އަންގާރަ20200602

އާކުރެވުނީ: 08:43:52

Back ކަވާސާ އަދަބާއިޘަޤާފަތް އަދަބާއިޘަޤާފަތުގެ ބައިތައް ޅެން ހެޔޮޙާލުގާ ކަލާ ތިހެން، ހިނިތުންވެފާ ހުރޭ!

ހެޔޮޙާލުގާ ކަލާ ތިހެން، ހިނިތުންވެފާ ހުރޭ!

heyohaalugaaއެކީގައި ހޭދަވީ ކިތައް ދުވަސްކަމެއް ބުނެދޭކަށް ނޭނގެއެވެ.

ހިތްހެޔޮކަމާއިއެކީ ތަފާތު ވާހަކަތައް ދެއްކުމުގައެވެ.

އުފާވެރި ކަމާއި މަޖަލުގައެވެ.

އެކަމަކު އެދުވަސްތައް މާޒީއާއި އެކުވެ ދިޔައީއެވެ.

އަހަރެން އެދޭ ކޮންމެކަމެއް ކަލާ ކޮށްދިނީމުނޫން ހެއްޔެވެ؟

އެހުރިހާ ކަމަކަށްޓަކައި އުފާކޮށް ޝުކުރުކުރީމެވެ.

ދުވަހަކުވެސް ކަލާއާއި ވަކިވާން ޖެހިދާނެ ކަމަކަށް ތައްޔާރެއް ނުވަމެވެ.

އެކަމަކު މިއަދު ކަލާ އަހަރެން ރޮއްވާލާފައި އެހެން މަންޒިލެއް ހޯދީނޫން ހެއްޔެވެ؟

ކަލާއަށްޓަކައި ކޮންމެ ކަމެއް ކުރަންވެސް ތައްޔާރަށް ހުރީމެވެ.

އެކަން ކަލާއަށް ވުރެ ރަނގަޅަށް އެނގޭނެ އެހެން މީހަކު ނުހުންނާނެކަން ޔަގީނެވެ.

އެވަރުންވެސް އަހަރެންގެ ލޯބި ކަލާއަށް ޤަބޫލު ނުކުރެވުނީތީ ދެރަވެއެވެ.

އެކަމަކު އަބަދުވެސް ކަލާދެކެ ''ވަރަށް ލޯބި'' ވެއޭ ބުނެލާ ހިތްވެއެވެ.

އަދިވެސް ކަލާއާއި ބައްދަލުވާނެ ވަގުތަކަށް އިންތިޒާރު ކުރެވެއެވެ.

ކަލާގެ ފަރި ޙަރަކާތްތަކަށް ގެއްލިފައި އިންނަން ބޭނުންވެއެވެ.

ކަލާގެ މަޢުޞޫމު އަޑު އިވޭނެނަމައޭ ހިތައްއަރައެވެ.

އެކަމަކު ކަލާއާއި ހަތަރުކަޅި ހަމަކޮށްލާނެހާ ހިތްވަރެއްވެސް މި ބަލިކަށި ހިތަކު ނެތެވެ.

މިހިތުގައި ކަލާއަށްޓަކައި އެއްވެސް ކިލަނބުކަމެއް ނެތެވެ.

ހުދު ކަފަކޮޅެއްހާ ސާފެވެ.

އަދި ދެގޮތެއްނުވެ އަބަދު ހުންނާނަންވެސް މެއެވެ.

އެކަމަކު ކަލާގެ ހިތުގައި އަހަންނަށްޓަކައި އެއްވެސް މަޤާމެއް ނެތްދޯއެވެ؟

ކަލާދެކެ އަހަރެން އިންތިހާއަށް ލޯބިވީމެވެ.

ކަލާ ޙާޞިލް ކުރުމަށްޓަކައި ކުރެވެންހުރި ހުރިހާ ކަމެއް ކުރީމެވެ.

ނަމަވެސް ހިތް އެދޭ ހުރިހާ ކަމެއް ކުރުމެގެ ޤާބިލްކަން އެކަކަށްވެސް ލިބިފައެއް ނުވެއެވެ.

އެކަމަކު ބުނަންހެއްޔެވެ؟

''ހެޔޮޙާލުގައި'' ކަލާ އަބަދުވެސް ''ހިނިތުންވެފައި'' ހުންނައްޗެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.