Back ކަވާސާ ޢާއިލާ ޢާއިލާގެ ބައިތައް ކުޑަކުދިންގެ ނަން ފިރިހެން ޛ - ذ

ޛ - ذ

އ   ބ   ތ   ޘ   ޖ   ޙ   ޚ   ދ   ޛ   ރ   ޒ   ސ   ޝ   ޞ   ޟ   ޠ   ޡ   ޢ   ޣ   ފ   ޤ   ކ   ލ   މ   ނ   ހ   ވ   ޔ

ޛާއިދް : ދިފާޢުކުރާ މީހާ / ޙިމާޔަތްކުރާ މީހާ

ޛާޚިރް : ބޭނުންޖެހޭވަގުތަށް ފަހަށް ރައްކާކުރާމީހާ

ޛާކިރް : ހަނދާންނުނެތޭފަދައިން ގަދައަށް ހަނދާން ބަހައްޓާ މީހާ / ހަނދާންކުރާ މީހާ/ ހަނދާންހުންނަ މީހާ

ޛާއިޤް : ކަންކަމުގައި ރަހަ ރަނގަޅު މީހާ / ރަހަބަލާ މީހާ

ޛަޚްރާން : ނަޞޭޙަތްދޭ މީހާ / ފަލަ

ޛަކްވާން : ވިސްނުންތޫނު މީހާ / ބުއްދިވެރިޔާ

ޛަކީ : ވިސްނުންތޫނު މީހާ / ބުއްދިވެރިޔާ

ޛިމާމް : ޢަހްދު / ކަންކަމުގެ ފެށުން

ޛަހީން : ބުއްދިވެރިއާ ، ވިސްނުންތެރިއާ ، ތޫނުފިލިމީހާ

ޛިހްނީ : ޛިހްނު އަށް ނިސްބަތްކޮށް: މާނައަކީ ބުއްދިވެރިއާ ، ވިސްނުންތެރިއާ

ޛުލްފިޤާރް : ކީރިތި ރަސޫލާ –ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެންގުޅުއްވި ކަނޑިކޮޅެއް،، އަދި ފަހުން މި ކަނޑިކޮޅު އޮތީ ޢަލީގެފާނުގެ އަތްޕުޅުގައި

ޛުލްކިފްލު : ނަބީބޭކަލެއް ނުވަތަ ޞާލިޙްބޭކަލެއް

ޛުއްނޫން: ޔޫނުސްގެފާނުގެ ލަޤަބުފުޅެއް

ޛުއްނޫރައިން: ޢުޘްމާނުގެފާނުގެ ލަޤަބުފުޅެއް. އެކަލޭގެފާނަށް މިހެން ކިއުނީ، ކީރިތި ރަސޫލާގެ ދެ ދަރިކަނބަލުންނާ –ރުޤިއްޔާ، އުއްމުކުލްޘޫމް- ކައިވެނިބައްލަވައިގަތީމާ

 

Comments