ހޯމަ20201019

އާކުރެވުނީ: 08:43:52

Back ކަވާސާ އަދަބާއިޘަޤާފަތް އަދަބާއިޘަޤާފަތުގެ ބައިތައް މަޒްމޫނު ޢަޤީދާއަށް ފުރައްސާރަކުރުމާއި އަދަބާއި ފަންނުގެ ކުރިބޯއްޓަށް އެރުން

ޢަޤީދާއަށް ފުރައްސާރަކުރުމާއި އަދަބާއި ފަންނުގެ ކުރިބޯއްޓަށް އެރުން

laadhine_liunއަދަބާއި ފަންނުގައި ކޮންމެވެސް ދީނަކަށް ހަޖޫޖަހައި ފުރައްސާރަކޮށްލުމާއިއެކު އެ އަދީބެއް ނޫނީ ފަންނުވެރިއެއް އެއީ އަދަބާއި ފަންނުގައި އެންމެ އަލިގަދަ ތަރި ކަމުގައި އޮންނަނީވެފައެވެ.

މި ފަދަ އަދީބުންނާއި ފަންނުވެރިން މަޝްހޫރުކޮށް އެއީ އެފަދަ ދެވަނައެއް ނެތްފަދަ ބަޔަކަށް ހަދާތަން އެންމެ އާއްމުކޮށް ފެންނަނީ ހުރިހާ ޢަޤީދާއަކަށްވެސް އިހުތިރާމް ކުރާކަމަށް ދަޢުވާކުރާ ގައުމުތަކުގައެވެ. ބައެއްގެ ދީނީ އިހްސާސްތަކަށް ތަދުކުރުވިޔަސް އެއީ މައްސަލައަކަށްނުވެއެވެ.

އަދަބާއި ފަންނުގައި ކާމިޔާބެއްނުލިބޭނަމަ، ޢަޤީދާ އަކަށް ފުރައްސާރަ ކޮށްލަނިކޮށް ދާދި ފަސޭހައިން ލިޔުނު ފޮތް އިންޓަރނޭޝަނަލް ބެސްޓް ސެލަރަކަށްވެ، އުފެއްދިފިލްމު ސުޕަހިޓްވެދެއެވެ. މިދެންނެވި ފަދަ އަދަބާއި ފަންނުގެ އެންމެ ބޮޑު ޝިކާރަޔަކަށްވެފައިވަނީ އިސްލާމްދީނެވެ.

 

އިސްލާމީ ޢަޤީދާއަށް ހަޖޫޖަހައިގެން ސަމާލުކަން އަތުލި ލިޔުންތެރިން ތެރޭގައި ތަސްލީމާ ނަސްރީނާއި ސަލްމާން ރުޝްދީ ހިމެނެއެވެ. މީގެ އިތުރުން ނޯބެލް ޕްރައިޒް ހޯދާފައިވާ ވީ އެސް ނައިޕޯލްވެސް ވަނީ

ބިޔޯން ބިލީފް ގެނަމުގައިހަޖޫ ފޮތެއްލިޔެފައެވެ.މި ފޮތަކީ އޭނާ ކުރިން ލިޔުނުފޮތް އެމަންގބިލީވާރޒް އާއި ގުޅޭ އޭގެ ދެވަނަ ބައެވެ. މިފޮތުގައި މުސްލިމުންނަށް އެންމެ ރަގަޅުގޮތަކީ އެމީހުންގެ ކުރީގެ ދީނަށް ރުޖޫޢަވުން ކަމުގައިވަނީ ބުނެފައެވެ. ނައިޕޯލްގެ ނަޒަރުގައި އިންޑިޔާއަށް އިސްލާމްދީނަކީ އިގިރޭސި އިސްތިޢުމާރަށްވުރެވެސް ފަނާކުރަނިވި އެއްޗެކެވެ.

ތަސްލީމާ ނަސްރީނު ވަނީ އޭނާގެ ފޮތް ޝޭމް (ލައްޖާ)ގައި މިސްކިތްތަކާއި ފައްޅިތަކާއި ޗާރޗްތައް ތަޅާބިމާ ހަމަކޮށް މަލުގެ ބަގީޗާތައް ހެދުމަށް ހުށަހަޅާފައެވެ. ބަންގުލާދޭޝް އެއީ ސިކިއުލަރ ތަނަކަށް ހެދުން އެއީ މީނާގެ އަދަބިއްޔާތުގެ މަގުސަދެވެ. ތަސްލީމާގެ އުދަގޫބޮޑުވެގެން ބަންގުލާދޭޝްއިން ވަނީ އޭނާގެ އެންމެ ފަހުގެ ފޮތް އެގައުމަށް އެތެރެކުރުން މަނާކޮށްފައެވެ.

ބައެއް ލިޔުންތެރިން އިސްލާމީ މުޖްތަމައު ތަކުގައި ހުންނަ އިސްލާމްދީނާ ގުޅުމެއްނެތް ބޯދާ އާދަކާދަ ތަކާއި ބިދްޢަތައް އެއީ ދީނީ ކަމެއްގެ ގޮތުގައި ސީދާކޮށް ނުވަތަ ނުސީދާކޮށް ލިޔެ ކިޔުންތެރިންނަށް ހުށަހަޅައެވެ. މިފަދަ ފޮތެއް ލިޔެފިނަމަ އެއީ އެންމެ ބާރަށް ވިކޭފޮތް ކަމުގައި އެފޮތްވެޔެވެ.ވަރަށް ފަހުން ރާސްލާފައި ވިކިގަތްފޮތެއް އެއީ ހަގީގީ ވާހަކައެއް ނޫންކަން ސާބިތުވުމުން ފޮތްފިހާރަތަކުގެ ހަރުގަޑުތަކުން ނަގަންވެސް ޖެހުނެވެ. ނަމަވެސް މިގޮތް ދިމާވާނީ ވަރަށް މަދު ފަހަރެއްގައެވެ.

ސަލްމާން ރުޝްދީގެ ގަލަމުގެ 'ދެލި ދިޔާވެގެން' ދިޔައީ ސެޓަރނިކް ވާސަސް ލިޔެގެންނެވެ. މިހާރު އަދަބިއްޔާތުގައި ނުލިބޭ އިނާމެއް މަދެވެ.''ނަސީބު'' އަތުގައި ހިފުވި ވާހަކަ ކުރިއަށްދިޔަވަރަކަށް އިސްލާމްދީނަށް ކުރާ ފުރައްސާރަ އިތުރުކުރަމުން ގެންގޮސްފައިވެއެވެ.

ދޭތެރެ ދޭތެރެއިން މުސްލިމުންގެ ގޮތާފޮތް އެއީ ހަޑިހުތުރު އެއްޗެއްގެ ގޮތުގައި ސިފަކޮށްފައި ފިލްމާއި ޑޮކިއުމެންޓްރީ ތައް ނެރެއެވެ. މިފަދަ ކޮންމެ ފިލްމަކާއި ޑޮކިއުމެންޓްރީ އެއްގައި ފަންނުވެރިކަމުގެ އެއްވަނަ ލޭބަލް ހިއްޕާލައެވެ.އެއަށް އެތައް އެވޯޑެއް ދޭނެއެވެ. މަތާރަންފިލާމަތީ ތައްޓާއި ހަދާނީ ފިލައެއް ބަހައްޓަން ބޭނުންނަމަ އޮތްއެންމެ ފަސޭހަގޮތަކަށް ވެފައި މިވަނީ އަޤީދާއަކަށް ވަރުގަދަޔަށް މަލާމާތް ކޮށްލުމެވެ. ޚާއްސަކޮށް އިސްލާމީ އަޤީދާ އަށެވެ.

މިދިޔަ އަހަރު މަރާލި ނެދަރލޭންޑްސްގެ ފިލްމު ޑައިރެކްޓަރ ވަނީ މަލާމާތްކުރުމުގައި ވަރަށްކުރީގައެވެ. އޭނާގެ ޑޮކިޔުމެންޓްރީ ފިލްމުގެ މަންޒަރެއްގައި އެތެރެ ފެންނަ ތުނި ހެދުމެއް ލައިގެން އިންނަ އަންހެނެއްގެ ގައި ގައި ކީރިތި ޤުރްއާނުގެ އާޔަތްތައް ލިޔެފައިވާތަން ދައްކާ ކަމަށްވެއެވެ. ވަރަށް ވެސް ފަންނުވެރި އަސަރުހުރި މަންޒަރަކަށް މިމަންޒަރު އޮތީވެފައެވެ.މި މަންޒަރުން، މުސްލިމުންގެ އަޤީދާގައި އަންހެނުންގެ މަގާމު ދައްކުވައި ދިނީޔޯލައެވެ!

އަދަބުގެ ތެރެއިން ވެސް އިޒްރާއީލަށް ނުވަތަ ޔަހޫދީންނަށް ފާޑުކިޔާ ލިޔެފިނަމަ އެއީ ހަޤީޤަތްކަމުގައި ވީނަމަވެސް ލިޔުންތެރިޔާ ކުއްވެރިކުރާނެއެވެ.ލިޔުންތައް މަނާކުރާނެއެވެ.މިފަހަރު ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ވާހަކައެއް ނުދައްކާނެއެވެ. އެންޓި ސިމިޓީޒަމްގެ ޝިކާރަޔަކަށް ލިޔުންތެރިޔާ ހަދާނެއެވެ.

މުސްލިމުންނާއި އެމީހުންގެ ސަގާފަތަށް ފުރައްސާރަކުރުމުގައި އަދަބާއި ފަންނަކީ ބާރުގަދަ ހަތިޔާރެކެވެ. ކޮށްލާ ކޮންމެފުރައްސާރައަކީ މިލިއަން ޑޮލަރުގެ އަމަލެކެވެ.އެއީ އެތައްޝަރަފަކާ އިނާމެއް ލިބޭކަމަކަށްވަނީ ހަދާފައެވެ. ހަމަ އެންމެ ބޭނުމެއްގައެވެ. އިސްލާމްދީނަށް ފުރައްސާރަކުރާ ''އަދީބުންނާއި ފަންނުވެރިން'' ނަގާ ކުރިބޯއްޓަށްލަނީ އިސްލާމްދީނާ ދެކޮޅަށް ކުރާ ހަގުރާމައެއްގެ ބައެއްގެ ގޮތުގައެވެ. ކޮންމެހެން އަދަބާއި ފަންނުގެ ގޮތުން މާ މަތިވެރި މަސައްކަތްތަކަކަށް ވާތީއެއްނޫނެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.