ޖ - ج
- އިސްމާޢީލް ނާޖީ
- 07 ޖަނަވަރީ 2004
އ ބ ތ ޘ ޖ ޙ ޚ ދ ޛ ރ ޒ ސ ޝ ޞ ޟ ޠ ޡ ޢ ޣ ފ ޤ ކ ލ މ ނ ހ ވ ޔ
ޖާބިރް : އިޞްލާޙުކުރާ މީހާ / ގެއްލުން ފޫބައްދާ މީހާ
ޖާދުﷲ : ﷲ ދެއްވި ނިޢުމަތް
ޖާބަﷲ : ﷲ ގެނެސްދެއްވި ރިޒުޤު ނުވަތަ ނިޢްމަތް
ޖާދު: ދީލަތި މީހާ
ޖާޒިމް : ހުވާކޮށްފައި ހުވާ އުވާނުލާ މީހާ / ޚިޔާލުވަކި ގޮތަކަށް ކަނޑައަޅައި ނިންމާމީހާ / ވަކިގޮތަކަށް ޢަޒްމުކަނޑައަޅާ މީހާ
ޖާސިރް : ހިތްވަރުގަދަ / އެއްވެސްމީހަކުދެކެ ބިރުނުގަންނަ މީހާ
ޖާސިމް : ބޮޑު / ހަށިގަނޑު ބިޔަމީހާ
ޖާހިދް : ބުރަކަމެއްކުރާ މީހާ / ހޭލާހުންނަ މީހާ / ޖިހާދުކުރާ މީހާ
ޖާވީދް : ދެމިހުންނަ ، އަބަދަށް ދާއިމީ
ޖާވިދް : ޖާވީދް މި ބަހުގެ ފިލިފުރޮޅިފައި
ޖާޔިރް : ދުޢާކުރަމުން އަޑުއުފުލާ މީހާ
ޖަބްރް : ހިތްވަރުގަދަ / މީހުންގެ ބޭނުން ފޫބައްދައިދިނުން / މަޖްބޫރުކަން
ޖަބްރާން : ޖަބްރް ގެ މުޘައްނާ
ޖިބްރީލް : ވަޙީގެ މަލާއިކަތާ
ޖިބްރާއީލް : ޖިބްރީލް ކިޔޭ އެހެން ގޮތެއް (ޢިބްރީ)
ޖަރްވާން : ސިންގާގެ ދަރި
ޖަރީރް : އެއްޗެއް އައްސައިގެން ގެންދާ ވާފަށް
ޖަލާލް : މަތިވެރިކަން / ބާރު
ޖަލްވާން : ފާޅުކަންބޮޑު / ޙަޤީޤަތް ހާމަވާ
ޖަލީލް : މަތިވެރި ޤަދަރުވެރި / އިޙްތިރާމުލިބިގެންވާ / ރީތިމަންޒަރު
ޖަމާލް : ޗާލުކަން / ނަލަކަން
ޖުމާލް : ރީތި / ބޮލުގެ ހުދުކަންގަދަ މީހާ
ޖަމީލް : ސިފަނުވަތަ އަޚްލާޤުރީތި މީހާ / ރީތިމީހާ
ޖަނާބް : ފަރާތް / ހުސްތަން
ޖަނާޙް : ދޫނީގެ ފިޔަގަނޑު
ޖަހާން : ދުނިޔެ (ފާރިސީ)
ޖިނާން : ބަގީޗާތައް
ޖުނައިދް : ޖުންދުގެ ކުޑަގޮތް ( ޖުންދްގެ މާނައަކީ ސިފައިން )
ޖިހާދް : ޖިހާދު / ގަދައަޅައި މަސައްކަތްކުރުން
ޖަހީދް : ވަރުބަލިވެފައިވާ މީހާ
ޖަހީރް : އަޑުއުފުލާ މީހާ / ރީތި މީހާ، މޮޅު
ޖަވާދް : ދީލަތި މީހާ / ބާރަށްދުވާ މޮޅު އަސް
ޖައްވާދް : ގިނަގިނައިން ހޭދަކުރާ މީހާ
ޖޫދް : ދީލަތި
ޖައުދް : ބޯވާރޭ
ޖައުޝަން : މޭމަތި / އައްޑަނަ
ޖައުހަރް : ޖަވާހިރު / އެއްޗެއްގެ އަޞްލު
ޖައުހަރީ : ޖަވާހިރު ހަދާ މީހާ / ޖަވާހިރު ވިއްކާ މީހާ
ޖަހާންގީރު : ބޮޑު ފާތިޙު، ދުނިޔެ ފަތަޙަކުރާ މީހާ / ރަސްގެފާނު
ޖަޢްފަރް : ކީރިތި ރަސޫލާގެ ބޮޑުބޭބޭފުޅުގެ ދަރިކަލުން، ޖަޢްފަރް ބިން އަބީ ޠާލިބްގެ ނަންފުޅު / ފެން އާރު ނުވަތަ ކޯރު / ގިނައިން ކިރު ލިބޭ ޖަމަލު
ޖައިލަމް : ސާދަވިލޭރޭގެ ހަނދު
ޖުވައިދް : ޖައްޔިދުގެ ކުޑަގޮތް ( ޖައްޔިދްގެ މާނައަކީ ރަނގަޅު )