ބުރާސްފަތި20140925

އާކުރެވުނީ: 08:30:27

ޅެން

އިންތިޒާރުގެ ނިމުން

ar125167056045035

ކަޅުކޮށް ބަނަކޮށް ފުސްމޫނު ދައްކައި ހިނދު އުޑާ 

ހަމަހިމޭންކޮށް ޖައްވު ޒައްރާވެސް ހުރިތަނުން ނުގުޑާ، 

ނެތޭ ހިނދު ގަސްކަރައިގައި ހިލަމެއް އުޑުގައި ވިލާ ބޯވެދާ

ތަފްޞީލު...



ކާމިޔާބު ލިބޭ ހިސާބު

kaamiyaabuފަހަތަށް ބަލަހައްޓައިގެންނުހުރެ ކުރިމަތީ ތަނަވަސްވެފައިވާ ރާސްތާއަށް ބަލާށެވެ.
ފަހަތަށް ކަރުއަނބުރައިގެން ހުރެ ހިނގަނިކޮށް ގަލެއްގައިއަޅައިގަނެދާނެއެވެ.
ނޫނީ ކުރިމަތީ އޮތް ރަންގަނޑަކަށް ފައިންއަރައިފައިވެސް ދެވިދާނެއެވެ.

ތަފްޞީލު...



މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

mi_hindukolhu-kalaayaaekuހަނދުއެހެރީ އަރައެވެ. ބުނާކަހަލަ އެވެ.
ބައިވެރިޔާ އަންނަންދެން މަޑުކޮށްލަދޭން އެދޭށެވެ. މަޑުކޮށްލެވިދާނެ އެވެ.
އިރުކޮޅެއްތެރޭ ހަނދު އޮއްސޭނެ އެވެ.
ޔަގީންކަމެއްނެތް އިންތިޒާރެއްގައި އަހަރެން އިންދަ އެވެ.
އެ ހިނދުކޮޅު، އެ ހަމަހިމޭންކަން ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމަ އެވެ.

ތަފްޞީލު...



މިނިވަންކަމުގެ މާނަ އޮޅުވާނުލައްވާ

minivankamuge-maanaމިނިވަންކަމުގެ ވީ މާނަފުން އޮޅުވާ ސަފުން ލެވިދާނެތޯ
އުނިކަން ނެތަމަ ފިކުރީ ގޮތުން ލަފުޒުން އެމާނަ އޮޅޭނެތޯ

ރަނގަޅާ ނުބައި ވަކިވާވަރަށް ފިކުރާއި ޖިސްމުން ބޮޑުވުމުން
އަގަލާއި ކުލުނާ ޚުލްޤު ފުރިހަމަ ދޫކުރުން ހެޔޮވާނެތޯ

އެނބުރޭ ހަވާނަފުސަށް ތަބާ ވެވިގެން ޙަޔާތް ކުރަމުން ފަނާ
އަބުރާއި ޝަރަފާ ޢިއްޒަތާ ވެއްޔާ މޮޑެން ހެޔޮވާނެތޯ

ތަފްޞީލު...



ޙާއްޖު ޒަޣްލޫލުގެ ދިވެހި ޤަޞީދާ

haajj-zaghloolއެއްދުވަހަކު ޤާހިރާގެ މުޑުދާރު މަގެއްގައި ހިނގާފައި ދަނިކޮށް ވަރަށް މުސްކުޅި އަޑަކުން މީހަކު ލަވައެއް ކިޔާ އަޑު އެބަ އިވެއެވެ. ދޭތެރެއަކުން ނޭވާކުރުވެގެން ކެއްސާލައެވެ. އަހަރެން އެ އަޑު އިވޭ ދިމާއަށް ދިޔަ އިރު އަޑު އަންނަނީ ތަންކޮޅެއް އެކަހެރިކޮށް ވަކިން ހުރި ފަޅު ޢިމާރާތެއްގެ ތިރިންނެވެ. ގާތްކޮށްލި އިރު އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ދެން ވަރަށް ޙައިރާންވެފައި ހުރެއްޖައީމެވެ. ކުއްލިއަކަށް ލަވައިގެ އަޑުކެނޑިއްޖެއެވެ. އޭތް.. އެ އަޑު އަހަންނަށް ގޮވައިލިއެވެ. އަހަރެން އެދިމާއަށް ބަލައިލި އިރު އެތާ އޮތީ ދޫ ނެރެގެން އޮތް ކަޅު ކުއްތާއެކެވެ. އެސޮރަށް އަހަރެން ހަމަ ފެނުމާއެކު މަށަކީ މިޞްރު މީހެއް ނޫންކަން ވިސްނިއްޖެއެވެ.

ތަފްޞީލު...



ދިރިއުޅުން

dhiriulhun

ހިތަށް އެހާ ތަދުވަނީ ފަހެ ކީއްވެބާއެވެ؟

މަޑު ބީހިލުމަކުން ކަލާ ފަނާވެ ދަނީ ފަހެ ކީއްވެބާއެވެ؟

ޙައްޤުގައި ހުރީ ކަލާކަން އެނގޭއިރުވެސް،

ޖަދަލުގައި ކަލާ ނާކާމިޔާބުވަނީ ދެން ކީއްވެބާއެވެ؟

ތަފްޞީލު...



ހިތަށް އަރައެވެ.

hithai-araeveދެން އެހެން ކޮންބަޔަކަށް ބާއެވެ؟
އަހަރެމެން ފާޑު މިކިޔަނީ އަހަރެމެން ފިޔަވައި،
އެހެނަސް އަހަރެންގެ ހިތަށް އަރައެވެ.
އަހަރެމެން އެންމެން މުސްލިމް އުންމަތަށް ފާޑުކިޔަމުއެވެ.

ނޫނީ، އެމީހުންގެ ދިރިއުޅުމާމެދު ފަރުވާލެއްނެތީ، އިމާމް ބާއެވެ؟
އެއީ އެމީހުންެ ދުނިޔެވީ ދިރިއުޅުމަށް މާބޮޑަށް ދިޔައީ ބާއެވެ؟

ތަފްޞީލު...



ކީރިތި ރަސޫލާ

maulid-nabawiއެންމެ މާތް ރަޙުމަތުގެ ނޫރު މިދޭހުގައި ބަބުޅައިފިޔޭ
      އެންމެހައި ހިތްތައް ރަބީޢީ ދިރުމަކުން ދިރުވައިފިޔޭ

ޙާލުގައި ބިކަޙާލުގައި ޖެހިފައިއެވާ އިންސާނުނަށް
    ޗާލުފަރި ހިނިތުންވުމެއް މިންވަރުފުޅުން ލިއްބައިފިޔޭ

ތެއްކަމެއް އާރޯކަމެއްނެތް ގަސްތަކާ ހަނަފަސް ބިމަށް
    ވެއްސަވާ ވާރޭ އެބަރަކާތުން ދިރުން ދެއްވައިފިޔޭ

ތަފްޞީލު...



ތައުބާ

thaubaaހިތާނަފުސަށް އަރާމެއްދޭ މިއީ އަލިގަދަވި ދަންމަރެކޭ
އަތާއަތްޖޯޑުކޮށް ކުރެވޭ ސަލާމުގެ މާތްވި ޖަވްހަރެކޭ

ހަވާ ނަފްސުގެ ނުބައިވި ބަލީން ހިތާ ނަފުސާއި ޠާހިރުކޮށް
ޘަވާބުގެ މީރުކަން ލިބުމަށް އެދޭ މަތިވެރިވި ނިޢުމަތެކޭ

ސިޔާދަތު ދެދުނިޔޭން ލިބިދޭ ފަލާޙާ ނަޞްރުވެސް ލިބިދޭ

ތަފްޞީލު...



ބައްޕަގެ ލޯ ފޫދި ކަރުނަ އާދޭ، ހިތް ދަތިކަން ދުނިޔެ ވަށައިގެންވޭ

bappage-loaއެންމެ ފުރަތަމަ ފެނުނު އިރުވެސް އޮތީ ރީތި ހިނިތުން ވުމެއްގައެވެ.
މިހިތް ދުވަހަކުވެސް ނުވާހާ އުފާ އެދުވަހުވިއެވެ.        
ލޯބިވާ އަނބިމީހާގެ ނިތްކުރީގައި ބޮސްދެމުން '' ޝުކުރިއްޔާ '' އޭ ބުނެވުނީ ބޭއިޚްތިޔާރުގައެވެ.
ވަށައިގެން މީހުން ތިބިކަން ހަނދާން ކުރާކަށް ހިތަށް ނުވެސް އަރައެވެ.

އަހަރެންގެ މުޅި ދިރިއުޅުމަކީ އެލޯބި ލޯބި ހިނިތުންވުމެވެ.
ނިދީގައި ހިނިތުންވެފަ އޮންނަ މަންޒަރު އަހަރެން ވަރަށް ގިނައިން ދެކެމެވެ.
 އެފަދަ ކޮންމެ ވަގުތަކު އަހަރެންގެ ހިތް އުފަލުން ފުރެއެވެ.
ޙަރަކާތް ހުއްޓި ބަލަން ހުރެވެއެވެ.

ތަފްޞީލު...



ހުވަފެން

huvafen-lhen2ރޭގަނޑެއްގެ ހިމޭން ނިދީގެތެރެއިން އަހަރެން ކަލާ ދުށީމެވެ.
 ކަޅާއިހުދުގެ ހުވަފެނެއްގައިކުރި ޒިޔާރަތެއްގައެވެ.
މެހްމާނެއްގެ ގޮތުގައެވެ.
އެހިނދު އަހަރެންގެ ހިތަށް ވޭނީ އަސަރުތަކެއްކުރުވިއެވެ.
އެއަސަރުތައް ހުރިހާ ގުނަވަނަކުން ތަޙައްމުލްކުރިއެވެ.
ހިތާއި ފުރާނައެވެ. ނާރުތަކާއި ލެޔެވެ.

ޚިޔާލީ އޮއިވަރެއްގެތެރޭގައި އަހަރެންނަށް ނުކުމެވުނީ ޖަޒްބާތީ ކަނޑަކަށެވެ.
އެކަނޑުގެ ބިޔަ ރާޅުތަކުގެ ތެރެއަށެވެ.

ތަފްޞީލު...



ބޮޑުރާޅު ސުނާމީ

tsunamiޙާލުގައިޖެހި ޤައުމުގައި ނިކަމެތިކަމާ ކުރިމަތިވުމަށް *
މާލުމުދަލާ ޢާއިލާނެތިގޮސް ކަތުން ބާކީވުމަށް *
ފާލަމުން ކަސިޔާރުވެވި ރާސްތާ މިތާ އޮޅިގެއްލުމަށް *
ރާޅުބޮޑު އެސުނާމިއޭ ސަބަބެއްކަމަށް މެދުވެރިމިވީ  *

އިންޑިއާ ކަނޑުގައިމިވާ ކުދިރަށްތަކަށް ގެއްލުންވުމަށް *
މިންނަތުން އާރާސްތުކުރި މުޅިދިރިއުޅުން ބިންމަތިވުމަށް *
 ހިންދަމާ ނުލެވޭވަރުގެ ބުރަކަން މިތާ ކުރިމަތިވުމަށް *
ރާޅުބޮޑު އެސުނާމިއޭ ސަބަބެއްކަމަށް މެދުވެރިމިވީ *

ތަފްޞީލު...



ހިތް ނުރޮއްވާ! ކުށަކާނުލާ ހިތް ނުރޮއްވާ!

hih-nurovvaކަލާ އަހަރެންދެކެ ވަރަށް ލޯބިވާކަން އެނގެއެވެ.
މިހާރު އަހަރެންގެ ހިތުގެ ހަމަޖެހުމަކީ ހަމައެކަނި އެއީއެވެ.
އެކަމަކު މިހިތް އަދިވެސް އެދެމުންދަނީ ކަލާ އަހަރެންދެކެ ''ލޯބިވެއޭ'' ބުނާއަޑު އެހުމަށެވެ.
އޭރުން ސިއްރުސިއްރުން ކަލާގެ ކަންފަތްދޮށުގައި ބުނާނަމެވެ.
''އަހަރެން މާ ބޮޑަށް ލޯބިވެއެވެ.'' ''ބުނެދޭން ނޭނގޭ ވަރަށް ލޯބިވެއެވެ.''

ތަފްޞީލު...



ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.