ކުޑަކުދިންގެ ނަން
ނަން ހޯއްދެވުމުގެ ކުރިން..
- އިސްމާޢީލް ނާޖީ
- 07 ޖަނަވަރީ 2005
ކަވާސާ.ކޮމް، އިން ތައްޔާރުކޮށްފައިވާ މި ޞަފްޙާއަކީ، ތިޔަބޭފުޅުންގެ ލޮބޮވެތި ކޮއިފުޅުންނަށް ރީތި ނަމެއް އިޚްތިޔާރު ކުރެއްވުމުގައި އެހީތެރިވުމުގެ ގޮތުން ހެދިފައިވާ ބައެކެވެ. ވީމާ މި ނަންތަކުގެ ތެރެއިން، ތި ބޭފުޅުންނަށް ރީތި ނަމެއް ފެންންނާނެ ކަމަށް އުއްމީދުކުރަމެވެ. ކިތަންމެ މަސައްކަތެއް ކުރިއަސް ހުރިހާ ނަމެއްގެ މާނަ މި ޞަފްޙާތަކުގައި ހިމެނުމަކީ ދަތިކަމެކެވެ. އެހެންވެ މިތާ ނެތް ވަރަށް ރީތި ނަންވެސް ހުރެދާނެއެވެ.
އ - ا
- އިސްމާޢީލް ނާޖީ
- 07 ޖަނަވަރީ 2004
އ ބ ތ ޘ ޖ ޙ ޚ ދ ޛ ރ ޒ ސ ޝ ޞ ޟ ޠ ޡ ޢ ޣ ފ ޤ ކ ލ މ ނ ހ ވ ޔ
އާދަމް : އެންމެ ފުރަތަމަ އިންސާނާ އާދަމުގެފާނަށް ނިސްބަތް ކޮށް / އޮޅަލި ކުލައިގެ ހަންގަނޑެއް ހުންނަ މީހާ
އާސިރް : އަޚްލާޤު ރަނގަޅުމީހާ / ޝަރަފުވެރިމީހާ
އާލިފް : ގާތް ، ރަހުމަތްތެރި
އާމިރް : އަމުރުކުރާމީހާ / ވެރިމީހާ
އާނިސް : އޭނާއާއި އެކުގައި އުޅޭ މީހާގެ އެކަނިވެރިކަން ފިލައިދާ މީހާ / އެކުވެރިޔާ / ބައިވެރިޔާ / މުނިއަވަސް ފިލުވައިދޭ މީހާ
އާހިލް : މީހުން ވަޒަންވެރިވެފައިވާ ތަން / އަނބިދަރިން ލިބިފައިވާ މީހާ
އާބާދް :( އަބަދު ) ގެ ގިނަ ގޮތް ، މާނަ އަކީ ނިމުމެއް ނުވުން ، ނިމުމެއް ނެތް ޒަމާން
އާޒާދް : މިނިވަން (ފާރިސީ)
އ - ا
- އިސްމާޢީލް ނާޖީ
- 07 ޖަނަވަރީ 2004
އ ބ ތ ޘ ޖ ޙ ޚ ދ ޛ ރ ޒ ސ ޝ ޞ ޟ ޠ ޡ ޢ ޣ ފ ޤ ކ ލ މ ނ ހ ވ ޔ
އާސިޔާ : ފިރިޢައުނުގެ ދަށުގައި ހުންނެވި ޞާލިޙް އަނބިކަނބަލުން، އެ ކަމަނާއަށްޓަކައި ސުވަރުގޭގައި ގަނޑުވަރެއް ބިނާ ކުރެވިފައިވެއެވެ. / ފަރުވާދޭ އަންހެނާ / މުޑި
އާޞާލް : ޢަޞްރާއި މަޣްރިބާއި ދެމެދުގެ ވަގުތު
އާލާ (އު) : ނިޢްމަތްތައް
އާމާލް : އަމަލް ގެ ގިނަ ގޮތް، މާނައަކީ އުއްމީދުތައް / އެދޭ އެދުން
އާނާ (އު) : ވަގުތު ( މިސާލަކަށް އާނާއު އައްލައިލް ގެ މާނައަކީ ރޭގަނޑުގެ ވަގުތުގައި)
އާނާ (އު) : އަނާއުގެ އެހެން މާނައެއް. މާނައަކީ، ރުޅިމަޑުކަން
އާނިސާ : އޭނާއާއި އެކުގައި އުޅޭ މީހާގެ އެކަނިވެރިކަން ފިލައިދާ މީހާ / އެކުވެރިޔާ / ބައިވެރިޔާ / މުނިއަވަސް ފިލުވައިދޭ މީހާ
ބ - ب
- އިސްމާޢީލް ނާޖީ
- 07 ޖަނަވަރީ 2004
އ ބ ތ ޘ ޖ ޙ ޚ ދ ޛ ރ ޒ ސ ޝ ޞ ޟ ޠ ޡ ޢ ޣ ފ ޤ ކ ލ މ ނ ހ ވ ޔ
ބާޙިޘް : ކަންކަން ހޯދާ ބަލާ މީހާ
ބާދީ : އެއްޗެއްގެ ފުރަތަމަ / ވިސްނުންތެރި
ބާޛިޚް : ފަޚުރުވެރިޔާ / އުސްވެގެންވާ މީހާ / އުސް
ބާޛިލް : ހޭދަކުރާ މީހާ
ބާރިޙް : ސާބިތު
ބާރިޢް : އެންމެމޮޅު / ހުނަރުވެރި
ބާރިޤް : ވިދާ ބަބުޅާ
ބ - ب
- އިސްމާޢީލް ނާޖީ
- 07 ޖަނަވަރީ 2004
އ ބ ތ ޘ ޖ ޙ ޚ ދ ޛ ރ ޒ ސ ޝ ޞ ޟ ޠ ޡ ޢ ޣ ފ ޤ ކ ލ މ ނ ހ ވ ޔ
ބާސިލާ : ހިތްވަރުގަދަ އަންހެންކުއްޖާ
ބާސިމާ : ހިނިތުންވާ މީހާ
ބާދީ : އެއްޗެއްގެ ފުރަތަމަ / ވިސްނުންތެރި
ބާހިރާ : އަލިގަދަ / މޮޅު / ރީތި
ބާނާ : އިސްތިވާއީ ސަރަހައްދުގައި ހެދޭ ރީތި ދިގު ގަހެއް . (އަންހެނުންނަށް މި ނަން ނިސްބަތްކޮށް
ސިފަކުރެވެނީ، އެ ކަނބަލުންގެ އިސްކޮޅާއި ބައްޓަން ރީއްޗޭ ބުނުމުގެ ގޮތުން)
ބަތުލާ (އ) : ޖެހިލުން ނުވާ ޢަޒުމްވަރުގަދަ އަންހެނާ
ތ - ت
- އިސްމާޢީލް ނާޖީ
- 07 ޖަނަވަރީ 2004
އ ބ ތ ޘ ޖ ޙ ޚ ދ ޛ ރ ޒ ސ ޝ ޞ ޟ ޠ ޡ ޢ ޣ ފ ޤ ކ ލ މ ނ ހ ވ ޔ
ތާބިޢް : ކަމަކާއި ނުވަތަ އެއްޗަކާއި ވިދިގެން އަންނަ ކަމެއް ނުވަތަ އެއްޗެއް / ޚާދިމު /
އެހެން އެއްޗަކަށް ތަބާވާ
ތާމިރް : ކަދުރުވިއްކާ މީހާ / ކަދުރުގިނަ މީހާ
ތާއިބު : ތައުބާވާ މީހާ
ތުރުކީ : ތުރުކީ މީހާ (މިހާރު ނަމެއްގެ ގޮތުގައި ބޭނުންކުރެވޭ ނަމެއް)
ޘ - ث
- އިސްމާޢީލް ނާޖީ
- 07 ޖަނަވަރީ 2004
އ ބ ތ ޘ ޖ ޙ ޚ ދ ޛ ރ ޒ ސ ޝ ޞ ޟ ޠ ޡ ޢ ޣ ފ ޤ ކ ލ މ ނ ހ ވ ޔ
ޘާއިރް : ޘައުރާ ނުވަތަ އިންޤިލާބު ގެންނަ މިހާ / އަނިޔާ ޤަބޫލުނުކޮށް ހަށިފޮޅާފައި ތެދުވާ މީހާ/ ހަލަބޮލި
ޘާމިރް : ފައްކާވެ ފުރިހަމަވެފައިވާ / ފާއިދާއެއް ހުންނަ މީހާ
ޘާބިތު : ސާބިތު / ތެދު
ޘާޤިބް : ފޫއަޅުވާލާ
ޘަރްވާން : ފައިސާގިނަ މީހާ / މުއްސަނދި
ޘ - ث
- އިސްމާޢީލް ނާޖީ
- 07 ޖަނަވަރީ 2004
އ ބ ތ ޘ ޖ ޙ ޚ ދ ޛ ރ ޒ ސ ޝ ޞ ޟ ޠ ޡ ޢ ޣ ފ ޤ ކ ލ މ ނ ހ ވ ޔ
ޘާއިރާ : ޘައުރާ ނުވަތަ އިންޤިލާބު ގެންނަ މިހާ / އަނިޔާ ޤަބޫލުނުކޮށް ހަށިފޮޅާފައި ތެދުވާ މީހާ/ ހަލަބޮލި
ޘާމިރާ : ފައްކާވެ ފުރިހަމަވެފައިވާ / ފާއިދާއެއް ހުންނަ މީހާ
ޘަރާ (އު) : މުއްސަނދިކަން
ޘަރްވާ : ފައިސާއާއި މުދާ
ޘުރައްޔާ : އުޑުގައި އެއްބޮނޑިއަކަށް ހުންނަ ތަރިތަކެއް / ނަޖަފާ
ޘުވައިބާ : ޘަވާބު (ކުޑަގޮތަށް ބުނާ ގޮތް)
ޖ - ج
- އިސްމާޢީލް ނާޖީ
- 07 ޖަނަވަރީ 2004
އ ބ ތ ޘ ޖ ޙ ޚ ދ ޛ ރ ޒ ސ ޝ ޞ ޟ ޠ ޡ ޢ ޣ ފ ޤ ކ ލ މ ނ ހ ވ ޔ
ޖާބިރް : އިޞްލާޙުކުރާ މީހާ / ގެއްލުން ފޫބައްދާ މީހާ
ޖާދުﷲ : ﷲ ދެއްވި ނިޢުމަތް
ޖާބަﷲ : ﷲ ގެނެސްދެއްވި ރިޒުޤު ނުވަތަ ނިޢްމަތް
ޖާދު: ދީލަތި މީހާ
ޖާޒިމް : ހުވާކޮށްފައި ހުވާ އުވާނުލާ މީހާ / ޚިޔާލުވަކި ގޮތަކަށް ކަނޑައަޅައި ނިންމާމީހާ / ވަކިގޮތަކަށް ޢަޒްމުކަނޑައަޅާ މީހާ
ޖާސިރް : ހިތްވަރުގަދަ / އެއްވެސްމީހަކުދެކެ ބިރުނުގަންނަ މީހާ
ޖާސިމް : ބޮޑު / ހަށިގަނޑު ބިޔަމީހާ
ޖާހިދް : ބުރަކަމެއްކުރާ މީހާ / ހޭލާހުންނަ މީހާ / ޖިހާދުކުރާ މީހާ
ޖ - ج
- އިސްމާޢީލް ނާޖީ
- 07 ޖަނަވަރީ 2004
އ ބ ތ ޘ ޖ ޙ ޚ ދ ޛ ރ ޒ ސ ޝ ޞ ޟ ޠ ޡ ޢ ޣ ފ ޤ ކ ލ މ ނ ހ ވ ޔ
ޖާބިރާ : އެއްޗެއް އިޞްލާޙުކޮށް ރަނގަޅުކުރާ މީހާ ނުވަތަ ގެއްލުން ފޫބައްދާ މީހާ
ޖާރިޔާ : ޖާރިޔާ / ޅަ އަންހެން ކުއްޖާ / ކަނޑުގައިދުއްވާ އުޅަނދު / ދެމިދެމި އޮންނަ ފެންގަނޑު
ޖާޛިބާ : ރީތިކަމުން ހިތްދަމައިގަންނަގޮން ހުންނަ
ޖާން : ލޯބިވާ މީހާ / ފުރާނަ / ޙަޔާތް / ބާރު (ފާރިސީ)
ޖާސިމާ : ބޮޑު ، ބިޔަ
ޖަޒީލާ : ގިނަ / ދީލަތި
ޙ - ح
- އިސްމާޢީލް ނާޖީ
- 07 ޖަނަވަރީ 2004
އ ބ ތ ޘ ޖ ޙ ޚ ދ ޛ ރ ޒ ސ ޝ ޞ ޟ ޠ ޡ ޢ ޣ ފ ޤ ކ ލ މ ނ ހ ވ ޔ
ޙާބިސް : ދޫނުކޮށް އެއްޗެއްގައި ހިފަހައްޓާ މީހާ
ޙާތިމް : ޤާޟީ / މައްސަލައެއް ވަކިގޮތަކަށް ނިންމާމީހާ
ޙާއްޖް : ޙައްޖުވެރިޔާ
ޙާއިސް : ހިތްވަރުގަދަ ، ސާބިތު މީހާ
ޙާޖިބް : ބުމަ / ހުރަސް
ޙާދިރް : ޚުލްޤް ރަނގަޅު / ހަށިގަނޑަށް ފެންއެރިލާފައި ފަލަކޮށް ( ސަމައްތަރު ހެޔޮ )
ޙާޛިޤް : މަހާރަތްތެރި / މޮޅު / ހުނަރުވެރި
ޙ - ح
- އިސްމާޢީލް ނާޖީ
- 07 ޖަނަވަރީ 2004
އ ބ ތ ޘ ޖ ޙ ޚ ދ ޛ ރ ޒ ސ ޝ ޞ ޟ ޠ ޡ ޢ ޣ ފ ޤ ކ ލ މ ނ ހ ވ ޔ
ޙާލިމާ : ވިސްނުންތެރި / ހުވަފެން ދެކޭ މީހާ
ޙާމިދާ : ޙަމްދު ކުރާ މީހާ
ޙުބާބް : އެހެންމީހުންގެ ލޯބި ލިބޭ މީހާ
ޙުބާބާ : އެހެންމީހުންގެ ލޯބި ލިބޭ މީހާ
ޙަޒީމާ : ހޭޖެހޭ ބުއްދިވެރިއާ / އިތުބާރާއާއިއެކު ކަމެއް ވަކިގޮތަކަށް ކަނޑައަޅާ ނިންމާ މީހާ / ފަސްޖެހުމެއް ނެތި ކަމެއް ކުރާ މީހާ
ޙަބބާ : ލޯބިވެރިޔާ / ލޯބިވާމީހާ
ޙަސީބާ : ޙަސަބާއި ނަސަބު ރަނގަޅު އަންހެން ކުއްޖާ














