އާދީއްތަ20201122

އާކުރެވުނީ: 08:43:52

Back ކަވާސާ އަދަބާއިޘަޤާފަތް އަދަބާއިޘަޤާފަތުގެ ބައިތައް ޅެން ބައްޕަގެ ލޯ ފޫދި ކަރުނަ އާދޭ، ހިތް ދަތިކަން ދުނިޔެ ވަށައިގެންވޭ

ބައްޕަގެ ލޯ ފޫދި ކަރުނަ އާދޭ، ހިތް ދަތިކަން ދުނިޔެ ވަށައިގެންވޭ

bappage-loaއެންމެ ފުރަތަމަ ފެނުނު އިރުވެސް އޮތީ ރީތި ހިނިތުން ވުމެއްގައެވެ.
މިހިތް ދުވަހަކުވެސް ނުވާހާ އުފާ އެދުވަހުވިއެވެ.        
ލޯބިވާ އަނބިމީހާގެ ނިތްކުރީގައި ބޮސްދެމުން '' ޝުކުރިއްޔާ '' އޭ ބުނެވުނީ ބޭއިޚްތިޔާރުގައެވެ.
ވަށައިގެން މީހުން ތިބިކަން ހަނދާން ކުރާކަށް ހިތަށް ނުވެސް އަރައެވެ.

އަހަރެންގެ މުޅި ދިރިއުޅުމަކީ އެލޯބި ލޯބި ހިނިތުންވުމެވެ.
ނިދީގައި ހިނިތުންވެފަ އޮންނަ މަންޒަރު އަހަރެން ވަރަށް ގިނައިން ދެކެމެވެ.
 އެފަދަ ކޮންމެ ވަގުތަކު އަހަރެންގެ ހިތް އުފަލުން ފުރެއެވެ.
ޙަރަކާތް ހުއްޓި ބަލަން ހުރެވެއެވެ.

މިހިތަށް އެންމެ ތަދުވަނީ ނުކާން ވަރުދައްކާފަ ރޯއިރުއެވެ.
ރުއިމުގެ އަޑު ކިތަންމެ ދުރުން މިކަންފަތުގައި ޖެހުނަސް، މިހިތް ބާރަށް ތެޅެން ފަށައެވެ.
މިދެލޮލުން ކަރުނަ ނުހިލި ހުންނަނީ ހަމަކިރިޔާއެވެ.
ހުއްޓާލާތޯ ހިތާ ހިތާ ދުޢާ ކޮށްލެވެއެވެ.

ބޮޑުވަމުން އައިސް ފިރުކެން ފެށިދުވަސް އަބަދުވެސް ހަނދާން ހުރެއެވެ.
ފުރަތަމަ ދެފައި މައްޗަށް ކޮއްޅަށް ތެދުވި ދުވަހު އިނދަ ޖެހުނެވެ.
އެލޯބި ލޯބި ދެފައިގައި އެހާވަރު ނެތީއެވެ.
އަހަރެން ގޮސް ނަގާ ބައްދާލީމެވެ.
ބޮލުގައި ލޯބިން ފިރުމަމުން އަހަރެންގެ މޭގައި މޫނު ޖައްސާލީމެވެ.
އަހަރެން ލޯބިވާ ވަރު އިޙްސާސްކޮށް ދިނީމެވެ.

ހުރިހާ އުފާތަކެއް އަހަންނާ އަލްވަދާޢުކީ އެއްވެސް އިޝާރާތަކާ ނުލައެވެ.
ކުއްލިއަކަށް ވަކިވާން ޖެހުން އަހަރެން ހިތް ހަލާކު ކޮށްފިއެވެ.
އަމިއްލަ އަތުން އަހަރެންގެ އުފާތައް ވަޅުލީ ކަރުނަ އޮހޮރަމުންނެވެ.
އެވަގުތު އެނޫން އެހެން ގޮތެއް ނެތީމައެވެ.
އެނބުރި ގެއަށް އައި އިރު އަހަންނަކީ ދިރިހުއްޓަސް މަރުވެފައިވާ މީހަކީމެވެ.

އެކަމަކު މިހާރުވެސް ކޮންމެ ރެއަކުހެން އަހަރެންގެ ދަރިފުޅު އަހަންނާ ބައްދަލު ކުރެއެވެ.
'' ބައްޕަދެކެ ވަރަށް ލޯބިވެއޭ '' ބުނެއެވެ.
'' ބައްޕަ އުފަލުގަ އުޅޭށޭ '' ވެސް ބުނެއެވެ.
އެކަމަކު ހޭލެވޭ އިރަށް މިބައްޕަގެ ދެލޯ ފޫދި ކަރުނަ އަންނަން ފަށައެވެ.
ވަށައިގެންވާ ހިތްދަތިކަމާ، ހިތާމަ އިޙްސާސްވާން ފަށައެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.