ބުދަ20181128

އާކުރެވުނީ: 08:43:52

Back ކަވާސާ އަދަބާއިޘަޤާފަތް އަދަބާއިޘަޤާފަތުގެ ބައިތައް ޅެން ''ހިތްއަދު ރޮނީއޭ ނުދާށޭ ހިތްމަރުވަނީއޭ ނުދާށޭ...''

''ހިތްއަދު ރޮނީއޭ ނުދާށޭ ހިތްމަރުވަނީއޭ ނުދާށޭ...''

hih-adhu-roneeey-nudhaashey

ލޯބިވާއެވެ!
މިހިތް އަބަދުމެ އެދެނީ ތިޔަ ފަރި ހިނިތުންވުން ދެކޭށެވެ.
މި ކަންފަތް ހޭނިފައިވަނީ ތިޔަ ޖާދުވީ އަޑަށެވެ.
މި ދެލޯ ކެތްތެރިކަމެއްނެތި އިންތިޒާރުކުރަނީ ކަލާފެންނާނެ ވަގުތަކަށެވެ.
އެކަމަކު... އަބަދު މާޔޫސްވާންޖެހެނީ ކީއްވެހެއްޔެވެ؟
ލޯބިވާއެވެ!
ކަލާއަށްވުރެ ރަނގަޅު މީހަކު އަހަރެންނަށް ލިބިދާނެކަމުގައިބުނެ ކަލާ އަހަރެންގެ ލޯތްބަށް އިންކާރުކުރީއެވެ.

ކަލާގެ އެދުމަށް އަހަރެން އިޙްތިރާމްކުރީމެވެ.
އެކަމަށްޓަކައި އަހަރެން މަސައްކަތްވެސްކުރީމެވެ.
އެކަމަކު... ކަލާއަށްވުރެ ރަނގަޅު މީހަކު ނުލިބުނީ ކީއްވެހެއްޔެވެ؟

ލޯބިވާއެވެ!
ކޮންމެރެއަކު ހުވަފެނުގައި އަހަރެން ކަލާއާއި ބައްދަލުކުރަމެވެ.
ފިނިފެންމަލުގެ ވަސްމީރު ގުލްދަސްތާތައް ކަލާއަށް ހަދިޔާކުރަމެވެ.
ކަލާގެ އުނގުގައި ބޯއަޅައިގެންއޮވެ އެތައް ވަޢްދުތަކެއް ވަމެވެ.
މުޅި ޢުމުރު ކަލާއާއިއެކީ ހޭދަކުރާނެ ކަމުގައެވެ.
އެކަމަކު... އެހުވަފެންތަކުގައި ޙަޤީޤީކުލަ ނުޖެހެނީ ކީއްވެހެއްޔެވެ؟

ލޯބިވާއެވެ!
މިހިތުގެ އާދޭހަކީ އަބަދުމެ ކަލާއާއިއެކީގައިވުމެވެ.
މިހިތުގައި ބިންވަޅުނެގިފައިވަނީ ކަލާގެ ތިޔަ ރީތި ނަމެވެ.
މިހިތް އަދިވެސް ރޮނީ މިހިތާއި ވަކިވެނުދިއުމަށް އެދިއެވެ.
ކަލާއާއި ނުލައި މިހިތުގައި ދިރުމެއްނުވާކަމުގައި ބުނެއެވެ.
އެކަމަކު... މިހިތުގެ އާދޭސްތަކަށް ކަލާ ފުރަގަސްދެނީ ކީއްވެހެއްޔެވެ؟

ކީއްވެހޭ؟ ތިޔަ ލޯބިވާގެ ލޯތްބަށް އެދިގެންމިހިތް ރޮނީއޭ...

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.