ބުދަ20201028

އާކުރެވުނީ: 08:43:52

Back ކަވާސާ އަދަބާއިޘަޤާފަތް އަދަބާއިޘަޤާފަތުގެ ބައިތައް ފަންނު ޢިރާޤުގައި ތިބި އެމެރިކާ ސިފައިންނާ ބެހޭގޮތުން ކުޅެފައި އޮތް ތުރުކީ ފިލްމަކަށް ޖަރުމަނުވިލާތުގައި ފާޑުކިޔެނީ

ޢިރާޤުގައި ތިބި އެމެރިކާ ސިފައިންނާ ބެހޭގޮތުން ކުޅެފައި އޮތް ތުރުކީ ފިލްމަކަށް ޖަރުމަނުވިލާތުގައި ފާޑުކިޔެނީ

thurukee-filmއަލަށް ނުކުތް ތުރުކީ ފިލްމެއް ކަމުގައިވާ ކުރްޓްލާރް ވާދިސީ އިރާޤް، ނުވަތަ ''ޢިރާޤް.. މިނިކާކުއްތާއިންގެ ވާދީ'' ޖަރުމަނު ސިނަމާ ގެތަކުގައި ބާރަށް ހިނގަމުންދަނިކޮށް، އެ ފިލްމާ މެދު އެތާގެ ސިޔާސީ ފަރާތްތަކުން ނުރުހުންފާޅުކުރަން ފަށައިފިއެވެ. އަދި ސިނަމާތަކުން އެ ފިލްމު ނަގަން ވެސް ބައެއް ފަރާތްތަކުން ގޮވާލައިފިއެވެ.

ތުރުކީ މުމައްޘިލުންގެ އިތުރުން، އެމެރިކާ އާއި ޔޫރަޕުގެ ބައެއް މުމައްޘިލުން ހިމަނައިގެން އުފައްދާފައިވާ މި ފިލްމުގައި،

ޙަޟާރަތްތަކުގެ ކޯޅުމަށް ގޮވާލާކަމަށާއި، ކިރިސްޓިޔަން ޔަހޫދީ ހުޅަނގަކީ އިސްލާމީ ދުނިޔޭގެ މުލު ދުޝްމަން ކަމުގައި ސިފަކޮށްފައިވާ ކަމަށް ފާޑުކިޔާ ފަރާތްތަކުން ތުހުމަތުކުރެއެވެ.

ހަރަކާތީ (އެކްޝަން) މި ފިލްމުގައި، އެމެރިކާ ސިފައިން ޢިރާޤުގައި ކޮށްފައިވާ ވަޙްޝީ ޢަމަލުތައް ދައްކުވައިދެއެވެ. އަދި ޢިރާޤުގެ ބައެއް ފިދާއީން އެމެރިކާ ސިފައިންނާ އިދިކޮޅަށް ހިންގާފައި ހުރި ކާމިޔާބު ޙަމަލާތައް މަތިވެރިކޮށްފައިވެއެވެ.

ފިލްމު ފަށާފައި ވަނީ ޙަޤީޤީ ޙާދިޘާއަކުންނެވެ. އެއީ 2003 ވަނަ އަހަރުގެ ޖޫން 4 ވަނަ ދުވަހު، ޢިރާޤުގެ ސުލައިމާނިއްޔާގައި، އެމެރިކާ ސިފައިންނަށް އޮޅިގެން، ތުރުކީ 12 ސިފައިން ހައްޔަރުކޮށް، ތިން ދުވަސް ވަންދެން، އިހާނެތި މުޢާމަލާތްތަކެއް ކޮށްފައިވާ ޙާދިޘާއެކެވެ. އެކަމާ ގުޅިގެން އެދުވަސްވަރު ތުރުކީ މީހުން ހިތްހަމަ ނުޖެހި، ވޮޝިންޓަނާއި، އަންޤަރާ އާ ދެމެދު އޮންނަ ގުޅުން ހީނަރުވެފައި ވެއެވެ.

''މިނިކާކުއްތާއިންގެ ވާދީ'' ގައި ދައްކާ ގޮތުން، އެމެރިކާ ސިފައިންނަކީ މަންމައެއްގެ ކުރިމަތީ އޭނާގެ ތުއްތު ދަރިފުޅު މަރާލުމަށް ވެސް ފަސްޖެހޭނެ ބައެއް ނޫނެވެ. އަދި ޢިރާޤު އަވަށެއްގައި ބޭއްވުނު ކާވެނި ޙަފްލާއަކަށް ޙަމަލާދީ، އެތަނަށް ހާޒިރުވެތިބި މެހެމާނުންގެ ގަޔަށް ގޮތެއްފޮތެއް ނުބަލައި، އެމެރިކާ ސިފައިން ބަޑިޖަހާފައިވާ މަންޒަރެއް ވެސް ހިމެނެއެވެ. ޢިރާޤު ގެ އަލްޤާއިމް ކިޔާ ސަރަޙައްދު ކައިރީގައި އޮންނަ އަވަށެއްގައި ބޭއްވުނު ކާވެނި ޙަފްލާއަކަށް، އެމެރިކާ ސިފައިން ބޮންއެޅުމުގެ ސަބަބުން ހަފްލާގައި ބައިވެރިވި 46 މީހުން މަރުވި ޙާދިޘާއަކީ މިފަދަ ޙަޤީޤީ ޙާދިޘާއެކެވެ.

އަނެއް މަންޒަރެއްގައި، އެމެރިކާއާއި، އިނގިރޭސި މުއްސަނދިންނަށް ވިޔަފާރި އުސޫލުން ވިއްކުމަށްޓަކައި، އެމެރިކާ ލަޝްކަރުގައި ހިމެނޭ ޔަހޫދީ ޑޮކްޓަރަކު ޢިރާޤު ޖަލުތަކުގައި ތިބޭ ޤައިދީން ގެ ގުނަވަންތައް، އެމީހުން ދިރިތިއްބައި ބުރިކުރާ މަންޒަރު ދައްކައެވެ.

ޖަރުމަނުވިލާތުގެ ތަފާތު އެކި ސަހަރުގެ 16 ސިނަމާއެއްގައި ''މިނިކާކުއްތާއިންގެ ވާދީ'' އަޅުވައިގެން، ދެހަފްތާ ވީ އިރު، ޢާއްމުންގެ މެދުގައި ވަރަށް ބޮޑު ތަރުޙީބެއް ވަނީ ފިލްމު ހޯދާފައެވެ.

މަނާކުރުމަށް ގޮވައިލުން

ފިލްމާ މެދު އުފެދުނު އެންމެ ފާހަގަކޮށްލެވޭ ރައްދުޢަމަލަކީ، ޖަރުމަނުގެ ބަވާރިއާގެ އިސްވަޒީރު އެޑްމަންޑް ސްޓޮއިބަރ އެ ފިލްމު ސިނަމާތަކުން ވަގުތުން ނަގަން ގޮވާލެއްވި ގޮވާލެއްވުމާއި، އޭގައި، ނަސްލީ އިމްތިޔާޒާއި، ހުޅަނގަށް ޢަދާވަތްތެރިވުން ހިމެނޭކަމަށް ތުހުމަތުކުރެއްވުމެވެ. އަދި ފިލްމާ މެދު ތުރުކީ ސަރުކާރު ހުއްޓިހުރި ކޮޅެއް، ދޭހަކަން ބޮޑު ގޮތަކަށް ހާމަކުރުމަށް ވެސް އޭނާ ގޮވާލެއްވިއެވެ.

ބާޑްން-ވުރްޓެމްބާރގް އިސްޓޭޓުގެ ދާޚިލީ ވަޒީރު ދެކެވަޑައިގަންނަވާ ގޮތުގައި، އެމެރިކާއާއި، ސާމީން (ޔަހޫދީ ދަރިކޮޅު) ނާ މެދު މި ފިލްމުގައި ޢަދާވާތްތެރިކަން ހިލުވާލާފައިވެއެވެ. އަދި ޖަރުމަނުގެ މުޖުތަމަޢުގައި ދިރިއުޅޭ ތަފާތު ޘަޤާފަތްތަކުގެ މެދުގައި އަރައިރުން އުފެއްދުމަށާއި، ތުރުކީ ނަސްލުގެ ޒުވާނުން ހައްދުފަހަނަޅައި ދިޔުމަށްވެސް މި ފިލްމު ބާރުއަޅައެވެ.

ހަމަ އެހެންމެ ޔަހޫދީންނާ ޢަދާވާތްތެރިވުމަށް ފިލްމު ބާރުއަޅާކަމުގައި ބުނެ، ޖަރުމަނުގައި ހުންނަ ޔަހޫދީންގެ މަރުކަޒީ މަޖިލީސް ވެސް ވަނީ މަނާކުރަން ގޮވާލާ ލިސްޓުގައި ބައިވެރިވެފައެވެ.

އަނެއްކޮޅުން، އުތުރު ރާއިން އިސްޓޭޓުގެ އެކުލެއްވުމާ ބެހޭ ވަޒީރު އަރްމީން ލަޝެޓް ވަނީ 18 އަހަރު ނުފުރޭ ކުޑަކުދިންނަށް، ފިލްމު ބެލުން މަނާކުރުމަށް އެދިވަޑައިގެން، ފިލްމު ސެންސަރުކުރާ އިދާރާ އަށް ސިޓީލައްވާފައެވެ. އަދި އޭގައި އަނިޔާވެރި އެތައް މަންޒަރެއް ހިމެނޭކަމަށް ވިދާޅުވެ، ފާޑުވިދާޅުވިއެވެ. އަދި ޖަރުމަނު މުޖުތަމަޢުގައި މުސްލިމުން އެކުލެއްވުމަށް ކުރެވޭ މަސައްކަތަށް މިފިލްމުގެ ސަބަބުން ގެއްލުންވާކަމުގައި އޭނާ ދެކެވަޑައިގަންނަވައެވެ.

ޖަރުމަނުގެ ނޫހެއް ކަމުގައިވާ ޑެރް ޓަގެސްޕިއެގަލް ގައި ތުރުކީ ސަރުކާރުގެ ތަރުޖަމާނެއްގެ ބަޔާންތަކެއް ޝާއިޢުކޮށްފައިވެއެވެ. އޭގައި ތުރުކީ ތަރުޖަމާނު ޖަރުމަނުވިލާތުގެ މަސްއޫލުވެރިންނަށް ގޮވާލައްވާފައިވަނީ، ފިލްމަކީ ފަންނީ މަސައްކަތެއްގެ ގޮތުގައި ބަލައިގަނެ، ރަސޫލާއަށް ފުރައްސާރަކުރި ދުވަސްވަރު އެމީހުން އެ ގެންގުޅުނު، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް އިޙްތިރާމުކުރާ އުޞޫލުގައި ހިފުމަށެވެ.

ސިނަމާތަކުގައި، ''މިނިކާކުއްތާއިންގެ ވާދީ'' އަޅުވައިގެން އުޅޭ ދުވަސްވަރަކީ، ތުރުކީއާ އިދިކޮޅު ތިން ސިލްސިލާ ފިލްމެއް، އެމެރިކާގެ ބައެއް ޓީވީތަކުގައި ދައްކަމުންދާ ދުވަސްވަރެއް ކަމުގައި ފާހަގަކޮށްލަންޖެއެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.