ބުރާސްފަތި20201029

އާކުރެވުނީ: 08:43:52

Back ކަވާސާ އަދަބާއިޘަޤާފަތް އަދަބާއިޘަޤާފަތުގެ ބައިތައް ދުނިޔޭގެ އަދަބިއްޔާތު ޝާވޭޒްގެ އިޝްތިހާރަށް ފަހު، ޗޮމްސްކީގެ ފޮތް ބާރަށް ވިކެނީ

ޝާވޭޒްގެ އިޝްތިހާރަށް ފަހު، ޗޮމްސްކީގެ ފޮތް ބާރަށް ވިކެނީ

noam-chomsky-ge-foiއެމެރިކާގެ މުފައްކިރެއް ކަމުގައިވާ ނައޯމު ޗޮމްސްކީ ލިޔުއްވި ފޮތެއްކަމުގައިވާ: " Hegemony or Survival: America's Quest for Global Dominance" (އަތްގަދަކުރުން ނުވަތަ ފުރާނަ މުއްތިކުރުން: ދުނިޔޭގެ ވެރިކަންހޯދުމަށް އެމެރިކާ އަތްފުނާއެޅުން) މި ފޮތް ކިޔާލުމަށް އެމެރިކާ ރައްޔިތުން ކިބައިން ވެނެޒުވެލާގެ ރައީސް ހޫގޯ ޝާވޭޒް އެދިވަޑައިގެންފިއެވެ.

އެމެރިކާގެ ރައީސް ޖޯޖު ބުޝް އަކީ ''އެއީ ޚުދު ޝައިޠާނާ'' ކަމުގައި ސިފަކުރެއްވުމުގެ ސަބަބުން ރައީސް ޝާވޭޒް ގެ ވާހަކަ ނޫސްތަކުގެ ފަލަސުރުޚީއަށް އެރިކަމުގައި ވިޔަސް، ފެންނަ ފެނުމުގައި އެމެރިކާ ރައްޔިތުން ޝާވޭޒްގެ މި ނަޞޭޙަތްޕުޅު ގަބޫލުކޮށްފިއެވެ. އެގޮތުން އެންމެ ބާރަށް ވިކޭ ފޮތް ކަމުގައި ޗޮމުސްކީގެ އެ ފޮތް މިހާރު އޮތީ ވެފައެވެ.

މިދިޔަ ބުދަދުވަހު އ.ދ ގައި ކުރެއްވި ތަޤުރީރު ފައްޓަވަމުން، ވެނެޒުވެލާގެ ރައީސް ވަނީ ޗޮމުސްކީ ލިޔުއްވި ފޮތުގެ ނަކަލެއް ދައްކަވާލައްވާފައެވެ.

އެމެރިކާގެ ޚާރިޖީ ސިޔާސަތަށް ފާޑުކިޔުއްވާ މުފައްކިރު އަދި ބަސްބަހާ ބެހޭ މަޝްހޫރު ޢިލްމުވެރިޔާގެ ފޮތް ހަނދާނުން ފޮހެވިފައިވަނިކޮށް، ބުރާސްފަތި ވިލެން ވާއިރަށް އެފޮތް ވިކޭ ރޭޓު މައްޗަށްޖެހެންފެށިއެވެ. އެގޮތުން އެމޭޒަން.ކޮމް ގެ އެންމެ ބާރަށް ވިކޭ ފޮތްތަކު ލިސްޓުން ތިންވަނައަށް އެރިއެވެ. އެއީ ޝާވޭޒްގެ ތަޤުރީރުގެ ކުރިން އެތައްހާސް ފޮތެއްގެ ފަހަތުގައި އޮތުމަށްފަހުއެވެ.

''ޝާވޭޒްގެ ވާހަކަފުޅަށްފަހު އަހަރެމެން އަތުގައި ހުރި ހުރިހާ ފޮތެއް އަވަހަށް ވިކި ހުސްވެއްޖެ'' މެންހަޓަންގެ މެދުތެރޭގައި ހުރި ކޮލިސިއަމް ފޮތް ފިހާރައިގެ މެނޭޖަރަކު ބުންޏެވެ. އެއީ 2004 ވަނަ އަހަރު އޮޥުލް ޗާޕުޚާނާއިން ނެރުނު އެފޮތުގެ ދެވަނަ ޗާޕުން އެ ފިހާރައިގައި ވިއްކަންހުރި ހުރިހާ ނަކަލެކެވެ.

އޭގެ ފަހުން ނިއުޔޯކުގައި ހުންނަ ފައްޅިއަކަށް ޒިޔާރަތްކުރައްވައި ވެސް ޝާވޭޒް ވަނީ ބުޝްއަށް ފާޑުވިދާޅުވެފައެވެ. ''ބުޝްއަކީ ރާޔަށް ދެވިހިފާފައި ހުރި ބަލި މީހެއް'' ޝާވޭޒް ވިދާޅުވިއެވެ. އަދި ''ބުޝް އަކީ (ނަފްސާނީގޮތުން) ބަލި މީހެއް، ސިކުނޑީގެ އެތައް މައްސަލައެއް އޭނާ ދަނީ ތަޙައްމަލުކުރަމުން'' ކަމަށްވެސް ޝާވޭޒް ވިދާޅުވިއެވެ. ''އޭނާއަށް ހިނގެނީ ވެސް ޖޯން ވައިން ހިނގާގޮތަށް'' ޝާވޭޒް އިތުރަށް ވިދާޅުވިއެވެ. ޖޯން ވައިންނަކީ މައިގަނޑު ގޮތެއްގައި ގެރިގޮވީން (ކައުބޯއީން) ގެ ބައި ކުޅޭ އެމެރިކާގެ މަޝްހޫރު މުމައްޘިލެކެވެ.

ޝާވޭޒްގެ ބަސްފުޅުތަކަށް ރައްދެއް ދިނުމަށް ވައިޓްހައުސްއިން ވަނީ ދެކޮޅުހަދާފައެވެ. އެއީ ރައްދުދޭންޖެހޭ ފެންވަރުގެ ވާހަކަތަކެއް ކަމުގައި ވައިޓްހައުސްއަކުން ނުދެކެއެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.