ބުރާސްފަތި20180913

އާކުރެވުނީ: 08:43:52

ހުވަފެން

huvafenދެކެމުން އައީ ފޮނިފޮނި ހުވަފެންތަކެކެވެ.
އެކަމަކު ޙަޤީޤަތަށްވުރެ މާޗާލެވެ.
މުޅި ހިތާއި ހަށިގަނޑަށް އަލިކުރަމުން ދިޔައިމެވެ.
މިތުންފަތަށް ހިނިތުންވުމެއް ގެނެސްދޭނެކަމުގެ އުންމީދުގައެވެ.

ދައްކައިދިން ރީތި މަންޒަރުން މިހިތް ޝޯޚުވިއެވެ.
އަބަދުވެސް މިލޮލުގައި އެމަންޒަރު ވާނެކަމަށް ހިތީމެވެ.
ހިނދުކޮޅެއްގެ ތެރޭގައި އެމަންޒަރު ލޮލަށް ގެއްލިއްޖެއެވެ.
ހުވަފެނުން ތެދުވެވުނީ އިޚްތިޔާރަކާއި ނުލައެވެ.

ހިތްގައިމު މާޙައުލަކަށް އަނެއްކާ ދެވިއްޖެއެވެ.
އަހަރެން އުފަލާއިއެކު ހިނިތުންވެލީމެވެ.
އޯގާތެރިކަމުގެ އަތެއްގައި ހިފީމެވެ.
ޙަޤީޤަތެއްނުވާ ހުވަފެނެއް ދެވަނަ ފަހަރަށް ބެލުނީއެވެ.

އެކަނިވެރިކަމުގެ ބިރުވެރިކަން ވަނީ ވެރިވެފައެވެ.
ފެނުނު ހުވަފެންތައް މަތިން ހަނދާންވެއެވެ.
ހުވަފެނަކީ ބިލާހެއްކަމަށް ޤަބޫލުކުރެވުނެވެ.
މިޙަޔާތް އަނދިރިކަމުގައި ހޭދަކުރަން ބޭނުންވިއެވެ.

އުންމީދު ގެއްލިފައިވާ މިހިތުގެ ހުޅުކޮޅު ގެއްލިއްޖެއެވެ.
އަހަރެންގެ ފުރިހަމަކަން ތިއަލިކަމުން ފާޅުވެއެވެ.
ދެން ތިހުޅުކޮޅު ނިއްވާނުލައްޗެވެ!
މީވެސް ހުވަފެނެކޭ ނުބުނައްޗެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.