Back ކަވާސާ އަދަބާއިޘަޤާފަތް އަދަބާއިޘަޤާފަތުގެ ބައިތައް ޅެން ތިޔަރީތި މޫނު ލޯބިން، އެދިއެދި ހޯދީމޭ.......

ތިޔަރީތި މޫނު ލޯބިން، އެދިއެދި ހޯދީމޭ.......

thiya-reethi-moonuދިގުއިންތިޒާރުގެ ފޮނިކަން އިޙްސާސް ކުރެވެން ފަށައިފިއެވެ.
ކުލަނެތް ހުވަފެންތަކުގެ ޒަމާން ފާއިތުވެ ހިނގައްޖެއެވެ.
ހިތުގައިވާ އުދާސްކަން މުޅިން ފިލައިފިއެވެ.
ކަލާގެ އެންމެ ޖުމްލައެއްގެ ސަބަބުންނެވެ.

ޙަޔާތުގައި އާޞަފްޙާއެއް ފެށުނީއެވެ.
ހިތްއެދޭ މަންޒިލަށް ވާސިލްވެވުނީއެވެ.
ހިތަށް އަރައެވެ. ކަލާ ހާދަ ރަނގަޅެވެ.
ތިހިތްހެޔޮ ކަމާއިއެކު އަބަދުވެސް ވާނަން ދޯއެވެ؟

ހިތުގައި އުފެދެމުން ދަނީ އާ ޝުޢޫރުތަކެކެވެ.
ދުވަހަކުވެސް ކަލާއާއި ވަކިވާން ބޭނުން ނުވާކަމުގައި ހިތްބުނެއެވެ.
ކަލާގެ ލޮލުން އެންމެ ކަރުނަތިއްކެއް ފައިބާ މަންޒަރުވެސް ދެކޭހިތެއް ނެތެވެ.
އަބަދުވެސް ދެކެން ބޭނުމީ ތިފަރި ހިނިތުންވުމެވެ.

ލޯބިވާއެވެ!
ހިތަށް އަރަމުން މިދާ ހުރިހާ އެއްޗެއް ގަލަމުން ބަޔާން ކުރާކަށް ފަސޭހައެއް ނޫނެވެ.
އެކަމަކު ބުނަން ހެއްޔެވެ؟ މިއަދު އިއްޔެއަށް ވުރެ މާބޮޑަށް ލޯބިވެއެވެ.
މާދަމާ ވާނެގޮތް އެނގޭ އެއްވެސް މީހެއް ނޫޅޭނެއެވެ.
އުއްމީދަކީ އުފާފާގަތިކަމެވެ. ހިތާމަ ތަކަށް ތަންނުދީއެވެ.

 ލޯބިވާއެވެ!
މިހިތް އަބަދުވެސް އެދެމުން ދިޔައީ ތިޔަރީތި މޫނަށެވެ.
ތިހިތުން ކަނެއް ނަމަވެސް މިހިތަށްޓަކައި ހުސްކުރާނެ ދުވަހަކަށެވެ.
މިއަދު ތިހިތް އެއްކޮށް ލިބުނީއެވެ.
ދެން ދިޔަކަނުދޭނަމެވެ.

Comments