އަންގާރަ20181113

އާކުރެވުނީ: 08:43:52

Back ކަވާސާ އަދަބާއިޘަޤާފަތް އަދަބާއިޘަޤާފަތުގެ ބައިތައް ދުނިޔޭގެ އަދަބިއްޔާތު އެމެރިކާގެ ލިޔުންތެރިޔާ އާޘަރ މިލަރ ގެ ޙަޔާތަށް ނިމުމުގެ ފަރުދާ

އެމެރިކާގެ ލިޔުންތެރިޔާ އާޘަރ މިލަރ ގެ ޙަޔާތަށް ނިމުމުގެ ފަރުދާ

arthur-millerފެބުރުއަރީ 11 ވިލުނުރޭ، އެމެރިކާގެ މަސްރަޙު ތަމްސީލު ލިޔުންތެރިޔާ، އާޘަރ މިލަރ، އޭނާގެ ޢުމުރުން 89 އަހަރުގައި ދުނިޔެ ދޫކޮށްފިއެވެ. މިލަރ ނިޔާވީ ކެންސަރު ބައްޔާއި، ފުއްޕާމޭ ދުޅަވުމާއި، ހިތުގެ މައްސަލަތަކަކާ ހަނގުރާމަކުރަމުން ދަނިކޮށެވެ.

ނިޔާވުމުގެ ކުރިން ޙަޔާތުގެ އެންމެ ފަހު ވަގުތުތައް އޭނާ ހޭދަކޮށްފައިވަނީ ޞިއްޙީގޮތުން ވަރަށް ނާޒުކު ފައްތަރެއްގައި އޮއްވައެވެ.

އޭނާގެ ތިމާގެ މީހުން މި ދުވަސްތަކުގައި ދަންފަޅި ބަހައިގެން، އޭނާއަށް ޒިޔާރަތްކުރަމުން ދިޔައެވެ. އޭގެ ތެރޭގައި ދަރިފުޅު، ރެބެކާ އާއި ކާފަދަރިން ހިމެނެއެވެ. ރެބޭކާ އަކީ ތަމްސީލުކުޅުންތެރިޔާ، ޑެނިއަލް ޑޭ ލުވިސް ގެ އަންހެނުންނެވެ. މި އެންމެން ގެ އިތުރުން، އާޘަރ އަށް ވުރެ 55 އަހަރު ހަގު އޭނާ ގެ ލޯބިވެރިޔާ، ކުރެހުންތެރިޔާ އެގްނިސް ބާރލޭ ހިމެނެއެވެ.

ކެންސަރަށް ފަރުވާދޭ ތަނެއްކަމުގައިވާ "މެމޯރިއަލް ސުލޯން ކޭޓަރިންގ" އިން މިލާރ ވަނީ މީގެ ދެތިން ހަފުތާ ކުރިން ދޫކޮށްލާފައެވެ. އަދި އޭނާ ގެ އެދުމުގެ މަތީން، ކަނެކްޓިކަޓް އިސްޓޭޓުގެ ރޮކްސްބަރީ އޭ ކިޔާ ސަރަޙައްދުގައި ހުންނަ މިލާރ ގެ އަމިއްލަ ބުސްތާނަކަށް އޭނާ ބަދަލުކުރެވުނެވެ. އަށާރަވަނަ ޤަރުނަށް ނިޞްބަތްވާ މި ބުސްތާނަކީ، ހޮލީވުޑް ގައި ރީތިކަމަށް މަޝްހޫރުވި ތަރި، މާރލިން މޮންރޯ އާ ކާވެނިކޮށް، 1958 ގައި އޭނާ ގަތް ތަނެކެވެ.

މިލާރ ގެ އެންމެ ފާހަގަކޮށްލެވޭ ތަމްސީލުތަކު ތެރޭގައި "އޯލް މައި ސަންސް" (1947) އާއި އޭނާ އަށް ބައިނަލްއަޤުވާމީ މަޝްހޫރުކަމެއް ގެނެސްދީ އެމެރިކާގެ ޒަމާނީ މަސްރަޙީ ދުނިޔޭގައި، ކުރިހޯދާފައިވާ "ޑެޘް އޮފް ސޭލްސްމޭން" (1949) އާއި، "ޛަ މިސްފިޓްސް" (1961) ހިމެނެއެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.