ ކަންތައްތަކުގެ ތެރެއިން ކަމެކެވެ. މީހުން ތަފާތުވަނީ ޣައިބުގެ ދުނިޔެއަށް އީމާންވާންޖެހޭ ހިނދުގައެވެ. ނުފެންނަ އެއްޗަކާ ބެހޭގޮތުން ލިބޭ ޚަބަރުގެ ތެދުކަމަށް ބަރޯސާވެ ޣައިބަށް އީމާންވާންޖެހޭ ހިނދުގައެވެ.

]]>
info@kavaasaa.com (ތަރުޖަމާ: އިސްމާޢީލް ނާޖީ) ޢަޤީދާ Sat, 01 May 2010 07:00:00 +0300
އިސްލާމްދީނުގެ ޢާއްމު ތަޢާރަފެއް: ﷲ އަށް އީމާންވުން http://kavaasaa.com/dheen/aqeedha/islam-dheenuge-aamu-thaaraf-3-allah-ah-emanvun.html http://kavaasaa.com/dheen/aqeedha/islam-dheenuge-aamu-thaaraf-3-allah-ah-emanvun.html

aamu-thaaraf-3-allah-ah-emanvun

ޢުމުރުން ހަތަރު އަހަރު ވުމުގެ ކުރިން، އަހަރެމެންނަށް އަހަރެމެންގެ ނަފްސު ނޭނގެއެވެ. ތިމާ ވިހެއި ވަގުތު އެކަކު ވެސް ހަނދާނެއް ނުހުންނާނެއެވެ. ވިހެއި ވަގުތު ހަނދާން ހުރީ ކާކުހެއްޔެވެ؟ މަންމަގެ ބަނޑުގައި އޮތް އިރު ހަނދާން ހުރީ ކާކުހެއްޔެވެ؟ ވުޖޫދުގައި އޭނާ ވީ ކަން އޭނާއަށް އެނގުމުގެ ކުރިން ވެސް އޭނާ ވުޖޫދުގައި ވާ ހިނދު، އޭނާ އުފެއްދީ އޭނާ ކަމަށް ފަހެ ބުނެވިދާނެހެއްޔެވެ؟ މި އުޅޭ ކާފިރު މުލްޙިދަކު ކަލެއާ ބައްދަލުވެއްޖެނަމަ އޭނާ ގާތުން މިހެން އަހާބަލާށެވެ: ކަލޭގެ އަމިއްލަ ނަފްސު އުފެއްދީ ކަލޭގެ އަމިއްލަ އިރާދާއި އަމިއްލަ ބުއްދިން ހެއްޔެވެ؟ ކަލޭގެ މަންމަގެ ބަނޑުތެރެއަށް ކަލޭ ލީ ކަލޭ އަމިއްލައަށް ހެއްޔެވެ؟ އެ އަންހެން މީހާއަކީ ކަލޭ ވިހާނެ މަންމަ ކަމަށް އިޚްތިޔާރު ކުރީ ކަލޭ ހެއްޔެވެ؟ ދެން އެއަށް ފަހު މަންމަގެ ބަނޑުން ނުކުތުމަށް ފޫޅުމައި ގޮވައިގެން އައީ ވެސް ކަލޭ ހެއްޔެވެ؟ އުފެއްދި މީހަކު ވެސް ނެތި ނެތުމުގެ ތެރެއިން ކަލޭ އުފެދުނީ ހެއްޔެވެ؟ ޝައްކެއް ވެސް ނެތް ގޮތުގައި އެއީ މުސްތަޙީލް ކަމެކެވެ.

]]>
info@kavaasaa.com (ތަރުޖަމާ: އިސްމާޢީލް ނާޖީ) ޢަޤީދާ Fri, 30 Apr 2010 08:18:09 +0300
އިސްލާމްދީނުގެ ޢާއްމު ތަޢާރަފެއް: އާޚިރަތްދުވަހަށް އީމާންވުން http://kavaasaa.com/dheen/aqeedha/islam-dheenuge-aamu-thaaraf-6-aakhira-dhuvaha-eemanvun.html http://kavaasaa.com/dheen/aqeedha/islam-dheenuge-aamu-thaaraf-6-aakhira-dhuvaha-eemanvun.html

aamu-thaaraf-6-aakhira-dhuvahaކޮންމެ މީހަކު ވެސް އަލުން ދިރުއްވޭނީ، އޭނާ މަރުވި އޮތް ނަފްސީ ހާލަތުގައެވެ. އެ ހިނދު އޭނާ ހީކުރާނީ، އޭނާ މަރުވިތާ އަދި މިވީ ކުޑަ ހިނދުކޮޅެއް ކަމަށެވެ. އޭނާގެ ސިކުނޑިއަށް ހުންނާނީ، ވާހަކަ ދައްކަން ނުވަތަ ވިޔަފާރިކުރަން ހުއްޓާ ކުއްލިއަކަށް ކާރަކުން ޖެހި ދެތިން ދުވަސް ވަންދެން ހޭނެތިފައި އޮންނަ މީހަކަށް ވާ ގޮތް ވެފައެވެ. ހޭޖެހުމުން މިފަދަ މީހާ އަނެއްކާ ވެސް އޭނާގެ ކުރީގެ އާދައިގެ ޙަޔާތާއިގެން ކުރިއަށް ދާނެއެވެ. ތިން ދުވަސް ވަންދެން ހޭނެތިފައި އޮތް ކަމެއް އޭނާއަކަށް ނޭނގޭނެއެވެ. ޤިޔާމަތަށް ފަހު އަލުން ދިރުއްވުނީމާ ވެސް، އިންސާނުންނަށް ވާނީ ހަމަ މިކަހަލަ ގޮތެކެވެ. މި ސަބަބަށްޓަކައި، އަހަރެމެންގެ ނިމުން ރަނގަޅުކޮށް ދެއްވުން އެދި ދުޢާ ކުރަން ދީނުގައި ވަނީ ދަސްކޮށްދީފައެވެ.

]]>
info@kavaasaa.com (ތަރުޖަމާ: އިސްމާޢީލް ނާޖީ) ޢަޤީދާ Thu, 29 Apr 2010 06:00:00 +0200
އިސްލާމްދީނުގެ ޢާއްމު ތަޢާރަފެއް: އީމާންކަން ހާމަކޮށްދޭ ކަންތައް http://kavaasaa.com/dheen/aqeedha/islam-dheenuge-aamu-thaaraf-5-eemankan-haamakodhey-kantha.html http://kavaasaa.com/dheen/aqeedha/islam-dheenuge-aamu-thaaraf-5-eemankan-haamakodhey-kantha.html

aamu-thaaraf-5-eemankan-haamaއިމްތިޙާނު ކައިރިވެއްޖަކަމާއި، ދަސްކުރަން ދެން ހަފްތާއެއްހާ ދުވަސް ނޫނީ ނެތްކަން، އެނގޭއިރު ވެސް، އިމްތިޙާނަށް ތައްޔާރުނުވެ، ކުޅުމާ މަޖާކުރުމުގައި ވަގުތު ހޭދަކޮށްލައިފިއްޔާ، އޭގެ މާނައަކީ، އިމްތިޙާނު ގާތްވެއްޖެކަން، އެ ކުއްޖާއަށް ރަނގަޅަށް ޤަބޫލުނުކުރެވެއެވެ. މަގުއޮޅިގެން އުޅޭ މީހެއް ގާތު، ކަނާތުން އޮތް މަގުން ދާށޭ ބުނީމާ، އެވާހަކަ ކަނުލާ އަޑުއަހައި، އަދި ތެދުކޮށް ޤަބޫލުކޮށްފީމޭ ބުނެފައި، ކަނާތުގެ ބަދަލުގައި ވާތަށް ހިނގައިގެންފިނަމަ، އޭގެ މާނައަކީ، މަގު ދެއްކި މީހާގެ އިރުޝާދުގެ ތެދުކަން، އޭނާ ފުރިހަމައަށް ޤަބޫލުނުކުރާކަމެވެ. އޭނާގެ ވާހަކައަށް އީމާންނުވާކަމެވެ. ވީމާ ހަމަ މިބީދައިން، ﷲ އަށް ފުރިހަމައަށް އީމާންވެއްޖެ މީހެއްގެ ޢަމަލާއި ސުލޫކުން، އީމާންކަމުގެ އަސަރު ފެންނަން ހުންނާނެއެވެ.

]]>
info@kavaasaa.com (ތަރުޖަމާ: އިސްމާޢީލް ނާޖީ) ޢަޤީދާ Thu, 29 Apr 2010 06:00:00 +0200
އިސްލާމްދީނުގެ ޢާއްމު ތަޢާރަފެއް: ބަސްތަކެއްގެ ތަޢާރަފެއް http://kavaasaa.com/dheen/aqeedha/islam-dheenuge-aamu-thaaraf-2-bastakuge-thaaraf.html http://kavaasaa.com/dheen/aqeedha/islam-dheenuge-aamu-thaaraf-2-bastakuge-thaaraf.html

aamu-thaaraf-2-bastakuge-thaarafއަހަރެންގެ ހިއްސުތަކުން އެނގޭ ކަންތައްތައް އެއީ އަހަރެން ޝައްކު ކުރާނެ ކަންތަކެއް ނޫނެވެ. މިއީ އެންމެން ވެސް ޤަބޫލު ކުރާ، ބުއްދީގެ ބަދީހީ ޙަޤީޤަތެކެވެ. ނަމަވެސް ދުވާލު މެންދުރު، އަހަރެން ސަހަރާއެއްގައި ހިނގަމުން ދަނިކޮށް، ދުރުން ފެންގަނޑެއް ފެނިގެން އެ އޮތް ހިސާބާ އަރާހަމަ ކުރީމާ އެއީ އަވާމެންދުރެއްކަން އެނގެއެވެ. އަދި ސީދަލަށް އޮތް ގަލަމެއް ފެން ތައްޓަކަށް ލީމާ، އަހަންނަށް ފެންނަނީ ގަލަން ބިނދިފައި އޮންނަ ތަނެވެ. ރޭގަނޑު، ހަންޑިއާ ފުރޭތައިގެ ވާހަކަ ދައްކާފައި، އަނދިރި ފަޅު މަގަކުން ގެއަށް ދަނިކޮށް، ފަސޭހައިން ބިރު ގަންނަ މީހެއް ނަމަ، ކުރިމަތިން ހަންޑިއެއް ނުވަތަ ފުރޭތައެއް ވެސް ފެނިދާނެއެވެ.

]]>
info@kavaasaa.com (ތަރުޖަމާ: އިސްމާޢީލް ނާޖީ) ޢަޤީދާ Thu, 29 Apr 2010 06:00:00 +0200
އިސްލާމްދީނުގެ ޢާއްމު ތަޢާރަފެއް: އެއްކައުވަންތަކަން http://kavaasaa.com/dheen/aqeedha/islam-dheenuge-aamu-thaaraf-4-ekkauvanthakan.html http://kavaasaa.com/dheen/aqeedha/islam-dheenuge-aamu-thaaraf-4-ekkauvanthakan.html

aamu-thaaraf-4-ekkauvanthakanއަޅުކަމުގައި، ރޫޙަކާއި އަދި ހަށިގަނޑެއް ވެއެވެ. އޭގެ ރޫޙަކީ، އޭނާ ލައްވާ އެކަން ކުރުވާ ޢަޤީދާއާއި، އަޅުކަންކުރި ބޭނުމެވެ. އޭގެ ހަށިގަނޑަކީ، ދުލުން ކިޔާ ލަފުޒުތަކާއި، ގުނަވަންތަކުން ކުރާ ހަރަކާތްތަކެވެ. މިސާލަކަށް ނަމާދަކީ، ހަރަކާތްތަކަކާއި ލަފްޒުތަކެކެވެ. ކޮޅަށް ހުރުމާއި އިށީނދެ އިނުމާއި ރުކޫޢާއި ސަޖިދައާއި ޤުރުއާން ކިޔެވުމާއި ޛިކުރުކުރުމާއި ތަސްބީޙަ ކިޔުމެވެ. މި ހުރިހާ ކަންތަކަކީ ވެސް ނަމާދުގެ ހަށިގަނޑު ކަމުގައި ބެލެވޭ ކަންތަކެވެ. ވީމާ އޭނާ ނަމާދުކުރުމުގެ ފަހަތުގައިވަނީ، ޞައްޙަ އެއްކައުވަންތަކަމަކާއި، ސާފު ޢަޤީދާއެއް ކަމުގައި ނުވަންޏާ، އަދި ނަމާދުކުރުމުގެ ބޭނުމަކީ ﷲ ގެ އަމުރުފުޅަށް ބޯލަނބައި އެ ކަލާނގެ ރުއްސެވުން ހޯދުން ކަމަށް ނުވަންޏާ، އެ ނަމާދަކީ ރޫޙެއް ނެތް މަރުވެފައިވާ ހަށިގަނޑެކެވެ.

]]>
info@kavaasaa.com (ތަރުޖަމާ: އިސްމާޢީލް ނާޖީ) ޢަޤީދާ Thu, 29 Apr 2010 06:00:00 +0200
އިސްލާމްދީނުގެ ޢާއްމު ތަޢާރަފެއް: ފެށުން http://kavaasaa.com/dheen/aqeedha/islam-dheenuge-aamu-thaaraf-1-feshun.html http://kavaasaa.com/dheen/aqeedha/islam-dheenuge-aamu-thaaraf-1-feshun.html

aamu-thaaraf-1-feshunމިއީ އައްޝައިޚް ޢަލީ އައްޠަންޠާވީ (ރަޙިމަހުﷲ) ލިޔުއްވާފައިވާ "އިސްލާމްދީނުގެ ޢާއްމު ތަޢާރަފެއް" މިފޮތުގެ ދިވެހި ތަރުޖަމާއެވެ. ފުރަތަމަ މިވަނީ "ފޮތުގެ ވާހަކަ" އަދި "ފޮތުގެ ފެށުން" އަދި "އިސްލާމްދީން" މި ތިން ބާބެވެ. ދެން އަންނަންހުރި ބާބުތަކަކީ ޢަޤީދާއާ ބެހޭ ބާބުތަކެކެވެ. ވަގުތު ނެތް ކިޔުންތެރިއަކު "ފޮތުގެ ވާހަކަ" ދޫކޮށްލިޔަސް ގެއްލޭނެ އެއްޗެއް ނޯންނާނެއެވެ. އެއީ އެބައިގައި ވަނީ ޝައިޚް މިފޮތް ލިޔުއްވަންޖެހިވަޑައިގަތް ގޮތުގެ ވާހަކައެވެ. މިފޮތުގައިވާ ބައެއް ޢާއްމު ނޫން ބަސްތަކުގެ މާނަ ތިރީގައި ވާނެއެވެ.

]]>
info@kavaasaa.com (ތަރުޖަމާ: އިސްމާޢީލް ނާޖީ) ޢަޤީދާ Sun, 25 Apr 2010 06:00:00 +0200