އާދީއްތަ20181111

އާކުރެވުނީ: 08:43:52

ދީނާއިދުނިޔެ

އެންމެ ރީތި ވާހަކަ (ހަވަނަ ބައި)

emme reetii 6 baiއާޚިރުގައި އެމީހުން ޔޫސުފްގެފާނުގެ އަރިހުގައި ސަލާން ޖެހިއެވެ. އެމީހުން އެކަލޭގެފާނުގެ ކިބައިން އެމީހުންނަށް ޞަދަޤާތް ކުރުމަށް އެދުނެވެ. މާތް ﷲ ޞަދަޤާތްދޭމީހުންނަށް ހެޔޮ ދަރުމަ ދެއްވާނެކަން ހަނދާންކޮށްދީގެން އެކަލޭގެފާނުގެ ހިތްޕުޅު މަޑުވޭތޯ މަސައްކަތްކުރިއެވެ. އެމީހުންނަށް ދިމާވެފައިވާ މިނާޒުކު ދަނޑިވަޅުގައި ޔޫސުފްގެފާނު އެމީހުންނަށް އެމީހުންގެ ރަށު ބަހުރުވައިން، ހަރުދަނާކަމާއެކު ވިދާޅުވިއެވެ.



އިލާހީ މުޢުޖިޒާތް: މަދިރި

madiri 02މަދިރީގެ ހަށިގަނޑުގައިވާ އަޖާއިބުތައް ހާމަ ކުރައްވަމުން ޑރ. މުޙައްމަދު ރާތިބުއް ނާބުލުސީ ވިދާޅުވިއެވެ. މައިކްރޮސްކޯޕަކުން ހަތަރުހާސް ގުނަ، ސާޅީސް ހާސް ގުނަ އަދި ހަތަރު ލައްކަ ގުނައަށް މަދިރީގެ ހަށިގަނޑު ބޮޑުކުރުމަށް ފަހު އެނގުނެވެ. އެ ކުޑަކުޑަ މަދިރީގެ ބޮލުގައި ސަތޭކަ ލޯ ހުރެއެވެ. އެސޮރުގެ އަނގައިގައި ސާޅީސް އަށް ދަތް ހުރެއެވެ. މަދިރީގެ މޭގައި ތިން ހިތް ވެއެވެ. މުޅި ހަށިގަޑަށް އެއް ހިތް، އަދި ކޮންމެ ފިޔައަކަށް ހިތެކެވެ. އެ ހިތްތަކުގެ ތެރެއިން ކޮންމެ ހިތެއްގައި ދެ އެޓްރިއަމް (Atrium ) އަދި ދެ ވެންޓްރީކަލް (Ventricle ) ހިމެނެއެވެ. ކޮންމެ ހިތެއްގައި ލޭ ދަމައި ނެރުމަށްޓަކައި އެއް ޕަމްޕު ވެއެވެ.

އެހެން ބައެއް ސޫފާސޫތްޕެކޭ އެއްފަދައިން މަދިރި ވެސް އެއްޗެއްސަށް ބަލައި ހަދައެވެ. އަދި އެއްޗެހިން ވަސްވެސް ބަލައެވެ. ހަމަ އެއާއި އެކު މަދިރި ނޫން އެހެން އެއްވެސް އުދުހި އުޅޭ ސޫތްޕަކަށް ލިބިގެން ނުވާ ވަރަށް އާދަޔާ ޚިލާފު ގާބިލުކަމެއް މަދިރިއަށް ލިބިގެންވެއެވެ.



ޙަނަފީ މަޒުހަބު: އެކަލޭގެފާނުގެ ޝައިޚުން އަދި އުނގަންނަވައިދެއްވުމުގެ މަންހަޖު

hanafy-2އިމާމް އަބޫ ޙަނީފާ އެންމެ ފުރަތަމަ ޝަރީޢަތުގެ ޢިލްމީ މައިދާނުގައި ފެއްޓެވި މަސައްކަތަކީ ޢަޤީދާގެ ޢިލްމެއްކަމުގައިވާ ޢިލްމުލްކަލާމުގެ މަސައްކަތެވެ. އެ ޢިލްމުގެ އެންމެ ފުންނާބު އުސް  ޢިލްމުވެރިންގެ ތެރޭގައި އެކަލޭގެފާނު ހިމެނިވަޑައިގަތެވެ. މި ޢިލްމުގައި އެކަލޭގެފާނު ކުރެއްވެވި މަސައްކަތްތަކާއި އެކަލޭގެފާނުގެ ރައުޔުތައް ލިޔެވިފައިވާ ފޮތްތައް ވެސް އެބަ ހުއްޓެވެ. ނަމަވެސް ފަހުން މި ދާއިރާ ދޫކުރެއްވުމަށްފަހު ފިޤުހު ދިރާސާކުރައްވަން ފެއްޓެވިއެވެ. އެކަމުގައި ޞަޙާބީންގެ މަގުން ހިންގެވިއެވެ.



އެންމެ ރީތި ވާހަކަ (ފަސްވަނަ ބައި)

qis13އެމީހުން އަނބުރާ އައުމަށް ބާރުއެޅުއްވުމުގެ ގޮތުން އެކަލޭގެފާނު ކަމެއް ރޭއްވެވިއެވެ. އެކަލޭގެފާނު އެކަލޭގެފާނު ގެންގުޅުއްވާ ޚާދިމަކަށް ވިދާޅުވިއެވެ. "އެމީހުން އަގަކަށް ގެނައި މުދާ އެމީހުންގެ ތަކެތީގެ ތެރެޔަށް ލާށެވެ. އެއީ އެމީހުންގެ އަހުލުންގެ ގާތަށް އެނބުރިދާހިނދު، އެކަން އެމީހުންނަށް އެނގުމަށްޓަކައެވެ. އެއީ އެމީހުން ތިމަންކަލޭގެފާނުގެ އަރިހަށް އެނބުރި އާދޭތޯއެވެ." އެކަލޭގެފާނު މިހެން ހެއްދެވުމުގެ ބޭނުމަކީ ގޮވާން ގަތުމަށް ބޭނުންވާ މުދާ ނެތިގެން އެމީހުންނަށް ނައިސް ތިބުމުގެ ޢުޒުރު ނުދެއްވުމެވެ. ކަން ވާނީ އެކަލޭގެފާނު ބޭނުންވެވަޑައިގަންނަވާ ގޮތަށް ބާއެވެ؟



ޙަނަފީ މަޒުހަބު: ފެށުން

hanafy-1އިސްލާމީ ތަޝްރީޢު[1] އުފެދި، ތަރައްޤީ ވެގެން އައި އަމުމަށް ނަޒަރު ހިންގާލައިފިނަމަ،އެތަކެއް ހަރުފަތްތަކެއް ކަނޑައްތުކޮށްފައިވާކަން އެނގި ހާމަވެގެންދާނެއެވެ. މި ދެންނެވި އެކި މަރުޙަލާތަކުގައި، ފިޤުހު ޢިލްމުގައި ފުންނާބު އުސް އެތަކެއް ބޭކަލުންނެއް ވަނީ އުފެދިފައެވެ. އިމާމުންނާއި ބޮޑެތި ފިޤުހު ޢިލްވެރިންތަކެއް ވަނީ އުފެދިގެން ގޮސްފައެވެ.



ފައިލަސޫފުގެ ބިއްލޫރި ގުޅި

failasoofge billooriމުދައްރިސް ގެންނެވި އަނެއް ކޮތަޅުވެސް ނަންގަވައިފިއެވެ. އޭގައި ހުރީ ހިމުން ވެއްޔެވެ. އެ ވެސް އެއްކަލަ ކަންވާރުގެ ތެރެއަށް އަޅުއްވައިފިއެވެ. ބޯޅަތަކާއި ހިލަތަކުގެ ތެރެއިން ގޮސް ވެލިތައްވެސް އޭގެ ޖާގަ ހޯދައި ކަންވާރު ފުރާލައިފިއެވެ. " މިހާރު ކީކޭ ބުނާނީ؟" ހުރިހާކުދިންވެސް ހިނިގަނޑަކާއި އެކު ގުޅި ފުރިއްޖެ ކަމަށް ބުނެފިއެވެ.
އާވި އަރައަރައި ހުރި ކޮފީތަށިން އަނެއްކާވެސް އެތިފޮދެއް ބެއްލެވުމަށްފަހު ބާކީ ހުރިބައި ކުއްލިއަކަށް ގުޅީ ތެރެއަށް އޮއްސާލައްވައިފިއެވެ. ހުރިހައިކުދިންގެ ހިނިގަނޑު ފަޅައިގެން ދިއައެވެ.



އެންމެ ރީތި ވާހަކަ (ހަތަރުވަނަ ބައި)

emme reetii  4 baiރާއަރުވާ މީހާ އަވަސްއަވަހަށް ރަސްގެފާނުގެ އަރިހަށްގޮސް ކުރުނީސްކޮށްފައި ޔޫސުފްގެފާނުންގެ ވާހަކަ ކިޔައިދިނެވެ. އަދި ނިންމާލަމުން ދެންނެވިއެވެ. "އޭނާވަނީ މާތް މަނިކުފާނުގެ އަރިހުގައި އޭނާގެ ވާހަކަ ދަންނަވާލަދިނުމަށް އަޅުގަނޑުގެ ކިބައިން އެދިފައެވެ. ނަމަވެސް އަޅުގަނޑު ހަނދާން ނެތުނީއެވެ." ރަސްގެފާނު ޔޫސުފްގެފާނުގެ އަރިހަށް މިހުވަފެންފުޅާ ބެހޭގޮތުން ސުވާލުކުރުމަށް ރާއަރުވާ މީހާ ފޮނުއްވިއެވެ.



ލައިލަތުލްޤަދްރި ވިލޭރޭ ކަނޑައެޅުމާއި އެރޭގެ މާތްކަން

lailatul-qadriލައިލަތުލް ޤަދްރި ވިލޭރެއަކީ އެހެން ރޭރޭގެ މައްޗަށް ޝަރަފުވެރި ކުރައްވަވާ، އަދި އެ ރޭގައި ކުރާ ހެޔޮޢަމަލު އެއްހާސް ރޭގެ ހެޔޮ ޢަމަލަށްވުރެ ހެޔޮކަން ބޮޑުކަމުގައި އަންގަވާފައިވާ ރެއެވެ. އެ ރޭގައި ކީރިތި ޤުރުއާން ބާވާލައްވައި، މާތް ﷲ އެރޭ ޚާއްޞަ ކުރައްވާ، އަދި ބަރަކާތްތެރި ރެއެއް ކަމަށާއި ކައުނުގައި ހިނގާނޭ ކަންކަން ކަނޑައެޅުއްވާ ރޭކަމުގައި ވެސް ކީރިތި ﷲ ސިފަ ކުރެއްވި ރެއެވެ.



އެމީހެއްގެ މަޤާމު އެމީހަކު ކަނޑައަޅަންވީއެވެ!

hayaatuge nauޤަބުރުސްތާނަށް ގޮސް ގޮވާލަބަލާށެވެ! "ޖާހާއި މަންޞަބުގެ އަހުލުވެރިން ކޮބައިތޯއެވެ؟ މުއްސަނދި މަހުޖަނުން ކޮބައިތޯއެވެ؟ ކިބުރުވެރި އަނިޔާވެރިން ކޮބައިތޯއެވެ؟ ފަޤީރު ނިކަމެތިން ކޮބައިތޯއެވެ؟ އަނިޔާލިބި ބަލިކަށިވީ މީހުން ކޮބައިތޯއެވެ؟"
އެންމެން މަރުވެ ދިޔައީއެވެ. އެކަކުވެސް ނުބަހައްޓައެވެ. އެމީހުންގެ ޙާލަތު އެނގޭ އެއްވެސް މީހަކު ނެތެވެ. ދިރިތިބީންނަށް ޢިބްރަތަކަށް ފުދެއެވެ. ޙަޔާތުގެ ނަވަށް ކުރިން އެރިމީހުން ބަނދަރަށް ބޭލުމަށްފަހު މިހާރު އެހެންބަޔަކު ނަވަށް އަރުވައިފިއެވެ.



އެންމެ ރީތި ވާހަކަ (ތިންވަނަ ބައި)

qis11ޒުލައިޚާއަށް މިވާހަކަތައް އިވިވަޑައިގަތުމުން ޠަބީޢީގޮތުން އެކަމަނާގެ ހިތްޕުޅު ނުތަނަވަސްވެގެންދިޔައެވެ. އެކަމަނާއަށް ޔަޤީންވާ ގޮތުގައި ޔޫސުފްގެފާނުހާ ރީތި ފިރިހެނެއްގެ އަވާގައި އަންހެނަކު ނުޖެހި ނުދާނެއެވެ. އެކަމުގައި އެކަމަނާއެއް އަދި ކިއެއްތަ؟ ކޮއިލުތެރޭ ބޭކަނބަލެއް ތަފާތެއް ނުވާނެއެވެ. އެކަލޭގެފާނުގެ ރީތިކަމުގެ ކުރިމަތީގައި އެކަމަނާގެ ނިކަމެތިކަންހުރި މިންވަރު އެއަންހެނުންނަށް އަނގައިދެއްވުމަށްޓަކައި އެކަމަނާ ރޭއްވެވީ އެކަމަނާއަށް ކުރިމަތިވި ފިތުނަވެރިކަން އެއަންހެނުންނަށްވެސް ކުރިމަތި ކުރުވާށެވެ.



އެންމެ ރީތި ވާހަކަ (ދެވަނަ ބައި)

qis10އެމީހާ އެބާލިދީ ނަގަން ފެށިއެވެ. އަދި އާދަޔާ ޚިލާފަށް ބަރުހެން ހީވެގެން ވަޅަށް ބޯދިއްކޮށްލިއެވެ. އޭނާއަށް ފެނުނު މަންޒަރުގެ ސަބަބުން އޭނާ ސިހިގެންދިޔައެވެ. ބާލިދީގެ ވާފަށުގައި އެލިގެން އެއޮތީ މީހެކެވެ. އޭނާ ވާފަށް އަތުން ދޫވެގެން ނުދާނެހެން ބާރަށް ހިފާހައްޓާލުމަށްފަހު އޭނާގެ ދަތުރުގެ ބައިވެރިންނަށް ގޮވާލިއެވެ. "ޔާރުންނޭވެ! އަހަންނަށް އަތް ގާތްކޮށްލާދޭށެވެ! މިވަޅުން އަހަންނަށް ބޮޑުވެގެންވާ ޚަޒާނާއެއް ފެނިއްޖެއެވެ.  އޭހުރި އުފަލެއްގެ ބޮޑުކަމާއެވެ! މިހުރީ ކުޑަ ފިރިހެން ކުއްޖެކެވެ."



މުއުމިނުންގެ ސިފަތައް

muuminungesifataފަރްދީ އަދި އިޖްތިމާޢީ ގުޅުންތަކާއި، އިގްތިސާދި އަދި މާލީ ނިޒާމާއި، ޣައިރު މުސްލިމުންނާއި ގުޅުން ބަހައްޓަންވީގޮތާއި، ޒީނަތްތެރިވުމާއި ހެދުންއެޅުންފަދަ ކަންކަމުގައި އިސްލާމްދީނުގައި ވަނީ އިންތަކަކާއި، އުސޫލުތަކެއް ކަނޑައަޅުއްވާފައެވެ. އިސްލާމީ ހުރިހައި މުޖުތަމަޢެއްގައި އެންމެހައި މުސްލިމުން އެއްގޮތަށް ކުރަންޖެހޭ ކަންތައްތައް ދީނުގައިވަނީ ވަރަށް ތަފްސީލުކޮށް ކަނޑައަޅުއްވާފައެވެ. އެނޫން ކަންކަމަކީ ހުރިހައި އެންމެން އެއްގޮތް ކުރަންޖެހޭކަމެއް ނޫނެވެ.



އެންމެ ރީތި ވާހަކަ (ފުރަތަމަ ބައި)

qis5މާދުރުން، އުދެރަހުން އިރު ދައްކާލައިފިއެވެ. ހެނދުނުގެ އަލިން ދުނިޔެ އަނދިރިކަމުން ހޭލައްވަމުންނެވެ. ޔަޢުޤޫބްގެފާނުގެ މާތް ދަރިކަލުން ޔޫސުފްގެފާނަށް ހޭފުޅުލެއްވުނެވެ. އޭރު އެކަލޭގެފާނުގެ ހިތްޕުޅުވަނީ ހަމަޖެހިފައެވެ. އުފާވެރިކަމުގެ އިޙްސާސްތައް ހިތުތެރޭގައި އުތުރި އަރަމުން އާދެއެވެ. ރޭގައި ފެނުނު ޝައުޤުވެރި ހުވަފެންފުޅެއްގެ ސަބަބުންނެވެ. ޖޯޝުން ފުރިގެންވާ ހާލުކޮޅު އެކަލޭގެފާނުގެ ބައްޕާފުޅުގެ އަރިހަށް ވަޑައިގަތެވެ. އަދި އެހުވަފެންފުޅު ވިދާޅުވެދެއްވިއެވެ.



ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.