މަޒްމޫނު
ބަހެއް ދަސްވެ އަށަގަތުން
- ޙުސައިން ޙަބީބު
- 12 ޖޫން 2010
ބަހަކީ އިންސާނުންނަށް ލިބިފައިވާ އަގުބޮޑު ނިޢުމަތެކެވެ. މުވާޞަލާތުކުރުމުގެ ވަޞީލަތްތަކުން އެންމެ ބާރުގަދަ ވަޞީލަތްވެސް މެއެވެ. މިއީ ޙަޤީޤަތްކަމުގައިވިޔަސް މިމަތިވެރި ނިޢުމަތް އިންސާނުންގެ ކިބައިގައި އަށަގަންނަ މިންވަރާއި ދަސްވާގޮތް ތަފާތުކަން ފާހަގަކުރެވެއެވެ. ހަމައެހެންމެ ބަހެއް ލިބުނުކަމަށް ބެލެވޭ ވަކިކަންތައްތަކެއް ހުންނަކަމާ ދުނިޔޭގެ ތަފާތު އެތައް ބަހެއް މުވާޞަލާތުކުރުމަށް ބޭނުންކުރާއިރު، ކޮންމެ މީހަކަށްވެސް ޚާއްޞަ ބަހެއް ލިބިފައިވާކަމާ ދެވަނަ ބަހަކަށް ބޭނުންވެ އިންސާނާއަށް ޖެހެނީ އެކަމަށް މަސައްކަތްކުރާންކަން ހަނދާންކުރަންޖެހެއެވެ.
އިންސާނުންނާއި ޖަނަވާރުން މުވާޞަލާތުކުރުމުގައި ހުރި ތަފާތުތައް
- ޙުސައިން ޙަބީބް
- 01 ޖޫން 2010
އިންސާނުންނާއި ޖަނަވާރުން މުވާޞަލާތުކުރުމުގައި އެއްގޮތް ސިފަތަކެއް ހުރި ފަދައިން ތަފާތުތަކެއް ހުރިކަންވެސް ޤަބޫލުކުރަންޖެހެއެވެ. އަޑުލެއްވުމުގައެވެ. ޙަރަކާތްކުރުމުގައެވެ. ހަމައެހެންމެ މުވާޞަލާތު ކުރެވޭ މިންވަރާއި ކުރާމިންވަރުގައެވެ. އަދި އެފަދަ އަޑުތަކާއި ޙަރަކާތްތައް، ޒަމާނާއި ވަގުތު އަދި ޙާލަތާ ގުޅުވާލެވޭ ދަނޑިވަޅުތަކުގައެވެ.
އެންމެފުރަތަމަވެސް ޤަބޫލުކުރަންޖެހެނީ ޖަނަވާރުފަދަތަކެތި އަޑުލައްވައިގެންނާއި ޙަރަކާތުން އިންސާނުންފަދައިން މުވާޞަލާތު ކުރިނަމަވެސް ލިންގުއިސްޓުގެ ހަމަތަކަށް ބަލާއިރު އެއަށް ބަހޭ ނުކިޔޭކަމެވެ.
އިންސާނުންނާއި ޖަނަވާރު، މުވާޞަލާތުކުރުމުގައި ހުރި ބައެއް އެއްގޮތް ކަންތަތައް
- ޙުސައިން ޙަބީބް
- 14 މޭ 2010
ޖަނަވާރުން މުވާޞަލާތުކުރުމުގައި އިންސާނުންގެ މުވާޞަލާތުކުރުމާ އެއްގޮތްވާ މައިގަނޑު ސަބަބކީ އިންސާނުން ޖަނަވާރުންނަށް ދަސްކޮށްދޭ ހުނަރުކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ. އެއީ، ގުރާ، މައިނާފަދަ ތަކެއްޗަށް އިންސާނުން ބުނެއުޅޭ ކުރު ލަފުޒު ބުނުމުގެ ޤާބިލުކަން ލިބިފައިވާތީ ހީވާ ހީވުމެއް ކަމަށް ވެދާނެއެވެ. ބައެއް ބަހަވީ ޢިލަމްވެރިން(ލިންގުއިސްޓުން) މިކަމަށް ބުރަވެ ތަފާތު އެތަށް ވާހަކަތަކެއް ދައްކާފައިވެއެވެ.
ޕޮލައިޓްނަސް ތިއަރީ ނުވަތަ އަދަބު އިޙްތިރާމްގެ ޤަވާޢިދު
- ޝަރީފާ ޢަލީ
- 10 މޭ 2010
ޕޮލައިޓްނަސް ޕްރިންސިޕަލްގެ ދެވަނަ މެކްސީމް ( ފުރުޞަތު ދޭށެވެ.) އަށް ތަބަޢަވުމަށްޓަކައި އެދޭ އެދުމާއި ކުރާ އަމުރާއި އާދޭސް ފަދަ ސްޕީޗް އެކްޓްތައް ސުވާލެއްގެ ސިފައިގައި ޢިބާރާތްކުރެއެވެ. މިސާލަކަށް "ފެންފޮދެއް ގެނެސް ދީފާނަންތަ؟" މި ބުނުމަކީ 'ފެންފޮދެއް ގެނެސްދީބަލަ!' މި އަމުރު ސުވާލެއްގެ ގޮތުގައި ޢިބާރާތްކޮށްގެން ޕަރފޯމް ކޮށްފައިވާ ސްޕީޗްއެކްޓެކެވެ. މިގޮތަށް އަމުރު ސުވާލަކަށް ބަދަލުކުރުމުން އެކަންކޮށްދިނުމުގެ ފުރުޞަތުވެސް އަދި އެކަން ކޮށްނުދީ އެކަމަށް އިންކާރު ކުރުމުގެ ފުރުޞަތުވެސް އެ ބުނުން ރައްދުވާ ފަރާތަށް އެވަނީ ލިބިދީފައެވެ. މިގޮތުން އެފަރާތަށް ކުރަންޖެހޭ އަދަބު އިހްތިރާމް ކޮށްގެނެވެ.
ވާހަކަދެއްކުމުގެ ނިޢުމަތް
- ޙުސައިން ޙަބީބު
- 08 މޭ 2010
ބަހަކީ، އިންސާނުންނަށް ލިބިފައިވާ އަގުބޮޑު ނިޢުމަތެކެވެ. މުވާޞަލާތުކުރުމަށް ބޭނުންކުރާ ވަޞީލަތްތަކުން އެންމެ ބާރުގަދަ ވަޞީލަތްވެސް މެއެވެ. އިންސާނުންނާއި ހައިވާނުންގެ ފަރަޤު ވަކިކޮށްދިން އިންފާރުވެސް މެއެވެ. މި މަތިވެރި ނިޢުމަތުގެ ޙަޤީޤަތް ދެނެގަތުމަށް ބަހަވީ ޢިލްމުވެރިން (ލިންގުއިސްޓުން) ތަފާތު އެތައް ދިރާސާތަކެއްކޮށް ބަހުސްތައް އުފައްދަމުން ދެއެވެ. "ބަސް" އުފެދުނު ގޮތް ހޯދުމަށެވެ. އެންމެ ފުރަތަމަ ވާހަކަދެއްކުމަށް ބޭނުންކުރި ބަސް ހޯދުމަށެވެ. ބަހުގެ މުހިންމު ސިފަތައް ދެނެގަތުމަށެވެ.
'ރާ' ގެ ޙުކުމް
- އާދަމް ފަޔާޒު މުޙައްމަދު
- 25 ނޮވެމްބަރު 2008
"ރ" ގެ އަޑަކީ ދިވެހި ބަހުގައި ވަރަށް ގިނައިން އިވޭ، އަދި ވަރަށް ނުފޫޒުގަދަ އަޑެކެވެ. ދިވެހި ބަހުން ރަނގަޅަށް ވާހަކަދައްކާ އިރު، ވަންހަނާ ނުކޮށް، ސާބިތުކަމާ އެކު އަދާކުރެވޭ ގަދަ އަކުރުތަކު ތެރޭގައި މި އަކުރު ހިމެނެއެވެ. އަދި ދިވެހިބަހުން ވާހަކަދެއްކުމުގައި ނުކުޅެދުންތެރިކަމެއް ހުރި މީހަކަށް މިއީ ކިޔަން އުނދަގޫ އަކުރެކެވެ. އެގޮތުން އަލަށް ވާހަކަދައްކަން ފަށާ ކުޑަކުދީންނަށް ނުބައިކޮށް ކިޔޭ އެއް އަކުރަކީ މިއެވެ. ބޮޑު މީހަކު ކުޑަކުއްޖަކާ އެއްފަދައިން ޅަވެގެން ވާހަކަދައްކާ ނަމަ މި އަކުރު ލާމަކަށް ހަދާލައިގެން ކިޔައެވެ. މާނައަކީ ދިވެހި ބަހުން ރަނގަޅަށް މީހަކަށް ވާހަކަދައްކައި ގަނެވެން ފެށެނީ ރާ ގެ އަޑު ކިޔަންވާ ގޮތަށް ކިޔަން ފަށާ ހިސާބުންނެވެ. ވީމާ މިއީ ދިވެއްސެއްގެ ދޫ ބާލިޣްވެއްޖެކަމުގެ އެއް ޢަލާމާތެވެ.
މޯލު-ޑިވުސް
- އާދަމް ފަޔާޒު މުޙައްމަދު
- 21 އޮކްޓޯބަރު 2008
ސިޔާސީ ބައެއް ފަރާތްތަކުން، ބޭރުގެ ނުފޫޒު ދިވެހިންގެ ކަންކަމުގެ ތެރެއަށް ވައްދަން އުޅޭ އުޅުން، މިއީ ވަރަށް ހިތާމަހުރި ކަމެކެވެ. ދިވެހިރާއްޖޭގެ ކަންކަމުގައި ބޭރުގެ ފަރާތްތަކަށް ގޮތްކިޔުމުގެ ޙައްޤެއް ނެތޭ ދިވެހި ސަރުކާރުން ބުނިކަމުގައި ވިޔަސް، ޚުދު ސަރުކާރު ވެސް ދިވެހިންގެ ކަންކަމު ތެރެއަށް ބޭރު މީހުން ވައްދައެވެ. އަދި، އެހެންނަމަވެސް ސަރުކާރުން އެހެން ބުނީތީ، ނުވަތަ މައުމޫން އެހެން ވިދާޅުވީތީ، އަނެއްބަޔަކު ރާއްޖޭގެ ޚާރިޖީ ސިޔާސަތާއި މެދު ކަންބޮޑުވާކަން ފާޅުކޮށްފިއެވެ.
އަދަބީ ތަރިކަ ދިރުވުން ހުށި!
- މުޙައްމަދު ޢުމަރު
- 29 ޖޫން 2008
މި މައުޟޫޢުގެ މުހިއްމުކަމާއި އެކުވެސް، ކަމުގެ ބޮޑުކަން ހިތަށް އަރައި، ނިކަމެތި އަޅުގަނޑުގެ ވިސްނުމުގެ ކޮށިކަމާއި މި ފަހަރު މި ލިޔަން ޤަސްތުކުޅަ އުސްލޫބަށް އަޅުގަނޑު ނުފަރިތަކަމުގެ މައްޗަށް ސަހަރޯ ހީވެ، މިގޮތުގައި ހިމޭނުން އިނދެވޭތާ ދުވަސްގަނޑެއް ވުމަށް ފަހު، މާތް ދޭވަތާއިން އަޅުގެ ހިތް މިކަމަށް ޖައްސަވައި ތައުފީޤު ދެއްވައިފި ހިނދު، އެކަލާނގެ ކަށަކުޅަދުންވަންތަކަމާއި ރަޙްމަތްވަންތަކަން ހިތް މައްޗަށް ގެނެސް، އެކަލާނގެއަށް ޙަމްދާއި ޝުކުރު ކުރާ ޙާލު، މިކަމަށް އަޅު ފަށައިގަންނަމެވެ.
ޒިންމާދާރުވުމަށާއި އަމިއްލަވަންތަކަމަށް، ތިބާ ފަހެ ލޯތްބެއް ނުކުރައްވަމުތޯއެވެ؟
- މުޙައްމަދު ޢުމަރު
- 03 މޭ 2008
މިއީ، މަޢުލޫމާތު ބަދަލުކުރުމުގެ ރަން ޒަމާނެވެ. ތަފާތު ޥަޞީލަތްތައް މެދުވެރިކޮށް މަޢުލޫމާތު ފެތުރުމުގެ ދޮރު ހުޅުވިފައިވާއިރު، އެތައް ބަޔަކު ދަނީ، މިދެންނެވި ދޮރުން ލިޔުންތެރިކަމުގެ ތެރެއަށް ވަންނަމުންނެވެ. ނޫސް މަޖައްލާތަކަށް، ނުވަތަ އިންޓަނެޓް މަޖައްލާތަކަށް، ނުވަތަ ވެބްސައިޓްތަކަށް ލިޔަމުންނެވެ. ނުވަތަ އަމިއްލަ ބްލޮގްތައް ހަދައި، ލިޔުންތައް ޝާޢިއުކުރަމުންނެވެ. މިއީ ހަމަ ވަރަށް ރަނގަޅު ކަމެކެވެ. ތަނެއްގައި ލިޔުންތެރިކަން ކުރިއަރައި ދިޔުމަކީ، އެ ތަނެއް ތަހުޒީބުވާކަމުގެ އަލާމާތެކެވެ. ފިކުރީ އިންޤިލާބެއްގެ ފެށުމެވެ. ވިއަވަތި ޙަޟާރާތެއް ބިނާކުރުމަށް އެޅޭ ބިންގަލެވެ. އަރުތައަށް ލޯބިކުރާ ހުނަރުވެރި ފަންނުވެރީން އުފެދޭ ކަމުގެ ނިޝާނެކެވެ.
ފެހިފަހި މާދަމާއަކަށް !
- ފާޠިމަތު ޢަބްދުﷲ ސަޢީދު
- 22 އެޕްރީލް 2008
ޤައުމުގެ ޙާލުގެ ދުލުން ދިވެހި އަބްޠާލުންނަށް ގޮވަމުންދާ އަޑު އަހަރުމެންނަށް އެބައިވެއެވެ. ޤައުމުގެ އުގަށް މާ ހޮވާފައި އަޅައިދޭން ވަޢުދުވީ ދަރީންތައް މިއަދު ކޮބައިހެއްޔެވެ؟ ހަށީގައި ފުރާނަ ހުރިހާ ހިނދަކު ޤައުމީ ޚިދުމަތުގައި ދެމިތިބެން ވަޢުދުވީ ޒުވާނުންތައް މިއަދުވީ ކޮންތާކު ހެއްޔެވެ؟
ދިވެހި ޤައުމަށްޓަކައި އަހަރުމެންނަށް މިއަދު އުފަލެއް ނުވެވެއެވެ. މިޤައުމު މޮޅީގެ ސާލެއް ލާފައިވާ ކަމުގެ އިޙްސާސް މިކުރެވެނީ ސަބަބެއްނެތި ހެއްޔެވެ؟ ތިބާގެ ހިތުގައި ހިތާމައިގެ މިޝުޢޫރުތައް ނުއުފެދޭ ހެއްޔެވެ؟
ދިވެހި އިނގިރޭސީން!
- ޢަލީ އިސްމާޢީލް
- 08 ޖަނަވަރީ 2008
ހަނދާންވާ ގޮތުގައި އެއީ މިދިޔަ ނޮވެމްބަރު މަހުގެ ސާދަވަނަ ދުވަހެވެ. އެދުވަހު ހަވީރު އަޅުގަނޑު ގެއިން ނުކުތީ، ފާރޮށިގެއިން ޕާނެއް ގަންނާށެވެ. ދަންނަވަން މިއުޅެނީ، ދިވެހިރާއްޖޭގައި، ޕާން އަގު ބޮޑުވި ވާހަކައެއް ނޫނެވެ. ނަމަވެސް އެ ދުވަހު ޕާން ހިފައިގެން ފާރޮށިގެއިން ނުކުތްތަނުން ފެނުނު ފޮތިގަނޑުގެ ވާހަކައެވެ.
އަޅުގަނޑަށް ފެނުނީ، ވިލުނޫކުލައިގެ ފޮތިގަނޑެއް މަގުގެ ހުޅަނގު ކޮޅުން އިރުމައްޗަށް، އަޅުގަނޑާއި ދިމާއަށް، ހިނގާފައި އަންނަ މަންޒަރެވެ. މިދެންނެވި ފޮތިގަނޑުގައި އިނގިރޭސިބަހުން ލިޔެފައިހުރި ހުރިހާ އެއްޗެއް ކިޔަން
ޝުކުރިޔާ ޢިއްޒަތްތެރި މެންބަރު..!
- އާދަމް ފަޔާޒު މުޙައްމަދު
- 09 ނޮވެމްބަރު 2007
ރޭ ޓީވީން ދެއްކި ރައްޔިތުން މަޖިލީހު ޖަލްސާގައި އަޅުގަނޑަށް ވަރަށް ޚާއްޞަ ކަމެއް ފާހަގަވިއެވެ. އެއީ، ޤާނޫނު އަސާސީގައި އެ ބޭފުޅުން އިޞްލާޙުތަކެއް ގެންނަވަން އެ އުޅުއްވާ މާއްދާއެއް، ނުވަތަ މާދާތަކެއްގައި، ހިމެނުނު ޢަރަބި ބަހެއްގެ ބަދަލުގައި، ދިވެހި ބަހެއް އެތަނަށް ލުމަށް، އެއްފަހަރަށް ވުރެ ގިނަ ފަހަރު ޢިއްޒަތްތެރި ކޮންމެސް މެންބަރަކު ތެދުވެވަޑައިގެން އިޞްލާޙު ހުށަހެޅުއްވިކަމެވެ.
ޢިއްޒަތްތެރި އެ ބޭފުޅާ އިޝާރާތްކުރެއްވީ ''ތަޚްޞީސްކުރުން'' މި ލަފްޒަށެވެ. ޢިއްޒަތްތެރި މެންބަރަށް އައްސަރިބަހުން ސާބަހެވެ. ދިވެހި ބަހަށް ތިޔަ ބަހައްޓަވާ ޚާއްޞަ ލޯތްބަށް ހިތުގެ ޢުމުޤުން ޝުކުރުގެ ޖިޒީތައް ބަރުތީލަކުރަމެވެ.
ބަސް އިސްތިޢުމާރު ކުރުމަކީ އެބައެއްގެ ދީނާއި ޘަޤާފަތު އިސްތިޢުމާރު ކުރުން.
- އަޙްމަދުﷲ ޖަމީލް
- 04 މާރިޗު 2007
ޔުނިވަރސިޓީގެ ލެކްޗަރާއެއް ކަމުގައިވާ އަލްއުސްތާޛުއްދަކްތޫރު ޢަބްދުލްމުންޢިމު އަޙްމަދު ޔޫނުސް، 01 މާރޗް 2007 ގައި ދެއްވާފައިވާ ލެކްޗަރެއްގެ ޚުލާޞާ އެކެވެ. މިލެކްޗަރ އޭނާ ދެއްވާފައިވަނީ އަޒްހަރުގައި ކުރިޔަށްގެންދާ އިސްލާމީ ޤައުމުތަކުގެ އިމާމުންނާއި، ވާޢިޡުންނާއި، ޚަޠީބުން ތާޒާކުރުމުގެ ގޮތުން ބާއްވަމުން ގެންދާ ކޯހުގެ 76 ވަނަ ބުރުގެ ބައިވެރިންނަށް ދެއްވެވި ލެކްޗަރެކެވެ. އޭނާއަކީ ޢަރަބިބަހުގެ ޢިލްމުވެރިއެކެވެ.