Back ކަވާސާ އަދަބާއިޘަޤާފަތް އަދަބާއިޘަޤާފަތުގެ ބައިތައް ޅެން ކީރިތި ރަސޫލާ

ކީރިތި ރަސޫލާ

maulid-nabawi

އެންމެ މާތް ރަޙުމަތުގެ ނޫރު މިދޭހުގައި ބަބުޅައިފިޔޭ
      އެންމެހައި ހިތްތައް ރަބީޢީ ދިރުމަކުން ދިރުވައިފިޔޭ

ޙާލުގައި ބިކަޙާލުގައި ޖެހިފައިއެވާ އިންސާނުނަށް
    ޗާލުފަރި ހިނިތުންވުމެއް މިންވަރުފުޅުން ލިއްބައިފިޔޭ

ތެއްކަމެއް އާރޯކަމެއްނެތް ގަސްތަކާ ހަނަފަސް ބިމަށް
    ވެއްސަވާ ވާރޭ އެބަރަކާތުން ދިރުން ދެއްވައިފިޔޭ

އައި ޚަރީފީ މޫސުމެއްގެ ޚަރީފުކަންވެސް ގޮސްފިލާ
    އައި ރަބީޢެއް ދިން ބަޝާރަތަކުން ދުނިޔެ ހޭލައިފިޔޭ

ދުރުދުރުން އައި އަލިކަމެއް ޖައްވާ ފަޒާ ޒީނަތްކުރީ
މަރުޙަބާގެ ޝުޢޫރުތައް ރަން އަކުރަކުން ލިޔެލައިފިޔޭ

ރަޙުމަތުގެ ލޮބުވެތި ޙަބީބާ ދުނިޔެއަށް އެވަޑައިގަތީ
    ރަޙުމަތުގެ ގުލްޒާރު ހުވަނދަށް މުނިއަވަސް ފިލުވާފައޭ

ފާޅުވީ އުއްމުލްޤުރާއިންނޭ އެއަލިގަދަ ނޫރުފުޅު
    ފާޅުގައި ޝިރުކާއި ޣިފުލާ ދުނިޔެއިން ނެއްތައިފިޔޭ

ކައުނުގައިވާހާ ތަކެއްޗާ ވަނިވިހާތާ ވާތަކެތި
ފައުޅުވީހާ ނޫރުތައް ނޫރީއަލިން ބަބުޅައިފިޔޭ

ކައުކުރެއްވެވި ކައުޙަބީބާ ރަޙުމަތަން ލިލްޢާލަމީން
    ކައުކުރެއްވެވި ޙަޟުރަތަށް ޙަމްދުން މިހިތް ފުރުވައިފިޔޭ

ލައްވަވާނދޭ މާތްވި ޞަލަވާތާ ސަލަމާ ބަރަކަތާ
    ލެއްވެވުން މާތް އަރިއަހަށް އަބަދާ އަބަދުވެސް އެދެވެޔޭ

އާލުނާ އަސްޙާބުނާ ޝާމިލުކުރެއްވުން ވެސް އަދާ
ޙާލުތަކުގައި އެންމެހާ ކުރެވޭ ދުޢާތަކަކީމިޔޭ

Comments