ހޯމަ20180910

އާކުރެވުނީ: 08:43:52

Back ކަވާސާ އަދަބާއިޘަޤާފަތް އަދަބާއިޘަޤާފަތުގެ ބައިތައް ފަންނު ފިލްމު ''މުޙައްމަދު: އެންމެ ފަހުގެ ނަބިއްޔާ'' އެމެރިކާގައި އަޅުވަނީ

ފިލްމު ''މުޙައްމަދު: އެންމެ ފަހުގެ ނަބިއްޔާ'' އެމެރިކާގައި އަޅުވަނީ

khaathim-anbiyaaދިރޭރޫ (ރޫ ކުރަހައިގެން އެއަށް ޙަރަކާތާއި ދިރުން ގެންނަ ބާވަތުގެ، ނުވަތަ އެނިމޭޝަން) ފިލްމެއް ކަމުގައިވާ ''މުޙައްމަދު: އެންމެ ފަހުގެ ނަބިއްޔާ'' ނުވަތަ ''މުހައްމަދު: ޛަ ލާސްޓް ޕްރޮފެޓް'' އުފެއްދި ކުންފުނިން، އެ ފިލްމު އެމެރިކާއާއި ކެނެޑާ ސިނަމާތަކުގައި، މި ހިނގާ މަހުގެ މެދުތެރޭގައި (ރޯދަ ކިޔައިގެން) އަޅުވަން ނިންމައިފިއެވެ. މިއީ މި ފިލްމު 2001 ވަނަ އަހަރު ސެޕްޓެމްބަރު 11 ގެ ޙަމަލާއާއި ވިދިގެން ނާޅުވައި ލަސްކުރުމަށްފަހުގައެވެ. މިގޮތުން އެމެރިކާއާއި ކެނެޑާގެ 37 ސަހަރެއްގައި މި ފިލްމު އެޅުވޭނެއެވެ.

އެމެރިކާގައި މަދަނީ ޙައްޤުތަކުގެ ދިފާޢުގައި މަސައްކަތްކުރާ އިސްލާމީ އެންމެ ބޮޑު ޖަމާޢަތް ކަމުގައިވާ ''ކޭއިރް'' އިން ދެކޭގޮތުގައި، މި ފިލްމު ހިމެނިގެންދާނީ، ހުރިހާ ދީނެއްގެވެސް ތުއްތުކުދިންނަށާއި އެކުދީންގެ ބެލެނިވެރީންނަށް، މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ފަދަ މުހިއްމު ތާރީޚީ ޝަޚްޞިއްޔަތެއް ދެނެގަތުމަށް ލިބޭ ވަރަށް ރަނގަޅު ފުރުޞަތެއް ކަމުގައެވެ.

ބަދުރު އިންޓަރނޭޝަނަލް، ކުންފުނިން އުފެއްދި (ޕްރޮޑިއުސްކުރި) މި ފިލްމުގެ މަސައްކަތް ތަންފީޒުކުރީ ރިޗް ކްރިސްޓް ސްޓޫޑިއޯ އިންނެވެ. އެތަނުން ވަނީ މި ނޫނަސް ދިރޭރޫ ބާވަތުގެ ވަރަށް ކުލާސިކީ މަސައްކަތްތައް ކޮށްފައެވެ. އޭގެ ތެރޭގައި ''ޛަ ކިންގް އެންޑް އައި'' އާއި ''ޛަ ސްވޯން ޕްރިންސަސް'' އާއި ''ޛަ ސްކެއަރކްރޯ'' ހިމެނެއެވެ. ފިލްމު ތައްޔާރުކުރީ (ޑައިރެކްޓުކުރީ) ޑިޒްނީގައިވެސް މަސައްކަތްކޮށްފައިވާ އެމެރިކާގެ މަޝްހޫރު ފިލްމުތައްޔާރުކުރުންތެރިއެއް ކަމުގައިވާ ރިޗަޑް ރިޗް އެވެ.

އަދި ސިނާރިއޯ ލިޔުނީ ބްރިއަން ނެލްސަން އެވެ. އޭނާއަކީ މިފަދަ ފިލްމުތައް ލިޔާ މީހުންގެ ތެރެއިން ފާހަގަކޮށްލެވޭ މީހެކެވެ. އޭނާ މި މަސައްކަތުގައި ބަރޯސާވެފައިވަނީ އޭގެ ތާރީޚީ އޮއްޓަރުގެ މައްޗަށެވެ. މަޢުލޫމާތުތައް އެއްކުރުމުގައި ފިރްދައުސް ވާރޓަން އާއި އިސްލާމީ ތާރީޚުގެ ޕްރޮފެސަރެއް ކަމުގައިވާ ޑރ. ޚާލިދް ޢަބުލް ފަޟްލު ބައިވެރިވެވަޑައިގެންފައި ވެއެވެ.

90 މިނިޓުގެ މި ފިލްމަކީ އިނގިރޭސިބަހުން އުފައްދާފައި އޮތް އެއްޗެކެވެ. މީގެ މަސައްކަތަށް 2 އަހަރު ދުވަސް ނެގިއިރު ޚަރަދަށް 10 މިލިއަން ޑޮލަރު ހިނގާފައިވެއެވެ. އަދި މުޅި ފިލްމުގައި 196 ހާސް ކުރެހުން ހިމެނެއެވެ.

ފިލްމުގެ ވާހަކަ ބިނާވެފައި އޮތް ގޮތް

ފިލްމުގައި ދައްކަނީ ކީރިތި ރަސޫލާ ރަސޫލުކަމައިގެން ފޮނުއްވެވުމުގެ ކުރިން މައްކާގެ މުޖުތަމަޢު އޮތް ފަސާދަ ގޮތެވެ. ބުދުތަކަށް އަޅުކަންކުރުމާއި، އަނިޔާއާއި ބޭއިންސާފު، ދަހިވެތިކަމާއި މީހުންގެ ފާސިޤު ކަމެވެ. ދެން އިތުރު އެކަލޭގެފާނު އެކަންކަމާއި ކުރިމަތިލެއްވި ގޮތެވެ.

އޭގެ އިތުރުން، އިސްލާމްދީނުގެ ކުރީކޮޅު މުސްލިމުން އެމީހުންގެ ދީނުގައި ސާބިތުވެތިބިލެއް ހަރުދަނާކަމާއި، ދީނަށްޓަކައި އުފުއްލި ބުރައާއި ލިބިގަތް އެންމެހައި ވަންނިވަންނީގެ ޢަޛާބެވެ. އަދި މުޙައްމަދިއްޔަ މަތިވެރި ގޮވާލެއްވުމުގެ އަސަރުން މައްކާގެ ދިރިއުޅުން މުޅިން ބަދަލުވެ، އެ މުޖުތަމަޢަކީ އީމާންކަމުގެ ނޫރުން އުޖާލާވެފައިވާ މުޖުތަމަޢެއްކަމުގައި ވެފައިވާ ގޮތެވެ.

ހަމަ އެފަދައިން، އިތުރު އެކަލޭގެފާނަށާއި އެކަލޭގެފާނުންގެ މިތުރު އަޞްޙާބު ބޭކަލުންނަށް މަދީނާގެ އަހުލުވެރީން ކީ ހޫނު މަރުޙަބާއާއި، އިސްލާމްދީނުގައި އެންމެ ފުރަތަމަ ފަހަރަށް މިސްކިތް ބިނާކުރެވުނު ގޮތް ދައްކައެވެ. އެއަށްފަހު ބަދުރު ހަނގުރާމަވެސް، އެ ހަނގުރާމައިގައި މުސްލިމުންގެ ޢަދަދު މަދުކަމާއި އެކުވެސް ޢަދުއްވުންގެ މައްޗަށް ލިބުނު ނަޞްރާއި، އޭގެ ފަހުން ކުރެވުނު އުޙުދު ހަނގުރާމައާއި އަޙްޒާބު ހަނގުރާމަވެސް ހިމަނާފައިވެއެވެ.

ކީރިތި ރަސޫލާގެ ޝަޚްޞިއްޔަތު ތަމްސީލުކުރުމަކީ އިސްލާމްދީނުގައި މަނާކަމަކަށްވާތީ މި ފިލްމުގައި އެކަލޭގެފާނުންގެ ތަސްވީރެއް ނުހިމެނެއެވެ. އަދި ފޮރުވިފައިވާ ސިޔާސީ އެއްވެސް ކަމެއް މިއަކު ނުމެ ހިމެނޭމެއެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.