Back ކަވާސާ ޢާއިލާ ޢާއިލާގެ ބައިތައް ކުޑަކުދިންގެ ނަން ފިރިހެން ޠ - ط

ޠ - ط

އ   ބ   ތ   ޘ   ޖ   ޙ   ޚ   ދ   ޛ   ރ   ޒ   ސ   ޝ   ޞ   ޟ   ޠ   ޡ   ޢ   ޣ   ފ   ޤ   ކ   ލ   މ   ނ   ހ   ވ   ޔ

ޠާއިޢް : ކިޔަމަންތެރިޔާ

ޠާރިޤް : ފަތިހުގެ ތަރި / ރޭގަނޑު އަންނަ ކޮންމެ އެއްޗެއް، މީހެއް/  ވިދާ ތަރި

ޠާލިބް : އެއްޗަކަށް ނުވަތަ ކަމަކަށް އެދޭ މީހާ / ކިޔަވާ ކުއްޖާ

ޠާލިޢް : ފަޅިހަނދު

ޠައްޔިބް : ރަނގަޅު، މޮޅު /  ޙަލާލް / މީރު

ޠާމިޙް : ކަމަކަށް އުއްމީދުކުރާ މީހާ ( ޚާއްސަ ކޮށް އުނދަގޫ ކަންކަމަށް )

ޠާހިރް : ޠާހިރު / ސާފު / ދަށް ކަންތަކުން ދުރުވެ ހުންނަ މީހާ

ޠަލާލް : ތުނިވާރޭ / އުސްތަން / ރީތި / ކިރު

ޠަވީލް : ދިގު

ޠުފައިލް : ކުޑަކުޑަ ކުއްޖާ / އޮމާން

ޠަމްޙާން : އުސް / އުއްމީދުކުރާ ދެމީހުން

ޠާހާ : މިއީ ޠާހާ ސޫރަތް ފެއްޓިފައިވާ ވަކިވަކި އަކުރުތައް، އަދި މިއީ ކީރިތި ރަސޫލާގެ ނަންފުޅެއް ކަމަށް ހީކޮށް މުސްލިމުން، ކުދިންނަށް ކިޔަންފެށި ނަމެއް. ނަމަވެސް މިއީ ސާބިތު ކަމެއް ނޫން

ޠަލްޙާ : ބޮޑު ބިޔަ ގަސް / ކެޔޮގަހަށް ވެސް މިހެން ކިޔޭ ކަމަށް ބުނެވޭ (މާތް ދިހަ ޞަޙާބީންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޠަލްޙާ ބިން ޢުބައިދުﷲ ގެ ނަންފުޅު)

ޠަލްޢާ : މޫނު / އެއްޗަކުން ފެންނަން ހުންނަ ކޮންމެ ތަނެއް

ޠަލަޢަތު : ޠަލްޢާ ތުރުކީ ބަހުން ކިޔާ ގޮތް

 

Comments