އ ބ ތ ޘ ޖ ޙ ޚ ދ ޛ ރ ޒ ސ ޝ ޞ ޟ ޠ ޡ ޢ ޣ ފ ޤ ކ ލ މ ނ ހ ވ ޔ
ބާޙިޘް : ކަންކަން ހޯދާ ބަލާ މީހާ
ބާދީ : އެއްޗެއްގެ ފުރަތަމަ / ވިސްނުންތެރި
ބާޛިޚް : ފަޚުރުވެރިޔާ / އުސްވެގެންވާ މީހާ / އުސް
ބާޛިލް : ހޭދަކުރާ މީހާ
ބާރިޙް : ސާބިތު
ބާރިޢް : އެންމެމޮޅު / ހުނަރުވެރި
ބާރިޤް : ވިދާ ބަބުޅާ
ބާސިޤް : އުސް / ރަނގަޅުކަމާއިމެދު ބޮޑަށް ވާހަކަ ދެކެވޭ މީހާ
ބާސިލް : ހިތްވަރުގަދަ މީހާ / ސިންގާ
ބާސިމް : ހިނިތުންވާ މީހާ
ބާޝިރް : އުފާކުރުވަނިވި / އުޖާލާ އުފާވެރި މޫނެއްގެ ވެރި
ބާޝިޤް : ލޯތޫނު / ބާޒުގެ ވައްތަރަކަށް ކިޔާ ނަމެއް
ބާޤިރް : ޢިލްމުގައި ފުންނާބު އުސް މީހާ / މޮޅު މީހާ
ބާޤީ : ދާއިމަށް ދެމިހުންނަ
ބާކިރް : ދުވާލުގެ އެއްމެ ކުރީކޮޅު
ބާހިރް : ކުރިއަރާފައިވާ މީހާ / މޮޅު މީހާ / ވިދާ ދިއްލިފައިވާ
ބާހީ : ރީތި، ޗާލު / ގިނަ އެއްޗިހި ދަންނަ މީހާ
ބަދްރް : ސާދަވިލޭރޭގެ ހަނދު
ބަދްރާން : ކަމެއް އަވަހަށް ނިންމާ މީހާ / ސާދަވިލޭރޭގެ ދެހަނދު
ބަދްރީ : ފިނިމޫސުމުގެ ކުރިން ވެހޭ ވާރޭ / ބަދްރަށް ނިސްބަތްކޮށް
ބަދީޢް : ޢަޖައިބުވާހާ މޮޅަށް އުފައްދާ މީހާ / ޢަޖައިބުވާހާ މޮޅު ރީތި
ބަދީލް : ބަދަލު / ދީލަތި
ބަރަކާތު : ބަރަކާތް
ބުރުހާން : ހެކި / ޙުއްޖަތް / ކަނޑައެޅިގެންވާ ދަލީލު
ބައްސާމް : ގިނައިން ހިނިތުންވާ އުފާވެރިޔާ
ބަސްމާން : އަބަދުވެސް ހިނިތުންވެފައި ހުންނަ މީހާ
ބަސްލާން : ހިތްވަރުގަދަ މީހާ
ބަސީމް : އަބަދުވެސް ހިނިތުންވާ މީހާ، އުފާވެފައި ހުންނަ މީހާ
ބަޝާރް : އުޖާލާ މޫނެއްގެވެރި މީހާ / އުފާވެރިޔާ
ބަޝީރް : އުފާވެރި ޚަބަރެއްދޭ މީހާ / އުޖާލާ ރީތިމޫނެއްގެ ވެރި
ބަޞީރް : ރަނގަޅަށް ފެންނަ މީހާ / ދުރުފެންނަ ވިސްނޭ މީހާ
ބަކްރު : ޅަ ޖަމަލު / ކުރިއަށްދާ މީހާ / ކުރީގައި ހުންނަ މީހާ
ބިލާލް : ފެން / ކަރުތެންމާ ކޮންމެ އެއްޗެއް / މާތް ޞަޙާބީއެއްގެ ނަންފުޅު
ބަނާން : އިނގިލި ނުވަތަ އިނގިލީގެ ކޮޅު / މާފޮޅިފައިވާ ބަގީޗާ
ބަންދަރް : ފައިސާގިނަ
ބަޚްތިޔާރް : ނަސީބު ރަނގަޅު (ފާރިސީ)
ބަޚްތަރު : ނަސީބު ރަނގަޅު (ފާރިސީ)
ބަހާ : ރީތި، ނަލަ / ޗާލުމަންޒަރު
ބަހިއްޔު : ސިފަރީތި ނަލަމީހާ / ވިސްނުންތޫނު
ބައިހަސް : ސިންގާގެ ނަމެއް
ބައިޟޫން :ދޮން ރީތި ކުއްޖާ