ހުކުރު20201120

އާކުރެވުނީ: 08:43:52

Back ކަވާސާ ޢާއިލާ ޢާއިލާގެ ބައިތައް ކުދިން ދަރިން ތަރުބިއްޔަތުކުރުމުގައި ޢާއިލީ ހަމަޖެހުމުގެ މުހިއްމުކަން

ދަރިން ތަރުބިއްޔަތުކުރުމުގައި ޢާއިލީ ހަމަޖެހުމުގެ މުހިއްމުކަން

dhivehiކޮންމެ މަންމައެއްގެވެސް އެއްމެބޮޑު އުއްމީދަކަށްވާނީ އޭނާގެ ދަރިފުޅަކީ، ހެޔޮލަފާ، މުޖުތަމައަށް ލާބަހުރި، ހަރޮށި އިންސާނަކަށް ހެދުންކަން ކަށަވަރެވެ. މިއުއްމީދުގައި ޙަޤީޤީ ކުލަޖެއްސުމަށްޓަކައި، ރަނގަޅުގޮތުގައި އެކުއްޖާ ތަރުބިއްޔަތުކުރާނެ ގޮތްތައް ބެލެނިވެރިންނަށް އެނގެންޖެހެއެވެ.

މިދާއިރާގައި ހޯދިފައިވާ ތަފާތު ހޯދުންތަކުން އެނގޭގޮތުގައި، ޢާއިލީ ހަމަޖުހުމަކީ، ކުދިން ތަރުބިއްޔަތުކުރުމުގައި މުހިއްމުކަމެކެވެ.

މައިންބަފައިންގެ މެދުގައި އަބަދު ކޯޅުން އޮންނަކަމުގައިވާނަމަ، ދަރިފުޅު މަންމަގެ ބަނޑުގައި އޮންނައިރުގައާއި އޭގެ ފަހުގެ މަރުޙަލާތަކުގައިވެސް، އެކަމުގެ ނޭދެވޭ އަސަރުތައް ކުދިންނަށްކުރެއެވެ.

 

މިފަދަކުދިންނަށް ނަފުސާނީގޮތުން ކުރާ ނޭދެވޭ އަސަރުތަކުގެ ތެރޭގައި، އަމާންކަމާއި ރައްކާތެރިކަން ނުލިބޭކަމުގެ އިޙްސާސްވުން ހިމެނެއެވެ. ހަމައެފަދައިން އަރައިރުންވާ މައިންބަފައިންގެ ތެރެއިން ކޮންމެ މީހަކުވެސް ދަރިފުޅު އެމީހެއްގެ ފަރާތަށް ބޮޑަށް ލަންބުވަން މަސައްކަތްކުރުމުން، ދާނެ ވަކިކޮޅެއް ނޭނގި ސުއާލުތަކެއްގެތެރޭގައި ޙައިރާންކަމުގެ ތެރޭގައި ދުވަސްތައް ވޭތުކުރަން ޖެހެއެވެ. މިކަހަލަ ވެއްޓެއްގެ ތެރޭގައި އުޅެބޮޑުވާކުދިންނަށް އެމީހުންނަކީ، އެހެން އިންސާނުންނާއި ތަފާތުބައެއްކަމަށް އިޙްސާސްކުރެވެއެވެ. އަމިއްލަ ނަފުސަށް އިތުބާރުކުރުންފަދަ، ދިރިއުޅުމުގެ މުހިއްމު ސިފަތައް މިމީހުންގެ ކިބައިން ބީވުމުން، ދިރިއުޅުމެއް ފަށައިގެން ކުރިއަށް ގެންދިއުމަކީވެސް އުނދަގޫކަމަކަށްވެއެވެ. ޢާއިލާއަކީ އެމީހުންދެކޭ ގޮތުގައި، އެކަކުއަނެކަކާއި ދެކޮޅުހަދައި، އަނިޔާކޮށްހަދާ ވެއްޓެކެވެ.

އަޅުގަނޑުމެން އެދީނަކަށް ނިސްބަތްވާ މާތްވެގެންވާ އިސްލާމުދީން ދެކޭ ގޮތުގައި ޢާއިލީ ދުނިޔެއަކީ، ލޯތްބާއި، ހަމަޖެހުމާއި އެކަކުއަނެކަކަށް އަޅާލުން އޮންނަ، އަމާން ތަނެކެވެ. ކައިވެނީގެ ދަނޑުގައި ރަނގަޅު މާތަކެއް ފޮޅިގެންދަނީ އެފަދަ ޖައްވެއް އޮވެގެންނެވެ. މިސަބަބައްޓަކައި ދީނުގައިވަނީ އަނބިމީހާއަށާއި ފިރިމީހާއަށް އެކަކު އަނެކެއްގެ މައްޗަށް އޮންނަ ޙައްޤުތައް ބަޔާންކޮށްދެއްވާފައެވެ. ލޯތްބާއިއެކު ހިތްހަމަޖެހުން ލިބިފައިވާ ޢާއިލާއެއްގެ ތެރޭގައި ރަނގަޅު ދަރިންތަކެއް ބޮޑުކުރުމަށް މިކަންކަމަށް ރައްކާތެރިވުމަކީ މުހިއްމުކަމެކެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.