ފަންނު އިތުބާރުހުރި ދީނީ މަޢްލޫމާތު، ޞިއްޙަތު، ޚަބަރު، އަދަބާއި ޘަޤާފަތް، ތަޢްލީމް، ޢާއިލާ، ކުޑަކުދިން، ޚިޔާލު އަދި މިނޫންވެސް ތަފާތު ދާއިރާތަކުގެ ލިޔުންތައް ، މި ސައިޓުން ވިދާޅުވެވޭނެ http://www.kavaasaa.com/adhab/fannu/ Sat, 17 Nov 2018 21:14:18 +0200 Joomla! - Open Source Content Management en-gb އެބްސްޓްރެކްޓް ކުރެހުން http://www.kavaasaa.com/adhab/fannu/abstract-kurehun.html http://www.kavaasaa.com/adhab/fannu/abstract-kurehun.html

abstract-kurehun-boduއެބްސްޓްރެކްޓް ކުރެހުމަކީ ތަފާތު ބާވަތެއްގެ ކުރެހުމެކެވެ. އެބްސްޓްރެކްޓް ކުރެހުމުގައިވަނީ ކުރެހުމަށް ބަލާލުމުން ކުރެހުމުން ދައްކުވައިދެނީ ވަކި މިވެނި އެއްޗެއްކަން ސާފުކޮށް އެނގެން ނުހުންނަފަދަ ގޮތަކަށް ހުންނަ ޑިޒައިނާއި، ކުލަޔާއި ބައްޓަމެވެ. މި ސަބަބަށްޓަކައި، އެބްސްޓްރެކްޓް ކުރެހުން ދެނެގަނެ ދޭހަވުމަކީ ރެޕްރެޒެންޓޭޝަނަލް ކުރެހުމެއް ދެނެގަނެ ދޭހަވުންހައި ފަސޭހަކަމެއްނޫނެވެ. ރެޕްރެޒެންޓޭޝަނަލް ކުރެހުމަކީ، ކުރެހުމުގައި ދައްކުވައިދެނީ ކޯޗެއްކަން ވަރަށް ސާފުކޮށް އެނގެން ހުންނަބާވަތުގެ ކުރެހުމެވެ. މިބާވަތުގެ ކުރެހުން ބައެއް ފަހަރަށް ފޮޓޯއެއްހައި ޙަޤީޤަތާއި އެއްގޮތަށް ކުރަހާފައިހުރެއެވެ.

]]>
aliismail@kavaasaa.com (ޢަލީ އިސްމާޢީލް) ފަންނު Tue, 18 Jan 2011 03:46:59 +0200
ދިވެހި ފިލްމުތަކުގެ ރުއިމާއި ރިސާލަތު. http://www.kavaasaa.com/adhab/fannu/dhivehi-filmuge-ruimaa-risaalathu.html http://www.kavaasaa.com/adhab/fannu/dhivehi-filmuge-ruimaa-risaalathu.html

dhivehi-filaa-ruinއޭޝިޔާގެ އައްސޭރިފަށު ސަރަޙައްދުތަކަށް މިފަހުން އެރި ސުނާމީގެ ޙާދިސާއަކީ ފަހުގެ ތާރީޚުގައި އިންސާނުން ދުށް އެންމެ ބޮޑު ކާރިސާއެވެ. އެތައް ބައެއްގެ ޢާއިލާތައް ގެއްލި ގެދޮރާއި ރަށްތައް ނެތި ދިޔަ ބިރުވެރި ޙާދިޘާއެކެވެ.

އެ މުޞީބާތުގައި ގެއްލުން ލިބުނު ޤައުމުތަކުގެ ރައްޔިތުން އެމީހުންނަށް ލިބުނު މުޞީބާތް ތަޢުބީރުކުރުމަށް، ރޮއި ހޭރި، ބިންމައްޗަށް ވެއްޓި، ހެދުން ވީދާ، ބޮލަށް ވެލިފުރާ، މިކަހަލަ ވަރަށް ގިނަ ކަންތައްތަކެއްކުރި މަންޒަރު ޓީވީތަކުން ފެނިގެން ދިޔައެވެ. އެމީހުންގެ އެ ޢަމަލުތަކަށް މަލާމަތްކުރެވެން އެބަ އޮތްހެއްޔެވެ؟

]]>
adamfayaz@kavaasaa.com (އާދަމް ފަޔާޒު މުޙައްމަދު) ފަންނު Thu, 28 Jun 2007 07:00:00 +0300
އިސްޓޭޖު ޑުރާމާ http://www.kavaasaa.com/adhab/fannu/stage-drama.html http://www.kavaasaa.com/adhab/fannu/stage-drama.html

drama_1ޑުރާމާގެ ތެރޭގައި އިސްޓޭޖު ޑުރާމާގެ އިތުރަށް ޓީ.ވީ އަށް ތައްޔާރުކުރާ ޑުރާމާއާއި ރޭޑިއޯ އަށް ތައްޔާރު ކުރާ ޑުރާމާ ހިމެނެއެވެ. އުފެއްދުމަށް ބޭނުންވާ ފަންނީ ވަޞީލަތްތަކުގައި ތަފާތުތަކެއް ވީނަމަވެސް މިއިން ކޮންމެ ވައްތަރެއްގެ ޑުރާމާއެއްގައި ވެސް އެއްގޮތް ސިފަތަކެއްވެއެވެ.

އަދަބިއްޔާތުގައި ހިމެނޭ ދިގުވާހަކައާއި ކުރުވާހަކަ ނުވަތަ ޅެން ފަދަ އެއްޗެއްސަކީ ކިއުމަށް ލިޔާ އެއްޗެއްސަށް ވީނަމަވެސް ޑުރާމާއަކީ ޙަރަކާތާއެކު ކުޅުމަށް ލިޔާ އެއްޗެކެވެ.

]]>
aliismail@kavaasaa.com (ޢަލީ އިސްމާޢީލް) ފަންނު Sun, 19 Nov 2006 07:00:00 +0200
ވޯޓް ޑިސްނީ ކޮމްޕެނީ : ކާރޓޫން އުފައްދާ ކުންފުނިތަކުގެ ބޮންތީގައި http://www.kavaasaa.com/adhab/fannu/walt-disney-cartoon-kunifinthakuge-bonthi.html http://www.kavaasaa.com/adhab/fannu/walt-disney-cartoon-kunifinthakuge-bonthi.html

walt-disneyމިކީ މައުސް މިނީ މައުސް، ސިންޑްރެއްލާ، ބިއުޓީ އެންޑް ދަ ބީސްޓް ފަދަ އެތައް ގިނަ ގުނަ ކާރޓޫން ކެރެކްޓަސް ތަކެއް ދުނިޔެއަށް ތަޢާރަފް ކުރި ކުންފުންޏަކީ ވޯޓް ޑިސްނީ ކޮމްޕެނީ އެވެ. 1923 ވަނަ އަހަރު ވޯޓް ޑިސްނީ ކޮމްޕެނީ އުފެދުނު އިރު ކޮމްޕެނީގެ ނަމަކީ ވޯޓް ޑިސްނީ ޕްރޮޑަކްޝަންސް އެވެ. ކުންފުނީގެ ނަން ވޯޓް ޑިސްނީ ކޮމްޕެނީ އަށް ބަދަލު ކުރެވުނީ 1986ވަނައަހަރުގެ ތެރޭގައެވެ. ކާރޓޫން އުފެއްދުމުގެ ދާއިރާގައި އެންމެ ފުންނާބު އުސް ކުންފުންޏަކީ ވޯޓްޑިސްނީ ކޮމްޕެނީ ކަމުގައި ދެންނެވުމަކީ ކުށެއްނޫނެވެ.

]]>
aliahmed@kavaasaa.com (ޢަލީ އަޙްމަދު) ފަންނު Sun, 16 Apr 2006 08:35:58 +0200
ޢިރާޤުގައި ތިބި އެމެރިކާ ސިފައިންނާ ބެހޭގޮތުން ކުޅެފައި އޮތް ތުރުކީ ފިލްމަކަށް ޖަރުމަނުވިލާތުގައި ފާޑުކިޔެނީ http://www.kavaasaa.com/adhab/fannu/thurukee-film.html http://www.kavaasaa.com/adhab/fannu/thurukee-film.html

thurukee-filmއަލަށް ނުކުތް ތުރުކީ ފިލްމެއް ކަމުގައިވާ ކުރްޓްލާރް ވާދިސީ އިރާޤް، ނުވަތަ ''ޢިރާޤް.. މިނިކާކުއްތާއިންގެ ވާދީ'' ޖަރުމަނު ސިނަމާ ގެތަކުގައި ބާރަށް ހިނގަމުންދަނިކޮށް، އެ ފިލްމާ މެދު އެތާގެ ސިޔާސީ ފަރާތްތަކުން ނުރުހުންފާޅުކުރަން ފަށައިފިއެވެ. އަދި ސިނަމާތަކުން އެ ފިލްމު ނަގަން ވެސް ބައެއް ފަރާތްތަކުން ގޮވާލައިފިއެވެ.

ތުރުކީ މުމައްޘިލުންގެ އިތުރުން، އެމެރިކާ އާއި ޔޫރަޕުގެ ބައެއް މުމައްޘިލުން ހިމަނައިގެން އުފައްދާފައިވާ މި ފިލްމުގައި،

]]>
info@kavaasaa.com (ކަވާސާ.ކޮމް) ފަންނު Wed, 22 Feb 2006 11:04:48 +0200
އުރުދުން ގެ ހޮޓާ ގޮއްވުމުގެ ޙާދިސާގައި މުސްޠަފާ ޢައްޤާދު ޤަތުލުވެއްޖެ http://www.kavaasaa.com/adhab/fannu/mustafa-akkad.html http://www.kavaasaa.com/adhab/fannu/mustafa-akkad.html

mustafa-akkadބައިނަލްއަޤުވާމީ މަޝްހޫރުކަމެއް ލިބިފައިވާ، ސޫރިޔާއަށް އުފަން، ހޮލީވުޑުގެ އުފެއްދުންތެރިޔާ އަދި ތައްޔާރުކުރުންތެރިޔާ، މުސްޠަފާ ޢައްޤާދު މި ނޮވެންބަރު މަހު އެގާރަވަނަ ދުވަހު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކޮށްފިއެވެ.

އޭނާ ނިޔާވީ، މި މަހު ނުވަ ވަނަ ދުވަހު އުރުދުން ގެ ގްރޭންޑް ޙަޔާތު ހޮޓަލުގައި ދެވުނު ޖާނުމަރާލުމުގެ ބޮމުގެ ޙަމަލާގައި ވަރަށް ބޮޑަށް ޒަޚަމްވުމުގެ ސަބަބުން ފަރުވާދެވެމުން ދަނިކޮށެވެ. މި ޙަމަލާގައި އޭނާގެ އަންހެންދަރިފުޅު ވަނީ ވަގުތުން ނިޔާވެފައެވެ.

]]>
adamfayaz@kavaasaa.com (އާދަމް ފަޔާޒު މުޙައްމަދު) ފަންނު Mon, 14 Nov 2005 03:06:39 +0200
''ކިންގްޑަމް އޮފް ހެވަން'' : ޞަލީބީންގެ ބިތުފަންގިބާ؟ http://www.kavaasaa.com/adhab/fannu/kingdom-of-heaven.html http://www.kavaasaa.com/adhab/fannu/kingdom-of-heaven.html

Kingdom-of-heavenposter21ވަނަ ޤަރުނުގައި މުސްލިމުންނާއި ޞަލީބީންނާއިދެމެދު ކުރެވެމުން ދިޔަ ޞަލީބީ ހަނގުރާމައިގެ ކަންތައްތައް ، ވަކިން ޚާއްޞަކޮށް، ޙިއްޠީން ހަނގުރާމައިގެ ހާދިސާތައް ދައްކުވައިދޭ ފިލްމެއް، ހޮލީވުޑްގެ އިނގިރޭސި ޑައިރެކްޓަރެއް ކަމުގައިވާ، ރިޑްލީ ސްކޮޓް ތައްޔާރުކުރަމުން އެބަގެންދެއެވެ.

މިފިލްމާއިހެދި، އިނގިރޭސި ވިލާތުގެ ބައެއް ފަރާތްތަކުގެ ފާޑުކިއުން އޭނާއަށް، މިހާރުވެސް ވަނީ އަމާޒުވެފައެވެ. އެމީހުން ބުނާގޮތުން، މިފިލްމުން ދައްކައިދޭ މަންޒަރުތަކަކީ، ޢަރަބިންނާއި އެއްކޮޅަށް ޖެހިފައިވާ، ޙަޤީޤަތް އޮޅުވާލާ މަންޒަރު ތަކެކެވެ.

 

]]>
moorith@kavaasaa.com (ޢަބްދުއްސައްތާރު ޢަބްދުލް ޙަމީދު) ފަންނު Fri, 12 Aug 2005 15:06:15 +0300
ފިލްމު ''މުޙައްމަދު: އެންމެ ފަހުގެ ނަބިއްޔާ'' އެމެރިކާގައި އަޅުވަނީ http://www.kavaasaa.com/adhab/fannu/ewdew.html http://www.kavaasaa.com/adhab/fannu/ewdew.html

khaathim-anbiyaaދިރޭރޫ (ރޫ ކުރަހައިގެން އެއަށް ޙަރަކާތާއި ދިރުން ގެންނަ ބާވަތުގެ، ނުވަތަ އެނިމޭޝަން) ފިލްމެއް ކަމުގައިވާ ''މުޙައްމަދު: އެންމެ ފަހުގެ ނަބިއްޔާ'' ނުވަތަ ''މުހައްމަދު: ޛަ ލާސްޓް ޕްރޮފެޓް'' އުފެއްދި ކުންފުނިން، އެ ފިލްމު އެމެރިކާއާއި ކެނެޑާ ސިނަމާތަކުގައި، މި ހިނގާ މަހުގެ މެދުތެރޭގައި (ރޯދަ ކިޔައިގެން) އަޅުވަން ނިންމައިފިއެވެ. މިއީ މި ފިލްމު 2001 ވަނަ އަހަރު ސެޕްޓެމްބަރު 11 ގެ ޙަމަލާއާއި ވިދިގެން ނާޅުވައި ލަސްކުރުމަށްފަހުގައެވެ. މިގޮތުން އެމެރިކާއާއި ކެނެޑާގެ 37 ސަހަރެއްގައި މި ފިލްމު އެޅުވޭނެއެވެ.

]]>
adamfayaz@kavaasaa.com (އާދަމް ފަޔާޒް މުޙައްމަދު) ފަންނު Fri, 05 Nov 2004 23:51:48 +0200
ކޭން ފެސްޓިވަލުގައި، މައިކަލް މޯރ ، ބުޝްއަށް ވަރުގަދަ ޙަމަލާތަކެއް ދީފި http://www.kavaasaa.com/adhab/fannu/michel-moore-can-fest.html http://www.kavaasaa.com/adhab/fannu/michel-moore-can-fest.html

michel-moore-can-festއެމެރިކާގެ ރައީސް ޖޯޖް ޑަބްލިޔު ބުޝް، ޢިރާޤު މައްސަލައާއި، ދުނިޔޭގެ ނިރުމަޅަވެރީން (ޓެރަރިސްޓުން) ނާ ހަނގުރާމަކުރެއްވުމުގައި ގެންގުޅުއްވި ހަމަތަކާއި ވަރަށް އިދިކޮޅު ޑޮކިޔުމެންޓްރީ ފިލްމެއް ފުރާންސްގައި ހިނގަމުންދާ ކޭން ފެސްޓިވަލުގައި އަޅުވައިފިއެވެ.

މިއީ މިދިޔަ އަހަރުގެ އޮސްކާ އިނާމު ލިބިފައިވާ އެމެރިކާގެ ޑައިރެކްޓަރ މައިކަލް މޯރ އުފެއްދި މި ފިލްމު ''9/11 ފެރަންހައިޓް'' ގައި ބުޝްއަށް ވަރަށް ވަރުގަދަ ޙަމަލާތައް ރައްދުވެފައި ހުރިކަމަށް ވެއެވެ.

]]>
adamfayaz@kavaasaa.com (އާދަމް ފަޔާޒް މުޙައްމަދު) ފަންނު Wed, 19 May 2004 07:00:00 +0300
''ޛަ ޕޭޝަން އޮފް ޛަ ކްރައިސްޓް'' ޔަހޫދީ - ކިރިސްޓިއަނުންގެ ގެ ޖަދަލަކަށް ވެފައި http://www.kavaasaa.com/adhab/fannu/passion-of-the-christ.html http://www.kavaasaa.com/adhab/fannu/passion-of-the-christ.html

passion_christޑައިރެކްޓަރ އަދި ތަމްޘީލްކުޅުންތެރިޔާ މެލް ގިބްސަން އުފެއްދި ފިލްމު ''ޛަ ޕޭޝަން އޮފް ޛަ ކްރައިސްޓް'' އާއި މެދު ފުޅާ ދާއިރާއެއްގައި ބަޙުޘްކުރެވެމުން އެބަދެއެވެ. ޔަހޫދީ ބައެއް ޖަމާޢަތްތަކުން މި ފިލްމަކީ ''ސާމީ ދަރިކޮޅާއި އިދިކޮޅު'' އެއްޗެއްކަމުގައި ބުނަމުންދާއިރު، ކިރިސްޓިޔަން ހަރަކާތްތެރިން ދެކެނީ އެއީ ''ތާރީޚީ މަރުޖިޢެއް'' ކަމަށެވެ. އަދި ''ވަރުގަދަ ފަންނީ މަސައްކަތެއް'' ގެ ގޮތުގައެވެ.

]]>
adamfayaz@kavaasaa.com (އާދަމް ފަޔާޒު މުޙައްމަދު) ފަންނު Tue, 06 Apr 2004 10:38:39 +0200
ސަޤާފަތް މަތަކުރެވޭނީ ސަޤާފަތުންނެވެ. http://www.kavaasaa.com/adhab/fannu/saqaafa-matha-kureveyne-saqaafathun.html http://www.kavaasaa.com/adhab/fannu/saqaafa-matha-kureveyne-saqaafathun.html

saqaafai-matha-kurevyneeސިނަމާއަށް ތަންޤީދުކޮށް ފާޑުކިޔުމަކީ ޙަޤީޤަތުގައި، އެކަމުގެ ޢިލްމު އެނގިފައި ހުންނަ މީހަކަށް ވާނެކަމެކެވެ. އެ އުފެއްދޭނީވެސް ކަމުގެ ހުނަރާއި ތަޖުރިބާގެ އިތުރުން ޢިލްމުވެސް ކޮންމެސްވަރަކަށް ލިބިގެންކަމުގައި ވާތީއެވެ. އަޅުގަނޑަކީ ސިނަމާ ފާޑުކިޔުންތެރިއެއް ނޫނެވެ. ކަމުގެ ޢިލްމާއި ހުނަރު ލިބި ހުރި މީހެއްވެސް ނުމެ ނޫންމެއެވެ. ނަމަވެސް ފިލްމު ބެލުމަކީ ކަށީގައި ހިފާފައި ހުންނަ ކަމެކެވެ. މުނިފޫހި ފިލުވުމުގެ ގޮތުން އެންމެ ކުރާހިތްވާ އެއްކަމެވެ.

]]>
adamfayaz@kavaasaa.com (އާދަމް ފަޔާޒު މުޙައްމަދު) ފަންނު Wed, 31 Mar 2004 07:00:00 +0200
''ޣައްޒާގައި މަރު'' މި ފިލްމުގެ އަގަކަށް މަރު ! http://www.kavaasaa.com/adhab/fannu/ghazza-gai-maru.html http://www.kavaasaa.com/adhab/fannu/ghazza-gai-maru.html

ghazza-ga-maruމިއަހަރު ޖަރުމަންގެ ބާރލިންގައި ބޭއްވެނު 54 ވަނަ ބާރލިން ފިލްމް ފެސްޓިވަލް ހިނގަމުން ދިޔައިރު އިނގިރޭސި ޑޮކިޔުމެންޓްރީއެއް ވެސް އެޅުވުނެވެ. '' ޑެޘް އިން ގާޒާ '' މި ފިލްމު ޚާއްސަވީ އެއްކަމަކީ، މަސައްކަތުގެ އަގެއްކަމުގައި ޑައިރެކްޓަރ އޭނާގެ އަމިއްލަ ފުރާނަ މިކަމަށް ހޭދަކޮށްލަން ޖެހުނު ކަމެވެ

ޑައިރެކްޓަރ ޖޭމްސް މިލަރ، މި ފިލްމުގައި އަލިއަޅުވާލާފައިވަނީ، ޣައްޒާގެ ކުޑަކުދިންގެ ނަޒަރަށް މެދުއިރުމަތީގެ ތަޅާފޮޅުން ފެންނާނެ ގޮތުގެމައްޗަށެވެ.

]]>
adamfayaz@kavaasaa.com (އާދަމް ފަޔާޒް މުޙައްމަދު) ފަންނު Tue, 17 Feb 2004 07:00:00 +0200
އެކަޑަމީ އެވޯރޑްސް:ފިލްމީ ދުނިޔޭގައި ދެވޭ އެއްމެ ފާހަގަކޮށްލެވޭ އިނާމު http://www.kavaasaa.com/adhab/fannu/oscar-awoad.html http://www.kavaasaa.com/adhab/fannu/oscar-awoad.html

oscarފިލްމީދުނިޔޭގައި އެއްމެ ފާހަގަކޮށްލެވޭ އެއް އެވޯރޑްކަމުގައިވާ، އެކަޑަމީ އެވޯރޑްސް އަކީ، 1927މ. ވަނަ އަހަރުގައި، އެމެރިކާގެ އެކަޑަމީ އޮފް މޯޝަން ޕިކްޗަރ އާރޓްސް އެންޑް ސައިންސަސް އިން، ފިލްމީ ދާއިރާގައި ޙަރަކާތްތެރިވާ ފަރާތްތަކުންކުރާ ތަފާތު ޚިދްމަތްތަކުގެ ފެންވަރުބަލައި، ހިތްވަރު ދިނުމުގެ މަޤްޞަދުގައި ތަޢާރަފުކުރި އިނާމެކެވެ.

ކޮންމެ އަހަރަކު އެއްފަހަރު ދެވޭ މިއިނާމަށް ކިޔާ އުޅޭ އެހެން ނަންތަކުގެ ތެރޭގައި އޮސްކަރ އާއި، ގޯލްޑެން ޓްރޮފީއާއި، ސްޓެޗޫ އޮފް މެރިޓް ހިމެނެއެވެ.

]]>
moorith@kavaasaa.com (ޢަބްދުއްސައްތާރު ޢަބްދުލްޙަމީދު) ފަންނު Sat, 07 Jun 2003 07:00:00 +0300