ހޯމަ20201130

އާކުރެވުނީ: 08:43:52

ރ - ر

އ   ބ   ތ   ޘ   ޖ   ޙ   ޚ   ދ   ޛ   ރ   ޒ   ސ   ޝ   ޞ   ޟ   ޠ   ޡ   ޢ   ޣ   ފ   ޤ   ކ   ލ   މ   ނ   ހ   ވ   ޔ

ރައީފާ : އޯގާތެރިކަން ބޮޑު މީހާ

ރައުފާ : ރަޙްމަތް / ލޯތްބާއި އޯގާތެރިކަން

ރައުފަތު : ރައުފާ ލިޔެވޭ އެހެން ގޮތެއް: މާނައަކީ ހަމަ ރައުފާގެ މާނަ

ރައޫފާ : ރަޙްމަތް ހުންނަ މީހާ / އޯގާތެރި / ކުލުނުވެރި

ރާއިދާ : ކުރީގައި ހުންނަމީހާ

ރާއިފާ : ބޮޑަށް ރަޙްމު ބަހައްޓާ މީހާ

ރާއިޢާ : ޗާލު، ރީތި ކުއްޖާ

ރާބިޙާ : ކާމިޔާބުކުރާމީހާ ، މޮޅުވާ މީހާ

 

ރާބިޢާ : ހަތަރުވަނަ / މުޑުވަތްކުރަން ރަނގަޅު ފަސްގަނޑު

ރާބިޔާ : އުސްބިން / ގިނަވެ އިތުރުވުން

ރާޖިޔާ : ކަމަކަށް އެދޭމީހާ

ރާޖިޙާ : ބުއްދިފުރިހަމަވެފައިވާ / ދޭއްޗެއް ނުވަތަ ދެކަމެއް ކިރައި ވަޒަންކޮށް ބަލާމީހާ /  ބޮޑަށް ބުރަވާ ގޮތް

ރާޙިބާ : ތަނަވަސް / ބޮޑުހިތެއްގެވެރި

ރާޙިމާ : ރަޙުމް ބަހައްޓާމީހާ

ރާދާ : މަޑު ވައި

ރާސިޚާ : ސާބިތު / ނުގުޑާ

ރާސިޔާ : ސާބިތު ފަރުބަދަ

ރާޝިދާ : ވިސްނުންތެރި / ބުއްދިފުރިހަމަވެފައިވާ މީހާ / ތެދުމަގުގައި ހިފަހައްޓާ މީހާ

ރާޟިޔާ : ހިތްހަމަ ޖެހިފައިވާ މީހާ

ރާޣިބާ : ކަމަކަށް އެދޭ މީހާ

ރާޣިދާ : ތަނަވަސް ކަން މަތީ ދިރިއުޅޭ މީހާ

ރާފިޢާ : އެއްޗެއް އުފުލާ އެތި ނުވަތަ މީހާ

ރާފިލާ : ނިޢުމަތުގައި އުޅޭ މީހާ

ރާމިޒާ : އިޝާރާތްކުރާ މީހާ / އިޝާރާތްކޮށްދޭ

ރާޒިނާ : ބުއްދި ރަނގަޅު، ޚިޔާލު ރަނގަޅު މީހާ/ ހައިބަތެއް ހުންނަ މީހާ / މަޑުމައިތިރި

ރާމިޝާ : އެސްފިޔަ ދިގުމީހާ

ރާމާ : ފެންތައް ޖަމާވެފައި ހުންނަ ވަޅުގަނޑު

ރާމިޔާ : އެއްޗެއް އެއްލާ، އުކާ މީހާ

ރާނިޔާ :އެސްފިޔަ ޖަހާނުލާ، ނަޒަރު ހުއްޓައިގެން ބަލަހައްޓައިގެން އިންނަ މީހާ

ރާނީ : އެސްފިޔަ ޖަހާނުލާ، ނަޒަރު ހުއްޓައިގެން ބަލަހައްޓައިގެން އިންނަ މީހާ

ރާޔާ : ދިދަ

ރަބާ : އުސްވެ އުފުލުން، ގިނަވުން، އިތުރުވުން

ރަބާބް : ހުދުވިލާ

ރަބާބާ : ހުދުވިލާ

ރަބްވާ : ބިމުން އުފުލިފައިވާ ތަން / އުސް، މަތި

ރުބާ(ޔ) : ރަބްވާ ގެ ގިނަ ގޮތް. މާނައަކީ ބިމުން އުފުލިފައިވާ ތަން / އުސް، މަތި

ރުޚްސާނާ:  ޗާލު ރީތި މޫނުއްގެ ވެރި އަންހެންކުއްޖާ (ފާރިސީ)

ރަބީޢާ : ބަގީޗާ

ރަބީޙާ : ކާމިޔާބުކުރާ މީހާ / ފައިދާވާ މީހާ

ރަޒްނާ : ބުއްދި ރަނގަޅު، ޚިޔާލު ރަނގަޅު މީހާ/ ހައިބަތެއް ހުންނަ އަބުއި މީހާ / މަޑުމައިތިރި  / ސާބިތު

ރަޖާ(އ) : އުއްމީދު / އެދުން

ރަޖްޙާ :ބުރަވާގޮތް / ވިސްނުންތެރި

ރިޙާބް : ތަނަވަސްކަމާއި ފުޅާކަން

ރަޙްބާ : ތަނެއް ތަނަވަސް ކަމާއި ފުޅާކަން

ރަޙްމާ : ރަޙުމާއި އޯގާތެރިކަން

ރަޙީމާ : ރަހުމް ބަހައްޓާ މީހާ ، އޯގާތެރމީހާ

ރަޙޫމް : ވަރަށް ރަޙުމް ބަހައްޓާ އޯގާތެރި މީހާ

ރަޙީޤާ : މަލުގެ ފޮނި /  އެއްޗަކުން ހޮވާލެވޭ އެންމެ މޮޅު ބައި

ރުޚާ(އު) : އެއްޗެއް ހަރަކާތް ނުކުރާވަރުގެ މަޑުވައި

ރުނާ(އު) : ރީތި އަޑު

ރަޚާ(އު) : ތަނަވަސް ދިރިއުޅުން

ރަދާޙް : ބޮޑުގަސް

ރަޒާން : ބުއްދި ރަނގަޅު، ޚިޔާލު ރަނގަޅު މީހާ/ ހައިބަތެއް ހުންނަ އަބުއި މީހާ / މަޑުމައިތިރި  / ސާބިތު

ރަޒާނާ : ބުއްދި ރަނގަޅު، ޚިޔާލު ރަނގަޅު މީހާ/ ހައިބަތެއް ހުންނަ އަބުއި މީހާ / މަޑުމައިތިރި  / ސާބިތު

ރަޒީނާ : ބުއްދި ރަނގަޅު، ޚިޔާލު ރަނގަޅު މީހާ/ ހައިބަތެއް ހުންނަ އަބުއި މީހާ / މަޑުމައިތިރި  / ސާބިތު

ރުޒައިނާ : ރިޒްނު ގެ ކުޑަގޮތް، މާނައަކީ ރަޒާންގެ މާނަ

ރިސާލާ : ސިޓީ / ބަޔަކަށް އެއްޗެއް އަންގައިދިނުމަށްޓަކައި މީހަކާ ޙަވާލު ކުރެވިފައިވާ ކަމެއް

ރަސީމާ : ޢަލާމާތް ، ފާހަގަ

ރަޝާ : ފުއްލާގެ ހިނގާ ޙަރަކާތް ކުރެވޭވަރުގެ ކުޑަ ފުއްލާ

ރުޝްދާ : ބުއްދިވެރިޔާ / ބުއްދިފުރިހަމަވެފައިވާ މީހާ

ރަޝީދާ : ބުއްދިވެރިޔާ / ބުއްދިފުރިހަމަވެފައިވާ މީހާ / މީހުންނަށް މަގު ދައްކައިދޭ މީހާ

ރަޝްދާ(އ) : ބުއްދިވެރިޔާ / ބުއްދިފުރިހަމަވެފައިވާ މީހާ

ރަޝީޤާ : ލުޅާފަތި މީހާ

ރަޝްޤާ : ލުޅާފަތި މީހާ

ރިޔާޝާ : ހާލަތު ރަނގަޅު  / ފާގަތި / ތަނަވަސް / ޒީނަތްތެރިކަން

ރިފާޝާ : ނިޢްމަތާއި ތަނަވަސްކަމާއި އަމާންކަމުގައި އުޅުން

ރަޟްވާ : ކިޔަމަންތެރި / ލޮބުވެތި

ރަޟިއްޔާ : ހިތްހަމަޖެހިގެން ހުންނަ މީހާ

ރިޣާބް : ތަނަވަސް

ރަޣަދް : ރިޒުޤުގެ ތަނަވަސްކަން / ޞައްދާމް ޙުސައިންގެ އަންހެން ދަރިކަނބަލަކަށް ވެސް ކިޔާ ނަމެއް.

ރަޣްބާ : އެދުން ، ޝައުޤު

ރަޣްދާ(އު) : ތަނަވަސް ދިރިއުޅުމެއްގެ ވެރި / ފާގަތި

ރިފާ(އު) : އެއްބަސްވުން /  އިޞްލާޙުކުރާ މީހާ / ހަމަޖެހިގެން އެއްކޮށް އުޅުން

ރައްފާފް : ގަދައަށް ވިދާ ބަބުޅާ

ރައްފާ : ހަރަކާތް

ރަފާހް : ތަނަވަސްކަން

ރިފްޤާ : އޯގާތެރި / އެކުވެރިން

ރިފްޢާ : މަތިވެރިކަމާއި ޤަދަރުވެރިކަން

ރަފީޤާ : އޯގާތެރިއާ / ބައިވެރިޔާ / އެކުވެރިޔާ

ރަފީހާ : ތަނަވަސްކަން

ރަފީޢާ : މަތިވެރި، ޤަދަރުވެރި އަންހެނާ

ރުޤައްޔާ : ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ އަންހެން ދަރިކަނބަލެއްގެ ނަންފުޅު/ ރުޤްޔާގެ ކުޑަ ގޮތް . ރުޤްޔާ އަކީ ބޭސްވެރިކަމުގެ ގޮތުން ކޮށް އުޅޭ ހުއްދަ ފަންޑިތައެއް.

(ސިހުރެއް ނޫން)

ރަމްޒާ : ރަމްޒު

ރަމްލާ : ވެލިފުށް / ވެލި ހުންނަ ބިން (މީގެ މާނައަކީ މީ ކަމުގައިވިޔަސް މިއީ ޢަރަބިންގެ ތެރޭގައި މަޝްހޫރު ނަމެކެވެ. މިގޮތުން ކީރިތި ރަސޫލާގެ އަނބިކަނބަލުން އުއްމު ޙަބީބާގެ އަސްލު ނަންފުޅަކީ ރަމްލާ ބިންތު އަބީ ސުފްޔާނެވެ. ޒުބައިރުގެފާނުގެ ދަރިކަނބަލަކަށް ވެސް މި ނަން ކިޔެއެވެ. އަދި އުމަވީ ދައުލަތުގެ ވެރިއެއްކަމުގައިވާ މަރްވާން ބިން އަލްޙަކަމްގެ ދަރިކަލުންގެ ދަރިކަނބަލަކަށް ވެސް މިނަން ކިޔެއެވެ.)

ރަނާ :  ރީތިކަން  / ރީތިކަމުން ނަޒަރުހުއްޓުވައިގެން ބެލޭހާ ރީތި

ރަންދާ : މީރުވަސްދުވާ ގަހަކަށް ކިޔާ ނަމެއް

ރަނީމް : އަޑު ރީތި/ ރާގުލެއްވުން

ރަހީފާ : ތުނި ، ހިމަ

ރުހައިމާ : ހިމަފޮދުވާރޭ

ރިހްމާ : ގިނަ އިރު ވެހިވެހި އޮންނަ ހިމަފޮދުވާރޭ

ރިހާމް : ރިހްމާ ގެ ގިނަ ގޮތް

ރައުޟާ : ބަގީޗާ

ރައުނަޤް : ޒުވާންކަމުގެ އުޖާލާކަމާއި ތާޒާކަން / ވިދުން، ބެބުޅުން

ރައުމް : (ޢަރަބިން ލިޔެފައި އޮންނަނީ ރާ، ވާވު. މީމް) އެދުން / ބޭނުން

ރައުމާ : އެދުން / ބޭނުން

ރައޫމް : އޯގާތެރި، ކުލުނުވެރި، ހަމްދަރިދީ ބަހައްޓާ

ރަޙޫމް: ރަޙްމަތް ބޮޑު

ރަޙޫމާ: ރަޙްމަތް ބޮޑު

ރައުޢާ : ޗާލުކަން ނަލަކަން

ރުވާ(އު) : ބުރުސޫރަ ރީތި

ރުއާ : ''ރުއުޔާ'' ގެ ގިނަ ގޮތް . މާނައަކީ ނިދީގައި ފެންނަ ހުވަފެންފަދަ އެއްޗެހި

ރަވާ(އ) މީރުފެން

ރަވާން : އެސްފިޔަޖަހާނުލާ ގިނައިރު ބަލަހައްޓައިގެން ހުރުން

ރައުޤާ : ވަރަށް ރީތި

ރުވައިދާ : ކަމެއްކުރުމުގައި މަޑުވެލުން / ލަސްލަހުން

ރައްޔާ(ޔ) : މީރު ވަސް

ރައިޙާނާ : ގަނދަކޯޅި ގަސް / މީރުވަސް

ރައިޙާން : ގަނދަކޯޅި ގަސް / މީރުވަސް

ރައިދާ(އު) : ޒުވާން ނަލަ އަންހެންކުއްޖާ / މަޑުމަޑުން ކަންކުރާ މީހާ

ރީދާ : ވައި

ރީމް : ހުދުފުއްލާ

ރީމާޒް : ވިސްނޭމީހާ / ބުއްދިވެރިޔާ

ރައްޔާނާ : ކަރުހިއްކުންފިލާފައިވާ މީހާ

ރައްޔާ(ތ) : ފެންގިނަ ވަޅުފަދަ ތަންތަން

ރިޒްނީ : ބުއްދި ރަނގަޅު، ޚިޔާލު ރަނގަޅު މީހާ/ ހައިބަތެއް ހުންނަ އަބުއި މީހާ / މަޑުމައިތިރި  / ސާބިތު

 

 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.