އާދީއްތަ20200524

އާކުރެވުނީ: 08:43:52

ޅެން

ހިތް ނުރޮއްވާ! ކުށަކާނުލާ ހިތް ނުރޮއްވާ!

hih-nurovvaކަލާ އަހަރެންދެކެ ވަރަށް ލޯބިވާކަން އެނގެއެވެ.
މިހާރު އަހަރެންގެ ހިތުގެ ހަމަޖެހުމަކީ ހަމައެކަނި އެއީއެވެ.
އެކަމަކު މިހިތް އަދިވެސް އެދެމުންދަނީ ކަލާ އަހަރެންދެކެ ''ލޯބިވެއޭ'' ބުނާއަޑު އެހުމަށެވެ.
އޭރުން ސިއްރުސިއްރުން ކަލާގެ ކަންފަތްދޮށުގައި ބުނާނަމެވެ.
''އަހަރެން މާ ބޮޑަށް ލޯބިވެއެވެ.'' ''ބުނެދޭން ނޭނގޭ ވަރަށް ލޯބިވެއެވެ.''

ތަފްޞީލު...ފަސްކުރަން ހެޔޮވާވަރު ކަމެއްނޫނެވެ.

burugaa

އަހަންނަށް ބަލާލުމުން ކަލެއަށް ފެންނަނީ ކޯޗެއް ހެއްޔެވެ؟

އަޅު އަންހެނެއް ހެއްޔެވެ؟ ފުރިހަމަ މިނިވަނެއް ނޫންހެއްޔެވެ؟

ގިނަމީހުން އަހަންނަށް ބަލާފައި ދެލޯ ބޮޑުކޮށްލައެވެ

އެންމެ ކުޑަވެގެން އަހަރެންގެ ބޮލުން ތަންކޮޅެއްވެސް ނުފެންނާތީއެވެ

އަނެއް ބަޔަކު ނިންމާގޮތުން އަހަންނަކީ އަޅުވެތިކުރެވިފައިވާ ޖާހިލެކެވެ

އެމީހުންނަށް ފެންނަނީ ޙައްޤު ނިގުޅައި ގަނެވި"ކުޑަ" ކުރެވިފައިވާ މީހެކެވެ

ތަފްޞީލު...އަހަރެން ނަގާށެވެ.

aharen-nagaasheve

1-އަދަބުވެރިކަމުގައި މާ ގޮތްބޮޑު މީހަކު ހޯދާނެ ކަމެއް ނެތެވެ.
ކަލާގެ ދިރިއުޅުން ފޫހިކޮށްލަފާނެއެވެ.
ނުވަތަ، މާ ލާނެތް، މާ ގޮތްކުޑަ މީހަކާ ގާތް ނުވައްޗެވެ.
ކަލާ ބަދުނާމުވެ ޤަދަރު ހިނގައިދާނެއެވެ.
އަހަރެން ނަގާށެވެ.

އަދަބުވެރިކަމުގައި މެދުމިނެއް ގެންގުޅެމެވެ.
އަދި ކޮންމެސް ވަރެއްގެ ލާނެތްކަމެއް މަގޭ ކިބައިގައި ވެއެވެ.

ތަފްޞީލު...ހެޔޮޙާލުގާ ކަލާ ތިހެން، ހިނިތުންވެފާ ހުރޭ!

heyohaalugaaއެކީގައި ހޭދަވީ ކިތައް ދުވަސްކަމެއް ބުނެދޭކަށް ނޭނގެއެވެ.

ހިތްހެޔޮކަމާއިއެކީ ތަފާތު ވާހަކަތައް ދެއްކުމުގައެވެ.

އުފާވެރި ކަމާއި މަޖަލުގައެވެ.

އެކަމަކު އެދުވަސްތައް މާޒީއާއި އެކުވެ ދިޔައީއެވެ.

ތަފްޞީލު...ހުވަފެން

huvafenދެކެމުން އައީ ފޮނިފޮނި ހުވަފެންތަކެކެވެ.
އެކަމަކު ޙަޤީޤަތަށްވުރެ މާޗާލެވެ.
މުޅި ހިތާއި ހަށިގަނޑަށް އަލިކުރަމުން ދިޔައިމެވެ.
މިތުންފަތަށް ހިނިތުންވުމެއް ގެނެސްދޭނެކަމުގެ އުންމީދުގައެވެ.

ދައްކައިދިން ރީތި މަންޒަރުން މިހިތް ޝޯޚުވިއެވެ.
އަބަދުވެސް މިލޮލުގައި އެމަންޒަރު ވާނެކަމަށް ހިތީމެވެ.
ހިނދުކޮޅެއްގެ ތެރޭގައި އެމަންޒަރު ލޮލަށް ގެއްލިއްޖެއެވެ.
ހުވަފެނުން ތެދުވެވުނީ އިޚްތިޔާރަކާއި ނުލައެވެ.

ތަފްޞީލު...މައުލިދުއްނަބަވީ އައުމުން ...!

maulid-nabawiއައި ރަބީޢުގެ މޫސުމާއެކު އައި ނުހަނު މަތިވެރި ދުވަސް
ވައިގެ ނަލަނަލަ ރޯޅިތަކުގައި ހުވަނދު ލެވެމުން އައި ދުވަސް

މާމެލާމެލި ފަރިވެ ފޮޅިފައި ވާ ރަބީޢުގެ ގުލްޝަނަށް
ލޭކޮކާލާ ބަޅިނދުތައް ގޮސް ހާއުފާވެރި ވާ ދުވަސް

ހެއު ދުޢާ ޞަލަވާތް ސަލާމުގެ ހާރުތައް ގަތަމުން އަލުން
    މާތް އިތުރު ކީރިތިވި ކަނދުރާފުޅުގަ އަޅުވާ މީ ދުވަސް

ތަފްޞީލު...އީމެއިލް...

e-mail

ކަލާ، ފުރަތަމަ ފެނުނުދުވަސް މިއަދުވެސް ހަނދާންވެއެވެ.
ފިނިފެންމަލެއްފަދަ ތިރީތިކަމަށް ހިތާހިތުން ތަޢުރީފު ކުރީމެވެ.
އެދުވަހަށް އެއްމަސްވިއެވެ. އެކަމަކު ހިތާމައެއް ނުކުރަމެވެ.
ކަލާޔާ ބައްދަލުކޮށް ވާހަކަ ދައްކާލެވޭނެކަމަށް އުއްމީދު ކުރެވުނީމައެވެ.

ކަލާޔާ ފުރަތަމަ ވާހަކަދެއްކި ދުވަސް މިހާރުވެސް ޚިޔާލުކުރެވެއެވެ.
ފަރި ހިނިތުންވުމާއި، ހިތްއުފާކޮށްދިން ބަސްތަކަށް ޝުކުރުވެރިވީމެވެ.
އެދުވަހަށް އެއްމަސްވިއެވެ. އެކަމަކު ހިތާމައެއް ނުކުރަމެވެ.
ކަލާޔަށް މިހިތުގެ އަޑު އިއްވާދެވޭނެ ކަމުގެ ޔަގީންކަންއޮތީމައެވެ.

ތަފްޞީލު...އަދު ވަކިވެގެން ތިދިޔައީ ކީއްވެގެން ހެއްޔެވެ ؟

adhu-vakivegen-dhaneeޅަ ދުވަހުއްސުރެ ގުޅިގެން އެކީގައި އުޅެފައި
ހަނދުވަރުގެ ރިހިއަލީގައި ނިދިގެއްލުވާލާފައި
ހުދު ދޮންވެލި ތުނޑިތަކުގައި ބައްދަލުކޮށް ހަދާފައި
އަދު ވަކިވެގެން ތިދިޔައީ ކީއްވެގެން ހެއްޔެވެ؟

ވަކި ނުވާނެކަމަށްބުނެ ވައުދާއި އަހުދު ކޮށްފައި
އެކު އުޅޭނެ ކަމަށްބުނެ  ހުވާކޮށްފައި
ކަލާދެކެ އިންތިހާއަށްވީ ލޯބި އުވާލާފައި
އަދު ވަކިވެގެން ތިދިޔައީ ކީއްވެގެން ހެއްޔެވެ؟

ތަފްޞީލު...ނެޓަށް ދެވިހިފުން

net-dhevihifunފަތިހު ފަތިހާ ޖޯޝްލާފައި ފޯރިނަގަމުން ތެދުވަނީ
 ހެނދުނު ހެނދުނާ ހިތްވަރާއެކު ޗެޓްގެ ދާނަށް ވަދެލަނީ
  ނެޓްގެ ބޭނުން ކޮށްލުމަށް ހުރިހާ ވަގުތު ހުސްކޮށްލަނީ
    ހިތްވަރާ އަދި ފޯރިނަގަމުން މަސްތުގައި ޖެހި ނިމިދަނީ

މެންދުރާ ޢަޞްރާ ހަވީރުގެ ވަގުތުތަށް މިގޮތަށް ދަނީ
  މެންދަމާ ފަތިހާ އިރާކޮޅު ހަމަ މިފޯރީގައި ދަނީ
   ގެއްލުމާ ވޭނާ ހަލާކުގެ ދާނަކަށް މީހާ ދަނީ
    އިސްވެދެންނެވި ދާނުގައި މީހާ ޣަރަޤުވެވި ނިމިދަނީ

ތަފްޞީލު...ތިޔަރީތި މޫނު ލޯބިން، އެދިއެދި ހޯދީމޭ.......

thiya-reethi-moonuދިގުއިންތިޒާރުގެ ފޮނިކަން އިޙްސާސް ކުރެވެން ފަށައިފިއެވެ.
ކުލަނެތް ހުވަފެންތަކުގެ ޒަމާން ފާއިތުވެ ހިނގައްޖެއެވެ.
ހިތުގައިވާ އުދާސްކަން މުޅިން ފިލައިފިއެވެ.
ކަލާގެ އެންމެ ޖުމްލައެއްގެ ސަބަބުންނެވެ.

ޙަޔާތުގައި އާޞަފްޙާއެއް ފެށުނީއެވެ.
ހިތްއެދޭ މަންޒިލަށް ވާސިލްވެވުނީއެވެ.
ހިތަށް އަރައެވެ. ކަލާ ހާދަ ރަނގަޅެވެ.
ތިހިތްހެޔޮ ކަމާއިއެކު އަބަދުވެސް ވާނަން ދޯއެވެ؟

ތަފްޞީލު...ފާޅުކުރަން ނުކުޅެދުނަސް.....!

faalhukuran 1- ދުނިޔެ ފެނިގެން ޝޯޚުވެވިފައި އޭގެފަހަތުން ނުދުވުމަށް
ފުނިޖަހާ މުދަލާ ތަކެތި އެއްކޮށް ޖަމާކޮށް ނޫޅުމަށް
އުނިކަމާ މަދު މިންވަރަށް ދުނިޔޭގެ ހަމަ އީމާން ވުމަށް
ދުނިޔެ ދެކެނީ ކީއްވެހޭ މީ ބައި ކުޅަނދު މަދުވީ ކަމަށް

2- ހަމަހިމޭންކަން ބޭރުފުށުގައި ހުއްޓަކަސް އަދިހަމަ މިހެން
ނަމަވިޔަސް ދުރުގައި ބަލަން ހުރި މީހަކަށް ވުމަކުން އެހެން
އަމަށަކުން ފާހަގަ ވެވޭފަދަ މީހަކަށް ނުވިޔަސް ސަފުން
ހަމަ ހިލާ އެ ނުވާނެ ނޫންހޭ ހިއްސުތައް އުނިވީކަމަށް

 

ތަފްޞީލު...ކުރަމޭ ދުޢާ

kuramey-dhuaއަރަހުށި  އިލާހީ ޙަޟްރަތަށް ކުއްތަންވަމުން ކުރަމޭ ދުޢާ
އޮނަސައްތަ އިސްމުން ރިވެތި މާތް ފަށަމުން އަޅާ ކުރަމޭ ދުޢާ

ޢާލަމްތަކަށް ހުރި ރަޙްމަތެއް ކަމުގައި ފޮނުއްވެވި ޞާޙިބާ
ކައު މާތް ނަބިއްޔާއަށް ސަލާމް ޞަލަވާތް އަދާ ކުރަމޭ ދުޢާ

ސާބިތުކަމަށް އެދެމުން އަޅާ ޣާފިލްކަމުން ވެވިގެން ނަޖާ
ޞާލިޙް އަޅުން ތެރެއިން އަޅާ އެދި ލެއްވެވުން ކުރަމޭ ދުޢާ

ތަފްޞީލު...''ހިތްއަދު ރޮނީއޭ ނުދާށޭ ހިތްމަރުވަނީއޭ ނުދާށޭ...''

hih-adhu-roneeey-nudhaashey

ލޯބިވާއެވެ!
މިހިތް އަބަދުމެ އެދެނީ ތިޔަ ފަރި ހިނިތުންވުން ދެކޭށެވެ.
މި ކަންފަތް ހޭނިފައިވަނީ ތިޔަ ޖާދުވީ އަޑަށެވެ.
މި ދެލޯ ކެތްތެރިކަމެއްނެތި އިންތިޒާރުކުރަނީ ކަލާފެންނާނެ ވަގުތަކަށެވެ.
އެކަމަކު... އަބަދު މާޔޫސްވާންޖެހެނީ ކީއްވެހެއްޔެވެ؟
ލޯބިވާއެވެ!
ކަލާއަށްވުރެ ރަނގަޅު މީހަކު އަހަރެންނަށް ލިބިދާނެކަމުގައިބުނެ ކަލާ އަހަރެންގެ ލޯތްބަށް އިންކާރުކުރީއެވެ.

ތަފްޞީލު...ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.