ހުކުރު20201016

އާކުރެވުނީ: 08:43:52

އިންސާފު

insaafރަހުމަތްތެރިއާގެ ފުށުން ފެނުނު ނުރަނގަޅު ކަންތަކުގެ ވާހަކަ ދައްކައިފިނަމަ، އަދި ދުޝްމަނުގެ ފުށުން ފެނުނު ރަނގަޅު ކަންތަކުގެ ވާހަކަ ދައްކައިފިނަމަ، މީހުން ކަލޭ ގުނާނީ އެކިފަހަރު އެކި ކުލަޖެހޭ މީހުންގެތެރޭގައެވެ. ބުނާނީ ދެ މޫނު ހުންނަ މީހެކޭއެވެ. އިއްޔެ އެއްޗެހިކީ މީހަކަށް މިއަދު މަދަހައާއި ސަނާ ކިޔަނީއޭ ބުނާނެއެވެ. އެއްގަޑީގައި ސަނާކީމީހަކަށް އަނެއް ގަޑީގައި އެއްޗެހި ކިޔަނީއޭ ބުނާނެއެވެ. މީހުން ބުނާނީ ކަލޭ ހިތުގައި ނުވާ އެއްޗެއް ބޭރުފުށުން ދައްކަނީއޭއެވެ. އަދި ކަލޭ ހިތުގައި ވަނީ ބޭރުފުށުން ދައްކާ އެއްޗެއް ނޫނޭއެވެ.

insaafއެއީ ރަނގަޅު ކަމެއްކަމުގައި ކަލޭ ނުދެކޭ ކަމެއް، ނުވަތަ މީގެ ކުރިން ކަލެއަށް ފެނިފައިވާ އޭނާގެ އަޚްލާޤާ ފުށުއަރާކަމެއް، ނުވަތަ އިހު އޭނާ ކަންތައް ކުރަމުން އައި ރަނގަޅު ގޮތާ ޚިލާފުކަމެއް، އެކުވެރި ގާތް ރައްޓެއްސެއްގެ ކިބައިން ފެނިއްޖެއެވެ. އަދި އޭނާގެ ޚަސީލަތާއި ކަންތައް ހުންނަ ގޮތުން ރުޅިއަރާ ދުޝްމަނެއް ހުއްޓާ، އޭނާގެ ކިބައިން ރީތި އަޚްލާޤީ ސިފައެއްގެ ބެބުޅުމެއް ފެނިއްޖެއެވެ. ދެން ރަހުމަތްތެރިއާގެ ފުށުން ފެނުނު ނުރަނގަޅު ކަންތަކުގެ ވާހަކަ ދައްކައިފިނަމަ، އަދި ދުޝްމަނުގެ ފުށުން ފެނުނު ރަނގަޅު ކަންތަކުގެ ވާހަކަ ދައްކައިފިނަމަ، މީހުން ކަލޭ ގުނާނީ އެކިފަހަރު އެކި ކުލަޖެހޭ މީހުންގެތެރޭގައެވެ. ބުނާނީ ދެ މޫނު ހުންނަ މީހެކޭއެވެ. އިއްޔެ އެއްޗެހިކީ މީހަކަށް މިއަދު މަދަހައާއި ސަނާ ކިޔަނީއޭ ބުނާނެއެވެ. އެއްގަޑީގައި ސަނާކީމީހަކަށް އަނެއް ގަޑީގައި އެއްޗެހި ކިޔަނީއޭ ބުނާނެއެވެ. މީހުން ބުނާނީ ކަލޭ ހިތުގައި ނުވާ އެއްޗެއް ބޭރުފުށުން ދައްކަނީއޭއެވެ. އަދި ކަލޭ ހިތުގައި ވަނީ ބޭރުފުށުން ދައްކާ އެއްޗެއް ނޫނޭއެވެ.

މިހެން ކިޔައި ވާހަކަ ދައްކާމީހުން ކަލެއާމެދު އިންސާފުވެރި ނަޒަރަކުން ބެލިނަމަ، ކަލޭގެ ތެދުވެރިކަމާއި މެދު އަޖާއިބުވީހެވެ. ހަވާނަފްސާއި ނަފްސުގެ މަގުފުރެދުމުން ކަލޭގެ ހިތް ސަލާމަތްވެފައި އޮތީތީ ކަލެއާމެދު ފަޚުރުވެރިވީހެވެ. ކަލޭގެ ދެއްކި ވާހަކައަކީ ޢަދުލުކަމުގަ ބުނީހެވެ. މުނާފިޤުކަމޭ ނޫނެވެ. އިންސާފުކަމުގައި ބުނީހެވެ. މަކަރުވެރިކަމޭ ނޫނެވެ. ކަލޭގެ ރަހުމަތްތެރިއާގެ ކިބައިގައި ހުރި އައިބު ސިފަ ނުފެންނަ ވަރަށް އޭނާ ދެކެ ލޯބިވުމުގައިކަލޭ ހައްދުފަހަނައަޅާ  ނުދިޔައީތީ ތައުރީފުކުރީހެވެ.

ކަލޭގެ ރުހުމާއި ރުޅިއާއި، ޙިލްމުވެރިކަމާއި ޖާހިލުކަމާއި، އަދި ހެވާއި ނުބައި ކުރިމަތީގައިވެސް ހިނިތުންވެފައި ކަލެއަށް މަދަހަ ކިޔާ އެކުވެރިއަކީ، އޭނާއާމެދު އުފާވާންޖެހޭ ވަރުގެ އެކުވެރިއެއް ނޫނެވެ. ރައްޓެހިކަން ބަދަހިކުރަންވާ ވަރުގެ މީހެއްވެސް  ނޫނެވެ. އެހެނީ އޭނާއަކީ ކަލޭގެ ނަފްސުގެ މޫނު ބަލަން ކަމުދާ ލޯގަނޑެއް ނޫނެވެ. އެ ލޯގަނޑުން ބަލައިގެން ކަލެއަށް ކަލޭގެ ފުރިހަމަ ސިފައެއް ނުފެންނާނެއެވެ. އަދި އޭނާ ކަލޭގެ ހުތުރާއި ރީތި، ފޮނިކަމާއި ހުތްކަން ތެދުވެރިކަމާއެކު ކިޔައި ނުދޭނެއެވެ.

އޭނާ ވާނީ ހެވެއް ނުބައެއް ނޭނގޭ ޖާހިލަކަށެވެ. މިފަދަ މީހަކަށް ކަލޭގެ ކިބައިން ފެންނާނީ ކަލޭ ބޭނުން ސިފަތަކެވެ. ކަލެއަށް ފެންނަންޖެހޭ ސިފަތަކެއް ނޫނެވެ. ނުވަތަ އޭނާ ވާނީ މަކަރުވެރި މުނާފިޤަކަށެވެ. ކަލޭ ހިތް އެދެނީ ކަލޭ ކިބައިގައިވާ  ނުރަނގަޅު ސިފަތައް ފޮރުވައި، މަދަހަކިއުންކަން އެނގިގެން އޭނާ ކަލޭ އެދޭގޮތަށް ކަންތައް  ކުރަނީއެވެ.

ވީމާ މީހުން ކަންކަން ބަދަލުކޮށްލާ، ޙަޤީޤަތްތައް ފުރުޅާލާ، ތެދުވެރިއާއަށް ދޮގުވެރިއެކޭ، ދޮގުވެރިއާއަށް ތެދުވެރިއެކޭ ކިޔައި އުޅެނީ ކިހިނެއްކަން ނިކަން ދެކިބަލާށެވެ. ގިނަ މީހުންނަށް ހަމަ ނޭނގެނީއެވެ.

* މިއީ 1876 ـ 1924 ގެ ތެރޭގައި އުޅުއްވި މިޞްރުގެ މަޝްހޫރު އަދީބެއް ކަމުގައިވާ، އަލްމަންފަލޫޠީ، ލިޔުއްވާފައިވާ މަޒްމޫނެއްގެ ތަރުޖަމާއެކެވެ.

  • މިއީ 1876 ـ 1924 ގެ ތެރޭގައި އުޅުއްވި މިޞްރުގެ މަޝްހޫރު އަދީބެއް ކަމުގައިވާ، އަލްމަންފަލޫޠީ، ލިޔުއްވާފައިވާ މަޒްމޫނެއްގެ ތަރުޖަމާއެކެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.