ދުނިޔޭގެ އަދަބިއްޔާތު އިތުބާރުހުރި ދީނީ މަޢްލޫމާތު، ޞިއްޙަތު، ޚަބަރު، އަދަބާއި ޘަޤާފަތް، ތަޢްލީމް، ޢާއިލާ، ކުޑަކުދިން، ޚިޔާލު އަދި މިނޫންވެސް ތަފާތު ދާއިރާތަކުގެ ލިޔުންތައް ، މި ސައިޓުން ވިދާޅުވެވޭނެ http://www.kavaasaa.com/adhab/dhuniyege-adhab/ Fri, 02 Nov 2018 22:02:47 +0200 Joomla! - Open Source Content Management en-gb މާދަމާ http://www.kavaasaa.com/adhab/dhuniyege-adhab/maadhamaa.html http://www.kavaasaa.com/adhab/dhuniyege-adhab/maadhamaa.html

maadhan

މިއަދު ލިޔާނެ އެއްޗަކާއި މެދުގައި އިއްޔެ ރޭ އަހަރެން ވިސްނީމެވެ. އިނގިލިތަކުން ގަލަމުގައި ހިފައިގެން ކުރިމަތީ ސާފު ހުދު ގަނޑެއް ބާއްވައިގެން، އެގަލަން ހިންގި ހިންގިހެން އެ ގަނޑުގައި ކަޅުކުލަޖެހެމުންދާނެ ކަން އަހަންނަށް އެނގުނެވެ. އެހެނަސް އެގަލަމުގެ މަގުސަދު ހާސިލުވުމުގެ ކުރިން އޭގެ ދެލި ހަމަވާނީ ކަމެއް، ނުވަތަ އެ ގަލަން ބަނޑުވަތަށް ވެއްޓޭނީ ނޫންކަމެއް އަހަރެންކަށް ނޭނގެއެވެ. އަހަރެންގެ މިސިޓީ ފުރިހަމަކުރެވިދާނެ ކަމެއް، ނުވަތަ ޒަމާނުގެ ހުރަސްތަކުން ހުރަހެއް އެމަގަށް ކުރިމަތިވާނީ ނޫންކަމެއް ވެސް އަހަރެންނަކަށް ނޭނގެއެވެ.

]]>
nooru@kavaasaa.com (ތަރުޖަމާ: ނޫރުއްސަލާމް އަބޫބަކުރު) ދުނިޔޭގެ އަދަބިއްޔާތު Sun, 17 Oct 2010 09:58:59 +0200
އިންސާފު http://www.kavaasaa.com/adhab/dhuniyege-adhab/insaaf.html http://www.kavaasaa.com/adhab/dhuniyege-adhab/insaaf.html

insaafރަހުމަތްތެރިއާގެ ފުށުން ފެނުނު ނުރަނގަޅު ކަންތަކުގެ ވާހަކަ ދައްކައިފިނަމަ، އަދި ދުޝްމަނުގެ ފުށުން ފެނުނު ރަނގަޅު ކަންތަކުގެ ވާހަކަ ދައްކައިފިނަމަ، މީހުން ކަލޭ ގުނާނީ އެކިފަހަރު އެކި ކުލަޖެހޭ މީހުންގެތެރޭގައެވެ. ބުނާނީ ދެ މޫނު ހުންނަ މީހެކޭއެވެ. އިއްޔެ އެއްޗެހިކީ މީހަކަށް މިއަދު މަދަހައާއި ސަނާ ކިޔަނީއޭ ބުނާނެއެވެ. އެއްގަޑީގައި ސަނާކީމީހަކަށް އަނެއް ގަޑީގައި އެއްޗެހި ކިޔަނީއޭ ބުނާނެއެވެ. މީހުން ބުނާނީ ކަލޭ ހިތުގައި ނުވާ އެއްޗެއް ބޭރުފުށުން ދައްކަނީއޭއެވެ. އަދި ކަލޭ ހިތުގައި ވަނީ ބޭރުފުށުން ދައްކާ އެއްޗެއް ނޫނޭއެވެ.

]]>
info@kavaasaa.com (ތަރުޖަމާ: އިސްމާޢީލް ނާޖީ) ދުނިޔޭގެ އަދަބިއްޔާތު Wed, 19 May 2010 07:10:46 +0300
ރޮބިންސަނާއެކު ހަވީރުކުރުން http://www.kavaasaa.com/adhab/dhuniyege-adhab/robinson-aakeu-haveeru-kurun.html http://www.kavaasaa.com/adhab/dhuniyege-adhab/robinson-aakeu-haveeru-kurun.html

edwinއެމެރިކާގެ އަދަބީ ތާރީޚްދުށް އެންމެ ރީތިކޮށް ޅެންހެދި ޅެންވެރިންގެ ތެރޭގައި ހިމެނޭ ޅެންވެރިއެކެވެ. ރޮބިންސަން އުފަންވީ 1889ވަނަ އަހަރުގެ ޑިސެމްބަރ 22 ވަނަދުވަހު އެމެރިކާގެ މޭއިންގެ ހެޑްޓައިޑް ގައެވެ. ބައްޕައަކީ އެޑްވަރޑް ރޮބިންސަނެވެ. މަންމައަކީ އެލިޒަބަތު ޕާލްމަރ އެވެ. ޅަފުރާގެ ދުވަސްތަކާއި ފުރާ އުމުރު ހޭދަކޮށްފައިވަނީ ގާރޑިނާރ ކިޔާ ޓައުނެއްގައެވެ.

ރޮބިންސަންގެ ބައްޕައަކީ ލަކުޑީގެ ވިޔަފާރިވެރިއެއް ނަމަވެސް، ރޮބިންސަނާއި އޭނާގެ ބޭބެމެން ދިރިއުޅެމުން ގެންދިޔައީ ވަރަށް އާދައިގެ ދިރިއުޅުމެކެވެ.

]]>
aliismail@kavaasaa.com (ޢަލީ އިސްމާޢީލް) ދުނިޔޭގެ އަދަބިއްޔާތު Tue, 01 Sep 2009 15:49:19 +0200
ރަބިންދްރަނާތު ޓޭގޯރް http://www.kavaasaa.com/adhab/dhuniyege-adhab/rabindharnaath-tagor.html http://www.kavaasaa.com/adhab/dhuniyege-adhab/rabindharnaath-tagor.html

tagoreރަބިންދްރަނާތު ޓޭގޯރް އަކީ ދުނިޔޭގެ އެންމެ މޮޅެތި ޅެންވެރިންގެ ތެރޭގައި ހިމެނޭ ޅެންވެރިއެކެވެ. އޭނާ އަކީ އަދަބިއްޔާތުގެ ރޮނގުން ނޯބެލް އިނާމު އެންމެ ފުރަތަމަ ޙާޞިލްކުރެއްވި އޭޝިޔާ ބައްރަށް ނިސްބަތްވާ ޅެންވެރިޔާވެސް މެއެވެ. މި އިނާމް އޭނާއަށް ލިބިލެއްވީ އޭނާގެ ޅެންފޮތް ''ގީތަންޖަލީ'' އަށް 1913 ވަނަ އަހަރުއެވެ. އިންޑިޔާގެ ބެންގޯލް އަށް އުފަން ޓޯގޯރަކީ، ޅެންވެރިއެއްގެ އިތުރުން ނާވިލު ލިޔުންތެރިއެކެވެ. އަދި ތަޢުލީމީ ދާއިރާގެ ތަޖުރިބާކާރެއްވެސް މެއެވެ. ރަބިންދުރަނާތު ޓޭގޯރަކީ އިންޑިޔާ އާއި ބަނގުލާދޭޝްގެ ޤައުމީ ސަލާމް ހެއްދެވި ޅެންވެރިޔާވެސް މެއެވެ. ޓޭގޯރްގެ މޮޅެތި ލިޔުއްވުންތައް ހުރީ ބެންގާލީ ބަހުންނެވެ.

]]>
aliismail@kavaasaa.com (ޢަލީ އިސްމާޢީލް) ދުނިޔޭގެ އަދަބިއްޔާތު Tue, 23 Dec 2008 14:45:50 +0200
ހެރީޕޮޓަރ ސިލްސިލާގެ އާ ބޮޅެއް، އަނެއްކާވެސް މުޅިދުނިޔެއަށް ޖާދޫދައްކަނީ! http://www.kavaasaa.com/adhab/dhuniyege-adhab/haree-poter-ge-aa-bolhei.html http://www.kavaasaa.com/adhab/dhuniyege-adhab/haree-poter-ge-aa-bolhei.html

harry_potterމިފަހަކަށް އައިސް ދުނިޔޭގައި އެންމެ ގިނަ ޢަދަދަކަށް ވިކޭ ފޮތް ކަމުގައިވާ ހެރީޕޮޓަރ ގެ އާ އަދަދެއް އަނެއްކާވެސް ބާޒާރަށް ނުކުމެއްޖެއެވެ. '' ހެރީޕޮޓަރ އެންޑްދި އޯޑާ އޮފް ދަ ފީނިކްސް '' އޭ ކިޔާ މި އާ އަދަދު ގަތުމަށް ސިޑްނީން ފެށިގެން ނިއުޔޯރްކުގައި މި ފޮތް ވިއްކާހުރިހާ ތަނަކަށް އެތައް ބަޔަކު އެއްވި ކަމުގައިވެއެވެ.

ދިވެހިރާއްޖޭގެ އެންމެ މަޝްހޫރު އެއް ނޫސް ކަމުގައިވާ ހަވީރު ނޫހުގައި ބަޔާންކޮށްފައިވާގޮތުން، ރާއްޖޭގައި މި ފޮތް ވިއްކާ އެސްޓާސް ބުކްޝޮޕް ދޮށަށް ވެސް 200 ވަރަކަށް މީހުން ފަތިހުގެ ވަގުތެއްގައި އެއްވެ ކިޔޫ ހެދިކަމަށް ވެއެވެ.

]]>
info@kavaasaa.com (ކަވާސާ . ކޮމް) ދުނިޔޭގެ އަދަބިއްޔާތު Mon, 14 Apr 2008 14:19:07 +0200
ޝާވޭޒްގެ އިޝްތިހާރަށް ފަހު، ޗޮމްސްކީގެ ފޮތް ބާރަށް ވިކެނީ http://www.kavaasaa.com/adhab/dhuniyege-adhab/noam-chomsky-ge-foi.html http://www.kavaasaa.com/adhab/dhuniyege-adhab/noam-chomsky-ge-foi.html

noam-chomsky-ge-foiއެމެރިކާގެ މުފައްކިރެއް ކަމުގައިވާ ނައޯމު ޗޮމްސްކީ ލިޔުއްވި ފޮތެއްކަމުގައިވާ: " Hegemony or Survival: America's Quest for Global Dominance" (އަތްގަދަކުރުން ނުވަތަ ފުރާނަ މުއްތިކުރުން: ދުނިޔޭގެ ވެރިކަންހޯދުމަށް އެމެރިކާ އަތްފުނާއެޅުން) މި ފޮތް ކިޔާލުމަށް އެމެރިކާ ރައްޔިތުން ކިބައިން ވެނެޒުވެލާގެ ރައީސް ހޫގޯ ޝާވޭޒް އެދިވަޑައިގެންފިއެވެ.

]]>
info@kavaasaa.com (ކަވާސާ.ކޮމް) ދުނިޔޭގެ އަދަބިއްޔާތު Mon, 04 Sep 2006 03:07:11 +0300
މުންޝީ ޕުރޭމް ޗަންދު http://www.kavaasaa.com/adhab/dhuniyege-adhab/mucshi-prem-chand.html http://www.kavaasaa.com/adhab/dhuniyege-adhab/mucshi-prem-chand.html

premchand''މުންޝީ ޕްރޭމް ޗަންދު''، މިއީ ދަމްޕަތު ރާއީ ސުރިވަސްތަވާ އޭނާގެ ލިޔުންތަކުގައި ބޭނުންކުރި ގަލަމީ ނަމެކެވެ. ފަހުން އަސްލު ނަމަށްވުރެ މިނަން މަޝްހޫރުވީއެވެ. ޕްރޭމްޗަންދުގެ ބައްޕައަކީ ޕޯސްޓު އޮފީހެއްގެ ކާތިބެކެވެ. އުމުރުން ހަތް އަހަރުގައި ޕްރޭމްޗަންދުގެ މަންމަ ނިޔާވެއްޖެއެވެ. އިސްކޫލް ދައުރު ނުނިމެނީސް ބައްޕަ ނިޔާވެ ޔަތީމުވެއްޖެއެވެ. އެއާއެކު ދޮންމަންމަ އާއި ކޮއްކޮމެން ބެލުމުގެ ހުރިހާ ޒިންމާއެއް ޕުރޭމް ޗަންދުގެ ބޮލުގައި އެޅުނެވެ.

]]>
aliismail@kavaasaa.com (ޢަލީ އިސްމާޢީލް) ދުނިޔޭގެ އަދަބިއްޔާތު Tue, 18 Jul 2006 07:00:00 +0300
ބުކަރ އިނާމަށް '' ބޮޑެތި ނަންތަކެއް'' ވާދަކުރަނީ. http://www.kavaasaa.com/adhab/dhuniyege-adhab/booker-inaam-2005.html http://www.kavaasaa.com/adhab/dhuniyege-adhab/booker-inaam-2005.html

booker2005އަދަބީ ޚިޔާލީ ވާހަކަ (ލިޓްރަރީ ފިކްޝަން) އަށް ދެވޭ އެންމެ ޝަރަފްވެރި އެއް އިނާމް ކަމަށްވާ ބުކަރ ޢިނާމުގެ ދިގު ލިސްޓް މިހާރު ވަނީ އިއުލާނު ކޮށްފައެވެ. ދިގު ލިސްޓްގައި މިފަހަރު ހިމެނެނީ ސަތާރަ ލިޔުންތެރިއެކެވެ. ލިސްޓްގައިވާ އަދަބީ ލިޔުންތެރިންނަށް ބަލާއިރު އިގިރޭސި އަދަބުގައި އެންމެ ނަގާކިޔާ ގިނަ ލިޔުން ތެރިން މިފަހަރު ޢިނާމަށް ވާދަކުރާ ކަން ފާހަގަ ކުރެވެއެވެ.

ޢިނާމަށް ވާދަކުރާ ލިޔުންތެރިންގެ ތެރޭގައި، ފަންސާސް ހާސް ޕައުންޑްގެ އަގުހުރި މި އިނާމް، ކުރިން މިލްކު ކޮށްފައިވާ ހަތަރު ލިޔުންތެރިޔެއް ހިމެނެއެވެ.

]]>
aliismail@kavaasaa.com (ޢަލީ އިސްމާޢީލް) ދުނިޔޭގެ އަދަބިއްޔާތު Sat, 03 Sep 2005 07:00:00 +0300
ޞައްދާމު ލިޔުންތެރިޔެއްގެ ގޮތުގައި ހަމަ ސުމެއް!؟ http://www.kavaasaa.com/adhab/dhuniyege-adhab/maa-bandu-dhuvasvaru-dhimava-udhagoo-nidheega-guguri-dhemun-111.html http://www.kavaasaa.com/adhab/dhuniyege-adhab/maa-bandu-dhuvasvaru-dhimava-udhagoo-nidheega-guguri-dhemun-111.html

saddam_foi

ޞައްދާމް ޙުސައިންގެ އައު ނާވިލު އުރުދުންގައި ޝާއިޢު ނުކުރާގޮތަށް މިހާރު ހަމަޖައްސައިފި ކަމަށްވެއެވެ. އުރުދުން ސަރުކާރުގެ ޗާޕްކޮށް ޝާއިޢު ކުރުމާބެހޭ އިދާރާއިން އުރުދުންގައި މިފޮތް މަނާކުރީ މިފޮތުގެ ބާވަތުން، އުރުދުން އާއި ޢިރާޤު ގެ ގުޅުމަށް ނުރަނގަޅު އަސަރުތަކެއް ކޮއްފާނެތީ ކަމަށްވެއެވެ. އަނެއްކޮޅުން ފޮތް ޝާއިޢުކުރަން ގަސްތުކުރި ފަރާތުން ބުނަނީ އުރުދުންގައި ޝާއިޢު ނުކުރެވޭނަމަ އުރުދުނުން ބޭރުގައި ނަމަވެސް ފޮތް ޝާޢިއުކުރާނެކަމަށެވެ. އަދި ޢަރަބި ދުނިޔޭގެ ކިޔުންތެރިންނާ ހަމައަށް ފޮތް ގެނެސްދޭނެކަމަށެވެ

]]>
aliismail@kavaasaa.com (ޢަލީ އިސްމާޢީލް) ދުނިޔޭގެ އަދަބިއްޔާތު Thu, 02 Jun 2005 23:04:00 +0300
ހާވެލް އެބުރި އަދަބިއްޔާތުގެ ތެރެއަށް ވަންނަނީ http://www.kavaasaa.com/adhab/dhuniyege-adhab/vaclav-havel.html http://www.kavaasaa.com/adhab/dhuniyege-adhab/vaclav-havel.html

vaclav_havelޗެކްރިޕަބްލިކްގެ ކުރީގެ ރައީސް އަދި ތަމްސީލު ލިޔުންތެރިޔާ ވަކްލާވް ހާވެލް އޭނާގެ މަޑުޖައްސަވާލައްވާފައިވާ، އަދަބީ މަސައްކަތްތައް ކުރިއަށް ގެންދެވުމާމެދު ވިސްނަވަމުން ގެންދަވާ ާކަމަށްވެއެވެ. މީގެ ސޯޅަ އަހަރުކުރިން ޗެކޮސްލަވާކިޔާގައި ހިގާދިޔަ ''ވެލްވެޓް އިންޤިލާބް''ގެ އިސްމޭސްތިރިއެއްގެގޮތުގައި ހާވެލް ހުންނެވި އިރު އޭނާއަކީ ޗެކޮސްލަވާކިޔާގެ މަޝްހޫރު ތަމްސީލް ލިޔުންތެރިޔެކެވެ. ހާވެލްވަނީ ތަމްސީލުގެ އިތުރަށް ފޮތާއި ސިޔާސީ މަޒުމޫން ލިޔުއްވާފައެވެ.

]]>
aliismail@kavaasaa.com (ޢަލީ އިސްމާޢީލް ) ދުނިޔޭގެ އަދަބިއްޔާތު Sun, 10 Apr 2005 14:06:15 +0200
އެމެރިކާގެ ލިޔުންތެރިޔާ އާޘަރ މިލަރ ގެ ޙަޔާތަށް ނިމުމުގެ ފަރުދާ http://www.kavaasaa.com/adhab/dhuniyege-adhab/arthur-miller.html http://www.kavaasaa.com/adhab/dhuniyege-adhab/arthur-miller.html

arthur-millerފެބުރުއަރީ 11 ވިލުނުރޭ، އެމެރިކާގެ މަސްރަޙު ތަމްސީލު ލިޔުންތެރިޔާ، އާޘަރ މިލަރ، އޭނާގެ ޢުމުރުން 89 އަހަރުގައި ދުނިޔެ ދޫކޮށްފިއެވެ. މިލަރ ނިޔާވީ ކެންސަރު ބައްޔާއި، ފުއްޕާމޭ ދުޅަވުމާއި، ހިތުގެ މައްސަލަތަކަކާ ހަނގުރާމަކުރަމުން ދަނިކޮށެވެ.

ނިޔާވުމުގެ ކުރިން ޙަޔާތުގެ އެންމެ ފަހު ވަގުތުތައް އޭނާ ހޭދަކޮށްފައިވަނީ ޞިއްޙީގޮތުން ވަރަށް ނާޒުކު ފައްތަރެއްގައި އޮއްވައެވެ.

]]>
adamfayaz@kavaasaa.com (ތަރުޖަމާ: އާދަމް ފަޔާޒް މުޙައްމަދު) ދުނިޔޭގެ އަދަބިއްޔާތު Mon, 14 Feb 2005 03:06:39 +0200
ކީރިތިރަސޫލާގެ އަބުރުފުޅާ ބެހި، ނެރެފައިވާ ފޮތަކާއި އިދިކޮޅަށް އެތައް ހާސް މުސްލިމުންނެއް. http://www.kavaasaa.com/adhab/dhuniyege-adhab/rasoolage-aburufulhaa-behunue-foi.html http://www.kavaasaa.com/adhab/dhuniyege-adhab/rasoolage-aburufulhaa-behunue-foi.html

rasoolage-aburufulhaa-behunue-foiއެމެރިކާގެ ފޮތް ޝާއިޢުކުރާ ފަރާތެއް ކަމުގައިވާ''އެމޭޒަން.ކޮމް" އިން އިޝްތިހާރުކޮށް، ވިއްކައި، ފަތުރަމުންގެންދާ ފޮތެއް ކަމުގައިވާ "ޕްރޮފެޓް އޮފް ޑޫމް" ނުވަތަ "ހަލާކުގެ ނަބިއްޔާ" އާ އިދިކޮޅަށް ގާތްގަނޑަކަށް، 811 ހާސް މުސްލިމުން، ވަރަށް ވަރުގަދަ ޙަމަލާއެއް، އިންޓަނެޓުގައި ފަށައިފިއެވެ. ކްރައިގް ޥިން ނަމަކަށް ކިޔާ މީހަކު ލިޔުނު މި ފޮތުގައި، މުސްލިމުންގެ އެންމެ ފަހުގެ ނަބިއްޔާގެ ޠާހިރު ސީރަތުފުޅަށް އަރައިގަނެ، އެކަލޭގެފާނަކީ "ޣައިރު މުސްލިމުން މެރުމުގެ ޘަޤާފަތު ފަތުރުއްވައި، ނިރުމަޅަ (ޓެރަރިޒަމް) އަށް ހިތްވަރުދެއްވާ ބޭކަލެއް" ކަމުގައި ތުހުމަތުކޮށްފައިވެއެވެ.

]]>
adamfayaz@kavaasaa.com (ތަރުޖަމާ: އާދަމް ފަޔާޒް މުޙައްމަދު) ދުނިޔޭގެ އަދަބިއްޔާތު Mon, 17 Jan 2005 03:06:39 +0200
އަލްފްރީޑް ޖެލިނިކާއެކު... http://www.kavaasaa.com/adhab/dhuniyege-adhab/jelinek.html http://www.kavaasaa.com/adhab/dhuniyege-adhab/jelinek.html

jelinekއަލްފްރީޑް ޖެލިނިކް އަކީ އަދަބިއްޔާތުގެ ރޮނގުން ދެވޭ ޝަރަފުވެރި އިނާމު، ނޯބެލް ޕްރައިޒް މިއަހަރު ލިބޭ ފަރާތެވެ. އޮސްޓްރިއާގެ ރައްޔިތެއް ކަމަށްވާ ޖެލިނިކް އަކީ ވާހަކައާއި ތަމްސީލު ލިޔުންތެރިއެކެވެ. ޖެލިނިކް ލިޔެފައިވާ އެންމެ މަޝްހޫރު ފޮތަކީ "ދަ ޕިއާނޯ ޓީޗާރ" އެވެ. މިފޮތަށް ބިނާކޮށް މައިކަލް ހެނިކް ވަނީ 2001 ވަނަ އަހަރު ފިލްމެއް ހަދާފައެވެ. އިނާމު ލިބޭތީ އުފަލާއި ހައިރާންކަންމަތީ ހުރި ޖެލިނިކަކީ މި އިނާމު ލިބޭ ދިހަވަނަ އަންހެން ލިޔުންތެރިޔާއެވެ.

]]>
aliismail@kavaasaa.com (ޢަލީ އިސްމާޢީލް) ދުނިޔޭގެ އަދަބިއްޔާތު Sat, 16 Oct 2004 14:38:21 +0200