ކުދިން
ދަރިފުޅުގެ ފުރަތަމަ ރޯދަމަސް
- އުސާމް މުޙައްމަދު ސަޢީދު
- 06 އޯގަސްޓު 2011
ދަރިންނަކީ އަޅުގަޑުމެންގެ ދެލޮލުގެ ފިނިކަމެވެ. އެކުދިން ދުނިޔެއަށް އުފަންވަނީ އެއްވެސް ކުށެއް، ފާފައެއްނެތް ޙާލުގައެވެ. އެއްވެސް ކަމެއް ކުރަން ނޭނގޭ ޙާލުގައިވެސް މެއެވެ. ހަމައެކަނި ކުރަން އެނގޭހާވެސް ކަމަކީ ރުއިމެވެ. މި ދަންނަވާލީ ދަރިފުޅުގެ ޙަޔާތުގެ އެންމެ ފުރަތަމަ ވަގުތުކޮޅުގެ ވާހަކައެވެ.
ދުވަސްތައް މަޑުމަޑުން ފާއިތުވަމުން އަންނަ ވަރަކަށް ތުއްތު ތުއްތު ދަރިފުޅު ބޮޑުވަމުން އާދެއެވެ. ދުވަހެއް ދުވަހަކަށް ދަސްކުރާ ކަންތައްތައްވެސް އިތުރުވެއެވެ. ދަރިފުޅު ބޮޑުވަމުން އަންނަ މާޙައުލުގެ ކަންތައްތައް ވަރަށް އަވަހަށް ނަގައިގަނެ ދަސްކުރެއެވެ. ރަނގަޅު ކަންތަކާއި ރަނގަޅުނޫން ކަންތަކެވެ. ފެންނަ މަންޒަރުތަކާއި އިވޭ އަޑުތަކުގެ ތެރެއިންނެވެ.
ކުޑަކުދީންނަށް ފޮތްކިޔައިދިނުމަށް އެހީގެ އަތެއް
- ތަރުޖަމާ: ޢަލީ އިސްމާޢީލް
- 13 މޭ 2010
ކުޑަކުދިންނަށް ފޮތްކިޔައިދިނުމަކީ، އެކުދިންނަށް އެކުދިންގެ ވަށައިގެންވާ ދުނިޔޭގެ މައުލޫމާތު އިތުރުވެ، ބަސްކޮށާރު މުއްސަނދިވާނެކަމެކެވެ. ފޮތްކިޔައިދޭނަމަ، ކިޔުމަށް ކުދިން ޝައުޤުވެރިވާނެއެވެ. ތަކުރާރުކޮށް ކިޔައިދިނުމުން، ކިޔުމަކީ މަޖާ، ކަމަކަށް ކުދިންނަށްވެއެވެ. ފޮތްކިޔައިދިނުމުގެ ތެރެއިން، ފޮތުގައިވާ، ތަސްވީރުތަކުން ވާހަކަ ދޭހަކުރުމަށް އެހީތެރިވުމާއި ވާހަކައިގައި ފެށުމަކާއި ނިމުމެއް، އޮންނަކަން ކުއްޖާއަށް ދެނެގަނެވެއެވެ.
ކުޑަދަރިފުޅަށް ފޮތްކިޔައިދިނުމާއި ނާނާކިޔައިދިނުން
- ޢަލީ އިސްމާޢީލް
- 04 މޭ 2010
ދަރިފުޅާއިއެކު ފޮތްކިޔުމަށް ހަމަހިމޭން ތަނެއް ހޯދާށެވެ. ޓީވީ ނޫނީ ރޭޑިޔޯ ހުޅުވާފައިހުރިނަމަ އަވަހަށް ނިވާލާށެވެ. ފޮތްކިޔައިދެމުންދާއިރު، ފޮތުގައިވާ ތަސްވީރުތަކާއި ބެހޭގޮތުންވެސް ވާހަކަ ދައްކާށެވެ. މިސާލަކަށް، ފޮތުގައިވާ ތަސްވީރުގައި ދޫންޏެއް ކުރަހާފައި އިންނަމަ، ދޫންޏަކާއި ބެހޭގޮތުން ވާހަކަދެއްކިދާނެއެވެ. އަދި ދައްކަމުންދާ ވާހަކަތަކަށް ޖަވާބުދޭނެ ފުރުސަތު ދަރިފުޅަށް ދޭށެވެ. ފޮތުގައިވާ ތަސްވީރުތަކުން ފެންނަތަކެތީގެ ނަންބުނުމަށް ދަރިފުޅަށް މާބޮޑަށް ބާރުނާޅާށެވެ. ނަމަވެސް ކިޔައިދިން ބަސް، ދަރިފުޅު ތަކުރާރުކޮށްފިނަމަ، އެކަން ފާހަގަކޮށް ހިތްވަރުދޭށެވެ.
ކުޑަކުދީންގެ ހުވަފެންތަކާއިމެދު ޢަމަލުކުރާނީ ކިހިނެއް؟
- ޢަބްދުއްސައްތާރު ޢަބްދުލް ޙަމީދު
- 13 ފެބްރުއަރީ 2008
ނިދަން އޮވެފައި، ކުއްލިއަކަށް ސިހުމާއި ބިރުވެރިކަމާއިއެކު، ރޭގަނޑުގެ ދަންގަޑިތަކުގައި، ކުޑަކުދިން ހޭލާތަން އަޅުގަނޑުމެންނާ ވަރަށް ގިނައިން ދިމާވެއެވެ. ބައެއް ފަހަރު މިބިރުވެރިކަމުގެ ސަބަބަކީ، ހެދުން އަލަމާރީގައި ހުންނަ ފުރޭތައެކެވެ. ނުވަތަ ވަރަށް އުސްތަނަކުން ވެއްޓޭ ވެއްޓުމެވެ. ނުވަތަ ޖަންގައްޔެއްގެ ތެރެއަށް ގެއްލޭ ގެއްލުމެވެ. މައިންބަފައިންނަށް، އެއީ، ހަމައެކަނި، ހުވަފެނެއްކަމާއި ޙަޤީޤަތެއް ނޫންކަން އެނގުނުނަމަވެސް، ކަމުގެ ޙަޤީޤަތް ކުޑަކުދިންނަށް ނުވިސްނިދާނެއެވެ.
މުދައްރިސްގެ ފަރާތުން ބެލެނިވެރިޔާއަށް
- ޢަލީ އިސްމާޢީލް
- 20 މާރިޗު 2007
މިއަހަރުގެ ފުރަތަމަ ޓާމްގެ އިމްތިޙާނު މިހާރު މިއޮތީ ބޯމަތިވެފައެވެ. އިމްތިޙާނު އެއީ ތަފާތުކޮށް ކުދިންނަށް އަސަރުކުރުވާ އެއްޗެކެވެ. ބައެއް ކުދިން މާބޮޑު ހާސްކަމެއްނެތި އިމްތިހާނު ރަގަޅަށް ހަދާ ނިންމާލައެވެ. އަނެއްބައި ކުދިންނަށް އިމްތިޙާނު އެއީ ބިރަކަށް ވެދެއެވެ. ހަމަ މިގޮތަށް ބައެއް ބެލެނިވެރިންނަށް ވެސް އިމްތިޙާނު އެއީ ހާސްކަމާއި ކަންބޮޑުވުން އުފައްދާ އެއްޗަކަށް ނޫނީ ނުވެއެވެ. ދަރިފުޅު ލައްވާ ރަގަޅަށް އިމްތިޙާނު ހެއްދެވުމަށް ފަސޭހަކުރުމުގެ ގޮތުން ޢަމަލުކުރެވިދާނެ ސާދަ ނުކުތާއެއް ތިޔަ ބެލެނިވެރިޔާއަށް ހުށަހަޅާލަމެވެ. މިނޫނަސް މި ކަމުގައި ކުރެވިދާނެ އިތުރު ކަންތައްތައް ހުންނާނެ ކަން ޔަގީނެވެ.
ޒުވާނުންނޭވެ...!
- އާދަމް ފަޔާޒު މުޙައްމަދު
- 13 ސެޕްޓެމްބަރު 2005
ހުރިހާ ޖަނަވާރެއްގެ ތެރޭގައި ވެސް، ފިރިހެން ޖިންސުގައި، އޭގެ އަންހެންޖިންސާ މެދު ވަރަށް މަތިވެރި ޣީރަތްތެރިކަމެއް ލައްވާފައި ވާކަމުގައި ވެއެވެ. ނަމަވެސް އޫރަކީ މިއިން އިސްތިސްނާވާ ޖަނަވާރެއްކަމުގައި ބުނާތީ އަޑުއިވެއެވެ. ކޮންމެއަކަސް، ފިރިހެނުންގެ ހިތުގައި އަންހެނުންނާ މެދު އެ އޮންނަ
ޣީރަތަކީ، އެއީ ފިތުރީ ޠަބީޢީ ކަމެކެވެ. އެކަން ތަހުޒީބު ހުދޫދެއްގެ ތެރޭ ވާނަމައެވެ.
ޒުވާން ފިރިހެންކުދިން ހިމެނޭ އެކި ގުރޫޕުތަކުގެ މެދުގައި އެތައް ފަހަރަކު، ތަޅާފޮޅުމާއި، ލޭއޮހޮރުވުމުގެ
ދަރިންގެ ހިތުގައި ނަމާދުކުރާ ހިތްޖެއްސުން
- އިސްމާޢީލް ނާޖީ
- 20 އޯގަސްޓު 2005
ދަރިން ތަރުބިއްޔަތުކޮށް ދީންވެރި ކުދިންތަކެއްގެ ގޮތުގައި ބޮޑު ކުރުމަކީ މައިންބަފައިންގެ ކޮނޑުގައި އެޅިފައިވާ ވަރަށް ބޮޑު މަސްއޫލިއްޔަތެކެވެ. އަދި ޤިޔާމަތް ދުވަހު އެކަމާމެދު ސުވާލު ކުރެވޭނެކަމެއްވެސް މެއެވެ. ކަން މިހެން އޮތް އިރު ކުއްޖަކު ތަރުބިއްޔަތު ކުރުމާއެކު ދީނަށް ލޯބި ކުރާ ކުއްޖަކަށް ހެދުމަށްޓަކައި އެންމެ ބޮޑު އަހައްމިއްޔަތު ކަމެއް ދޭންވީ ކަމަކީ، ނަމާދު ކުރުމުގެ އާދަ ކުދިންގެ ކިބައިގައި އަށަގެނެނެވުމެވެ. ތިރީގައި މި ބަލާލަނީ ކުދިންގެކިބައިގައި ނަމާދު ކުރުމުގެ ޝައުޤުވެރިކަން އުފެއްދިދާނެ ބައެއް ކަންތަކަށެވެ.
ދަރިފުޅު މަދަރުސާއަށްދާ ފުރަތަމަ ދުވަސް
- ޢަލީ އިސްމާޢީލް
- 18 ޖޫން 2005
ތުއްތުކުދިންގެ ޕްރީ ސުކޫލަކުން ވަރަށް ބާރަށް ކުދީން ރޯ އަޑު އިވެމުން ދިޔައެވެ. ހަނދާންވަނީ އެއީ މިއަހަރުގެ ޖެނުއަރީ މަހު ފަހުކޮޅުގެ ދުވަހެއް ކަމަށެވެ. އެއީ ސުނާމީގައި ގެއްލުން ލިބުނު އެ ސުކޫލްގެ ކިޔެވުން ފެށުނުދުވަހެވެ. ބައެއް ބެލެނިވެރިން ގެއަށް ދާންނުކެރިފައި ސުކޫލްގެ ގޭޓްކައިރީ، ކުލާސްރޫމް ފެންނަ ހިސާބުގައި ތިއްބެވެ! ދަރިފުޅު ރޯތީއެވެ. ނަމަވެސް މިއީ މަދަރުސާގެ ފުރަތަމަ ދުވަހަށް ދަރިފުޅު ދުރާލާ ތައްޔާރުކުރުވަނިކޮށް ހައްލުކުރެވިދާނެކަމެކެވެ.
ކުޑަކުދިންގެ ސުއާލުތަކަށް ރަނގަޅަށް ޖަވާބުދޭށެވެ.
- ޢަބްދުއްސައްތާރު ޢަބްދުލް ޙަމީދު
- 05 ޖޫން 2004
އަހަރެންގެ ކޮއްކޮ ދުނިޔެއަށް އައީ ހިނެއް ހެއްޔެވެ؟ ބައްޕަ ނުވިހައި، ހަމައެކަނި މަންމަ ވިހަނީ ކީއްވެހެއްޔެވެ؟ ﷲ ކޮބާ ހެއްޔެވެ؟ ކާފަ މަރުވީ ކީއްވެހެއްޔެވެ؟ މަރުވީމަ ދެންދަނީ ކޮންތާކަށް ހެއްޔެވެ؟
އަޅުގަނޑުމެން އެންމެންނަށްވެސް، އެނގޭފަދައިން، ކުޑަކުދިން ބޮޑުވަމުން އައިއައިހެން، ވަށައިގެންވާ ވެށީގައި ހިނގާ ކަންތައްތަކާއިމެދު ފިކުރުކޮށް، އެކަންތައްތައް ދެނެގަތުމަށް އެކުދިން ބޭނުންވާ މިންވަރު އިތުރުވަމުން ދެއެވެ. އިސްވެދިޔަ ސުއާލުތަކަކީ، މިފަދަ މަޢްލޫމާތުތައް ހަޖަމުކުރުމަށްޓަކައި، ކުޑަކުދިން ކޮށްފާނެ ސުއާލުތަކެކެވެ.
ދަރިން ބެލެހެއްޓުން : ބުރަ މަސައްކަތެއް
- ޑރ. ޢަބްދުލް ޢަޒީޒު ޙަމީދު
- 17 ފެބްރުއަރީ 2004
ދަރިން ބަލައި ބޮޑުކުރުމަކީ ކޮންމެ މަޔަކާއި ބަފަޔެއްގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ. ދަރިން ބެލެހެއްޓުމަކީ ކުޅިފަސްގަނޑެއް ކަހަލަ ކަމެކެވެ. އޭގައި އެތަކެއް ކަންތައްތަކެއް ހިގާ އެތައް މަރުހަލާއެއް ކަނޑަތުވާ ކަމެކެވެ. ކޮންމެ މަޔަކާއި ބަފަޔަކުމެ އެމީހުންގެ ދަރިން ރަގަޅުގޮތުގައި ބޮޑުވެ، މުޖުތަމައަށް ބޭނުންތެރި ބަޔަކަށް ހަދަން ބޭނުންވާނެއެވެ. އަދި އެފަދަ ގޮތުގައި ދަރިޔަކު ބަލައި ބޮޑު ކުރެވޭ ހިނދު ބަޔާން ކޮށްދޭން ނޭގޭވަރުގެ އުފަލެއް ލިބިގެންދެއެވެ.
ކުޑަކުދިންގެ ރައްކާތެރިކަމަށް މަގެއް
- އިސްމާޢީލް ނާޖީ
- 24 ޑިސެމްބަރު 2003
އަޅުގަނޑުމެންގެ ތެރެއިން ގިނަމީހުންނަކީ އަމިއްލަ ދަރިން ނުވަތަ ތިމާގެމީހުންދެކެ ވަރަށްބޮޑަށް ލޯބިވާ ބައެކެވެ. ޚާއްސަކޮށް ކުޑަކުއްޖެއްނަމަ އޭނާއަށްދެވޭ އަޅާލުމާއި، އޯގާތެރިކަން ބޮޑެވެ. ނަމަވެސް މުޖްތަމަޢުގައި މިކުދިންނަށް އެއްވެސް ރަޙުމެއް، ހަމްދަރުދީއެއް ނުބަހައްޓާ ބަޔަކު އުޅެއެވެ. އެމީހުންނަކީ ބައެފަހަރު ޝިކާރައަކަށްވާ ކުއްޖާގެ ތިމާގެ ނުވަތަ ރައްޓެހި މީހެކެވެ. އެހެންނޫނީ ނުދަންނަ ބީ ރައްޓެއްސެއް، ކިޔަވައިދޭ މީހެކެވެ. ކުޑަކުދިންނަށް ގޯނާކުރުމުގެ މައްސަލަ ހިގަން މެދުވެރިވަނީ ގިނަފަހަރަށް މައިންބަފައިންގެ ހޭލުންތެރިކަން ނެތުމުގެ ސަބަބުންނެވެ.
ދަރިން ތަރުބިއްޔަތުކުރުމުގައި ޢާއިލީ ހަމަޖެހުމުގެ މުހިއްމުކަން
- ޢަބްދުއްސައްތާރު ޢަބްދުލްޙަމީދު
- 07 ޖޫން 2003
ކޮންމެ މަންމައެއްގެވެސް އެއްމެބޮޑު އުއްމީދަކަށްވާނީ އޭނާގެ ދަރިފުޅަކީ، ހެޔޮލަފާ، މުޖުތަމައަށް ލާބަހުރި، ހަރޮށި އިންސާނަކަށް ހެދުންކަން ކަށަވަރެވެ. މިއުއްމީދުގައި ޙަޤީޤީ ކުލަޖެއްސުމަށްޓަކައި، ރަނގަޅުގޮތުގައި އެކުއްޖާ ތަރުބިއްޔަތުކުރާނެ ގޮތްތައް ބެލެނިވެރިންނަށް އެނގެންޖެހެއެވެ.
މިދާއިރާގައި ހޯދިފައިވާ ތަފާތު ހޯދުންތަކުން އެނގޭގޮތުގައި، ޢާއިލީ ހަމަޖުހުމަކީ، ކުދިން ތަރުބިއްޔަތުކުރުމުގައި މުހިއްމުކަމެކެވެ.
މައިންބަފައިންނަށް ކަމޭހިތުން
- އިސްމާޢީލް ނާޖީ
- 07 ޖޫން 2003
މައިންބަފައިންނަށް ނުކިޔަމަންތެރިވުމަކީ ބޮޑެތިފާފަތަކުގެ ތެރެއިންވާ ކަމެކެވެ. މިކަމާއިބެހޭގޮތުން ބުޚާރީއާއި މުސްލިމުގައި ވާރިދުވެފައިވާ ޙަދީޘްފުޅެއްގައިވެއެވެ: [ބޮޑެތިފާފަތަކުގެތެރެއިން އެންމެ ބޮޑެތިފާފަތައް ކަލޭމެނަށް ބުނެދެމުހެއްޔެވެ؟ އެބޭކަލުން ދެންނެވިއެވެ. އާދޭހެވެ. ﷲގެ ރަސޫލާއެވެ. ރަސޫލާ ޙަދީޘްކުރެއްވިއެވެ. ﷲއަށް ޝިރްކުކުރުމެވެ. އަދި މައިންބަފައިންނަށް ނުކިޔަމަންތެރިވުމެވެ. އެވަގުތު ރަސޫލާ ލެގިވަޑައިގެން އިންނަވައިފައި ރަނގަޅަށް އިށީނދެވަޑައިގަންނަވަމުން ޙަދީޘްކުރެއްވިއެވެ. ދަންނައެވެ. އަދި ދޮގުބަސްބުނުމާއި ދޮގުހެކި ދިނުމެވެ."













