ޒ - ز
- އިސްމާޢީލް ނާޖީ
- 07 ޖަނަވަރީ 2004
އ ބ ތ ޘ ޖ ޙ ޚ ދ ޛ ރ ޒ ސ ޝ ޞ ޟ ޠ ޡ ޢ ޣ ފ ޤ ކ ލ މ ނ ހ ވ ޔ
ޒާހިދާ : ޒާހިދުމީހާ / ގިނައިން އަޅުކަންކުރާ މީހާ
ޒާހިރާ : މޫނު އުޖާލާ މީހާ / ދިއްލިފައިވާ
ޒާހިޔާ : އުޖާލާ / ވިދާބަބުޅާ / އަމިއްލަނަފްސާއިމެދު ފަޚްރުވެރިވާ މީހާ
ޒާނާ : ވައްތަރެއްގެ ގަހެއް
ޒާކިޔާ : ގިނަވެ އިތުރުވާ / މީރު / ރަނގަޅު
ޒުބައިދާ : މި ބަސް ނެގިފައިވަނީ ޒުބްދާ މި ބަހުން، ޒުބްދާ ގެ މާނައަކީ، އެއްޗެއްގެ އަރަގު(އެންމެ ރަނގަޅު އަސްލުބައި) . މީހަކަށް މި ނަން ކިއުމުން މާނައަކީ: އަސްލާއި ފަސްލު ރަނގަޅު ކުއްޖާ / ހާރޫން އައްރަޝީދް ގެ އަނބިކަނބަލުންނަށް ވެސް ކިޔަނީ ޒުބައިދާ
ޒަޢީމާ : ވެރިމީހާ
ޒަކިއްޔާ : ބަރަކާތް އިތުރު / ޠާހިރު / ޞާލިޙް / ޢިއްފަތްތެރި / މީރުވަސް ދުވާ
ޒަކާ (އ): އިތުރުވެ ގިނަވުން / ބަރަކާތް / ޠާހިރުކަން
ޒުލްފާ (ޔ) : ކައިރި ކަން / އަރިސްކަން / މަތިވެރި މަޤާމް ނުވަތަ ދަރަޖަ
ޒުލްފާ(ތ) : ރޭގަނޑުން ދަމެއް
ޒުލައިޚާ : އޮމާން / ސަމައްތަރު ހެޔޮ އަންހެނާ
ޒަލީޚާ : އަވަހަށް ހިނގައި ކުރިއަރައިދާ މީހާ
ޒަމްލާ : އަވަހަށް ހިންގާ ، ހަރަކާތް ލުއި
ޒުލާލް : މީރު ފެން
ޒުހާ : އަލިން ދިއްލުން / އަލިކަން / ރީތިކަން
ޒަހާ : އަލިން ދިއްލުން / އަލިކަން / ރީތިކަން
ޒަހްރާ(އު) : އަލި އުޖާލާ މޫނެއްގެވެރި / ދިއްލިފައިވާ / ހުދު (ފާޠިމަތުގެފާނުގެ ލަޤަބުފުޅެއް)
ޒަހްރާ : މާ / ރީތި / އުފާ
ޒުހައިރާ : ރީތި އަންހެނާ / ދޮން މީހާ
ޒުވައިލާ : ބުއްދިވެރި / ހިތްވަރުގަދަ
ޒުހްރާ : ރީތި އަންހެނާ / ދޮން މީހާ / ކުލަ ސާފު / ހުދުކަން ގަދަ
ޒުޚްރުފް : ރަން / ޒީނަތް / އެއްޗެއްގެ ރީތިކަމާއި ފުރިހަމަކަން
ޒަހްވާ : އުޖާލާ / ވިދާބަބުޅާ / އަމިއްލަނަފްސާއިމެދު ފަޚްރުވެރިވާ މީހާ
ޒަހިއްޔާ : ފަޚުރުވެރި / ފަނޑުކުލަ
ޒިޔާދާ : އިތުރުވުން، ބޮޑުވުން، ގިނަވުން
ޒަމީޢާ : އަވަސް ހަލުއި މީހާ / ހިތްވަރުގަދަ ޖެހިލުން ކުޑަ މީހާ / ޢަޒުމުގާ ފަސްނުޖެހޭ މީހާ / ޚިޔާލު ރަނގަޅު މީހާ
ޒައިނަބު : މީރުވަސްދުވާގަހެއް / ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ދަރިކަނބަލެއް. ހަމަ އެހެންމެ އަނބިކަނބަލަކަށް ވެސް މި ނަން ކިޔޭ.
ޒައިން : ރީތިކަން، ނަލަކަން
ޒޭބާ : ރީތި (ފާރިސީ)
ޒައިބާ : ޒޭބާ ކިޔޭ އެހެން ގޮތެއް.
ޒީނާ : ޒީނަތް
ޒީނަތު : ޒީނަތް / ރީތި އަންހެނާ
ޒޫނާ : ވިސްނުންތެރި ބުއްދިވެރި އަންހެނާ
ޒިންދާ : ދިރުން ހުރި (ފާރިސީ)
ޒަރީނާ : ރަން ގަހަނާ (ފާރިސީ)