ހޮނިހިރު20180922

އާކުރެވުނީ: 08:43:52

ޢަޤީދާ

ވަޞީލަތްތައް މަދުކަމާއެކު، އިންސާނާގެ ކިބާގައި ނިމުމެއްނުވާ ބޭނުންތަކެއް ލައްވާފައިވަނީ ކީއްވެ ހެއްޔެވެ؟

nimumei-nuvaa-edhunއިޤްތިޞާދީ ޢިލްމް ބުނާގޮތުން، އިންސާނުންގެ އެންމެ އަސާސީ ނުވަތަ ޟަރޫރީ ބޭނުންތައް ފިޔަވާ ދެންހުންނަ ބޭނުންތަކަށް (ނުވަތަ އެދުންތަކަށް) ހައްދެއް ނުވެއެވެ. ނިމުމެއް ނުވެއެވެ. މިއީ ތެދެއްކަން އަޅުގަނޑުމެން ކޮންމެ މީހަކުމެ އަމިއްލަ ނަފްސާއިމެދު ވިސްނާލުމުން އެނގޭނެއެވެ. ތިމާމެންގެ އެއް ބޭނުމެއް ފުދޭއިރު، އަނެއް ބޭނުމެއް އޮންނަނީ ފެންމަތި ވެފައެވެ. އަދި، އެއް ފަހަރާ ފުއްދަންޖެހޭ ބޭނުންތައް ވެސް ބައިވަރުމެއެވެ.

ތަފްޞީލު...



"ޑަވިންޗީ ކޯޑުގެ" ޙަޤީޤަތް ހާމަކުރެވުނީ ހެއްޔެވެ؟ މުސްލިމުންގެ ޖަވާބު ވިދާޅުވެލައްވާށެވެ.

davinciހުރިހާ ދިމާއަކުން ވެސް އިވެނީ، ޑަވިންޗީ ކޯޑާ ބެހޭ ގޮތުން ކުރެވެމުންދާ ޖަދަލުގެ އަޑެވެ. ޑޭން ބްރައުން ލިޔެފައިވާ ފޮތް ދައުވާކުރާ ގޮތުގައި، ޢީސާގެފާނަކީ ރަސޫލެއް އަދި ކަލެއްވެސް ނޫނެވެ. އަދި އަހަރަމެންނަށް އެނގޭފަދައިން، އިންޖީލުވަނީ ބަދަލުކުރެވިފައެވެ. އަދި އެކަލޭގެފާނު ދުނިޔެ ދޫކޮށްވަޑައިގަތުމުން، އިންސާނުން އެކަލޭގެފާނަށް ކަލެއްގެ ދަރަޖަ ދީފައެވެ. މި މިއިން އެއްވެސް ކަމެއް މިއީ ޙަޤީޤަތަކަށް ވެދާނެހެއްޔެވެ؟

ތަފްޞީލު...



އިންސާނާ އުފެއްދެވީ ކީއްވެ؟

insaana-ufedhevee-keeveއިންސާނާ މިވުޖޫދަށް އައީ ކީއްކުރަންހެއްޔެވެ؟ ވުޖޫދުގައި އޭނާ އަދާކުރަންޖެހޭ ވާޖިބަކީ ކޮބައިހެއްޔެވެ؟ ޙަޔާތުގައި އޭނާގެ ރިސާލަތަކީ ކޮބައިހެއްޔެވެ؟

މިއީ ކޮންމެމީހަކުވެސް، އެމީހެއްގެ އަމިއްލަ ނަފުސާއި ކުރުން ލާޒިމު ސުއާލުތަކެކެވެ. އަދި މިސުއާލުތަކާއިމެދު ވިސްނާ ފިކްރުކޮށް، ރަނގަޅު ޖަވާބު ހޯދުމަކީ އޭނާގެ ކޮނޑުގައި އެޅިފައިވާ ޒިއްމާއެކެވެ.

ތަފްޞީލު...



އާ އަހަރެއް ފެއްޓޭ އިރު...

hijree-aa-aharuމި އަދު އަހެމެން މި ވަނީ ހިޖުރީ އަހަރަކަށް އަލްވަދާޢު ކިޔާފައެވެ. މި އާއެކު އަހަރެމެންގެ ޙަޔާތުގެ ޞަފްޙާތަކުގެ ތެރެއިން ޞަފްޙާއެއްވެސް ލައްޕައިފީމެވެ. ނަމަވެސް، ލެއްޕުނު މި ޞަފްޙާގައި ވަނީ ކޮން އެއްޗެއް ކަމެއް އަހަރެމެންގެ ތެރެއިން ގިނަ ބަޔަކަށް ނޭނގެއެވެ. ހަނދާނެއްވެސް ނެތެވެ. ހަނދާން ކުރަންވެސް ހަނދާންނެތެވެ. އެ ޞަފްޙާގައި ވަނީ އަހަރެމެން ކުޅަ ނުބައި ޢަމަލުން ކަޅުވެފައި ހެއްޔެވެ؟ ނުވަތަ ކުޅަ ހެޔޮކަންތަކުން އެ ޞަފްޙާ ވަނީ ހުދު އޮފޮދާރުވެފަ ހެއްޔެވެ؟

ތަފްޞީލު...



އާރެއް ބާރެއް ނެތް އިރުވެސް ، އިންސާނުން ފާފަކުރަނީ ކީއްވެ؟

faafa-kuranee-keeveއިންސާނުން އެމީހުން ހެއްދެވި ފަރާތް އޭނާ އާއި އެކު ކޮންމެ ތަނެއްގައިވެސް ވޮޑިގެންވާކަމުގެ އިހްސާސްކުރެވޭނަމަ ފާފަ ކުރުމާއި ދުރުވާނެއެވެ. ނަމަވެސް އާދަމް ދަރިންގެ އެންމެބޮޑު ޢަދުއްވު އިބްލީސް އަބަދުވެސް ވަނީ އިންސާނުން ހެއްދެވި ފަރާތުގެ މަތިން ހަނދުމަނެތިކޮށް އެހެން ކަންކަމުގައި، މަޝްޣޫލު ކުރުވުމަށް އަވަދި ނެތިއެވެ. މީގެ ސަބަބުން އިންސާނުންނަކީ ފާފަ ކުރުން ގިނަ ބައެކެވެ.

ތަފްޞީލު...



ތަރިބެލުމަކީ ކޮންކަހަލަކަމެއް؟

raahiކައުނާއި އިންސާނުންނާއި ގުޅުން ހުރި ކަންތައްތައް މުސްތަޤުބަލުގައި ހިނގާނެގޮތް ، ނުވަތަ ޣައިބުގެ ކަންތައްތައް ހޯދުމަށް، އެންމެ ކުރީގެ ޒަމާންތަކުން ފެށިގެން،އިންސާނުން އަންނަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން،ޖިންނީންގެ ބޭނުންކުރުމާއި، ދޫނި ސޫފާ ސޫފީގެ ޙަރަކާތްތައް ބެލުމާއި، އުޑުގައިވާ ތަރިތަކުގެ ޙަރަކާތްތަކުގެ ތެރެއިން މިކަންތައްތައް ބެލޭތޯ ބައެއް މީހުން އުޅެއެވެ.

ތަފްޞީލު...



މުޢްތަޒިލާ

mutazilaaތަޢާރަފް :

މުޢްތަޒިލާ އަކީ އުމަވީ ދައުލަތުގެ ފަހަތުކޮޅުގައި އުފެދި ، އަދި ޢައްބާސީ ދައުލަތުގައި ބޮޑުވި އިސްލާމީ ފިރްޤާ ނުވަތަ ޖަމާޢަތެކެވެ. އިސްލާމީ ޢަޤީދާ ފަހުމް ކުރުމުގައި މި ޖަމާޢަތުން އިޢްތިމާދުވީ ހަމައެކަނި ބުއްދީގެ މައްޗަށެވެ. އެއީ ޔޫނާނީ ފަލްސަފާ ފަދަ ބައެއް ބިދޭސީ ފަލްސަފާ މި މީހުންގެ ތެރެއަށް ވަދެ އެ ފަލްސަފާގެ އަސަރު ކުރުމުގެ ސަބަބުންނެވެ. ނަތީޖާއެއްގެ ގޮތުން މި މީހުން ވަނީ އަހުލުއް ސުންނާ ގެ ޢަޤީދާ ދަތުރު ކުރަމުންދާ ސީދާ ރޮގުން ކައްސާލާފައެވެ.

މި ޖަމާޢަތަށް ތަފާތު އެތައް ނަމެއް ދެވިފައިވެއެވެ. އޭގެ ތެރޭގައި: މުޢްތަޒިލާ، ޤަދަރިއްޔާ، ޢަދްލިއްޔާ، އަހުލުލް ޢަދްލި ވައްތައުޙީދު، އަލްވަޢީދިއްޔާ، ހިމެނެއެވެ.

ތަފްޞީލު...



ޝީޢީ މަޛްހަބު

shiaa''ޝީޢާ'' ގެ މާނައަކީ މީސްތަކުންގެ ޖަމާޢަތެއް ނުވަތަ ކަމަކަށް އެއްބައިވާ ބައިގަނޑެކެވެ. މީހަކަށް ތާއީދު ކުރާ އޭނާއަށް ނަޞްރުދޭ މީހުންނަކީވެސް '' ޝީޢާ '' އެކެވެ. މަތީގައި މި ބުނެވުނީ މި ބަހުގެ ލަފްޒީ މާނައެވެ.

އިސްޠިލާޙީ ގޮތުން ބަލާއިރު ''އައްޝީޢާ'' ގެ މާނައަކީ ޢަލީގެފާނާއި އަހުލު ބައިތުންނަށް ތާއީދުކޮށް އެ މީހުންގެ ފަހަތުގައި ތިބި މީހުންނަށް ނުވަތަ ޖަމާޢަތަކަށް ބުނެވޭ ބަހެކެވެ.

މި މަޛްހަބަށް ކިޔާނަމަކީ ''ޝީޢާ'' އެވެ. ދިވެހިންގެ ތެރޭގައި މަޝްހޫރުވެފައި އޮންނަނީ ''ޝީޢީ'' މަޛްހަބުގެ ނަމުންނެވެ.

ތަފްޞީލު...



އަލްޚަވާރިޖުން

khawaarijމުސްލިމުންގެ ތެރެއިން ފާޅުވި ''ހައްދުފަހަނައަޅާފައިވާ'' ފުރަތަމަ ބަޔަކީ ޚަވާރިޖުންނެވެ. އަދި އިސްލާމީ ފިރުޤާތަކުގެ ތެރެއިން އެންމެ ފުރަތަމަ ފިރުޤާއަކީވެސް ޚަވާރިޖުންނެވެ. އެހެން މުސްލިމުންނާ ތަފާތު ވަކި ފިކުރެއްގެ މައްޗަށް ބިނާވެ، ޚަވާރިޖުން އެންމެ ފުރަތަމަ ފާޅުވީ ޢަލީގެފާނުގެ ޚިލާފަތުގައި، ޢަލީގެފާނާއި މުޢަވިޔަތު ބިން އަބީ ސުފްޔާނާ ދެމެދު ހިނގި ''ޞައްފައިން'' ހަނގުރާމައިގެ ތެރޭގައެވެ.

ޚަވާރިޖުންނަކީ ފުރަތަމަ ޢަލީގެފާނަށް ވަފާތެރިކަން މަތީ ތިބި ބައެކެވެ. ނަމަވެސް ޞައްފައިން ހަނގުރާމައިގައި ހަނގުރާމަ ހުއްޓަލުމަށްފަހު ސުލްޙަވެރި ގޮތަކަށް ޚިލާފަތުގެ މައްސަލަ ނިންމަން ޢަލީގެފާނު އެއްބަސްވެ ވަޑައިގަތެވެ.

ތަފްޞީލު...



ﷲއަށް އީމާންވުމަކީ ކޮބައި؟

allah-ah-eemanvunއީމާންކަމުގެ ފުރުތަމަ ރުކުނަކީ މާތްﷲއަށް އީމާންވުމެވެ. ﷲއަށް އީމާންވުމުގައި، އަޅުގަނޑުމެން އީމާންވާންޖެހޭ ހަތަރު ކަމެއްވެއެވެ.

އެކެއް: ﷲ ވޮޑިގެންވާކަމަށް އީމާންވުން

މާތްﷲ ސުބުޙާނަހޫ ވަތަޢާލާ، ވޮޑިގެންވާކަން ދަލީލުކޮށްދެނީ، އިންސާނާގެ ފިޠުރަތުން، ބުއްދިން، ޝަރީޢަތުން، އަދި ޙިއްސުންނެވެ.

ހ. ކޮންމެ މަޚްލޫޤަކުވެސް އުފެދެނީ، އިތުރު ވިސްނުމަކާއި އެގުމެއް ނެތިވެސް،

ތަފްޞީލު...



ބަހާއީން : އިސްލާމްދީނުން ބޭރުވެފައިވާ ބައެއް.

bahaaeenބަހާއިއްޔާ ނުވަތަ ބާބިއްޔާ ޙަރަކާތް އުފެދިގެން އައިސްފައިވަނީ، ފާރިސްކަރައިގައެވެ. މިއީ، އިސްލާމީ އުއްމަތުން ، އަދިކިއެއްތަ ސަމާވީ ހުރިހާ ދީންތަކަކުން ބޭރުވެފައިވާ ބަޔަކު އުފައްދާފައިވާ ބޮޑު ބިދްޢައެކެވެ. މިފާފަކުރުމުގައި އެންމެ އިސްކޮށްހުރި މީހަކީ، މިރްޒާ ޢަލީ މުޙައްމަދު އައްޝިރާޒީއޭ ކިޔުނު މީހެކެވެ.

މިކަންތައްގަނޑު ފެއްޓުމުގެ ގޮތުން، އެންމެފުރަތަމަ އޭނާ އޭނާގެ އަމިއްލަ ނަފްސަށް، ބާބްގެ ލަޤަބުދިނެވެ. މިލަޤަބުން ހާމަކޮށްދޭ މާނައަކީ، އިލާހީ ޙަޤީޤަތާއި ހަމައަށް ވާޞިލުކޮށްދޭ ވާސިތާ ނުވަތަ މެދުވެރިޔާއެވެ.

ތަފްޞީލު...



އެންމެ ކުށަކާއި ހެދިވެސް ނަރަކައަށް ވަދެދާނެތަ؟

naraka-thasavvuruﷲ ސުބުޙާނަހޫ ވަތަޢާލާ އިންސާނާ ހެއްދެވީ ބަލިކަށި އެއްޗެއްގެ ގޮތުގައެވެ. އަދި އިންސާނާ ހެއްދެވުމަށްފަހު މުކައްލަފެއްގެ ގޮތުގައި ލައްވައި، އިމްތިޙާނު ކުރެއްވިއެވެ. އަދި އެކަލާނގެ އެއީ އަޅުތަކުންނާއިމެދު އޯގާތެރިވަންތަ ރަސްކަލާނގެއެވެ. އިންސާނާ ހެއްދެވިއިރުވެސް، އިންސާނާގެ ޠަބީޢަތް އެކަލާނގެ ދެނެވޮޑިގެންވެއެވެ. އެހެންވެ އިންސާނާ ދުނިޔޭގައި ލެއްވުމަށްފަހު، އޭނާއަށް ކުރެވޭ ކުށްތައް ފޮހެވޭނެ، ފަތް ޠާހިރު ކުރެވޭނެ، ކަންތައްތަކެއް(ކައްފާރާ) ލެއްވިއެވެ.



މަރު .. ކޮންމެމީހެއްގެވެސް ނިމުން

funeralދުނިޔޭގައި ހިގާ ކަންތައްތަކުގެ ތެރެއިން އެކަކަށްވެސް އެކަމަކާއިމެދު އިންކާރުނުކުރެވޭނެ ކަމަކީ މަރުކަން ކަށަވަރެވެ. ކޮންމެ މީހަކީވެސް މަރުވެ، މިދުނިޔެ ދޫކޮށްދާނެ މީހެއްކަމީ ހަޤީޤަތެކެވެ. ދުނިޔޭގައި ހިގަމުންދާ އެއްވެސް ކަމަކީ ބޭކާރު ތާކުންތާކު ނުޖެހޭ ގޮތަކަށް ހިގާކަމެއް ނޫނެވެ. އެގޮތުން މަރަކީވެސް އޭގެފަހަތުގައި ސިއްރުރަކަކާއި ، ހިކުމަތްތަކެއް ފޮރުވިފައިވާކަމެކެވެ. މަރުވުމުގެ ހިކުމަތަށް ބާލާއިރު ކީރިތި ޤުރުއާނުގައި މާތްﷲ ވަޙީކުރައްވަނީ: الذي خلق الموت والحياة ليبلوكم أيكم أحسن عملاً

ތަފްޞީލު...



ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.