ބުދަ20181205

އާކުރެވުނީ: 08:43:52

ދީނާއިދުނިޔެ

ޒަކާތުގެ ފިޤުހު: މައްކާގައި ޒަކާތްދިނުން އޮތް ގޮތް

fiqh-zakaat-makka-zamaanugaiއިސްލާމްދީނުގެ ކުރީކޮޅުގައި މުސްލިމުން މައްކާގައި ތިބިދުވަސްވަރު، ފަޤީރުންނާއި މިސްކީނުންނާ އަޅާލުމާއި، އެމީހުންނަށްވާ މާލީ ޙައްޤުތައް ދިނުމާމެދު ޤުރުއާނުގައި އައިސްފައިވާ ބައެއް އާޔަތްތަކާއި، އަދި އެ އާޔަތްތަކުގައިވާ ގޮތާއި ވައްޓަފާޅި، ވޭތުވެދިޔަ ޞަފްޙާތަކުން އަހަރެމެންނަށް އެނގިޖެއެވެ. މި ގޮތުގެ އިތުރުން އެހެން ގޮތަކަށްވެސް، 'ޒަކާތް ދިނުމާ' ބެހޭގޮތުން ޤުރުއާނުގައި ވާހަކަދެކެވިފައިވެއެވެ. އެއީ، ޒަކާތްދޭ މީހުންނަށް ޘަނާކިޔައި، ނުދޭ މީހުން ނުބައިކުރުމެވެ.  މައްކީ އެތަކެއް ސޫރަތަކުން، ސާފުކޮށް މިކަން ފެންނަން އެބަ އޮތެވެ.



ގޭ ފުދެއެވެ.

laa-thahzan-15

ޝަރުޢީ ސުއްނީ އެކަހެރިވުމުގެ މާނައެއް އޮވެއެވެ. އެއީ ނުބައިކަންތަކާއި އޭގެ އަހުލުވެރިންނާއި، ތާކުންތާކުނުޖެހޭ އިންސާނުންނާއި، ނާޗަރަންގީގައި ޣަރަޤުވެފައިވާ މީހުންނާއި، އެކަހެރިވެ ދުރުވުމެވެ. އޭރުން ކަލެއަށް ކަލޭގެ އަމިއްލަ ނަފްސާ ބައްދަލުކުރެވޭނެއެވެ. ހަމަޖެހި، ސިކުނޑިއަށް ވަގުތުކޮޅެއް ދެވޭނެއެވެ. ޙިކުމަތުގެ މުތްތައް ހޮވޭނެއެވެ. އެނގުންތަކުގެ ބަގީޗާއިން ނިކަން ރީތި މާ ފެންނާނެއެވެ.



ޒަކާތުގެ ފިޤުހު: އެދޭމީހާއާއި މަޙާރޫމުވެފައިވާމީހާއާއި މިސްކީނާއި ދަތުރުވެރިއާގެ ޙައްޤު

fiqh-zakaat-mahroome-vefaivaa"ހަމަކަށަވަރުން، އިންސާނާ ހައްދަވާފައިވަނީ، ދަހިވެތި، ނަފްސު ނުހިފެހެއްޓޭ، ކެތްކުޑަ މީހެއްގެ ގޮތުގައެވެ. * އެ އިންސާނާއަށް، ދަތި، ނުބައިކަމެއް ޖެހިއްޖެނަމަ، އޭނާއަކީ ކެތްތެރިކަންކުޑަ ހިތާމަކުރުންބޮޑު މީހެކެވެ. * އަދި އޭނާއަށް، ތަނަވަސްކަމާއި، ރަނގަޅު ގޮތްތައް މެދުވެރިވެއްޖެނަމަ، އެއިން ހޭދަކުރުމުން މަނާވެގަނެ، ހިފަހައްޓާ މީހެކެވެ. * ނަމަވެސް އެއީ ނަމާދުކުރާ މީހުން މެނުވީއެވެ. * އެބައިމީހުންނީ، ނަމާދުކުރުންމަތީ ދެމިތިބޭ މީހުންނެވެ. * އަދި އެބައިމީހުންނީ، އެބައިމީހުންގެ މުދަލުގައި، އެނގި ކަނޑައެޅިގެންވާ ޙައްޤެއްވާ މީހުންނެވެ.* އެއީ ސުވާލުކޮށް އެދޭ މީހުންނަށާއި، ނިކަމެތި މަޙްރޫމުންނަށެވެ."



ޒަކާތުގެ ފިޤުހު: މިސްކީނުންނަށް ކާންދިނުމަކީ އީމާންކަމުގެ ތެރެއިންވާ ކަމެއް

fiqh-zakaat-miskeenunna އާޚިރަތް ދުވަހުގެ މަންޒަރުތަކުގެ ތެރެއިން މަންޒަރެއް، ޤުރުއާން ގެނެސްދީފައިވެއެވެ. އެއީ، ދޮގުކޮށް ކުފުރުވެގަތް މީހުން ނަރަކައިގައި ތިބޭ މަންޒަރު ފެނިގެން، ސުވަރުގޭގައި ތިބޭ ކަނާތްފަރާތުގެ އަހުލުވެރިން، އެ ކުށްވެރިންނާމެދު އެކަކު އަނެކަކާ ސުވާލުކުރާ މަންޒަރެވެ. ނަރަކައަށް ވަނީ ކީއްވެގެންތޯ، ސުވަރުގެވެރިން ނަރަކަވެރިންނާ ސުވާލުކުރެއެވެ. ސަބަބެއް ކަމަށް، ޖަވާބުގައި ނަރަކަވެރިން ބުނަނީ، މިސްކީނުންގެ ޙައްޤުތަކާމެދު ފަރުވާކުޑަކޮށް، ބަނޑުހައިހޫނު ކަމާއި އަންނައުނު ނުލިބި އޮރިއާން ހާލުގެ ޝިކާރައަކަށް، ފަޤީރުން ދޫކޮށްލުމެވެ.



ނުވަތަ ދަތިހާލުޖެހި ގޮތްހުސްވެފައިވާ މީހާގެ ދުޢާ އިޖާބަކުރައްވާ ރަސްކަލާނގެހެއްޔެވެ؟

dhua-ijaaba-kuravva-14ފުންހިތާމައެއްގައިވާ މީހާ ދަނީ ކާކުގާތަށްހެއްޔެވެ؟ ބޮޑު މުޞީބާތެއްގައިވާ މީހާ ދަނީ ކާކުގާތަށްހެއްޔެވެ؟ މުޅި ކާއިނާތު ބަރޯސާވަނީ ކާކަށްހެއްޔެވެ؟ ހުރިހާ މަޚްލޫޤާތުން އެދެނީ ކާކުގާތުންހެއްޔެވެ؟ ދޫތަކުގެ ކޮޅުގައިވަނީ ކާކުގެ ނަމެއްހެއްޔެވެ؟ އެއީ އިލާހުކަން ޤަބޫލުކޮށް ހިތްތައް އީމާންވަނީ ކާކަށްހެއްޔެވެ؟ ... އެއީ އަރަހުށި މާތް ﷲ އެވެ. އެކަލާނގެ ފިޔަވާ އެހެން އިލާހެއް ނުވެއެވެ.



އިސްލާމްދީނުގެ ޢާއްމު ތަޢާރަފެއް: ނިޔާފުޅާއި މިންވަރުފުޅަށް އީމާންވުން

aamu-thaaraf-8-niyaafulhuމިންވަރުފުޅަށް އީމާންވުމޭ، ނުވަތަ ނިޔާފުޅާއި މިންވަރުފުޅަށް އީމާންވުމޭ، މި ބުނެވޭ ބަހުގެ މުރާދަކީ، މި ކައުނު ހިނގުމަށް މާތް ﷲ ކަނޑައަޅުއްވާފައިވާ މަގެވެ. ދުނިޔެ ހިނގަމުންދާ ނިޒާމެވެ. ދުނިޔޭގައި މިވާ ޠަބީޢީ ޤާނޫނުތަކެވެ. އަދި ދުނިޔޭގައިވާހާ އެއްޗަކީ ކަނޑައެޅިފައިވާ މިންވަރަކަށް އަދި ވަކި ނިސްބަތަކަށް ލައްވާފައިވާ އެއްޗެއްކަމެވެ. އެއްޗެއް ވުޖޫދަށް އައުމުގެ މާ ކުރިންސުރެ ވެސް، ދުނިޔޭގައި އެ ހުންނާނެ މިންވަރަކާއި، އޭގައި އެކުލެވިގެންވާ ޢުންޞުރުތައް ހުންނަންވާ މިނަކާއި ވައްތަރު، އަދި އެ އެހެން އެއްޗަކާ އެކުވެ މަސްހުނިވެއްޖެނަމަ ވާނެހާ ގޮތަކާއި، ވަކިވެއްޖެނަމަ ވާނެހާ ގޮތްތަކާއި، އޭގެ ޙަރަކާތާއި ހިމޭންކަން، އަދި އޭގައި ހުންނާނެ ޒައްރާތަކުގެ ޢަދަދަށް ދާންދެން ކަނޑަނޭޅޭ ހަމަ އެއްވެސް އެއްޗެއް މި ދުނިޔޭގައި ހަމަހިލާ ނުވެއެވެ. މިހުރިހާ ކަމަކީ ވެސް އަޒަލުއްސުރެން ކަނޑައެޅި ނިމިފައިވާ ކަންކަމެވެ.



އިސްލާމްދީނުގެ ޢާއްމު ތަޢާރަފެއް: ސުވަރުގެ

aamu-thaaraf-7-suvaruge-6ސުވަރުގެ ސިފަކުރެވިފައިވާ ވަރަށް ގިނަ އާޔަތްތައް ޤުރުއާނުގައި އައިސްފައި ވެއެވެ. ސުވަރުގޭގެ ގަނޑުވަރުތަކާއި ބަގީޗާތަކުގެ ތެރެއިން ކޯރުތައް ހިނގަހިނގާ ހުންނާނެ ވާހަކައާއި، އެތާ އަހުލުވެރިންގެ އަތުގައި ރަނާއި މުތީގެ އުޅާތަކެއް ހުންނާނެ ވާހަކައާއި، އެ މީހުން ލައިގެން ތިބޭނީ ފަށުއި ހެދުން ކަމާއި، އަދި އެތާނގައި ރަހަ ތަފާތު ނުވާ ކިރު ކޯރުތަކާއި ބޯ މީހުންނަށް މީރު ރާގެ ކޯރުތަކާއި ސާފު މާމުއި ކޯރުތައް ހުންނާނެ ކަމާއި، އަދި އެތާ ރީތި ހޫރުލް ޢީނުން ތިބޭނެ ވާހަކަ، ޤުރުއާނުގައި އޮވެއެވެ.



އިސްލާމްދީނުގެ ޢާއްމު ތަޢާރަފެއް: ރަސޫލުބޭކަލުންނަށް އީމާންވުން

aamu-thaaraf-10-rasooluna-eemanvunހުރިހާ ރަސޫލުބޭކަލުންނަކީ ވެސް އިންސާނުންނެވެ. އެހެން އިންސާނުން ވެސް އުފަންވާފަދައިން އުފަންވާ ބައެކެވެ. އެހެން އިންސާނުން ވެސް މަރުވާފަދައިން މަރުވާ ބައެކެވެ. ރަސޫލުބޭކަލުން ވެސް ޞިއްޙަތު ސަލާމަތުން ތިއްބަވާފައި އާލާސްކަންފުޅު ޖެހިވަޑައިގަންނަވައެވެ. ޖިސްމާނީގޮތުން ހަށިކޮޅު އުފެދިފައިވާ ގޮތް އެހެން އިންސާނުންނެކޭ ވަކި ތަފާތެއް ނޫނެވެ. އެބޭކަލުންގެ ސޫރަ ވެސް ވަކި ތަފާތެއް ނޫނެވެ. އެހެން އިންސާނުންގެ ހަށިގަނޑުގައި ލޭ ދައުރުވާފަދައިން ލޭ ދައުރުވެއެވެ. ހިތުގެ ވިންދުޖަހާފަދައިން ވިންދުޖަހައެވެ. ރަސޫލުބޭކަލުން އެހެން އިންސާނުން ވެސް ކައިބޮއެ އުޅޭފަދައިން ފަރީއްކުޅުއްވައި، ފެންފޮދު ހިއްޕަވައެވެ.



އިސްލާމްދީނުގެ ޢާއްމު ތަޢާރަފެއް: ކީރިތި ޤުރުއާން

aamu-thaaraf-11-quranކީރިތި ޤުރުއާނަކީ، ނަބިއްޔާ މުޙައްމަދު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަށް މާތް ﷲ ދެއްވި މުޢްޖިޒާތެވެ. ކީރިތި ޤުރުއާނަކީ، ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަމިއްލަފުޅަށް ހައްދަވާ އަމިއްލަފުޅަށް ލިޔުއްވި އެއްޗެއްކަމަށް ބުނާ މީހުންނަށް، އިންކާރު ކުރެވެނީ އެކަލޭގެފާނުގެ ނަބީކަމެވެ. އެކަމަކު އެހެން ބުނުމުން އެމީހުންނަށް އެ ބުނެވެނީ އެކަލޭގެފާނަކީ އިލާހެކޭއެވެ. ނަމަވެސް ﷲ ފިޔަވާ އެހެން އިލާހަކު ނުވާކަމަށް، އަހަރެމެން މުސްލިމުން އީމާންވަމެވެ.

އަހަރެން މި ބުނި އެއްޗެއްގެ މާނައަކީ، ޤުރުއާން ފަދަ ފޮތެއް ލިޔުމުގެ ކުޅަދާނަކަން އިންސާނުންނަށް ލިބގެނެއް ނުވެއެވެ. އަދި އެފަދަ ފޮތެއް ލިޔުމަކީ އިންސާނަކަށް އެކަށީގެންވާ ކަމެއްވެސް ނޫނެވެ.



އިސްލާމްދީނުގެ ޢާއްމު ތަޢާރަފެއް: ޣައިބަށް އީމާންވުން

aamu-thaaraf-9-ghaibai-eeman-vunއެންމެން ވެސް މި 'ފެންނަ ދުނިޔެ' އަކީ ވާ އެއްޗެއްކަން ތެދުކޮށް އީމާންވެއެވެ. ދޮގުކުރާ އެކަކު ވެސް ނުހުރެއެވެ. އެންމެ ކުޑަމިނުން ޖަނަވާރުތައް ވެސް އެ ސޮރުމެންގެ ހިއްސުތަކުން ދުނިޔެ އެބަ އޮތްކަން ދެނެގަނެއެވެ. ވީމާ މި ދުނިޔެ އެބަ އޮތްކަމާމެދު އީމާންވުމުގައި، އެކަކު އެނެކެއްގެ މައްޗަށް ހޯދޭނެ މޮޅެއް ނެތެވެ. އެހެނީ މި ދުނިޔެ އެބަ އޮތްކަން އެނގުމަކީ އިންސާނާއަށް ކޮންމެހެން އެނގޭ ކަންތައްތަކުގެ ތެރެއިން ކަމެކެވެ. މީހުން ތަފާތުވަނީ ޣައިބުގެ ދުނިޔެއަށް އީމާންވާންޖެހޭ ހިނދުގައެވެ. ނުފެންނަ އެއްޗަކާ ބެހޭގޮތުން ލިބޭ ޚަބަރުގެ ތެދުކަމަށް ބަރޯސާވެ ޣައިބަށް އީމާންވާންޖެހޭ ހިނދުގައެވެ.



އިސްލާމްދީނުގެ ޢާއްމު ތަޢާރަފެއް: ﷲ އަށް އީމާންވުން

aamu-thaaraf-3-allah-ah-emanvun

ޢުމުރުން ހަތަރު އަހަރު ވުމުގެ ކުރިން، އަހަރެމެންނަށް އަހަރެމެންގެ ނަފްސު ނޭނގެއެވެ. ތިމާ ވިހެއި ވަގުތު އެކަކު ވެސް ހަނދާނެއް ނުހުންނާނެއެވެ. ވިހެއި ވަގުތު ހަނދާން ހުރީ ކާކުހެއްޔެވެ؟ މަންމަގެ ބަނޑުގައި އޮތް އިރު ހަނދާން ހުރީ ކާކުހެއްޔެވެ؟ ވުޖޫދުގައި އޭނާ ވީ ކަން އޭނާއަށް އެނގުމުގެ ކުރިން ވެސް އޭނާ ވުޖޫދުގައި ވާ ހިނދު، އޭނާ އުފެއްދީ އޭނާ ކަމަށް ފަހެ ބުނެވިދާނެހެއްޔެވެ؟ މި އުޅޭ ކާފިރު މުލްޙިދަކު ކަލެއާ ބައްދަލުވެއްޖެނަމަ އޭނާ ގާތުން މިހެން އަހާބަލާށެވެ: ކަލޭގެ އަމިއްލަ ނަފްސު އުފެއްދީ ކަލޭގެ އަމިއްލަ އިރާދާއި އަމިއްލަ ބުއްދިން ހެއްޔެވެ؟ ކަލޭގެ މަންމަގެ ބަނޑުތެރެއަށް ކަލޭ ލީ ކަލޭ އަމިއްލައަށް ހެއްޔެވެ؟ އެ އަންހެން މީހާއަކީ ކަލޭ ވިހާނެ މަންމަ ކަމަށް އިޚްތިޔާރު ކުރީ ކަލޭ ހެއްޔެވެ؟ ދެން އެއަށް ފަހު މަންމަގެ ބަނޑުން ނުކުތުމަށް ފޫޅުމައި ގޮވައިގެން އައީ ވެސް ކަލޭ ހެއްޔެވެ؟ އުފެއްދި މީހަކު ވެސް ނެތި ނެތުމުގެ ތެރެއިން ކަލޭ އުފެދުނީ ހެއްޔެވެ؟ ޝައްކެއް ވެސް ނެތް ގޮތުގައި އެއީ މުސްތަޙީލް ކަމެކެވެ.



އިސްލާމްދީނުގެ ޢާއްމު ތަޢާރަފެއް: އާޚިރަތްދުވަހަށް އީމާންވުން

aamu-thaaraf-6-aakhira-dhuvahaކޮންމެ މީހަކު ވެސް އަލުން ދިރުއްވޭނީ، އޭނާ މަރުވި އޮތް ނަފްސީ ހާލަތުގައެވެ. އެ ހިނދު އޭނާ ހީކުރާނީ، އޭނާ މަރުވިތާ އަދި މިވީ ކުޑަ ހިނދުކޮޅެއް ކަމަށެވެ. އޭނާގެ ސިކުނޑިއަށް ހުންނާނީ، ވާހަކަ ދައްކަން ނުވަތަ ވިޔަފާރިކުރަން ހުއްޓާ ކުއްލިއަކަށް ކާރަކުން ޖެހި ދެތިން ދުވަސް ވަންދެން ހޭނެތިފައި އޮންނަ މީހަކަށް ވާ ގޮތް ވެފައެވެ. ހޭޖެހުމުން މިފަދަ މީހާ އަނެއްކާ ވެސް އޭނާގެ ކުރީގެ އާދައިގެ ޙަޔާތާއިގެން ކުރިއަށް ދާނެއެވެ. ތިން ދުވަސް ވަންދެން ހޭނެތިފައި އޮތް ކަމެއް އޭނާއަކަށް ނޭނގޭނެއެވެ. ޤިޔާމަތަށް ފަހު އަލުން ދިރުއްވުނީމާ ވެސް، އިންސާނުންނަށް ވާނީ ހަމަ މިކަހަލަ ގޮތެކެވެ. މި ސަބަބަށްޓަކައި، އަހަރެމެންގެ ނިމުން ރަނގަޅުކޮށް ދެއްވުން އެދި ދުޢާ ކުރަން ދީނުގައި ވަނީ ދަސްކޮށްދީފައެވެ.



އިސްލާމްދީނުގެ ޢާއްމު ތަޢާރަފެއް: އީމާންކަން ހާމަކޮށްދޭ ކަންތައް

aamu-thaaraf-5-eemankan-haamaއިމްތިޙާނު ކައިރިވެއްޖަކަމާއި، ދަސްކުރަން ދެން ހަފްތާއެއްހާ ދުވަސް ނޫނީ ނެތްކަން، އެނގޭއިރު ވެސް، އިމްތިޙާނަށް ތައްޔާރުނުވެ، ކުޅުމާ މަޖާކުރުމުގައި ވަގުތު ހޭދަކޮށްލައިފިއްޔާ، އޭގެ މާނައަކީ، އިމްތިޙާނު ގާތްވެއްޖެކަން، އެ ކުއްޖާއަށް ރަނގަޅަށް ޤަބޫލުނުކުރެވެއެވެ. މަގުއޮޅިގެން އުޅޭ މީހެއް ގާތު، ކަނާތުން އޮތް މަގުން ދާށޭ ބުނީމާ، އެވާހަކަ ކަނުލާ އަޑުއަހައި، އަދި ތެދުކޮށް ޤަބޫލުކޮށްފީމޭ ބުނެފައި، ކަނާތުގެ ބަދަލުގައި ވާތަށް ހިނގައިގެންފިނަމަ، އޭގެ މާނައަކީ، މަގު ދެއްކި މީހާގެ އިރުޝާދުގެ ތެދުކަން، އޭނާ ފުރިހަމައަށް ޤަބޫލުނުކުރާކަމެވެ. އޭނާގެ ވާހަކައަށް އީމާންނުވާކަމެވެ. ވީމާ ހަމަ މިބީދައިން، ﷲ އަށް ފުރިހަމައަށް އީމާންވެއްޖެ މީހެއްގެ ޢަމަލާއި ސުލޫކުން، އީމާންކަމުގެ އަސަރު ފެންނަން ހުންނާނެއެވެ.



ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.