ހޮނިހިރު20201010

އާކުރެވުނީ: 08:43:52

ތައުބާ

thaubaa
ހިތާނަފުސަށް އަރާމެއްދޭ މިއީ އަލިގަދަވި ދަންމަރެކޭ
އަތާއަތްޖޯޑުކޮށް ކުރެވޭ ސަލާމުގެ މާތްވި ޖަވްހަރެކޭ

ހަވާ ނަފްސުގެ ނުބައިވި ބަލީން ހިތާ ނަފުސާއި ޠާހިރުކޮށް
ޘަވާބުގެ މީރުކަން ލިބުމަށް އެދޭ މަތިވެރިވި ނިޢުމަތެކޭ

ސިޔާދަތު ދެދުނިޔޭން ލިބިދޭ ފަލާޙާ ނަޞްރުވެސް ލިބިދޭ
ޤިޔާމަތުގައި ހިޔާ ލިބިދޭ ހިޔާބޮޑު ނުހަނު ބިޔަގަހެކޭ

ވެވޭކުށް ފާފަތައް ފުހެވޭ އުފާ މަޙުޝަރު ބިމުން ލިބެވޭ
ހެވޭހާ ހެޔޮދަރުމަ ލިބިދޭ މިއީ ޖަންނަތުގެ މަންބަޢެކޭ

ޢަދުލު އިންސާފުވެރި މާތް ޙަޟުރަތުން ހެޔޮދަރުމައަށް އެދިގެން
ޢަދުލުވެރި ނިޔަތުގައި ކުރެވޭ މުޤައްދަސް މާތްވި އަޅުކަމެކޭ

އިލާހީ ރަޙުމަތަށް އެދިގެން ޢަޒާބުން މިންޖުވުން އެދިގެން
ކިލާކަން ހިތްތަކުން ފިލުވާލަދޭ މަތިވެރިވި އަޅުކަމެކޭ

އަރާމާ ދާއިމީ އުފަލާ ލިބުން އެދިގެން ވުމީތަވްބާ
ފުރާނައަށާއި ނަފުސަށް މިލްކުކޮށްދޭ ހެޔޮ ޚަޞީލަތެކޭ

ޘަނާއާ ޙަމްދުވެސް ކުރެވޭ ޢިނާޔަތް ދެއްވެވުން އެދެވޭ
ގުނާހަމަ ޢަދަދު ނުވެވޭހައި ދުޢާކުރެވޭނެ އަޅުކަމެކޭ

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.