އާދީއްތަ20181111

އާކުރެވުނީ: 08:43:52

އަދަބާއިޘަޤާފަތް

އިންސާފު

insaafރަހުމަތްތެރިއާގެ ފުށުން ފެނުނު ނުރަނގަޅު ކަންތަކުގެ ވާހަކަ ދައްކައިފިނަމަ، އަދި ދުޝްމަނުގެ ފުށުން ފެނުނު ރަނގަޅު ކަންތަކުގެ ވާހަކަ ދައްކައިފިނަމަ، މީހުން ކަލޭ ގުނާނީ އެކިފަހަރު އެކި ކުލަޖެހޭ މީހުންގެތެރޭގައެވެ. ބުނާނީ ދެ މޫނު ހުންނަ މީހެކޭއެވެ. އިއްޔެ އެއްޗެހިކީ މީހަކަށް މިއަދު މަދަހައާއި ސަނާ ކިޔަނީއޭ ބުނާނެއެވެ. އެއްގަޑީގައި ސަނާކީމީހަކަށް އަނެއް ގަޑީގައި އެއްޗެހި ކިޔަނީއޭ ބުނާނެއެވެ. މީހުން ބުނާނީ ކަލޭ ހިތުގައި ނުވާ އެއްޗެއް ބޭރުފުށުން ދައްކަނީއޭއެވެ. އަދި ކަލޭ ހިތުގައި ވަނީ ބޭރުފުށުން ދައްކާ އެއްޗެއް ނޫނޭއެވެ.



އިންސާނުންނާއި ޖަނަވާރު، މުވާޞަލާތުކުރުމުގައި ހުރި ބައެއް އެއްގޮތް ކަންތަތައް

insaanunnai-janavaru-ޖަނަވާރުން މުވާޞަލާތުކުރުމުގައި އިންސާނުންގެ މުވާޞަލާތުކުރުމާ އެއްގޮތްވާ މައިގަނޑު ސަބަބކީ އިންސާނުން ޖަނަވާރުންނަށް ދަސްކޮށްދޭ ހުނަރުކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ. އެއީ، ގުރާ، މައިނާފަދަ ތަކެއްޗަށް އިންސާނުން ބުނެއުޅޭ ކުރު ލަފުޒު ބުނުމުގެ ޤާބިލުކަން ލިބިފައިވާތީ ހީވާ ހީވުމެއް ކަމަށް ވެދާނެއެވެ.  ބައެއް ބަހަވީ ޢިލަމްވެރިން(ލިންގުއިސްޓުން) މިކަމަށް ބުރަވެ ތަފާތު އެތަށް ވާހަކަތަކެއް ދައްކާފައިވެއެވެ.



ދަންތުރަ

dhanthuraތަނަކީ މާލޭގެ ލޯކަލް މާރުކޭޓު ސަރަހައްދެވެ. ބަނޑުހައި ހޫނުކަމުގެ ހާންތީގައި ދުވާރުމަތީގައި އޮށޯވެލައިގެން އޮތީ ހިރިލާނެވަރުވެސް ނެތީމައެވެ. ކައިރީގައި ތިބި ކުޑަކުޑަ ތިން ކުދިން ރޮއި ހޭރެނީއެވެ. އެކަމަކު އެއިން ކުއްޖަކާ އަޅާލާނެހާ ހިތްވަރެއްވެސް ނެތެވެ. ވަށައިގެން ކޮޅުކޮޅަށް މީހުން ހިނގައި ބިނގައި ހަރަކާތްތެރި ވަމުން ދެއެވެ. ބައެއްފަހަރާ ގައިގައި އަޅައިގެންފައިވެސް ދެއެވެ. އެކަމަކު ބަލައިވެސް ނުލައެވެ. ކުދިންކޮޅު މަސަލަސް ކުރެވޭތޯ ކާ އެއްޗަކަށް އެދި އަތް ދިއްކޮށްލުމުން ފެންނަކަމަށް ހަދާ މީހަކުވެސްނެތެވެ.



ޕޮލައިޓްނަސް ތިއަރީ ނުވަތަ އަދަބު އިޙްތިރާމްގެ ޤަވާޢިދު

adhab-ihthiraamuge-qavaaidhuޕޮލައިޓްނަސް ޕްރިންސިޕަލްގެ ދެވަނަ މެކްސީމް ( ފުރުޞަތު ދޭށެވެ.) އަށް ތަބަޢަވުމަށްޓަކައި އެދޭ އެދުމާއި ކުރާ އަމުރާއި އާދޭސް ފަދަ ސްޕީޗް އެކްޓްތައް ސުވާލެއްގެ ސިފައިގައި ޢިބާރާތްކުރެއެވެ. މިސާލަކަށް "ފެންފޮދެއް ގެނެސް ދީފާނަންތަ؟" މި ބުނުމަކީ 'ފެންފޮދެއް ގެނެސްދީބަލަ!' މި އަމުރު ސުވާލެއްގެ ގޮތުގައި ޢިބާރާތްކޮށްގެން ޕަރފޯމް ކޮށްފައިވާ ސްޕީޗްއެކްޓެކެވެ. މިގޮތަށް އަމުރު ސުވާލަކަށް ބަދަލުކުރުމުން އެކަންކޮށްދިނުމުގެ ފުރުޞަތުވެސް އަދި އެކަން ކޮށްނުދީ އެކަމަށް އިންކާރު ކުރުމުގެ ފުރުޞަތުވެސް އެ ބުނުން ރައްދުވާ ފަރާތަށް އެވަނީ ލިބިދީފައެވެ. މިގޮތުން އެފަރާތަށް ކުރަންޖެހޭ އަދަބު އިހްތިރާމް ކޮށްގެނެވެ.



ވާހަކަދެއްކުމުގެ ނިޢުމަތް

vaahak-dhekkumuge-niumaބަހަކީ، އިންސާނުންނަށް ލިބިފައިވާ އަގުބޮޑު ނިޢުމަތެކެވެ. މުވާޞަލާތުކުރުމަށް ބޭނުންކުރާ ވަޞީލަތްތަކުން އެންމެ ބާރުގަދަ ވަޞީލަތްވެސް މެއެވެ. އިންސާނުންނާއި ހައިވާނުންގެ ފަރަޤު ވަކިކޮށްދިން އިންފާރުވެސް މެއެވެ. މި މަތިވެރި ނިޢުމަތުގެ ޙަޤީޤަތް ދެނެގަތުމަށް ބަހަވީ ޢިލްމުވެރިން (ލިންގުއިސްޓުން) ތަފާތު އެތައް ދިރާސާތަކެއްކޮށް ބަހުސްތައް އުފައްދަމުން ދެއެވެ. "ބަސް" އުފެދުނު ގޮތް ހޯދުމަށެވެ.  އެންމެ ފުރަތަމަ ވާހަކަދެއްކުމަށް ބޭނުންކުރި ބަސް ހޯދުމަށެވެ. ބަހުގެ މުހިންމު ސިފަތައް ދެނެގަތުމަށެވެ.



ރޮބިންސަނާއެކު ހަވީރުކުރުން

edwinއެމެރިކާގެ އަދަބީ ތާރީޚްދުށް އެންމެ ރީތިކޮށް ޅެންހެދި ޅެންވެރިންގެ ތެރޭގައި ހިމެނޭ ޅެންވެރިއެކެވެ. ރޮބިންސަން އުފަންވީ 1889ވަނަ އަހަރުގެ ޑިސެމްބަރ 22 ވަނަދުވަހު އެމެރިކާގެ މޭއިންގެ ހެޑްޓައިޑް ގައެވެ. ބައްޕައަކީ އެޑްވަރޑް ރޮބިންސަނެވެ. މަންމައަކީ އެލިޒަބަތު ޕާލްމަރ އެވެ. ޅަފުރާގެ ދުވަސްތަކާއި ފުރާ އުމުރު ހޭދަކޮށްފައިވަނީ ގާރޑިނާރ ކިޔާ ޓައުނެއްގައެވެ.

ރޮބިންސަންގެ ބައްޕައަކީ ލަކުޑީގެ ވިޔަފާރިވެރިއެއް ނަމަވެސް، ރޮބިންސަނާއި އޭނާގެ ބޭބެމެން ދިރިއުޅެމުން ގެންދިޔައީ ވަރަށް އާދައިގެ ދިރިއުޅުމެކެވެ.



ޑިމީ.. އަލަތު ލޯބި...

demiމަސައްކަތު ބައްދަލުވުމުގެ ދައުރުތަކުގެ ތެރެއިން ދައުރެއް ދެންމެ ހަމަ ނިމުނީއެވެ. މެންދުރު ނަމާދު ވަގުތު ޖެހެން ބާކީ އޮތީ ފަނަރަވަރަކަށް މިނިޓެވެ. ކޮފީއެއް ބޯލަން ދާން، އަހަރެން އޭނާއަށް ޚިޔާލު ހުށައެޅީމެވެ. ލިބިފައިވާ ވަރުބަލިކަމަށް ކުޑަ ލުޔެއް ހޯދާލުމުގެ ގޮތުންނެވެ. އެ ޚިޔާލު އޭނާއަށް ވެސް ކަމުދިޔައެވެ. ހޮޓަލުގައި ހުންނަ ކޮފީޝޮޕާ ދިމާއަށް އަހަރެމެން ހިނގައިގަތީމެވެ.

ކޮފީޝޮޕްގެ ކަނެއްގައި ހުރި މޭޒެއް ކައިރީ އަހަރެމެން އިށީނީމެވެ. މޭޒު ހުރީ ހިމޭން އެކަހެރި ހިސާބެއްގައެވެ.



ރަބިންދްރަނާތު ޓޭގޯރް

tagoreރަބިންދްރަނާތު ޓޭގޯރް އަކީ ދުނިޔޭގެ އެންމެ މޮޅެތި ޅެންވެރިންގެ ތެރޭގައި ހިމެނޭ ޅެންވެރިއެކެވެ. އޭނާ އަކީ އަދަބިއްޔާތުގެ ރޮނގުން ނޯބެލް އިނާމު އެންމެ ފުރަތަމަ ޙާޞިލްކުރެއްވި އޭޝިޔާ ބައްރަށް ނިސްބަތްވާ ޅެންވެރިޔާވެސް މެއެވެ. މި އިނާމް އޭނާއަށް ލިބިލެއްވީ އޭނާގެ ޅެންފޮތް ''ގީތަންޖަލީ'' އަށް 1913 ވަނަ އަހަރުއެވެ. އިންޑިޔާގެ ބެންގޯލް އަށް އުފަން ޓޯގޯރަކީ، ޅެންވެރިއެއްގެ އިތުރުން ނާވިލު ލިޔުންތެރިއެކެވެ. އަދި ތަޢުލީމީ ދާއިރާގެ ތަޖުރިބާކާރެއްވެސް މެއެވެ. ރަބިންދުރަނާތު ޓޭގޯރަކީ އިންޑިޔާ އާއި ބަނގުލާދޭޝްގެ ޤައުމީ ސަލާމް ހެއްދެވި ޅެންވެރިޔާވެސް މެއެވެ. ޓޭގޯރްގެ މޮޅެތި ލިޔުއްވުންތައް ހުރީ ބެންގާލީ ބަހުންނެވެ.



ދިރިއުޅުން

dhiriulhun

ހިތަށް އެހާ ތަދުވަނީ ފަހެ ކީއްވެބާއެވެ؟

މަޑު ބީހިލުމަކުން ކަލާ ފަނާވެ ދަނީ ފަހެ ކީއްވެބާއެވެ؟

ޙައްޤުގައި ހުރީ ކަލާކަން އެނގޭއިރުވެސް،

ޖަދަލުގައި ކަލާ ނާކާމިޔާބުވަނީ ދެން ކީއްވެބާއެވެ؟



'ރާ' ގެ ޙުކުމް

raage-hukum"ރ" ގެ އަޑަކީ ދިވެހި ބަހުގައި ވަރަށް ގިނައިން އިވޭ، އަދި ވަރަށް ނުފޫޒުގަދަ އަޑެކެވެ. ދިވެހި ބަހުން ރަނގަޅަށް ވާހަކަދައްކާ އިރު، ވަންހަނާ ނުކޮށް، ސާބިތުކަމާ އެކު އަދާކުރެވޭ ގަދަ އަކުރުތަކު ތެރޭގައި މި އަކުރު ހިމެނެއެވެ. އަދި ދިވެހިބަހުން ވާހަކަދެއްކުމުގައި ނުކުޅެދުންތެރިކަމެއް ހުރި މީހަކަށް މިއީ ކިޔަން އުނދަގޫ އަކުރެކެވެ. އެގޮތުން އަލަށް ވާހަކަދައްކަން ފަށާ ކުޑަކުދީންނަށް ނުބައިކޮށް ކިޔޭ އެއް އަކުރަކީ މިއެވެ. ބޮޑު މީހަކު ކުޑަކުއްޖަކާ އެއްފަދައިން ޅަވެގެން ވާހަކަދައްކާ ނަމަ މި އަކުރު ލާމަކަށް ހަދާލައިގެން ކިޔައެވެ. މާނައަކީ ދިވެހި ބަހުން ރަނގަޅަށް މީހަކަށް ވާހަކަދައްކައި ގަނެވެން ފެށެނީ ރާ ގެ އަޑު ކިޔަންވާ ގޮތަށް ކިޔަން ފަށާ ހިސާބުންނެވެ. ވީމާ މިއީ ދިވެއްސެއްގެ ދޫ ބާލިޣްވެއްޖެކަމުގެ އެއް ޢަލާމާތެވެ.



މޯލު-ޑިވުސް

maolu_divesސިޔާސީ ބައެއް ފަރާތްތަކުން، ބޭރުގެ ނުފޫޒު ދިވެހިންގެ ކަންކަމުގެ ތެރެއަށް ވައްދަން އުޅޭ އުޅުން، މިއީ ވަރަށް ހިތާމަހުރި ކަމެކެވެ. ދިވެހިރާއްޖޭގެ ކަންކަމުގައި ބޭރުގެ ފަރާތްތަކަށް ގޮތްކިޔުމުގެ ޙައްޤެއް ނެތޭ ދިވެހި ސަރުކާރުން ބުނިކަމުގައި ވިޔަސް، ޚުދު ސަރުކާރު ވެސް ދިވެހިންގެ ކަންކަމު ތެރެއަށް ބޭރު މީހުން ވައްދައެވެ. އަދި، އެހެންނަމަވެސް ސަރުކާރުން އެހެން ބުނީތީ، ނުވަތަ މައުމޫން އެހެން ވިދާޅުވީތީ، އަނެއްބަޔަކު ރާއްޖޭގެ ޚާރިޖީ ސިޔާސަތާއި މެދު ކަންބޮޑުވާކަން ފާޅުކޮށްފިއެވެ.



އަދަބީ ތަރިކަ ދިރުވުން ހުށި!

adabee-tharika-dhuruvunމި މައުޟޫޢުގެ މުހިއްމުކަމާއި އެކުވެސް، ކަމުގެ ބޮޑުކަން ހިތަށް އަރައި، ނިކަމެތި އަޅުގަނޑުގެ ވިސްނުމުގެ ކޮށިކަމާއި މި ފަހަރު މި ލިޔަން ޤަސްތުކުޅަ އުސްލޫބަށް އަޅުގަނޑު ނުފަރިތަކަމުގެ މައްޗަށް ސަހަރޯ ހީވެ، މިގޮތުގައި ހިމޭނުން އިނދެވޭތާ ދުވަސްގަނޑެއް ވުމަށް ފަހު، މާތް ދޭވަތާއިން އަޅުގެ ހިތް މިކަމަށް ޖައްސަވައި ތައުފީޤު ދެއްވައިފި ހިނދު، އެކަލާނގެ ކަށަކުޅަދުންވަންތަކަމާއި ރަޙްމަތްވަންތަކަން ހިތް މައްޗަށް ގެނެސް، އެކަލާނގެއަށް ޙަމްދާއި ޝުކުރު ކުރާ ޙާލު، މިކަމަށް އަޅު ފަށައިގަންނަމެވެ.



ޒިންމާދާރުވުމަށާއި އަމިއްލަވަންތަކަމަށް، ތިބާ ފަހެ ލޯތްބެއް ނުކުރައްވަމުތޯއެވެ؟

amilla-vantha-kamai-loabi-nukuranމިއީ، މަޢުލޫމާތު ބަދަލުކުރުމުގެ ރަން ޒަމާނެވެ. ތަފާތު ޥަޞީލަތްތައް މެދުވެރިކޮށް މަޢުލޫމާތު ފެތުރުމުގެ ދޮރު ހުޅުވިފައިވާއިރު، އެތައް ބަޔަކު ދަނީ، މިދެންނެވި ދޮރުން ލިޔުންތެރިކަމުގެ ތެރެއަށް ވަންނަމުންނެވެ. ނޫސް މަޖައްލާތަކަށް، ނުވަތަ އިންޓަނެޓް މަޖައްލާތަކަށް، ނުވަތަ ވެބްސައިޓްތަކަށް ލިޔަމުންނެވެ. ނުވަތަ އަމިއްލަ ބްލޮގްތައް ހަދައި، ލިޔުންތައް ޝާޢިއުކުރަމުންނެވެ. މިއީ ހަމަ ވަރަށް ރަނގަޅު ކަމެކެވެ. ތަނެއްގައި ލިޔުންތެރިކަން ކުރިއަރައި ދިޔުމަކީ، އެ ތަނެއް ތަހުޒީބުވާކަމުގެ އަލާމާތެކެވެ. ފިކުރީ އިންޤިލާބެއްގެ ފެށުމެވެ. ވިއަވަތި ޙަޟާރާތެއް ބިނާކުރުމަށް އެޅޭ ބިންގަލެވެ. އަރުތައަށް ލޯބިކުރާ ހުނަރުވެރި ފަންނުވެރީން އުފެދޭ ކަމުގެ ނިޝާނެކެވެ.



ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.